ތިލަދުންމަތީ ޚަބަރު ހއ. އަތޮޅު ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފި ހއ. އަތޮޅުގެ ވެރިރަށް ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުގެ ޚިދުމަތް ފަށައިފިއެވެ. މި ޚިދުމަތް ފަށާފައިވަނީ މި މޭ މަހުގެ 20 ވަނަ ދުވަހުއެވެ. މި ޚިދުމަތް ފައްޓަވައި ދެއްވީ އެކަމަށް ބޭއްވި ރަސްމިއްޔާތެއްގައި ދިއްދޫ ދާއިރާގެ މެންބަރު އަބުދުﷲ ވަހީދެވެ. މިކަމާއި ގުޅިގެން އެ ހޮސްޕިޓަލުގެ މެނޭޖަރު އާދަމް ނަސީރު ‘ތިލަދުން’ އަށް ވިދާޅުވީ، ހއ. އަތޮޅު ހޮސްޕިޓަލްގައި މިފެށި ޚިދުމަތާއެކު ކޮންސަލްޓޭޝަންގެ ހުރިހައި ކަމެއް މިހާރު ކުރެވޭނެ ކަމަށާއި އައިނު […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއިން ގުޅުން ބަދަލުކުރުމަށް ޗައިނާ އާއެކު މަޝްވަރާ ކޮށްފި ފަތުރުވެރިކަމާއި ތައުލީމީ ދާއިރާއިން ގުޅުން ބަދަލުކުރުމަށް ޗައިނާ އާއެކު މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާ ކުރެއްވީ ޗައިނާގެ ޔުނާން ޕްރޮވިންސްގެ ގަވަރުނަރު ވަންގް ޔުބޯ، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގެ ތެރޭގައެވެ. ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްްވައި، ދެޤައުމުގެ މެދުގައި މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ނަޝީދު މިއަދު ދިއްދޫއަށް ތިލައުތުރު އެވޯޑް ދިނުމުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހއ. ދިއްދޫއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ މުޙައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވީ މިއީ އެ އަތޮޅު ކައުންސިލުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފުރާވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި ނަޝ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ނަޝީދު އިސްވެ އުފައްދަވާ ޕާޓީ އުފެއްދުމުގެ ހުއްދައަށް މިއަދު ހުށަހަޅަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ބައިބައިވެ، ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން އުފައްދާ އައު ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅާނެ ކަމަށް ފިކުރެއްގެ ދިރުމުން ބުނެފިއެވެ. ފިކުރެއްގެ ދިރުމުން ބުނީ ޕާޓީ އުފެއްދުމުގެ ހުއްދައަށް ރަސްމީކޮށް، މިއަދު އީސީއަށް ހުށަހެޅުމަށްފަހު، ޕާޓީ އުފެއްދުމަށް ކުރަންޖެހޭ މަސައްކަތް ރަސްމީކޮށް ފަށާނެ ކަމަށެވެ. އަދި އައު ޕާޓީ ވެގެންދާނީ ރާއްޖޭގައި އުފެދޭ އެންމެބޮޑު އެއް ޕާޓީއަށް ކަމަށެވެ. އައު […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ޕީޕީއެމް ވުޖޫދުން ފޮހެލުމަކީ ކުރެވޭ ވަރުގެ ކަމެއް ނޫން: ސަލީމް ޕީޕީއެމް ވުޖޫދުން ފޮހެލުމަކީ ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ޕީޕީއެމްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ ޕީޕީއެމްގެ މިސްރާބު ހުރީ އަނދިރި ދިމާއަކަށް ކަމަށާއި އެ ގޮތުގައި ކުރިއަށްދާނަމަ ޕާޓީ ވުޖޫދުން ފޮހެވުމުގެ ފުރުސަތު ވެސް ބޮޑުކަމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވުމުން އެއަށް ރައްދުދެއްވައެވެ. ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ކޮލަމް ރިބާގެ ނުރައްކާތެރިކަން ރިބާގެ މުޢާމަލާތަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަރަށް ޢާންމުވެފައިވާ ވަބާއެކެވެ. ގިނަ ފަހަރަށް ރިބާގެ މުޢާމަލާތުގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން މެހިގަންނަނީ އެއްވެސް ވިސްނުމެއް، އެއްވެސް ފިކުރެއް ނެތިއެވެ. ކަމުގެ ނުރައްކާތެރިކަމަށް ބެލުމެއް ނެތިއެވެ. ރިބާގެ މުޢާމަލާތްތަކާއި ލޯނުތަކާއި އިންޓްރެސްޓަކީ މާ ބޮޑު ކަމެއް ކަމުގައި ނުދެކެއެވެ. އާދެ، ރިބާއަކީ ދީނީގޮތުން ބަލާއިރު އެންމެ ބޮޑު ހަތް ފާފައިގެ ތެރޭގައި ހިމެނޭ ފާފައެކެވެ. ރިބާގެ މުޢާމަލާތުން އެއްކިބާ ނުވާ މީހުންނަށް މާތް ﷲ ވަނީ އެ... ޝެއިޚް ޝަފީއު އަބްދުﷲ · 3 އަހަރު ކުރިން
