ސީޝެލްސްގެ ރައީސް ރާއްޖެ ވަޑައިގެންފި
ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެވަޑައިގެންފިއެވެ. ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެއަށް މިއަދު ފެއްޓެވި ފުރަމާނަ ދަތުރުފުޅަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ސީޝެލްސްގެ ރައީސްގެ ދެކަނބަލުންނަށް ރާއްޖެވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަށް އެއާޕޯޓު (ވީއައިއޭ) އިން އެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު (ނ.ޢ....