ކުޅިވަރު ލީޑްސް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ލިވަޕޫލުން ކާމިޔާބު ކޮށްފިއެވެ. މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މުޅި މެޗު ކޮންޓްރޯލްކޮށް ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 35 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ކޯޑީ ގަކްޕޯއެވެ. ދެވަނަ ލަނޑު އޭގެ ހަތަރު މިނެޓް ފަހުން […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ އެމްއޭ ކަޕް ވޮލީ މުބާރާތް: ހިންމަފުށި ސެމީއަށް ކ. ހުރާގައި މިހާރުކުރިއަށްދާ އެމް.އޭ.ކަޕް ވޮލީ މުބާރާތުގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް އަންހެން ޑިވިޜަންގެ ސެމީއަށް ހިންމަފުށި ދަތުރުކޮށްފިއެވެ. މި މެޗުގައި ބައްދަލުކުރީ މިމުބާރާތުގެ އަންހެން ޑިވިޜަންގެ ރަށުން ބޭރަށް ނިސްބަތްވާ ދެ ޓީމް ކަމުގައިވާ ހިންމަފުށީގެ އަންހެން ޓީމާއި ތުލުސްދޫގެ އަންހެން ޓީމެވެ. މި މެޗަކީ މޮޅުވާ ޓީމެއް ސެމީފައިނަލަށް އަދި ބަލިވާ ޓީމެއް މުބާރާތާ ވަކިވެގެންދާ ގޮތަށް އިން މެޗަކަށް ވާތީ ވަރަށް ފޯރިގަދަ ވާދަވެރި ކުޅުމެއް ފެނިގެންދިއައެވެ. މެޗުފެށިގެން ވަރަށް ވާދަވެރި، […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫން އަނެއްކާ ވެސް ގެވަޅުދޫކުރަނީ ހދ. ހަނިމާދޫން ގެވަޅު ދޫކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް، ކުރިއަށް އޮތް އެ ކައުންސިލުގެ އާންމު ބައްދަލުވުމަށް އެޖެންޑާ ކޮށްފިއެވެ. ލޭންޑް ޔޫސް ޕްލޭނުގައި ހަނިމާދޫއިން ގެވަޅު ދޫކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުން ދޫކުރެވެން ހުރި މިންވަރަށް ގެވަޅު ދޫކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުމަށް، މި މަހު 19 ވަނަ ދުވަހު އޮންނަ އެ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 88 ވަނަ އާންމު ބައްދަލުވުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. ހަނިމާދޫއިން މީހުން ދިރިއުޅުމަށް ގެވަޅު ދޫނުކުރާތާ […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރަން ހަވާލުކޮށްފި ކ. ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް މިއަދު ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު ވިދާޅުވީ، ތުލުސްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑްއާ މިއަދު ހަވާލުކޮށްފައިވާ ކަމަށެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝަނާ ފާރޫޤްއެވެ. އަދި ހެވީ ފޯސް ޕ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ނުފޫޒު ނެތްނަމަ ޔާމީން މިނިވަންވާނެކަމަށް ދޭހަވާ މޭރުމަކުން ޕީޖީ ވާހަކައެއް ނުދައްކަވާ: ޕީޖީ އޮފީސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްޤައްޔޫމް މިނިވަންވާނެކަމަށް ދޭހަވާ މޭރުމަކުން ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވާހަކަ ނުދައްކަވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވެއްޖެއެވެ. އެ އޮފީހުން މިހެން ބުނީ އޮންލައިން ނޫހުގައި، “ނުފޫޒު ނެތްނަމަ ޔާމީން މިނިވަންވާނެކަމަށް ދޭހަވާ މޭރުމަކުން ޕީޖީ ވާހަކަދެއްކެވި” ކަމަށް، އިދިކޮޅުގެ ވަގުތީ ލީޑަރު، އިދިކޮޅު ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވެފައިވާކަމަށް ގެނެސްދީފައިވާ ވާހަކައާއިގުޅިގެންނެވެ. ޕީޖީ އޮފީހުން ވިދާ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބާއްވަނީ ރާއްޖޭގައި އޭވިއޭޝަން ނެޓްވޯކިން އިވެންޓެއް ބާއްވަން ނިންމައިފިއެވެ. މިއީ ހައިރައިޒް އާއި ޕައިލެޓުން ތަމްރީން ކުރާ އެކަޑަމީއެއް ކަމަށްވާ، ފިލިޕީންސްގެ ރޯޔަލް އޭވިއޭޝަން އެކަޑަމީ ގުޅިގެން ބާއްވާ އިވެންޓެކެވެ. ހައިރައިޒުން