ރާއްޖެ ރައީސްގެ އިތުބާރުގެ މައްސަލާގައި ނާޒިމް ސޮއިކޮށްފި ޗާގޯސް މައްސަލާގައި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ އިތުބާރުގެ މައްސަލައެއް މަޖިލީހަށް ވައްދަން ތާއީދުކޮށް، އެ މައްސަލަ ހުށަހެޅުމަށް ސޮއި ދެއްވާފައިވާކަމަށް، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި މައްސަލައާއި ގުޅިގެން، އެކަމުގައި ސަރުކާރުން ގެންގުޅުނު ސް... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ކުޅިވަރު އާސެނަލް ބަލިވުމުން ލީގުގެ ޗެމްޕިއަންކަން ސިޓީއަށް އިނގިރޭސި ޕްރިމިއާ ލީގުގައި ޕޮއިންޓް ތާވަލުގެ ދެވަނާގައި އޮތް އާސެނަލްއާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗުން އާސެނަލް ބަލިވުމުން ލީގު ޗެމްޕިއަންކަން މެންޗެސްޓާ ސިޓީއަށް ލިބިއްޖެއެވެ. މިއީ ސިޓީން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ވިދިވިދިގެން ހޯދި ތިންވަނަ ފަހަރެވެ. އަދި މިއީ ފާއިތުވި ހަ ސީޒަންގެ ތެރޭ ސިޓީން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ފަސްވަނަ ފަހަރެވެ. މިއީ ސިޓީގެ ތާރީޚުގައި އެ ޓީމުން ޕްރިމިއާ ލީގު ކާމިޔާބުކުރި ނުވަވަނަ ފަހަރެވެ. މިރޭ ފޮރެސްޓްގެ ދަނޑުގައި ކުޅުނު […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ޑްރަގް ޓްރެފިކު ކުރާ މީހުންނަށް މަރުގެ އަދަބުދޭން ނާޒިމް ތާއީދު ޑްރަގް ޓްރެފިކު ކުރާ މީހުންނަށް މަރުގެ އަދަބުދޭން ތާއީދު ކުރައްވާކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ، އެމްއެންޕީން ސިލްސިލާކޮށް ކުރިއަށް ގެންދާ “ނާޒިމް ބުނަނީ ކީކޭ؟” ކްލަބް ހައުސް އިވެންޓުތަކުގެ ތެރެއިން މިރޭގެ އިވެންޓުގައި ބައިވެރިޔަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. ކުރީގެ ތިން ޕްރޮގްރާމެކޭ އެއްފަދައިން އެމްއެންޕީގެ ނާއިބް ރައީސް ހުސައިން އިސްމާއިލް ހުށަހަޅުއްވައި ދެއްވި... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ކުޅިވަރު ފަހުވަގުތު ވިލާއާއި އެއްވަރުކޮށް ލިވަޕޫލުން ގަދަހަތަރެއްގެ އުންމީދު ދަމަހައްޓައިފި އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލާއި އެސްޓަންވިލާ ބައްދަލުކުރި މެޗުން ވިލާ މޮޅުވާން ދަނިކޮށް، ލިވަޕޫލުން ފަހު ވަގުތު ލަނޑުޖަހައި ނަތީޖާ އެއްވަރުކޮށް ގަދަ ހަތަރެއްގައި ނިންމުމަށް އެ ޓީމުން ކުރަމުން އަންނަ އުންމީދު ދަމަހައްޓައިފިއެވެ. މިރޭ ލިވަޕޫލްގެ އެންފީލްޑްގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މިވަގުތު ލިވަޕޫލް އޮތީ ޕޮއިންޓް ތާވަލުގެ ފަސްވަނާގައެވެ. އެ ޓީމަށް 37 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ރާއްޖެ ކޮންމެ މީހަކުވެސް ސިޔާސީ މަސައްކަތް ކުރާނީ އެމީހެއްގެ ކުރިއެރުމަށް: މައުރޫފް ކޮންމެ މީހަކުވެސް ސިޔާސީ މަސައްކަތް ކުރާނީ އެމީހެއްގެ ކުރިއެރުމަށް ކަމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވެއްޖެއެެވެ. އޭނާ މިހެން ވިދާޅުވެފައި މިވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި ޚިޔާޅުތަފާތުވުން އުފެދި، ރައީސް ނަޝީދު އިސްވެހުންނަވައި ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވާކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. ރާއްޖެގައި އުފެދުނު ސިޔާސީ ޕާޓީތައް ބައިބައިވެގެން ދިޔަ ގޮތަށް އަލިއަޅުވައިލައްވައި، މައުރޫފް ވިދ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ބައިނަލްއަގުވާމީ މައްކާގެ ހޮޓަލެއްގައި އަލިފާންރޯވެ 8 އުމުރާވެރިން ނިޔާވެއްޖެ މައްކާގެ ޚަލީލު ރޯޑުގައި ހުރި ހޮޓަލެއްގައި އަލިފާންރޯވެ 8 އުމުރާވެރިން ނިޔާވެއްޖެއެވެ. ބައިނަލްއަގްވާމީ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި މައްކާގެ ހަރަމްފުޅާ ކައިރީގައި ހުންނަ މި ހޮޓަލުގައި ހިނގި މި ހާދިސާގައި މިހައިތަނަށް 8 މީހުން ވަނީ ނިޔާވެފައެވެ. އަދި 6 މީހުންނަށް ވަނީ އަނިޔާވެފައެވެ. ޕާކިސްތާނުގެ ސަރުކާރާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ، މި ހާދިސާގައި ނިޔާވެފައި ވަނީ އެ ގައުމަށް ނިސްބަތްވާ 8 އުމުރާވެރިން ކަމަށެވެ. މިކަން ވަނީ އެ ގައުމުގެ ސަރުކާރުގެ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ''އެކަށޭނަ މިންވަރަށް ޚާއްސަ ކްލާސްރޫމް ތަކާއި އިމާރާތް ނެތުމަކީ ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމަށް ގޮންޖެހުމެއް'' ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމުގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ޕްރޮގްރާމްތައް ހިންގުމަށް ތައްޔާރު ކުރެވިފައިވާ ޚާއްސަ ކްލާސްރޫމް ތަކާއި އިމާރާތް ނެތުންކަމަށާއި އެކަން ހައްލުކުރުމަށް މަސައްކަތްކުރައްވަމުންދާކަމަށް ހޯމް މިނިސްޓަރު ސައިޚް އިިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ޚިދުމަތާ އަލަށް ގުޅުނު އޮފިސަރުންނަށް ހިންގި ”ސެޓްފިކެޓް 3 އިން ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ” ޕްރޮގްރާމް ގެ 9 ވަނަ ބެޗް... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ ނަޝީދު އިސްވެ އުފައްދަވާ ޕާޓީގެ ތަރުޖަމާނަކަށް އަފްޝަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީގެ ތަރުޖަމާނަކަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ކުރީގެ ސީއީއޯ އަފްޝަން ލަތީފު ހަމަޖައްސަވައިފި އެވެ. އަފްޝަން އެ މަގާމަށް ހަމަޖެއްސިކަން ހާމަކުރައްވާފައިވަނީ ނަޝީދުގެ ”ފިކުރެއްގެ ދިރުން” ޓީމުގެ އިސް މެންބަރެއް ކަމަށްވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފެވެ. އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން ބެލި މައްސަލައ... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ވިޔަފާރި ކޮކޫން ކަލެކްޝަންގެ ޖޯއީ އައިލެންޑް ރިސޯޓަށް މުވައްޒަފުން ހޯދަން ޖޮބް ފެއާތަކެއް ބާއްވަނީ މި އަހަރުގެ ސެޕްޓެމްބަރ މަހު ހުޅުވުމަށް ހަމަޖެހިފައިވާ ކޮކޫން ކަލެކްޝަންގެ ޖޯއީ އައިލެންޑް ރިސޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޖޮބް ފެއާތަކެއް ބާންވަ ނިންމައިފިއެވެ. ކޮކޫން ކަލެކްޝަންއިން މި އަހަރު ސެޕްޓެމްބަރ މަހު ޖޯއީ އައިލެންޑްގެ ނަމުގައި ހުޅުވާ ރިސޯޓަކީ މާލެ އަތޮޅުގައި ހުޅުވާ ރިސޯޓެކެވެ. މި ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ސްޕީޑް ބޯޓެއްގައި ސާޅީހަކަށް މިނެޓުން ދެވޭނެއެވެ. ޖުމްލަ ހަތް ރަށެއްގައި މި އޯޕަންޑޭ ބާއްވަން ނިންމާފައިވާއިރު، ތިލަ... އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން