މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
އިއްޔެ އާއި މިއަދު ވެސް އެންމެ ހޫނު ގަދައީ ހަނިމާދޫ އަށް!

އިއްޔެ އާއި މިއަދު ވެސް އެންމެ ހޫނު ގަދައީ ހަނިމާދޫ އަށް!

މިއަދަކީ ވެސް ހޫނުގަދަ ދުވަހެއް ކަމުގައިވާތީ، ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ. އެ އިދާރާ އިން ހާމަކޮށްފައިވާ ޑާޓާއިން ދައްކާގޮތުގައި ހަނިމާދޫގެ ހޫނުމިން 33.4 ގައި ހުރިއިރު، އިހްސާސް ކުރެވޭ ހޫނުމިން ހުންނާނީ 43.9 ގައެވެ. އަދި ހުޅުލޭގައި ހޫނުމިން 32.5 ގައި ހުންނައިރު، އިހްސާސް ކުރެވޭ ހޫނުމިން 43.1 ގައި ކަމަށާއި ކައްދޫގައި ހޫނުމިން ހުންނާނީ 32.5 ގައި ކަމަށް ދައްކާއިރު، އިހްސާސް ކުރެވޭ ހޫނުމިން 42.3 ކަމަށް ވަނީ ބުނެފައެވެ. […]

މުޙައްމަދު އަފްރާޙް
އެމްއޭ ކަޕް ވޮލީ މުބާރާތް: އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ބިއުޓީސް އިން ދިފާއުކޮށްފި

އެމްއޭ ކަޕް ވޮލީ މުބާރާތް: އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ބިއުޓީސް އިން ދިފާއުކޮށްފި

މާލެ އަތޮޅު ހުރާގައި ބާއްވަމުން އަންނަ އެމް.އޭ.ކަޕް ވޮލީ މުބާރާތުގެ ޗެންޕިއަންކަން، އެންމެ ފަހުންވެސް މިތަށި ކާމިޔާބުކުރި، ޓީމް ބިއުޓީސް ހޯދައިފިއެވެ. އެ ޓީމުން މިތަށި ރޭ އުފުލާލީ، ޓީމް މަންފާގެ މައްޗަށް ކުރިހޯދައި ފަސޭހަކަމާއެކު އެއްވެސް އުނދަގޫކަމެއްނެތި ސީދާ ތިންސެޓުން ކާމިޔާބުކޮށް ގެންނެވެ. ކޮންމެ ޓީމެއްގައި ވެސް ރަށުން ބޭރުގެ ދެކުޅުންތެރިން ހިމެނިދާނެކަމަށް މުބާރާތުގެ ޤަވާއިދުގައިވާ ބުނެފައިވުމުން، ރޭ ކުޅުނު ދެޓީމުގައިވެސް ރަށުން ބޭރުގެ އަދި ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ ކުޅުންތެރިން ވަނީ...

މުޙައްމަދު އަފްރާޙް
ކުޅުދުއްފުށީ ކޮރަލްސް މަސްރޭހުގެ ޗެމްޕިއަންކަން އެސްޓީއޯ އަށް

ކުޅުދުއްފުށީ ކޮރަލްސް މަސްރޭހުގެ ޗެމްޕިއަންކަން އެސްޓީއޯ އަށް

ހދ.ކުޅުދުއްފުށީ ކުލަބް ކޮރަސްގެ ފަރާތުން އިންތިޒާމް ކޮށްގެން ބޭއްވި” ފާރޮށި ބޭކަރީ ކޮރަލްސް މަސްރޭސް 2023″ ގެ ޗެމްޕިއަންކަން އެސްޓީއޯ އިން ކާމިޔާބު ކޮށްފިއެވެ. ކުޅުދުއްފުށީ އޮފީސްތަކަށާއި ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތް ބާއްވާފައި ވަނީ އިއްޔެއެވެ. އަންހެން ޓީމްތަކަށާއި ފިރިހެން ޓީމްތަކުގެ އިތުރުން ދެ ޖިންސް އެއްކޮށް ވެސް ޓީމް ހެދުމުގެ ފުރުޞަތު ދިން މި މުބާރާތުގައި ޖުމްލަ 25 ޓީމް މިއަހަރު ވަނީ ވާދަކޮށްފައެވެ. ޖުމްލަ 137.1 ކިލޯ މަސް […]

އިބްރާހިމް ޚަލީލް
ހުޅުމާލެ ފަޅުތެރޭ އަޅައިފައިވާ ބައެއް އުޅަނދުތައް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

ހުޅުމާލެ ފަޅުތެރޭ އަޅައިފައިވާ ބައެއް އުޅަނދުތައް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެ

ހުޅުމާލެ ފަޅުތެރޭ އަޅައިފައިވާ ބައެއް އުޅަނދުތައް އޮޔާދާތީ ސަމާލުވުމަށް އެދިއްޖެއެވެ. އާބަންކޯ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ހުޅުމާލެ ފަޅުތެރޭ އަޅައިފައިވާ ބައެއް އުޅަނދުތައް އޮޔާދާތީ މިސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވެލެއްވުމަށް އެދޭ ކަމަށެވެ. މީގެ އިތުރުން މިމައްސަލަ ހައްލުކުރުމަށް މެރިން ޕޮލިސްއިން މަސައްކަތް ކުރަމުން ގެންދާކަމަށް ވެސް ވަނީ ބުނެފައެވެ. ހުޅުމާލޭ ފަޅަކީ ގިނަ އަދަދެއްގެ އުޅަނދުފަހަރު އަޅާފައި އޮންނަތަކެކެވެ. އެގޮތުން ގިނަ އަދަދެއްގެ ސަފާރީ އާއި އޮޑިދޯނިފަހަރު...

މުޙައްމަދު އަފްރާޙް
މަކުނުދޫ އެއާޕޯޓުގެ ކޮންސެޕްޓް ޑްރޯވިން ކައުންސިލާ ހިއްސާކޮށްފި

މަކުނުދޫ އެއާޕޯޓުގެ ކޮންސެޕްޓް ޑްރޯވިން ކައުންސިލާ ހިއްސާކޮށްފި

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫގައި ތަރައްގީކުރާ އެއާޕޯޓުގެ މަކުނުދޫ އެއާޕޯޓުގެ ކޮންސެޕްޓް ޑްރޯވިން ކައުންސިލާ ހިއްސާކޮށްފިއެވެ. މިކަމާއި ގުޅިގެން މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް ވިދާޅުވީ އެއަރޕޯޓުގެ ކޮންސެޕްޓް ޑްރޯވިންގ، ހައުސިންގ މިނިސްޓްރީން އެ ކައުންސިލަށް ފޮނުވާފައިވަނީ އެންމެފަހުން ރަސްމީ މަސައްކަތް ކުރި ދުވަސް ކަމަށްވާ ފިތުރު އީދު ދުވަހުގެ ކުރީދުވަހު ކަމަށެވެ. “އަޅުގަނޑުމެންނަށް ކޮންސެޕްޓް ޑްރޯވިން ވަނީ މިނިސްޓްރީން ފޮނުވާފަ. އެއީ އެންމެފަހު ރަސްމީ މަސައްކަތު ދުވަހު. މިހާރު...

މުޙައްމަދު އަފްރާޙް
ކުޅިވަރުތަކަށް ހަމަހަމަގޮތެއްގައި ހިދުމަތްތަކެއް ކުރެވިއްޖެ: މަހްލޫފް

ކުޅިވަރުތަކަށް ހަމަހަމަގޮތެއްގައި ހިދުމަތްތަކެއް ކުރެވިއްޖެ: މަހްލޫފް

ކުޅިވަރުތަކަށް ހަމަހަމަގޮތެއްގައި ހިދުމަތްތަކެއް ކުރެވިއްޖެ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިއްޔެ ފެށި މޯލްޑިވްސް އޯޕަން 10-ބޯލް ބިލިއާޑް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މަހްލޫފު ވިދާޅުވީ މާލޭގައި ގައުމީ ބިލިއާޑް ސެންޓަރު ތަރައްގީކުރެވުނު ދުވަހު އެންމެ ބޮޑަށް ފާހަގަކުރެއްވީ ބައިނަލްއަގްވާމީ މުބާރާތް ބޭއްވޭނެ ދުވަހެއް ކަމަށާއި، މިއަދު އެކަން ކާމިޔާބުކުރެވުމަކީ ބޮޑު އުފަލެއް ކަމަށެވެ. “މިތަން ހުޅުވުނުރޭ އަޅުގަނޑު...

މުޙައްމަދު އަފްރާޙް
ކޮތަޅު މައްސަލަ މަޖިލީހުގެ ބޮލަށް ކަނޑައެއް ނުލެވޭނެ، މެޖޯރިޓީ އޮތީ ސަރުކާރަށް: މޮސްޓާ

ކޮތަޅު މައްސަލަ މަޖިލީހުގެ ބޮލަށް ކަނޑައެއް ނުލެވޭނެ، މެޖޯރިޓީ އޮތީ ސަރުކާރަށް: މޮސްޓާ

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ސަރުކާރަށް ކަމަށާއި ބިލް ފާސްކުރަމުން ދަނީ ސަރުކާރުން ބުނާ ގޮތަކަށް ކަމަށް ނޮޅިވަރަންފަރު ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޕްލާސްޓިކް ކޮތަޅުގެ އަގަށް އައި ބަދަލާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން މަޖިލީހަށް އަމާޒުކުރަމުންދާތީ އެކަމަށް އިޝާރާތް ކުރައްވައެވެ. މޮސްޓާގެ ޓްވީޓުގައިި ވިދާޅުވީ އިޚްލާސްތެރި ނިޔަތެއް އޮތް ނަމަ، ރައީސް ގަރާރެއް ނެރުއްވައިގެން ވެސް ކޮތަޅުގެ އަގަށް ގެނައި ބަދަލު ހައްލުލުރެވޭނެ...

މުޙައްމަދު އަފްރާޙް
ކެތިއަރާ މަސް ރޭހުގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ރަނޑުލަކި ޓީމަށް

ކެތިއަރާ މަސް ރޭހުގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ރަނޑުލަކި ޓީމަށް

ހދ. ހަނިމާދޫ “ކެތިއަރާ މަސްރޭސް 2023” ގެ ފިރިހެން ކެޓަގަރީގެ ޗެމްޕިއަންކަން ރަނޑުލަކި ޓީމުން ހޯދައިފިއެވެ. ފާއިތުވި އަހަރުތަކާއި އެއްގޮތަށް މިއަހަރު ވެސް މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ދެ ކެޓަގަރީއަށް ބަހާލައިގެންނެވެ. ޢީދު ދުވަހު އަނެހެން ކެޓަގަރީގެ މަސްރޭސް ބާއްވާފައިވާއިރު އިއްޔެ ފިރިހެން ކެޓަގަރީގެ މަސް ރޭސް ވަނީ ބާއްވާފައެވެ. ފިރިހެން ބައިގެ ޗެމްޕިއަންކަން 118.4 ކިލޯ މަސް ބާނައިގެން ޓީމް ރަނޑުލަކި ހޯދިއިރު، ދެވަނަ ހޯދާފައި ވަނީ 93.5 ކިލޯ މަސް ބޭނި […]

އިބްރާހިމް ޚަލީލް
ގާޟީ ހަސަން ސައީދު ފަނޑިޔާރު ރިޓެއާ ކުރައްވައިފި

ގާޟީ ހަސަން ސައީދު ފަނޑިޔާރު ރިޓެއާ ކުރައްވައިފި

ކްރިމިނަލް ކޯޓުގެ ގާޟީ ހަސަން ސައީދު، ފަނޑިޔާރު ކަމުގެ މަގާމުން ރިޓައަރ ކުރައްވައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން ( ޖޭއެސްސީ) އިން ބުނީ ގާޟީ ހަސަން ސައީދު ރިޓައަރ ކުރައްވަން ނިންމެވީ މާރިޗު 20 ގައި ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ކަމަށެވެ. އަދި އެއީ އޭނާގެ އެދިވަޑައިގަތުމާވެސް އެކު އުމުރުން 55 އަހަރު ވެފައިވުމާއި ގުޅިގެން ކަމަށެވެ. ފަނޑިޔާރެއްގެ ގޮތުގައި 21 އަހަރު މަސައްކަތް ކުރައްވާފައިވާ ހަސަން ސައީދު ރިޓައަރ ކުރެއްވީ މިއަދުން ފެށިންނެވެ. އޭނާ […]

މުޙައްމަދު އަފްރާޙް
ސެލްޓަ ވީގޯ ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި

ސެލްޓަ ވީގޯ ބަލިކޮށް ރެއާލުން ފަރަގު ކުޑަކޮށްފި

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތް ބާސާއާއި ދެމެދު އޮތް ފަރަގު ރެއާލުން ކުޑަކޮށްފިއެވެ. ރޭ ރެއާލުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ ދެވަނާގައި ރެއާލް އޮތީ 30 މެޗުން ލިބުނު 65 ޕޮއިންޓާއި އެކުގައެވެ. ބާސާއަށްވުރެ އެއް މެޗު އިތުރަށް ކުޅެ ރެއާލުން ފަރަގު އަށް […]

އިބްރާހިމް ޚަލީލް
އިހަވަންދޫގައި ގާއިމުކުރަން ނިންމާފައިވާ މަސް ގަންނަ މަރުކަޒުގެ މަސައްކަތް ލަސްވާ ސަބަބު ސާފުކުރަން މަޖިލީހަށް ހުށަހަޅައިފި

އިހަވަންދޫގައި ގާއިމުކުރަން ނިންމާފައިވާ މަސް ގަންނަ މަރުކަޒުގެ މަސައްކަތް ލަސްވާ ސަބަބު ސާފުކުރަން މަޖިލީހަށް ހުށަހަޅައިފި