ބުނީ މި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ 29 ވާ ހޮނިހިރު ދުވަހު ހަވީރު 4 ޖަހާއިރު ކަމަށެވެ. އަދި އިވެންޓު އޮންނާނި ގައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ކަމަށެވެ. މި އިވެންޓުގައި ރޯޔަލް އޭވިއޭޝަން އެކަޑަމީގެ ހެޑް އޮފް ޓްރެއިނިންގް ކެޕްޓަން މަދޫ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ރައީސް ސާލިޙުގެ ރިޔާސީ ކެމްޕެއިންގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށައިފި ރައީސް ސާލިޙުގެ ރިޔާސީ ކެމްޕެއިންގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށައިފި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުންނެވެ. ފައްޔާޟު ވިދާޅުވީ އިންތިޚާބަށް އެމްޑީޕީން ތައްޔާރުވަމުންދާތާ ގިނަ ދުވަސްތަކެއް ވަމުން އަންނަކަމަށާއި އިންތިޚާބު ކާމިޔާބުކުރުމަށް ދުރާލައި ކުރަންޖެހޭ މަސައްކަތްތަކާއި، ކުރަންހުރި މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. “އެމްޑީޕީއަކީ އަބަދުވެސް... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ހުޅުމާލޭ ހޮސްޕިޓަލުން ޑައިލެސިސްގެ ޚިދުމަތް 24 ގަޑިއިރު ދޭން ފަށައިފި ހުޅުމާލޭ ހޮސްޕިޓަލުން ޑައިލެސިސްގެ ޚިދުމަތް 24 ގަޑިއިރު ދޭން ފަށައިފިއެވެ. ދައުލަތުގެ މީޑިއާ ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން އެ ހޮސްޕިޓަލުގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަންސް، ޢަބްދުﷲ މަޢުރޫފް ވިދާޅުވީ މިގޮތަށް ނިންމީ ޑައިލިސިސްގެ ޚިދުމަތް ހޯދުމަށް އެދޭ މީހުންގެ ޢަދަދު އިތުރުވަމުންދާތީ ކަމަށެވެ. ޑައިލިސިސްގެ ޚިދުމަތަކީ ވަރަށް ގިނަ މީހުން ޚިދުމަތް ހޯދަމުން އަންނަ ޚިދުމަތެއް ކަމަށާއި ވަރަށް ޚާއްސަ އިސްކަމެއް ދީގެން މިދާއިރާ ފުޅާކުރެވޭތޯ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މީ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޔަމަން ހަނގުރާމަ ހުއްޓުވުމަށް ސައޫދީން ކުރާ މަސައްކަތަށް ރާއްޖޭގެ ތާއީދު ޔަމަނުގައި ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށާއި ފުރިހަމަ ސިޔާސީ ޙައްލެއް ހޯދުމަށްޓަކައި ސަޢުދީ ޢަރަބިއާއިން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ތާއީދުކުރާކަން ހާމަކޮށްފިއެވެ. ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ސަޢުދީ އަރަބިއާއިން ޔަމަނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ މުޙައްމަދު އަލް ޖާބިރް އިސްވެ ހުންނަވައި ޔަމަނުގެ ވެރިރަށް ސަންޢާގައި މިހިނގާ އޭޕްރިލް މަހުގެ 8 އިން 13 އަށް ސަޢުދީ އަރަބިއާގެ ވަފުދުން ބޭއްވި ބައްދަލުވުންތައް ފާހަގަކޮށ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ކޮމްޕްލެކްސް ޕީސީއައި ވިތު އިމޭޖިން ވާކްޝޮޕް މި މަހު ބާއްވަނީ ކޮމްޕްލެކްސް ޕީސީއައި ވިތު އިމޭޖިން ވާކްޝޮޕް މި މަހު ބާއްވަން ނިންމާފައިވާކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނެފިއެވެ. އެ ހޮސްޕިޓަލުން ބުނީ މިއީ އައި.ޖީ.އެމް.އެޗް ގެ ނޭޝަނަލް ކާޑިއެކް ސެންޓަރުން ބާއްވާ މިފަދަ ދެވަނަ މަސައްކަތު ބައްދަލުވުން ކަމަށެވެ. އަދި މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މި އޭޕްރިލް މަހުގެ 28 ން 30 އަށް ކަމަށެވެ. މިފަހަރުގެ ބައްދަލުވުމުގައި ބޭރުގެ ހަތަރު ކާޑިއޮލޮޖިސްޓުން ކިޔަވައިދިނުމުގައި ބައިވެރިވެ ވަޑައިގަ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ އިސްލާމީ ޝަރީއަތާއިއެކު އަންހެނުންނަށް އިންސާފު ޤާއިމްވެގެން ދިޔަ: އަނާރާ އިސްލާމީ ޝަރީޢަތާއިއެކު އަންހެނުންނަށް އިންސާފު ޤާއިމްވެގެން ގޮސްފައިވާ ކަމަށް