ރާއްޖެ ސިއްހީ ދާއިރާއަށް ބޭނުންވާ 20 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯ އާ ހަވާލުކޮށްފި ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ 20 އެމްބިއުލާންސް ގެނައުމަށް އެސްޓީއޯ އާ ހަވާލުކޮށްފިއެވެ. ހެލްތު މިނިސްޓްރީން އެސްޓީއޯ އާ ހަވާލުކުރި މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާދިލް އެވެ. އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސަޢީދު އެވެ. މި އެއްބަސްވުމުގެ ދަށުން 90 ދުވަހުގެ ތެރޭގައި 20 އެމްބިއުލާންސް ރާއްޖެ ގެނެސް ހެލްތް މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށް އެސްޓިއޯ އިން ބުނެއެވެ. ރާއްޖޭގެ ސިއްހީ ނިޒާމު […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އަރަބިއްޔާގެ އައު އިމާރާތް 2024 ގައި ބޭނުންކުރެވޭވަރުވާނެ: މިނިސްޓަރު އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް 2024 ގައި ބޭނުންކުރެވޭވަރުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އައު އިމާރާތުގެ ކޮންސެޕްޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ޑީޓެއިލް ޑްރޯވިންގ ގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން ބާ ޖަމާލުއްދީންގެ މަސައްކަތް މިއަދުގެ ވަގުތެއްގައި ފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަރަބިއްޔާ ސްކޫލަށް އައު އިމާރާތެއް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ ބަނދަރަށް ކުނި ނޭޅުމަށް އިލްތިމާސެއް ހއ. ދިއްދޫ ބަނދަރަށް ކުނި ނޭޅުމަށް އެރަށު ކައުންސިލުން އިލްތިމާސް ކޮށްފިއެވެ. މިގޮތުން އެ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ވިދާޅުވެފައި ވަނީ، ބަދިގެތަކުގައި އުފެދޭ ކުނިވާޒާތުގެ ތަކެތި، މިހާރަކަށް އައިސް އެރަށު ބަނދަރަށް އަޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ ކައުންސިލުން ކުރިން ވެސް މަނާ ކޮށްފައިވާ ކަމެއް ކަމަށާއި މިގޮތަށް އެއްވެސް ބާވަތެއްގެ ކުންޏެއް ބަނދަރަށް އެޅުމަކީ ބަނދަރުގެ ސާފުތާހިރުކަން ގެއްލި، ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ދަތިތައް ކުރިމަތުވަމުންދާ ކަމެއްގެ ގޮ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކުޅިވަރު ރޮނާލްޑޯގެ އަލް ނަސްރަށް މޮޅުނުވެވުމުގެ ފައިދާނަގައި އިއްތިހާދުން ލީޑު ފުޅާކޮށްފި ސައުދީ ޕްރޮފެޝަނަލް ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ އަލް ނަސްރާއި ފެއިހާ އެފްސީ ބައްދަލުކުރި މެޗު އެއްވަރުވުމުން ޕޮއިންޓް ތާވަލުގެ އެއްވަނާގައި އަލް އިއްތިހާދުން ލީޑު ފުޅާކޮށްފިއެވެ. ރޭ އަލް ފެއިހާ އެފްސީގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ ނަސްރާއި އެއްވަރު ކޮށްފައެވެ. މި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. މި މެޗުގައި ނަސްރުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ޓީމުން ވަނީ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ވިޔަފާރި ހަނިމާދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި ހދ. ހަނިމާދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމުނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން 19،870 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 6،525 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި 310 މީޓަރުގެ އެއްގަމުތޮށި ލުމާއި 704 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. މީގެ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ރާއްޖެ އެތެރެހަށީގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ރަންތަކެއް އަތުލައިގެންފި ވައިގެމަގުން އަބޫދާބީއިން ރާއްޖެ އައި ފަސިންޖަރެއްގެ ހަށިގަނޑުގެ އެތެރޭގައި ފޮރުވައިގެން ރާއްޖެ އެތެރެކުރަން އުޅުނު ރަން ކަސްޓަމްސް އިން އަތުލައިގަނެފިއެވެ. އެ އިދާރާ އިން ބުނީ ވިޒްއެއާރ ފްލައިޓް ނަންބަރު W57105 އިން މާރިޗު 17 ވަނަ ދުވަހު ރާއްޖެއައި ފަސިންޖަރަކާއިމެދު ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން މި މީހާގެ ހަށިގަނޑު އިތުރަށް ބަލައި ފާސްކުރުމަށްޓަކައި ބޮޑީސްކޭން ކުރިއިރު، ހަށިގަނޑުގެ ތެރޭގައި އެއްޗެއް ރައްކާކޮފައި ހުރިކަން ފާހަގަކުރެވުނެވެ. މި ތަކެއްޗާއި ބެހޭގޮތުން މި ފަސެންޖަރާއި ސުވާލުކ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ފާރަކާއި ޕިކަޕަކާ ދޭތެރޭ ފިތި އަނިޔާވެ، ރ. މަޑުއްވަރީ ކައުންސިލްގެ އެސްޖީ ނިޔާވެއްޖެ ރ. މަޑުއްވަރީގައި ހިނގި ހާދިސާއެއްގައި އެރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްްޖީ) އަހުމަދު އަސްލަމް މިއަދު ނިޔާވެއްޖެ އެވެ. އަސްލަމް ނިޔާވީ އެރަށުގައި މިއަދު ހިނގި ހާދިސާއެއްގައި ޕިކަޕަކާއި ފާރަކާއި ދެމެދު ފިތިގެން ކަމަށް މައުލޫމާތު ލިބެއެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ އެސްޖީ އަސްލަމް ނިޔާވީ، ޕިކަޕް ފަހަތަށް ޖެއްސުމުގެ ތެރޭގައި ޕިކަޕް ފަހަތުގައި އެސްޖީ އަސްލަމް ހުންނަވަނިކޮށް ފާރާއި ޕިކަޕްދޭތެރޭ ފިތިގެންކަމަށެވެ. އަދި އެއީ ކައުންސިލް އިދާރާގެ ޕިކަޕެއް ކަމަށާއި، ޕިކަޕް އުޅުނީ ފަ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ މާރިޗް 29 އަދި 31 ވަނަ ދުވަހު ކުރިއަރ ސާރވިސް މެދުވެރިކޮށް އިނގިރޭސިވިލާތުން ރާއްޖެގެނެސްފައިވާ ޕެކޭޖްތަކެއްގެ ތެރެއިން ފެނުނު ކޮސްމެޓިކްސްތަކެއްގެ ތެރޭގައި ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އެތަކެތި އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. މިގޮތުން މާރިޗް 29 ވަނަ ދުވަހު ބަލާ ފާސްކުރެވުނު ދެ ޕެކޭޖެއްގެ ތެރޭގައި ހުރި 6 ދަޅަކުންނާއި މާރިޗް... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ރާއްޖެ-ޕާކިސްތާނުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކޮށްފި ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ކުރައްވާފައިވަނީ ޕާކިސްތާން ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ، ނައިބު ރައީސް ފައިޞަލް ނަސީމްގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުން ބިނާވެފައި ވަނީ ދެ ޤައުމުގެ ދެމެދުގަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ދިއްދޫ އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތް އަންނަ އަހަރު މުޅި ހއ އަތޮޅަށް ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން “ދިއްދޫ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް” ގެ ނަމުގައި ކުރިއަށް ގެންދިޔަ މުބާރާތުގެ ނަން “ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް” ގެ ނަމަށް ބަދަލުކޮށް، އަންނަ އަހަރު މުޅި އަތޮޅަށް ހުޅުވާލަން ނިންމައިފިއެވެ. އެ ކުލަބުން މިކަން އިޢުލާން ކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި މި އަހަރުގެ ދިއްދޫ އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތުގެ ގްރާންޑް ފިނާލޭ ޝޯގައެވެ. މި ބަދަލާއި ގުޅޭގޮތުން […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ އެމްއޭ ކަޕް ވޮލީ މުބާރާތް: ހިންމަފުށީގެ މައްޗަށް ޓީމު މަންފާ ކުރި ހޯދައިފި ހުރާގައި ބާއްވަމުން އަންނަ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ބައްދަލުކުރި މެޗު ޓީމު މަންފާ އިން ކާމިޔާބުކޮށްފިއެވެ. އަންހެން ޑިވިރަންގެ މި މެޗު ހުރައަށް ނިސްބަތްވާ ޓީމް މަންފާ އިން ކާމިޔާބުކުރީ ހިންމަފުއްޓާ ބައްދަލިކޮށް ވާދަވެރި އަދި ފޯރިގަދަ ކުޅުމަކަށް ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ގެންގޮސްފައިވަނީ 23/25، 16/25 އަދި 19/25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޓީމް މަންފާގެ ޖާރޒީ ނަންބަރ 10 އައިޝަތު މާޖިދާ (މާޖީ) އަަށް އިނާމު […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ވިޔަފާރި އާބަންކޯ ކޮމިއުނިޓީ ރޯދަވީއްލުން މިއަހަރު އޯޓިޒަމް ސެންޓަރުގެ ކުދިންނާއެކު އާބަންކޯގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ކޮމިއުނިޓީ ރޯދަ ވީއްލުން މިއަހަރު އޯޓިޒަމް ސެންޓަރުގެ ކުދިންނަށް ބާއްވައިފިއެވެ. އެ ކުންފުނިން ކޮންމެ އަހަރަކު “ކޮމިއުނިޓީ” ރޯދަ ވީއްލުން ބާއްވަނީ ބަދަހި މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުންނެވެ. މިއަހަރުގެ ރޯދަވީއްލުމުގައި އޯޓިޒަމް ސެންޓަރުގައި ރަޖިސްޓްރީ ކޮށްފައިވާ 192 ކުދިންނާއި އެ ކުދިންގެ ބެލެނެވެރިން އަދި 40 މުވައްޒަފުންނަށް ދައުވަތު ދީފައިވެއެވެ. ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ މި ރޯދަ ވީއްލުމުގައި ރޮބޯމޭންގެ ހަރަ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ވިޔަފާރި ހޯރަފުށި ހާފްވޭ ހައުސަވެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ހއ. ހޯރަފުށީ ޖުވެނައިލް ޖަސްޓިސް ޔުނިޓް (ހާފްވޭ ހައުސް) އިމާރާތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ރޫފް ސްޓްރަކްޗާ ހެދުމުގެ މަސައްކަތް ނިމިފައެވެ. އެ ސައިޓުގައި މިހާރު ކުރިއަށްދަނީ ރޫފިން ޝީޓް ހަރުކުރުމާއި ޕްލާސްޓަރިންގެ މަސައްކަތެވެ. ހޯރަފުށީގައި އިމާރަތްކުރުމުގެ މަސައްކަތް ފަށާފައިވާ ހާފްވޭ ހައުސްއަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގައ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން
ކުޅިވަރު ޔުނައިޓެޑާއި ނިއުކާސަލަށް ވެސް މޮޅެއް އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގައި ޔުނައިޓެޑްގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ހާއްސަކޮށް ފުރަތަމަ ހާފުގައެވެ. އެ ޓީމުން ފުރަތަމަ ހާފުގައި ޖުމްލަ 21 ހަމަލާއެއް ވަނީ އުފައްދާފައެވެ. މިއީ ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭ ޔުނައިޓެޑުން ލީގުގައި […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ކުޅިވަރު ލަމްޕާޑު ހަވާލުވެ ކުޅުނު ފުރަތަމަ މެޗުން ވެސް ޗެލްސީ ބަލިވެއްޖެ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީއާއި ވުލްވްސް ބައްދަލުކުރި މެޗު ވުލްވްސްއިން ކާމިޔާބު ކޮށްފިއެވެ. މިރޭ ވުލްވްސްގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ޗެލްސީގެ މައްޗަށް ކުރި ހޯދާފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ޗެލްސީގެ ނަތީޖާތައް ބޮޑުތަނުން ދައްވުމާއި ގުޅިގެން އެ ޓީމްގެ ކޯޗްގެ މަގާމުގައި ހުރި ގްރަހަމް ޕޮޓާ ވަކިކުރުމަށް ފަހު ޗެލްސީން މި ސީޒަންގެ ނިޔަލަށް ކޯޗެއްގެ ގޮތުގައި ލަމްޕާޑް ހަމަޖައްސާފައި ވަނީ ދާދި ފަހުންނެވެ. މިރޭ ވުލްވްސްއާއި ދެކޮޅަށް ޗެލްސީ ކުޅުނު […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން