ރާއްޖެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކޯލިޝަނެއްގައި ބައިވެރި ނުވުމަށް އެމްއެންޕީން ނިންމައިފި މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކޯލިޝަނެއްގައި ބައިވެރި ނުވުމަށް އެމްއެންޕީ އިން ނިންމައިފިއެވެ. އެ ޕާޓީން މިގޮތަށް ނިންމީ ޖުމްހޫރީ ޕާޓީ އިސްވެއޮވެ މަސައްކަތްކުރާ ގޮތަށް، އެޕާޓީން ސިޔާސީ ޕާޓީތަކަށް ފޮނުއްވި ދައުވަތާއި ގުޅޭގޮތުން އެ ޕާޓީގެ އެގްޒެކެޓިވް ކޮމިޓީގައި މަޝްވަރާ ކުރުމަށްފަހުއެވެ. މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެގޮތަށް ނިންމީ، ޖޭޕީގެ ހުށަހެޅުން އެމްއެންޕީ އަށް 3 އޭޕްރީލް ގައި ލިބުމުން، އެ ދައުވަތު ރަގަޅަށް ކިރާ ވަޒަންކުރުމަށްފަހު ކަމަށެވެ. ޖުމްހޫރީ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރުމަށް ތިން ބޭފުޅަކަށް މަޖިލީހުގެ ރުހުންދީފި ރާއްޖެއިން ކަނޑައަޅުއްވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް އައްޔަންކުރުމަށް ތިން ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ. މަޖިލީހުން ރުހުން ދީފައިވަނީ ސީޝެލްސް، މޮރިޝަސް، ޤަތަރު، ސައުތު އެފްރިކާ އަދި ނިއުޒިލޭންޑަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޢަލީ ފާއިޒް އަށާއި ކެނެޑާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަނަވާ ސަފީރު ޢަބްދުލްޣަފޫރު މުޙައްމަދު އެވެ. މީގެ އިތުރުން އިތިއޯޕިއާ އަދި ކެންޔާއަށް... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ "ވާނުވާ" ބަންދު ޤާނޫނާ އެއްގޮތަށް މުރާޖައާ ނުކުރާ މައްސަލަ އެމްއެންޕީން އެޗްއާރުސީއެމަށް ޝަރީޢަތް ނިމެންދެން ބަންދުކުރެވޭ މީހުން ގެ ބަންދުގެ މުއްދަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނާ އެއްގޮތަށް ދައުލަތުން މުރާޖަޢާ ނުކުރާ މައްސަލަ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމް.އެން.ޕީ.) އިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗް.އާރު.ސީ.އެމް.) އަށް ހުށަހަޅައިފިއެވެ. އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި އެމައްސަލަ އެޗްއާރުސީއެމަށް ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވަނީ ޝަރީޢަތް ނިމެންދެން ބަންދުކުރެވޭ މީހުން ގެ ބަންދުގެ މުއްދަތު ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ވ) ގައި ބުނާ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އެސްޓީއޯގެ އެމްޑީގެ މަގާމަށް ސައީދު އައްޔަން ކޮށްފި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) މިއަދު އައްޔަންކޮށްފި އެވެ. މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ސައީދު، އެސްޓީއޯގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވީ މިއަދުއެވެ. އޭނާއަށް މަގާމުގެ ލިޔުން ހަވާލުކޮށްފައިވަނީ ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ސައީދު ވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ކެބިނެޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވުމަށްފަހު، 2011 ވަނަ އަހ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އެކައުންޓެންޓް ޖެނެރަލްގެ މަގާމަށް އާޒާދު އައްޔަން ކޮށްފި އެކައުންޓެންޓް ޖެނެރަލްގެ މަގާމު އުފައްދަވައި، އެ މަގާމަށް ބޭފުޅަކު އައްޔަން ކޮށްފިއެވެ. ދައުލަތުގެ މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އުފައްދާފައިވާ މި މަގާމަށް އައްޔަން ކޮށްފައިވަނީ މުހައްމަދު އަޒާދު އެވެ. ދައުލަތުގެ މާލިއްޔަތު ގާނޫނުގެ 44 ވަނަ މާއްދާއަށް ގެނައި އިސްލާހާއެކު އެ މާއްދާގައި ވަނީ ދައުލަތުގެ ފައިސާއާއި ހިސާބުގެ އިތުރުން ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމް ބެލެހައްޓުމަށާއި ހިންގުމަށް ފިނޭންސް މިނިސްޓްރީގައި އެކައުންޓަންޓް ޖެނެރަލް އެއް ހުންނަން ވާނެ ކަމަށެވެ. އިސްލާހު ގެނައު... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ގޯތި ފޯމުތައް އިވެލުއޭޓުކޮށް ނިންމައި، ރިޕޯޓު ކުރެވޭނީ މެއި-ޖޫން ގައި: އަސްލަމް މާލެ ސަރަޙައްދުން ދޫކުރާ ގޯއްޗަށް އެދި ކުރިމަތިލާފައިވާ މީހުންގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަަށްދާ ކަމަށާއި އެ މަސައްކަތް ނިންމައި، ރިޕޯޓް ކުރެވޭނީ މެއި ނުވަތަ ޖޫންގެ ކުރީކޮޅު ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މާލޭގެ މީހުންނަށް ދޫކުރާ ގޯއްޗާއި ބެހޭގޮތުން ހޯރަފުށީ ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް ކުރެއްވި، ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަސްލަމް ވިދާޅުވީ އެ މަސައްކަތް ހިނގާ ގޮތް ކޮންމެ ދުވަހަކު ނުބަލާ ކަމަށާއި އެހެންނަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ބަލައިގެންފި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުން ބަލައިގެންފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޔާމީން 11 އަހަރަށް ޖަލަށްލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެ މައްސަލަ އިސްތިއުނާފް ކުރަން ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވީ މައްސަލަ ބަލައިގަނެ ރަޖިސްޓްރީ ކޮށްފައިވާ މިއަދު ހައި ކޯޓުން […] ހުސައިން ހަބީބް · 3 އަހަރު ކުރިން
މަޖިލިސް ޖޭއެމްސީއާ ހަވާލުކޮށްގެން އަޅާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ދަނީ ރަނގަޅު ސްޕީޑްގައި: އަސްލަމް އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ދަނީ ރަނގަޅު ސްޕީޑްގައި ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އަސްލަމް ވިދާޅުވީ އޭގެ ތެރެއިން ބައެއް ޔުނިޓްތަކުގެ ކޮންކްރީޓް މަސައްކަތް ނިމި، ފިނިޝިން މަސައްކަތްތައް ވެސް ފަށާފައިވާ ކަމަށެވެ. ހުޅުމާލޭގައި އަޅާ ހައުސިން އ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޕްރޮގްރެސިވް ކޯލިޝަނަކުން އެހެން ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނެ: އަދުރޭ ޕްރޮގްރެސިވް ކޯލިޝަނަކުން އެހެން އެއްވެސް ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނެ ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރުމަށް ނިންމައި، އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ދައުވަތު ދިނުމަށް ނިންމާފައިވާކަމަށް އަޑު ފެތުރުމާއި ގުޅިގެންނެވެ. ޖޭޕީގެ ލީޑަރ އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ގާސިމް އިބްރާހިމް އާއެކު ކޯލިޝަން ހެދުމަށް ދައުވަތު ޕީޕީއެމް/ޕީއެ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އެމްއޭކަޕް ވޮލީ މުބާރާތް: ފަސޭހަމޮޅަކާއެކު ޓީމު ތަންޑަރ ބޯލްޓް ތާވަލުގެ ކުރިއަށް ކ. ހުރާގައި މިހާރު ކުރިއަށްދާ އެމް.އޭ.ކަޕް 1444 ވޮލީ މުބާރާތުގައި ރޭ ކުޅުނު މެޗު ފަސޭހަކަމާއެކު ޓީމް ތަންޑަރ ބޯލްޓް (ހުރާ) އިން ކާމިޔާބުކޮށްފިއެވެ. އެ ޓީމުން މި މެޗު ކާމިޔާބުކުރީ ހިންމަފުށި ސްޕޯޓްސް އާ ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ. އެއީ 22/25 ،14/25 ،14/25 އިންނެވެ. މި މެޗުގައި ލަންކާގެ ޖޫނިއަރ ގައުމީ ޓީމުގެ ކުޅުންތެރިޔާ ޓީމް ތަންޑަރ ބޯލްޓުގެ ޕަތުން ދިލްޝާން، އަބްދުﷲ ހަސަން (ޔަންމާ) އަދި ރާއްޖޭގެ ކުރީގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ށ. އަތޮޅު ކައުންސިލަށް އެސްޖީ އެއް ހަމަޖައްސައިފި މައްސަލަ ގަނޑަކަށްފަހު ށ. އަތޮޅު ކައުންސިލަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ. މި މަގާމަށް ހަމަޖައްސާފައިވަނީ ށ. ފުނަދޫ، ތަރި މުހައްމަދު ހަސަން އެވެ. މިކަމާއި ގުޅިގެން ށ. އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަދި ށ. ފޭދޫ ކައުންސިލުގެ ރައީސް އަގްމަދު ރައިޝަމް ‘ތިލަދުން’ އަށް ވިދާޅުވީ އެސްޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވުނީ ވަރަށް މަސައްކަތުން ކަމަށާއި ސިވިލް ސާވިސް ކޮމިޝަންގެ އުނދަގޫތައް ވެސް ކުރިމަތިވި ކަމަށެވެ. އޭނާ ވިދާޅުވީ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޑރ. އާސިމްގެ ތާއީދު ވެސް ރައީސް ސާލިހަށް! އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބް ރައީސް ޑރ. އަހުމަދު އާސިމް ވެސް ރައީސް ސާލިހަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ. އެކަން ހާމަކުރައްވާ، އާސިމް ކުރައްވާފައިވާ ޓްވީޓުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙުގެ ޒަޢާމަތުގައި ރާއްޖެއަށް ގެނެސްދެއްވާފއިވާ ތަރައްޤީ އާއި ކުރިއެރުމާއި ޢިޖުތިމާޢީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙަށް ތާއީދު ކުރަން ނިންމައިފި ކަމަށެވެ. އާސިމަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި ސަރުކާރުގައި ހުންނެވ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުރީދޫ ފަން ރަން ކުޅުދުއްފުށީގައި، ރަޖިސްޓްރީވާން ހުޅުވާލައިފި އުރީދޫ މޯލްޑިވްސްއިން ބާއްވާ ފަން ރަން މިފަހަރު ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ނިންމައި، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އުރީދޫއިން އިއްޔެ ބުނީ ފަން ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ. މި ފަން ރަންގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް http://ore.do/funrunkit މެދުވެރިކޮށް ރަޖިސްޓްރީވެވޭނެ ކަމަށެވެ. ފަން ރަންގައި ބައިވެރިވުމަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ. ފަން ރަން އަކީ އުމުރުން ހަ އަހަރުން މަތީގ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ވިޔަފާރި ހުޅުމާލޭގައި ސްކޫލްކުދިންނަށް ހާއްސަ ބަސް ދަތުރުތަކެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްކޫލް ކުދިންނަށް ހާއްސަ ދަތުރުތަކެއް ބާއްވަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ. އެ ކުންފުނިން ބުނީ ރޯދަ މަސް ނިމެންދެން މިހާރު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު އާރު 7 އަދި އާރު 8 ރޫޓުގައި ސްކޫލް ކުދިންނަށް ހާއްސަ ކުރެވިފައިވާ ބަހެއް އޮންނާނެ ކަމަށެވެ. އެ ބަސް ދަތުރު ފަށާނީ ހެނދުނު 8:05 ގައި ކަމަށާއި 7:50 އިން ފެށިގެން ހިޔާ ފްލެޓް ސްޓޮޕް […] އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫ ކައުންސިލުން އެ ރަށު ކޮންމެ ގެޔަކަށް މުސްހަފެއް ހަދިޔާކޮށްފި ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން ކޮންމެ އަހަރެއްގެ ރޯދަމަހާއި ގުޅިގެން ކުރިއަށް ގެންދާ ދީނީ މަޢުލޫމާތު ހިމެނޭ ފޮތް ބެހުމުގެ ޕްރޮގްރާމްގެ ދަށުން މި އަހަރު އެ ރަށު ކޮންމެ ގެޔަކަށް މުސްހަފެއް ހަދިޔާ ކޮށްފިއެވެ. އެހަވަންދޫ ކައުންސިލުގެ މުވައްޒަފުންނާއި ކައުންސިލުގެ މެމްބަރުން ނުކުމެ އިއްޔެ ވަނީ އެ ރަށުގެ 450 ގެ އަށް މުސްހަފް ހަދިޔާ ކޮށްފައެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން “ތިލަދުން” އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ސޮބާހް […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން