މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މާރަންދޫ ފެނަކަ ބުރާންޗުގެ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލަ ކައުންސިލުން ކުށްވެރިކޮށްފި

މާރަންދޫ ފެނަކަ ބުރާންޗުގެ 13 މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލަ ކައުންސިލުން ކުށްވެރިކޮށްފި

އެއްވެސް އިންޒާރަކާއި ނުލައި ކުއްލި ގޮތަކަށް ހއ. މާރަންދޫ ފެނަކަ ބުރާންޗުގައި މަސައްކަތްކުރާ 13 މުވައްޒަފަކު ވަޒީފާއިން ވަކިކޮށް، އެ މީހުންގެ އާއިލާތައް ބިކަކޮށްލިކަމަށް ބުނެ މައްސަލަ އެ ރަށު ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މާރަންދޫ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެއްވެސް އިންޒާރަކާ ނުލައި 27 އޮގަސްޓް 2026 ވަނަ ދުވަހުގެ ރޭ އެ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ ގުޅިގެން 13 އާއިލާއެއް މަގުމަތިވެ، ބިކަވެފައިވާ ކަމަށެވެ. މިއީ އެ ކައުންސިލުން […]

އަލީ އާދިލް
"ޑޮލަރުން މުސާރަ ދިނުން ހުއްޓާލުމާ ދެކޮޅަށް" ރިސޯޓު މުވައްޒަފުންގެ ޕެޓިޝަނެއް

"ޑޮލަރުން މުސާރަ ދިނުން ހުއްޓާލުމާ ދެކޮޅަށް" ރިސޯޓު މުވައްޒަފުންގެ ޕެޓިޝަނެއް

ސަރުކާރުން ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުން މުސާރަ އާއި ސާވިސް ޗާޖު ނުދެވޭނެކަން ރިސޯޓުތަކުން މުވައްޒަފުންނަށް އަންގަމުންދާތީ، އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތް ރިސޯޓު މުވައްޒަފުންގެ ހައްގުތަކަށް ވަކާލާތުކުރާ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން ފަށައިފިއެވެ. ރިސޯޓުތަކަށް ލިބޭ ޑޮލަރު އާމްދަނީގެ 40 ޕަސެންޓު ދިވެހި ރުފިޔާއަށް މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ރިސޯޓު ވިޔަފާރިތަކުން ކަންބޮޑުވުން ފާޅުކޮށ...

އަލީ އާދިލް
ހޯރަފުށީ ތާރުއެޅި މަގުތަކަށް ފެންޖަހައި ހަފުތާއަކު ދެ ދުވަހު ސާފުކުރަނީ

ހޯރަފުށީ ތާރުއެޅި މަގުތަކަށް ފެންޖަހައި ހަފުތާއަކު ދެ ދުވަހު ސާފުކުރަނީ

ހއ.ހޯރަފުށީގައި ތާރު އަޅައިގެން ތަރައްގީކޮށްފައިވާ މަގުތަކަށް އަރާފަައި ހުރި ވެލިތައް ފެންޖަހައި ހަފުތާއަކު ދެ ދުވަހު ސާފުކުރުމުގެ މަސައްކަތްކުރުމަށް އެ ކައުންސިލުން ނިންމައިފިއެވެ. މި މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހުކުރުދުވަހުގައެވެ. މި ކަމާގުޅިގެން، ރައްޔިތުން ސަމާލުކަންދޭންޖެހޭ މުޙިއްމު ކަންތައްތަކެއް ހޯރަފުށީ ކައުންސިލުން އާއްމުކޮށްފައިވެއެވެ. އެ ގޮތުން ވެލި ސާފުކުރުމުގެ މަސައްކަތްކުރުމަށް ބޭނުންކުރާ ވެހިކަލްތަކަށް އުނދަގޫވާ ގޮތަށް މަގުމަތީގައި ބަހައްޓާފަ...

ފާތިމަތު ސަޙާ
އެމްއާރުސީން ކުޅުދުއްފުށީގައި ބޭސިކް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީނެއް

އެމްއާރުސީން ކުޅުދުއްފުށީގައި ބޭސިކް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީނެއް

ހދ.ކުޅުދުއްފުށި ސިޓީގައި މޯލްޑިވްސް ރެޑް ކްރެސެންޓް (އެމްއާރުސީ) އިން ބޭސިކް ސައިކޮލޮޖިކަލް ފަސްޓް އެއިޑް (ބީޕީއެފްއޭ) ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. އެމްއާރުސީން ބުނިގޮތުގައި މިއީ އެ ޖަމާއަތުގެ ވޮލަންޓިއަރުންނާއި ޝައުޤުވެރިވާ އާންމު ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ތަމްރީނެކެވެ. މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 21 އޮގަސްޓް 2026 އިން 22 ގެ ނިޔަލަށެވެ. މި ޕްރޮގްރާމްގައި، ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައްޔާއި އެނޫން ވެސް ދަތި،އުނދަގޫ ޙާލަތްތަކުގައި ނަފ...

ފާތިމަތު ސަޙާ
އުރީދޫ މަސްރޭސް 14 ޓީމާއެކު މާފުށީގައި ފަށައިފި

އުރީދޫ މަސްރޭސް 14 ޓީމާއެކު މާފުށީގައި ފަށައިފި

އުރީދޫ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ “އުރީދޫ މަސްރޭސް” ޖުމްލަ 14 ޓީމާއެކު ކ. މާފުށީގައި މިއަދު ފަށައިފިއެވެ. އުރީދޫ މަސްރޭހަކީ އުރީދޫ މޯލްޑިވްސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސް ގުޅިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ހަރަކާތެކެވެ. މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަދަ މަސްވެރިކަމުގެ މުބާރާތެވެ. މިއަހަރުގެ މި މުބާރާތް ކުރިއަށްދަނީ ޖުމްލަ 43،000 ރުފިޔާގެ ފައިސާގެ އިނާމުތަކާއެކުގައެވެ. މި މުބާރާތުގައި ވަނަތަކަށް ހޮވޭ ޓީމުތަކަށާއި ވަކިވަކި މަސްވެ...

އިބްރާހިމް އަސްވާޤް
އިސްރާއީލުން ޑްރޯން ހަމަލާއެއްދީ ފަލަސްތީނުގެ އެއް އާއިލާއެއްގެ ތިން މީހަކު ޝަހީދުކޮށްލައިފި

އިސްރާއީލުން ޑްރޯން ހަމަލާއެއްދީ ފަލަސްތީނުގެ އެއް އާއިލާއެއްގެ ތިން މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގެ ދެކުނުގައިވާ ޚާން ޔޫނިސްގެ އުތުރު ސަރަހައްދަށް އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ފަލަސްތީނުގެ އެއް އާއިލާއަކަށް ނިސްބަތްވާ ތިން މީހުން ޝަހީދުވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ ނާސިރު މެޑިކަލް ކޮމްޕްލެކްސްއާ ހަވާލާދީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ނޫސްވެރިންނެވެ. މި ނުރައްކާތެރި ހަމަލާ ދީފައި މިވަނީ، ވޭތުވެދިޔަ އަހަރު އެއްބަސްވި “ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ” ޚިލާފަށް، އިސްރާއީލުގެ އަސްކަރިއްޔާއިން މުޅި ޣައްޒާގެ އެކި ސަރަހައްދުތަކަށް ދެމުންގެންދާ ހަމަލާތައް ހުއްޓުމެއްނެތި...

ނާޒިމާ އަލީ
އެލްނީނޯގެ އަސަރު ރާއްޖެއަށް: އާދަޔާ ހިލާފަށް ހޫނުމިން މައްޗަށް! ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ

އެލްނީނޯގެ އަސަރު ރާއްޖެއަށް: އާދަޔާ ހިލާފަށް ހޫނުމިން މައްޗަށް! ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލެއް ކަމަށްވާ “އެލް ނީނޯ” ގެ އަސަރުތަކާއެކު، ކުރިއަށް އޮތް ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ހޫނުމިން އާންމުކޮށް ހުންނަ މިންވަރަށްވުރެ މަތިވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީހުން) ލަފާކޮށްފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން އާންމުކުރި މޫސުމީ މައުލޫމާތުތަކާއި ޗާޓުތަކުން ދައްކާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވާރޭވެހޭ މިންވަރަށް ވެސް ބޮޑެތި ބަދަލުތަކެއް...

އަލީ އާދިލް
އިސްރާއީލަށް ފިޔަވަޅު ނޭޅޭތީ އޯއައިސީގައި ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފި

އިސްރާއީލަށް ފިޔަވަޅު ނޭޅޭތީ އޯއައިސީގައި ރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފި

އިސްރާއީލުގެ ޣައިރު ޤާނޫނީ ޢަމަލުތައް ހުއްޓުވައި، އެ ޤައުމުގެ މައްޗަށް ބައިނަލްއަޤުވާމީ ޤާނޫނުތައް ތަންފީޒުކުރުމަށް އެކަށޭނެ ފިޔަވަޅުތަކެއް އަޅާފައިނުވާތީ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމެއްގައި ދިވެހިރާއްޖެއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ރާއްޖެއިން މިކަމަށް ކަންބޮޑުވުން ފާޅުކުރެއްވީ ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ޚާރިޖީ ވަޒީރުންގެ ފެންވަރުގައި މިއަދު ބޭއްވި އޯއައިސީގެ އެކްސްޓްރާއޯޑިނަރީ މީޓިންގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްކެވި ވާހަ...

އަލީ އާދިލް
އެ ބިމެއްގައި މުންކަރާތްތަކާއި ފާޙިޝު ކަންތައްތައް ޢާންމުވެއްޖެ ނަމަ، މުޖުތަމަޢު ފަސާދަވެ ފަނާވެދާނެ: ހުތުބާ

އެ ބިމެއްގައި މުންކަރާތްތަކާއި ފާޙިޝު ކަންތައްތައް ޢާންމުވެއްޖެ ނަމަ، މުޖުތަމަޢު ފަސާދަވެ ފަނާވެދާނެ: ހުތުބާ

އެ ބިމެއްގައި މާތް ﷲ ނުރުއްސަވާ ކަންތައްތައް ގިނަވެ، މުންކަރާތްތަކާއި ފާޙިޝު ކަންތައްތައް ޢާންމުވެއްޖެ ނަމަ، އެ މުޖުތަމަޢެއް ފަސާދަވެ ފަނާވެދާނެކަމުގެ އިންޒާރު މިއަދުގެ ހުކުރު ހުތުބާގައި ދީފިއެވެ. “މުޖުތަމަޢު އިޞްލާޙުކުރުން، އެންމެންގެ ޒިންމާ” މި މައުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި މިއަދު އިއްވި ހުތުބާގައި ބަޔާންކޮށްފައިވަނީ، ދިވެހިންނަކީ ޒަމާނުއްސުރެ މާތް ﷲގެ ދީން ޤަބޫލުކޮށް، އަމާންކަމާއި އަޚުވަންތަކަމާއެކު އުޅެމުން އައި ބަޔަކަށް ވީނަމަވެސް، ފަހުގެ ތާރީޚުގައި އިޖުތިމާޢީ އަދި އަޚުލާޤީ ގޮތުން މު...

ޔުމްނާ ޢަލީ
އުރީދޫ ކަސްޓަމަރުންނަށް ނޭޕާލަށް ހިލޭ ގުޅޭނެ!

އުރީދޫ ކަސްޓަމަރުންނަށް ނޭޕާލަށް ހިލޭ ގުޅޭނެ!

ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ހާދިސާއާ ގުޅިގެން، އެ ގައުމުގައި ތިބި އާއިލާތަކާއި ރައްޓެހިންގެ ހާލު ބެލުމަށް އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ނޭޕާލަށް ހިލޭ ގުޅޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިދީފިއެވެ. އުރީދޫ އިން ބުނި ގޮތުގައި، މުވާސަލާތީ ގުޅުން ބަދަހިކޮށް ބެހެއްޓުން އެންމެ މުހިންމުވާ ދަނޑިވަޅުތަކުގައި އެ ކުންފުނި އޮތީ ކަސްޓަމަރުންނާއެކުގައެވެ. އެގޮތުން، ނޭޕާލުގައި ތިބި އާއިލާތަކާއި ގާތްތިމާގެ މީހުންގެ ހާލުބަލައި، އެ މީހުންގެ މަތިން ހަނދާންކުރާކަން އަންގައިދިނުމުގެ ފުރުސަތު ދިނުމު...

އިބްރާހިމް އަސްވާޤް
އުލިގަމު ކައުންސިލުން ރަށުގެ ޒުވާނުންގެ ހުނަރު ތަރައްޤީ ކުރުމަށް ސެޓްފިކެޓް ލެވެލްގެ ކޯސްތަކެއް ހިންގަނީ

އުލިގަމު ކައުންސިލުން ރަށުގެ ޒުވާނުންގެ ހުނަރު ތަރައްޤީ ކުރުމަށް ސެޓްފިކެޓް ލެވެލްގެ ކޯސްތަކެއް ހިންގަނީ

ހއ. އުލިގަމުގެ ޒުވާނުންގެ ހުނަރު ތަރައްޤީކޮށް، ހުނަރުވެރި ޒުވާނުންތަކެއް އުފެއްދުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު ވެސް ސެޓްފިކެޓް ލެވެލްގެ ގިނަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން މަސައްކަތް ކުރަމުން އަންނަކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ. އެ ގޮތުން އުލިގަމު ކައުންސިލާއި، އެ ރަށު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ)، އަދި އެސޯސިއޭޝަން ފޯރ ސޯޝަލް އެވެއާނެސްގެ އިތުރުން މޯލްޑިވްސް ޕޮލިޓެކްނިކްއާ، ގުޅިގެން މިކަމާ ބެހޭގޮތުން މަޝްވަރާ ބައްދަލްވުމެއް ބާއްވާފައިވެއެވެ. އުލިގަމު ކަ...

ފާތިމަތު ސަޙާ
އުތީމުގައި ޖަމާޢަތްތެރިކަމުގެ ކޯހެއް ބޭއްވުމަށް ފުރުޞަތު ހުޅުވާލައިފި

އުތީމުގައި ޖަމާޢަތްތެރިކަމުގެ ކޯހެއް ބޭއްވުމަށް ފުރުޞަތު ހުޅުވާލައިފި

ހއ.އުތީމުގައި ކުރިއަށް ގެންދިޔުމަށް ޖަމާޢަތްތެރިކަމުގެ ކޯހުގައި ބައިވެރިވުމަށް ނަންނޯޓު ކުރުމުގެ މުއްދަތު އިތުރުކޮށް، ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ އުތީމު ކައުންސިލާއި، އެ ރަށު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީއާއި، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒު ގުޅިގެން އުތީމުގައި ކުރިއަށް ގެންދާ ކޯހެކެވެ. ކޯސް ކުރިއަށް ދާނީ 03 ސެޕްޓެމްބަރ 2026 އިން 05 ސެޕްޓެމްބަރ 2026އަށެވެ. މި ކޯހުގައި ބައިވެރިވުމަށް ނަންނޯޓު ކުރުމުގެ ސުންގަޑިއަކީ 30 އޮގަސްޓް 2026 ވާ އާދިއްތަ ދުވަހު...

ފާތިމަތު ސަޙާ
ނައިވާދޫގެ ބަނދަރާއި ގޮނޑުދޮށް ސާފުކުރުމުގެ ބޮޑު ހަރަކާތެއް

ނައިވާދޫގެ ބަނދަރާއި ގޮނޑުދޮށް ސާފުކުރުމުގެ ބޮޑު ހަރަކާތެއް

ހދ.ނައިވާދޫގެ ބަނދަރު ސަރަޙައްދާއި ގޮނޑުދޮށް ސަރަޙައްދު ސާފުކުރުމުގެ ހަރަކާތެއް ބޭއްވުމަށް އެ ކައުންސިލުން ނިންމައިފިއެވެ. ނައިވާދޫ ކައުންސިލުން ބުނެފައި ވަނީ މި ހަރަކާތަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީމެއް އެރަށަށް ކުރަން ހަމަޖެހިފައިވާ ޒިޔާރަތާއި ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތެއް ކަމަށެވެ. އެ ޓީމަކީ ޗާލު ދިވެހިރާއްޖެ އެވޯޑަށް އެރަށް ނޮމިނޭޓްވެފައިވާތީ ކުރާ އެ ރަށަށް ޒިޔާރަތްކުރާ ޓީމެކެވެ. ނައިވާދޫގެ ބަނދަރު ސަރަޙައްދާއި ގޮނޑުދޮށް ސަރަޙައްދު ސާފުކުރުމުގެ ހަރަކާތް ފެށ...

ފާތިމަތު ސަޙާ
ގޭސް ލީކުވި ހާދިސާ: ދަރިފުޅުގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ބުނެފި

ގޭސް ލީކުވި ހާދިސާ: ދަރިފުޅުގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ބުނެފި

މާލޭގެ ގެއެއްގެ ތެރޭގައި ގޭސް ލީކުވެ، ހާލު ދެރަވި ދެ މީހުންގެ ތެރެއިން 19 އަހަރުގެ އަންހެން ކުއްޖާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. އިއްޔެ ހެނދުނު ހިނގި މި ހާދިސާއާ ގުޅިގެން އައިޖީއެމްއެޗަށް ގެންދިޔަ ދެ މީހުންގެ ތެރެއިން ނިޔާވެފައިވަނީ ދަފްތަރު ނަންބަރު ރސ 6210 / މާލެ، ޒާހިދާ ތައުފީޤު (51އ) އެވެ. މި ހާދިސާ އާއި ގުޅިގެން ފުލުހުން ރޭ ނެރުނު ބަޔާނެއްގައިވާ […]

ޔުމްނާ ޢަލީ
މުހިންމު މުބާރާތްތަކަށް ކޮލިފައިނުވުމުން ނައިޖީރިއާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދީފި

މުހިންމު މުބާރާތްތަކަށް ކޮލިފައިނުވުމުން ނައިޖީރިއާ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދީފި

ނައިޖީރިއާގެ ގައުމީ ޓީމުތަކަށް ބޮޑެތި ބައިނަލްއަގުވާމީ މުބާރާތްތަކުން ފުރުސަތު ނުލިބި، ކުރިމަތިވި ފިއްތުންތަކާ ގުޅިގެން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިބްރާހީމް ގުސާއު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ބުރާސްފަތި ދުވަހު ގުސާއު އިސްތިއުފާ ދެއްވި އިރު، އެ ފެޑެރޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުހައްމަދު ސަނޫސީ ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. 2022 ވަނަ އަހަރުން ފެށިގެން އެ މަގާމުގައި ހުންނެވި ގުސާއު ވިދާޅުވީ، އިސްތިއުފާ ދެއްވަން ނިންމެވީ ކަމާބެހޭ ފަރާތްތަކާއި އާއިލާއާ މަޝްވަރާ ކ...

އަޙްމަދު ވަހީދު