މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ލަގެޖަކުން 13 މިލިއަން ރުފިޔާގެ މަސްތުވާތަކެތި

ލަގެޖަކުން 13 މިލިއަން ރުފިޔާގެ މަސްތުވާތަކެތި

ޕާކިސްތާނުން އައި މީހެއްގެ ލަގެޖުން 10 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނީ އޭނާގެ ލަގެޖުން 10.14 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އަދި އެއީ ވައިގެ މަގުން ރާއްޖެ އައި މީހެއް ކަމަށް ވެސް ބުނެއެވެ. މިތަކެތި އަތުލައިގަނެފައިވަނީ، މިއަދު ކަމަށާއި އެއީ ޕާކިސްތާންގެ ފައިސަލް އާބާދުންް ރާއްޖެ އައި އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ. ކަސްޓަމްސް އިން ބުނީ އެ ފަސިންޖަރަކާއި މެދު […]

މުޙައްމަދު އަފްރާޙް
ތިމާވެށީގެ ދުވަސް ފާހަގަކުރަން އެމްޑަބްލިއުއެސްސީން ހާއްސަ ހަރަކާތްތަކެއް

ތިމާވެށީގެ ދުވަސް ފާހަގަކުރަން އެމްޑަބްލިއުއެސްސީން ހާއްސަ ހަރަކާތްތަކެއް

ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމްޑަބްލިއުއެސްސީގެ “ނަލަ ވެށި” ކެމްޕޭންގެ ދަށުން ހާއްސަ ހަރަކާތްތަކެއް ފަށައިފިއެވެ. އެ ކުންފުނީގެ އޮޕަރޭޝަންތައް ހިނގަމުންދާ މާލެ، ހުޅުމާލެ އަދި ކުޅުދުއްފުށީގައި މި ހާއްސަ ހަރަކާތްތައް ކުރިއަށްދާނެއެވެ. އެގޮތުން، ކުންފުނީގެ އޮޕަރޭޝަން ސެންޓަރުގައި ގަސް އިންދައި ފެހި ކުރުމުގެ ޚާއްސަ ހަރަކާތެއް ހުޅުމާލޭގައި، މިއަދު ހަވީރު ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި ހަރަކާތް ފައްޓަވައި ދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް އަދި އާބަންކޯގ...

އަޙްމަދު ވަހީދު
އެސްޓީއޯގެ ''މަގޭހިޔާ'' ޕްރޮމޯޝަން މިއަހަރު ވެސް

އެސްޓީއޯގެ ''މަގޭހިޔާ'' ޕްރޮމޯޝަން މިއަހަރު ވެސް

ގެދޮރުވެރިންނަށް ހާއްސަކޮށްގެން އެސްޓީއޯ އިން ކުރިއަށްގެންދާ “މަގޭހިޔާ” ޕްރޮމޯޝަން ފަށައިފިއެވެ. މަގޭ ހިޔާ ޕްރޮމޯޝަނަކީ ސަރުކާރު އަދި އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ އެކި ހައުސިން މަޝްރޫއުގެ ދަށުން ގެދޮރު ލިބޭ މީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. މިއަހަރުގެ ޕްރޮމޯޝަން ފެށީ މި މަހުގެ އެކެއްގައެވެ. މިދިޔަ ދެ އަހަރުވެސް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ. އެގޮތުން، 15،000ރ. އިން ފެށިގެން 25،000ރ. އާ ދެމެދުގެ މުދަ...