ހއ. އިހަވަންދޫގައި ސަރުކާރުން ގާއިމުކުރަން ނިންމާފައިވާ މަސް ގަންނަ މަރުކަޒުގެ މަސައްކަތް ލަސްވާ ސަބަބު ސާފުކުރުމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ. ރާއްޖޭގެ އުތުރުގައި އެންމެ ފުޅާދާއިރާއެއްގައި މަސްވެރިކަން ކުރަމުން އަންނަ އެއް ރަށް ކަމުގައިވާ އިހަވަންދޫގައި މަސްގަންނަ މަރުކަޒެއް ގާއިމުކުރުމަށް ސަރުކާރުން ނިންމައި، އެކަމަށް ބޭނުންވާ ފައިސާ ވެސް މިއަހަރުގެ ބަޖެޓްގައި ވަނީ ހިމަނާފައެވެ. އެކަމަށް 1 ހެކްޓަރުގެ ބިން އެރަށުން ހޯދަން ސަރުކާރ...

ޙުސައިން ޝަހުދީ
އެމްއޭ ކަޕް ވޮލީ މުބާރާތް: ފިރިހެން ޗެމްޕިއަންކަން ތްރީޑީ ހޯދައިފި

އެމްއޭ ކަޕް ވޮލީ މުބާރާތް: ފިރިހެން ޗެމްޕިއަންކަން ތްރީޑީ ހޯދައިފި

މާލެ އަތޮޅު ހުރާގައި މި ރަމްޟާން މަހު ކުޅުނު އެމްއޭކަޕް ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމ،ްޕިއަންކަން ޓީމް ތްރީޑީ ހޯދައިފިއެވެ. ހުއްރިއްޔާ ސްޕޯޓްސް ކުލަބުގެ ވޮލީކޯޓުގައި ކުޅެވުނު މި މެޗުގައި ތްރީޑީ ބައްދަލުކުރީ އަވަށްޓެރި ސްރީލަންކާގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ދީޕްތީ އާއި މިހާރުގެ ކެޕްޓަން އިސުރު އަދި ލަންކާގެ ގައުމީ ޓީމް ކޯޗު ޗަންނަ ޖައެސޭކަރަ ހިމެނޭ ތުލުސްދޫގެ ބުލެކް އީގަލްސް އާއެވެ. އެހެންނަމަވެސް ލަންކާގެ ތަޖުރިބާކާރު ކުޅުންތެރިންނާއި ކޯޗުގެ މައްޗަށް ދިވެހި […]

މުޙައްމަދު އަފްރާޙް
މަސްތުވާތަކެއްޗަށް ފަރުވާދޭ ތަންތަނުގެ އަދަދު ޖޫން މަހު އިތުރުކުރަނީ

މަސްތުވާތަކެއްޗަށް ފަރުވާދޭ ތަންތަނުގެ އަދަދު ޖޫން މަހު އިތުރުކުރަނީ

ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައި އޮތްނަމަވެސް ފަރުވާދިނުމުގެ ކަންކަން ފުރިހަމަވެފައި ނެތް ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ) ގެ ބޯޑުގެ ޗެއަރމަން އަދި ހެލްތު މިނިސްޓަރުގެ ނައިބު ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގެ ‘ރާއްޖެ މިއަދު’ ގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިއަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ކުރިން އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި ފަރުވާދިނުމުގެ ތަންތަން އިތުރުވެގެންދާނެ ކަމަށެވެ. އެގޮތުން ރަށްރަށުގެ ކައުންސިލްތަކާއި ސިއްޙީ ޚިދުމަތް ފޯރ...

މުޙައްމަދު އަފްރާޙް
ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހަނދާންކޮށްދީފި

ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހަނދާންކޮށްދީފި

ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް ސްޓެލްކޯ އިން އަނެއްކާ ވެސް ހަނދާންކޮށް ދީފިއެވެ. އެ ކުންފުނިން ބުނީ މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވާގޮތަށް މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. މީގެ އިތުރުން ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. ހާއްސަކޮށް، ފިނި ކުރުމަށް ގެންގުޅޭ އޭސީ ފަދަ އާލާތްތަށް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވެ، […]

މުޙައްމަދު އަފްރާޙް
ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރާފާނެތީ ސަމާލުވުމަށް އެދިއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރާފާނެތީ ސަމާލުވުމަށް އެދިއްޖެ

ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާފާނެ ކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ. އެ އިދާރާ އިން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ. ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަަކަށް މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެކަން ހާމަކޮށް އެ އިދާރާއިން ބުނީ އެހެން ހިސާބުތަކުގެ ބައެއް ރަށްތަކަށް ވިއްސާރަ ކުރުން އެކަށީގެންވާ ކަމަަށެވެ. މެޓް […]

މުޙައްމަދު އަފްރާޙް