ޕާޓީ ދޫކޮށް ދިޔައީ އަމިއްލަ އެދުން އިސްކުރި މީހުން، މަގުމަތިވީ ވެސް އެމީހުން: އަދުރޭ
ޕާޓީ ދޫކޮށް ދިޔައީ އަމިއްލަ އެދުން އިސްކުރި މީހުން ކަމަށާއި މަގުމަތިވީ ވެސް އެމީހުން ކަމަށް ވިދާޅުވެ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އަށް ރައްދު ދެއްވައިފިއެވެ. އޭނާ މިފަދައިން ވިދާޅުވެ، ރައްދު ދެއްވާފައި މިވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން ވަހީދު، މާމިގިލީގައި ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވައެވެ. ވަހީދު ވިދާލުވެފައިވަނީ ޕީޕީއެމްގައި ޑިމޮކްރަސީ ނެތުމުގެ ސަބަބުން އެއްވެސް މީހަކު ރިޔާސީ އިންތިހާ...