އަޙްމަދު ވަހީދު
ވައްކަމުގެ ތުހުމަތުކޮށް ފުލުހުން އަތުލި 25,000 ރުފިޔާ އަނބުރާ ދޭން ހުކުމްކޮށްފި

ވައްކަމުގެ ތުހުމަތުކޮށް ފުލުހުން އަތުލި 25,000 ރުފިޔާ އަނބުރާ ދޭން ހުކުމްކޮށްފި

ވައްކަމުގެ ތުހުމަތު ކުރެވުނު މީހެއްގެ އަތުން ފުލުހުން އަތުލި 25,000 ރުފިޔާ ހަތް އަހަރު ފަހުން އަނބުރާ އޭނާއާ ހަވާލުކުރަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ. އއ. މަތިވެރީ އިރަމާގޭ, އާދަމް ޝަރީފްގެ އަތުން 25,000 އަށް ވުރެ ގިނަ ރުފިޔާ ހިފައިގެން ދަނިކޮށް މަގުމަތިން އޭނާ ހުއްޓުވައި އެ ފައިސާ ފުލުހުން އަތުލާފައިވަނީ އެލްބިއަން ސްޓޯރުން އޭނާ ވައްކަން ކުރި ކަމަށް ތުހުމަތުކޮށެވެ. އެ މައްސަލާގައި އެ މީހާގެ މައްޗަށް ކުރި ވައްކަމުގެ ދައުވާ ސާބިތުނުވާ […]

ހުސައިން ހަބީބް
މޭ 18 ވަނަ ދުވަހާއި ހަމައަށް ދައުލަތަށް 12.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް

މޭ 18 ވަނަ ދުވަހާއި ހަމައަށް ދައުލަތަށް 12.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް

މޭމަހުގެ 18 ވަނަ ދުވަހާއި ހަމައަށް ދައުލަތައް އާމްދަނީގެ ގޮތުގައި 12.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. އެ މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ފައިބެއަހަރުގެ މިމުއްދަތުގައި އާމްދަނީގެ ގޮތުގައި 10.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއަހަރުގެ މިހައިތަނަށް ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ކަމަށާއި އެގޮތުން މޭ 18 ވަނަ ދުވަހާއި ހަމައަ...

މުޙައްމަދު އަފްރާޙް
ގުޅިގެން މަސައްކަތްކުރުމަށް ޕީސީބީ އާއި ސީއެމްޑީއޭ އެއްބަސްވުމަކަށް

ގުޅިގެން މަސައްކަތްކުރުމަށް ޕީސީބީ އާއި ސީއެމްޑީއޭ އެއްބަސްވުމަކަށް

ކޯޕަރޭޓް ގަވަނަންސް ދާއިރާގައި ގުޅިގެން މަސައްކަތްކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮޓޯރިޓީ (ސީއެމްޑީއޭ) އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕީސީބީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް އާސިމް މުޙައްމަދެވެ. ސީއެމްޑީއޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރ މުޙައްމަދު ހުސައިން މަނިކުއެވެ. ސީއެމްޑީއޭގެ ސީއީއޯ މުޙައްމަދު ހުސައިން މަނިކު ވިދާޅުވީ ޕީސީބީގައި ވެސް...

މުޙައްމަދު އަފްރާޙް
ރައީސް މިއަދު އުކުޅަހަށް ވަޑައިގަންނަވަނީ

ރައީސް މިއަދު އުކުޅަހަށް ވަޑައިގަންނަވަނީ

ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު އުކުޅަހަށް ވަޑައިގަންނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިޢުވާން މުޙައްމަދު ވިދާޅުވީ، ރައީސް މިއަދު މެންދުރުފަހުގެ ވަގުތެއްގައި އއ. އުކުޅަހަށް ރަސްމީ ދަތުފުޅެއް ކުރައްވާނެއެވެ. މި ދަތުރުފުޅަކީ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އުކުޅަހުގައި އޮންނަ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަސް މި އަހަރު ގައުމީ ފެންވ...

ޔުމްނާ ޢަލީ
ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސެމިނާއެއް ބާއްވައިފި

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސެމިނާއެއް ބާއްވައިފި

ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސެމިނާއެއް މިއަދު ބާއްވައިފިއެވެ. ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި، ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ވަނީ ސެމިނާއެއް ބާއްވާފައެވެ. ”ޕްލާސްޓިކް ކުންޏަށް ހައްލެއް ގެންނަމާ!” މި ޝިޔާރުގެ ދަށުން ކުރިޔަށް ގެންދިޔަ މި ސެމިނާގައި ޕްލާސްޓިކް ކުނި މަދުކުރުމުގެ މަސައްކަތުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވަމުންދާ ތިން ތަޖުރިބާކާރުން ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވިކަމަށް ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ...

ޔުމްނާ ޢަލީ
ރާއްޖޭގެ ކުރިމަގާއި ވެށީގެ ހިމާޔަތަށްޓަކައި ގައުމުގެ ސިޔާސަތުތައް އެކަށައަޅާއިރު ފަރުވާތެރިވާންޖެހޭ: ނާޒިމް

ރާއްޖޭގެ ކުރިމަގާއި ވެށީގެ ހިމާޔަތަށްޓަކައި ގައުމުގެ ސިޔާސަތުތައް އެކަށައަޅާއިރު ފަރުވާތެރިވާންޖެހޭ: ނާޒިމް

ރާއްޖޭގެ ކުރިމަގާއި ވެށީގެ ހިމާޔަތަށްޓަކައި ގައުމުގެ ސިޔާސަތުތައް އެކަށައަޅާއިރު ފަރުވާތެރިވާންޖެހޭކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވާހައިގުޅިގެން ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވަމުންނެވެ. ނާޒިމް ވިދާޅުވީ، ދިވެހިރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ދެތަނބު ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަން ބިނާބެފައިވަނީ ކަނޑު...

ޔުމްނާ ޢަލީ
މިއަދަކީ ރައްޔިތުންގެމަޖިލީހުގެ ތާރީޚުގައި ލަދުވެތިދުވަހެއް: ޝިފާޢު

މިއަދަކީ ރައްޔިތުންގެމަޖިލީހުގެ ތާރީޚުގައި ލަދުވެތިދުވަހެއް: ޝިފާޢު

މިއަދަކީ ރައްޔިތުންގެމަޖިލީހުގެ ތާރީޚުގައި ލަދުވެތިދުވަހެއް ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ، ބަންޑާރަނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ޖަވާބުދާރީވެވަޑައިގަތުމަށް މިއަދު ރިފްއަތުގެ އަރިހުގައި މަޖިލީހަށް ވަޑައިގަތް ބަންޑާރަނައިބު އޮފީހުގެ ދެ ވެރިންކަމަށްވާ، ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީން އާއި ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމަށް އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް) އަނގަބަ...

ޔުމްނާ ޢަލީ
ރައީސްގެ އައްޑޫ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސްގެ އައްޑޫ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ނިންމަވާލައްވައިފިއެވެ. ރައީސްގެ އައްޑޫ ދަތުރުފުޅުގައި، އެ ސިޓީގައި ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫޢުތަކެއް ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީއަށް ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢު އާއި  ގަން އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢު ހިމެނެއެވެ. އައްޑޫ ސިޓީއަށް ބިން އިތުރުކުރުމުގެ ބިޔަ މަޝްރޫޢު ފައްޓަވައި ދެއްވުމަށްފަހު އެ މަޝްރޫޢުއާއި ގުޅޭގޮތުން ރައީސް ވިދާޅުވެފައި ވަނީ، އެއީ އައްޑޫ ސިޓީއަކީ ދ...

ޔުމްނާ ޢަލީ
ސިޓީ އާ ދެކުނުގެ އީޒެޑްގެ މައްސަލައިގެ މައުޟޫއާއި އެއްވެސް ގުޅުމެއް ނެތް: ރިފްއަތު

ސިޓީ އާ ދެކުނުގެ އީޒެޑްގެ މައްސަލައިގެ މައުޟޫއާއި އެއްވެސް ގުޅުމެއް ނެތް: ރިފްއަތު

ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް މޮރިޝަސްއަށް ފޮނުއްވިކަމަށް ބުނާ ސިޓީފުޅަކީ ދެކުނުގެ އީޒެޑްގެ މައްސަލައިގެ މައުޟޫއާއި އެއްވެސް ގުޅުމެއް ނެތް ސިޓީފުޅެއް ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ. ބަންޑާރަ ނައިބު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހަށް މިހާރު ހުށަހެޅިފައިވާ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލިހަށް ޖަވާބުދާރީވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއާއި މޮރިޝަސްގެ ކަނޑުން ފުށުއަރާ ބައި “އިކުއި ޑިސްޓޭންސް”ގެ އުސޫލުން ބެހުމަށް އި...

މުޙައްމަދު އަފްރާޙް
ރާއްޖެ - ލަންކާ ޖޮއިންޓް ކޮމިޝަނުގެ 4 ވަނަ ސެޝަން މާދަމާ ފަށަނީ

ރާއްޖެ - ލަންކާ ޖޮއިންޓް ކޮމިޝަނުގެ 4 ވަނަ ސެޝަން މާދަމާ ފަށަނީ

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ބާއްވާ “މޯލްޑިވްސް – ސްރީލަންކާ ޖޮއިންޓް ކޮމިޝަން”ގެ 4 ވަނަ ސެޝަން މާދަމާ ފެށުމަށް ނިންމައިފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ވިދާޅުވީ މި ސެޝަން ކުރިއަށްދާނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި މި ޖޫން މަހުގެ 6 އަދި 7 ގައި ކަމަށެވެ. މިޖޮއިންޓް ކޮމިޝަންގެ ރިޔާސަތު ބަލަހައްޓަވާނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޝާހިދު އާއި ސްރީލަންކާގެ ޚާރިޖީ ވަޒީރު، ހިޒް އެކްސެލަންސީ އެމް.ޔޫ.އެމް. އަލީ […]

މުޙައްމަދު އަފްރާޙް
ހަނިމާދޫގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

ހަނިމާދޫގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި

ހދ. ހަނިމާދޫގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މިކަމާއި ގުޅިގެން ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން އެކައުންސިލުގެ އެގްޒެކެޓިވް އިބްރާހިމް އަލީ ވިދާޅުވީ އަމާޒަކީ އެއްއަހަރުގެ ތެރޭގައި 1000 ގަސް އިންދުން ކަމަށެވެ. މި ޕްރޮގްރާމް މިއަދު ހެނދުނު ފައްޓަވައިދެއްވީ ކައުންސިލުގެ ރައީސް އަބްދުއްސައްތާރު ހަސަން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މިއަދުގެ ރަސްމިއްޔާތުގައި އެރަށުގައި ހުރި ސަރުކާރުގެ ވުޒާރާތަކާއި ސްކޫލު، އަދި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ. އިބް...

މުޙައްމަދު އަފްރާޙް
އާބަންކޯގެ ސީއާރްއާރްގެ ދަށުން ހިންމަފުށީގައި ޖަލެއް އަޅައިދީފި

އާބަންކޯގެ ސީއާރްއާރްގެ ދަށުން ހިންމަފުށީގައި ޖަލެއް އަޅައިދީފި

އާބަންކޯ އާއި ހަވާލުކުރި ހިންމަފުށީގައި ޖަލުގެ މަސައްކަތް ނިމިއްޖެއެވެ. މިކަން ހާމަކޮށް އެ ކުންފުނިން ބުނީ މިއީ އާބަންކޯގެ ކޮމިއުނިޓީ ރެޕިޑް ރެސްޕޮންސް (ސީއާރްއާރް) ޓީމުގެ ފަރާތުން ކުރިއަށް ގެންދިޔަ މަޝްރޫއެއް ކަމަށެވެ. އަދި މިއީ މާލެ ޖަލު ހުރި ސަރަހައްދުގައި ދަރުމަވަންތަ ސްކޫލްގެ އައު އިމާރާތް ހަދާތީ، މާލެ ޖަލު އެހެން ސަރަހައްދަކަށް ބަދަލު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު ކަމެެއް ކަމަށެވެ. އާބަންކޯ އިން ބުނީ ރައީސް އޮފީހުގެ އެދުމުގެ މަތިން ކުރިއަށް […]

މުޙައްމަދު އަފްރާޙް