ޑރ. އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ. މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ކަމާއި ބާ ކައުންސިލްގެ ހިންގާކޮމެޓީގެ މެންބަރުކަން ވެސް ކުރައްވާފައިވާ ޑރ. އަނާރާ މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދަވާ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުންނެވެ. ރޭގެ އިޙްޔާ ފޯރަމްގެ މައުޟޫއަކީ “މުޖުތަމަޢުގެ ކުރިއެރުމުގައި މުސްލިމް އަންހެނާގެ ދައުރު” އެވެ. މި މައުޟޫޢަށް ރޭގެ ފޯރަމްގައި ތަޤްރީރުކުރައްވަމުން، ޑރ. އަނާރާ ވަނީ އަން... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ އެމްއޭ ކަޕް ވޮލީ މުބާރާތް: ފައިނަލުގެ ފުރަތަމަ ޖާގަ ބްލެކް އީގަލްސް އަށް މާލެ އަތޮޅު ހުރާގައި ފޯރިޔާއެކު ކުޅެވެމުން އަންނަ އެމް.އޭ.ކަޕް ވޮލީ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޓީމު ބްލެކް އީގަލްސް އިން ހޯދައިފިއެވެ. މި މުބާރާތުގައި ރޭ ކުޅުނު މެޗުގައި ބައްދަލުކުރީ ސްރީލަންކާގެ ސީނިއަރ ގައުމީ ޓީމްގެ އިސުރު/ދީޕްތީ އަދި ގައުމީ ޓީމް ކޯޗް ހިމެނޭ ތުލުސްދޫގެ ބުލެކް އީގަލަސް އާއި ރާއްޖޭގެ ގައުމީ ޓީމުގެ ތިން ކުޅުންތެރިން ކަމަށްވާ ހަސަން ނިލާމް (ޕާޓޭ)، ހުސެން ވިޝާމް (ބުޅިކެ) އަދި ހުސެން ޔޫސުފް (ޓޯއީ) ހިމެނޭ ހުރާގެ ޓީމް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ވައުދު ފުއްދުމުގެ ނަމުގައި ގާނޫނާ ޚިލާފުކަމެއް މި ސަރުކާރުން ނުކުރާނެ: އަސްލަމް ވަޢުދުފުޅުތައް ފުއްދުމުގެ ނަމުގައި އުސޫލުތަކުން ބޭރުން ޤާނޫނާއި ޤަވާއިދުތަކުގެ ބޭރުން އެއްވެސް ކަމެއް މިސަރުކާރުން ނުކުރާނެކަމަށް ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ވޭމަންޑޫ އާއި އެ އަތޮޅު ކިނބިދޫ ގުޅާލާ ކޯޒްވޭ އެޅުމުގެ މަޝްރޫޢުގެ މަސައްކަތް ނުފެށި ލަސްވާ ސަބަބާއި، މިމަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލް ދެއްވަމުންނެވެ. މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ ވިދާޅުވީ ވޭމަންދޫ ކިނބިދޫ ކޯޒްވޭގެ މަސައްކަތްވެސް ޓެންޑާކޮށް، މަޝްރޫޢު ބަޔަކާއި ހަވާލުކޮށްގެން މި... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ މުއިއްޒަށް ކުރާ ދައުވާގެ ހުކުމް 15 ދުވަސް ތެރޭގައި އިއްވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާބިޓްރޭޝަނަކަށް ދޮގު ބަޔާނެއް ދިން ކަމަށް ބުނެ އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ނިންމާލައި, 15 ދުވަސް ތެރޭގައި ހުކުމް އިއްވަން ހަމަޖައްސައިފި އެވެ. މުއިއްޒު 2019 ވަނަ އަހަރު ދޮގު ހެކި ދިން ކަމަށް ދައުލަތުން ތުހުމަތު ކުރަނީ ނެދަލޭންޑްސްގެ އާބިޓްރޭޝަނަށް ނޫމަޑި ރިސޯޓްސްގެ ފަރާތުން ހުށަހެޅި މައްސަލައެއްގަ އެވެ. ނޫމަޑިއާއެކު ހައުސިން މިނިސްޓްރީން ވެފައިވާ އެއްބަސްވުން އުވާލިއިރު މުއިއްޒަކީ އޭރުގެ ހައުސިން މިނިސްޓަރެވެ. […] ހުސައިން ހަބީބް · 3 އަހަރު ކުރިން
ވިޔަފާރި އެސްޓީއޯގައި ތަމްރީންވުމުގެ 20 ފުރުސަތު ޔޫތް މިނިސްޓްރީން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެސްޓީއޯ އިން ތަމްރީންވުމަށް 20 ފުރުސަތު ހުޅުވާލައިފިއެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދާނީ ހަ މަސް ދުވަހުގެ މުއްދަތަކަށެވެ. މި މުއދަތުގައު ބައިވެރިންނަށް ކޮންމެ މަހަކު އެލަވަންސެއްގެ ގޮތުގައި 7000 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުން މި ޕްރޮގްރާމް ފުރިހަމަ ކުރާ ކޮންމެ ބައިވެރިއަކަށް ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ތިނެއްގެ ސެޓުފިކެޓެއް ވެސް ލިބޭނެއެވެ. އަދި ގްރެޖުއޭޓްވާ ކޮންމެ މީހަކަށް އެސްޓީއޯ އިން ވަޒީފާ ޔަގީ... އަޙްމަދު ވަހީދު · 3 އަހަރު ކުރިން