ރާއްޖެ ދެވަނަ ބުރުގައި ނިންމާނެ ގޮތަކާ މެދު ޖޭޕީން މާދަމާ މަޝްވަރާ ކުރަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ނިންމާނެ ގޮތަކާ މެދުގައި މާދަމާ އެ ޕާޓީގެ ކައުންސިލްގައި މަޝްވަރާ ކުރަން ހަމަޖެހިއްޖެއެވެ. “ތިލަދުން” އަށް އެނގިފައިވާ ގޮތުގައި، ޖޭޕީގެ ލީޑަޝިޕްގެ ބޭފުޅުން ގާސިމްއާ ވަނީ ބައްދަލު ކުރައްވައިފައެވެ. ސަން އައިލެންޑް ރިސޯޓުގައި ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ގާސިމް ވަނީ ވަކިވަކިން ލީޑަޝިޕްގެ ބޭފުޅުންނާ ބައްދަލު ކުރައްވައި ވިސްނުން ހުރި ގޮތް އޮޅުން ފިލުއްވައިފައެވެ. ބައެއް ބޭފުޅުން ދެވަނަ ބުރުގައި ތާއީދު ކުރައްވަނީ ރައީސް […] މުޙައްމަދު · 3 އަހަރު ކުރިން
ކުޅިވަރު ރޮނާލްޑޯ ނުލައި ޕޯޗުގަލަށް ބޮޑު މޮޅެއް ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ޖޭގައި ޕޯޗުގަލްއާއި ލަކްސެމްބާގް ބައްދަލުކުރި މެޗު 9-0 ގެ ނަތީޖާއިން ޕޯޗުގަލް ކާމިޔާބު ކޮށްފިއެވެ. ރޭ މެޗުގައި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ކުޅެވޭގޮތް ނުވީ ކާޑުހަމަވެ ސަސްޕެންޑުވުމާއި ގުޅިގެންނެވެ. ކޮލިފައިންގައި ޕޯޗުގަލުން މިހާތަނަށް ހަ މެޗު ކުޅެފައިވާއިރު އެ ހަމެޗު ވެސް ވަނީ ކާމިޔާބު ކޮށްފައެވެ. މިވަގުތު ގްރޫޕް ޖޭގެ އެއްވަނާގައި 18 ޕޮއިންޓާއިއެކު އޮތީ ޕޯޗުގަލްއެވެ. ދެވަނާގައި އޮތް ސޮލަވާކިއާއަށް ހަ މެޗުން ލިބިފައި ވަނީ 13 ޕޮއިންޓެވެ. […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން
ވާހަކަ ސިލްސިލާ ވާހަކަ: ޝިކާޔަތު (60) ކުރީގެ އަދަދާއިގުޅޭ، ” ނާދެޔޭ! ސައި ހަދައިގެން އިނދެ އިނދެ މަންމަ ރުޅިގަދަވާތީ މިއައީ ބަލައި އެންމެ ފަހުން.. ކޮންތާކަށް އެ ދިޔައީ؟” ތައުފީޤް ވިސްނާލަމުން ބުންޏެވެ. އެއާއިއެކު ބާރުބާރަށް ވަދީފާ ގޮވާ އަޑު އިވި، ތައުފީޤާއި ޝަހާނާ ނިކުތެވެ. އޭރު ފުލުހުންގެ ޓީމެއް އެގޭދޮށުގައި ތިއްބެވެ. އެމީހުން ފެނި ތައުފީޤްގެ އިތުރުން ޝަހާނާގެ ހިތުގައިވެސް ހައިރާންކަން އުފެދިގެން ދިޔައެވެ. ” ޝަރީފް ކިޔާ މީހަކު މިގެއަށް އައި ޚަބަރު ލިބިގެން މިއައީ! ” ފުލުހަކު ކުރިއަށް […] ސަލާމާ ޢަބްދުލް ޢަލީމް · 3 އަހަރު ކުރިން
ރާއްޖެ ޑރ. މުއިއްޒަށް ތާއިދު ކުރަން އެމްއެންޕީ އިން ނިންމައިފި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއަށް ތާއީދު ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީން) ނިންމައިފި އެވެ. މިގޮތަށް ފާސްވީ އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ނެގި ވޯޓުގައި 37 މެންބަރުން ވޯޓު ދެއްވައިގެންނެވެ. ވަކިކޮޅަކަށް ނޭރުމަށް ހަ މެންބަރަކު ވޯޓު ދެއްވިއެވެ. މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ޕާޓީއަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށެވެ. އެޕާޓީން ވިދާޅުވ... އަލީ އާދިލް · 3 އަހަރު ކުރިން
ރާއްޖެ މުއިއްޒުގެ ވައުދެއް: މާލެ ތެރޭގައި ބިން އުފައްދައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، މާލޭގައި ހުރި ސަރުކާރުގެ ކުންފުނިތަކުގެ ބިންތައް އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކޮށް ހުސް ބިންތަކުގައި ކުޅިވަރު ފެސިލިޓީތައް ގާއިމުކުރައްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މާފަންނުގައި ހުރި ކަމްޕޭން ޖަގަހައެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާލެ އިން ޖާގަތައް އުފައްދައި ޒުވާނުންނަށްޓަކައި ކުޅިވަރު ފެސިލިޓީތައް ގާއިމު ކުރުމަކީ ކުރީގެ ރައީސް... މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ޕާޓީއެއް ވަރަށް އަވަހަށް ނިންމާނަން: ޖޭޕީ މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކޯލިޝަން ހަދާނެ ސިޔާސީ ޕާޓީއެއް ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށް ފަހު، ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 5،000 އަށް ވުރެ ގިނަ ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ %2 ވޯޓެވެ. ރިޔާސީ […] މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ރައީސް މޮރިޝަސް އަށް ފޮނުއްވި ކަމަށް ބުނާ ސިޓީ ލީކު ވެއްޖެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީ ލީކު ވެއްޖެއެވެ. އެ ސިޓީ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމދު ވަނީ ލީކުވެފައިވާ ސިޓީ އަކީ ސައްހަ ސިޓީއެއް ކަމަށް ވިދާޅުވެފައެވެ. އެ ސިޓީ ލީކުވި ގޮތެއް ސާފުކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވިއެވެ. މި ސިޓީ އަކީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު މޮރިޝަސްގެ ބޮޑުވަޒީރަށް އެޑްރެސް ކުރައްވާ ސާލިހު ފޮނުއްވި ސިޓީއެކެވެ. އެ […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ސިފައިންގެ ސަފުތަކަށް ކިލަނބުކަން ލިބޭ ވާހަކަ ނުދައްކަން އެދިއްޖެ ދިވެހި ސިފައިންގެ ބަދަހި ސަފުތަކަށް ކިލަނބުކަން ލިބޭ ފަދަ ވާހަކަ ނުފަތުރަން އެމްއެންޑީއެފުން މިރޭ އެދިއްޖެއެވެ. އެމްއެންޑީއެފުން މިގޮތަށް ބުނެފައި ވަނީ “ސަރުކާރު ދިފާއުކޮށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ސިފައިންގެ އިސްވެރިން ދެކޮޅު ހަދަނީ” މި ސުރުހީގެ ދަށުން “ދިޔަރެސް” ނޫހުން ލިޔެފައިވާ ލިޔުމަކާ ގުޅިގެންނެވެ. ނޫސްވެރިން ތިބޭ ވައިބާ ގްރޫޕްގައި އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސިފައިންގެ ލީޑަޝިޕްގެ ބޭފުޅުންނާ ބެހޭ ގޮތުން “ދިޔަރެސް” ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރަކީ އެއްވެސް ހަގީގަ... މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފި މި ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ކުރައްވާފައިވާ ވަގުތީ ނަތީޖާގައިވާ ގޮތުން ފުރަތަމަ ބުރުގައި 101635 ވޯޓާއެކު ކުރީގައި އުޅުއްވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. ދެވަނައިގައިވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ރިޔާސީ ކެންޑިޑޭޓް، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑަގެންފައިވަނީ 86161 ވޯޓެވެ. ދެން އެންމެގިނަ ވޯޓު ލިބ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ކައުންސިލުގެ މަޝްވަރާއަށް ފަހު، ދެވަނަ ބުރުގައި ނިންމާގޮތެއް ވަރަށް އަވަހަށް އަންގާނަން: ޖޭޕީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ދޭތެރޭ ގޮތެއް ނިންމާނީ ކައުންސިލުގެ މަޝްވަރާއަށް ފަހު ކަމަށާއި އެ ނިންމުން ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފިއެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ނިމިގެންދިޔަ އިންތިހާބުގައި ކޮންމެ ނަތީޖާއެއް ނުކުތްނަމަވެސް، ގައުމުގެ އިސްލާހަށާއި ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެ ޕާޓީން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމަށެވެ. އަދި ގައުމުގެ ހަމަޖެހުމާއި ސަލާމަތަށް ކުރަންޖެހޭ ކޮންމެ ކަމއެއްގައި ވެސް ދެމިތި... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ މަސް ހިފަން މޫދަށް ފޭބި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ މަސް ހިފަން ފޭބި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ. އެ އިދާރާ އިން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ހުޅުމާލެ ފޭސް 2 އުތުރު ފަރާތުން މަސް ހިފަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް މިއަދު ހެނދުނު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އޭނާ ހޯދަމުން ދަނިކޮށް ފެނިފައި ވަނީ ހުޅުމާލެ ފޭސް 2 އުތުރު ފަރާތު ފަޅުތެރެއިން ކަމަށާއި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރުވެސް […] މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ މުއިއްޒުގެ ކެމްޕެއިން ޓީމުން ދޮރުން ދޮރަށް ހަރަކާތް މިއަދު ފަށަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެގިނަ ވޯޓު ހޯއްދަވައިގެން އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވި ޕީއެންސީ، ޕީޕީއެމްގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޓީމުން ދޮރުން ދޮރަށް ހަރަކާތް މިއަދު ފެށުމަށް ނިންމައިފިއެވެ. އެ ކޯލިޝަނުން ބުނީ ދެވަނަ ބުރުގައި މުއިއްޒުއަށް ކާމިޔާބީ ހޯދައިދިނުމަށް ކެމްޕެއިން ޓީމާއި ސަޕޯޓަރުން ވަނީ އަތުކުރި އޮޅައިލާފައި ކަމަށެވެ. “އަޅުގަނޑުމެންގެ ޓީމުން މިވަނީ ކެމްޕެއިން އިތުރަށް ވަރުގަދަ ކުރުމަށް އަތުކުރި އޮޅާ... މުޙައްމަދު އަފްރާޙް · 3 އަހަރު ކުރިން
ރާއްޖެ ބައެއް ޕާޓީތަކުން ކޯލިޝަން ހަދަން ފެހި ސިގްނަލް އޮތީ ދީފައި: ރައީސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ނާކާމިޔާބުވި ސިޔާސީ ޕާޓީތަކާއި ކޯލިޝަން ހެއްދެވުމަށް މަޝްވަރާތައް ކުރައްވަމުން އަންނަ ކަމަށާއި ބައެއް ޕާޓީތަކުން ސަރުކާރާ އެކު ކޯލިޝަން ހެދުމަށް ފެހި ސިގްނަލް ލިބިފައިވާ ކަމަށް ރައީސް، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ. “ރާއްޖެ ޓީވީ” އަށް ދެއްވި އިންޓަވިއުގައި ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި ހެއްދެވިފައިވާ ގޯސްތައް ދެނެގަނެ އެކަންކަން ރަނގަޅުކޮށްގެން ދެވަނަ ބުރާ ކުރިމަތިލުމުން ކާމި... މުޙައްމަދު · 3 އަހަރު ކުރިން
މަޖިލިސް ނަޝީދާއި އީވާގެ މައްސަލަގެ މައްސަލައިގެ ގަރާރު ބާތިލްކޮށްފި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރަން އެމްޑީޕީން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ ގަރާރު ބާތިލުކުރެވޭ އަދަދަށް މެމްބަރުންގެ ސޮއި ހަމަކޮށް، އެ ދެ މައްސަލަ ވެސް އަނބުރާ ގެންގޮސްފިއެވެ. ނަޝީދު މަގާމުން ވަކި ކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފައި ވަނިކޮށް، އެމަނިކުފާނާއި އީވާގެ މައްސަލަ އަނބުރާ ގެންދަން އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުން ވަނީ ނިންމައިފައެވެ. އެ ނިންމުން ނިންމާފައި ވަނީ […... މުޙައްމަދު · 3 އަހަރު ކުރިން
ކުޅިވަރު ނެދަލެންޑްސް އަތުން ބަލިވެ އަޔަލެންޑަށް ފުރުޞަތު ގެއްލިއްޖެ ޔޫރޯ 2024، ކޮލިފައިންގެ ގްރޫޕް ބީގައި ރޭ ނެދަލެންޑްސްއާއި އަޔަލެންޑް ބައްދަލުކުރި މެޗުން އަޔަލެންޑް ބަލިވުމުން އެ ޓީމަށް ކޮލިފައިވުމުގެ ދޮރު ބަންދުވެއްޖެއެވެ. ރޭ އަމިއްލަ ގައުމުގައި ނެދަލެންޑްސް އަތުން އަޔަލެންޑް ބަލިވީ 2-1 ގެ ނަތީޖާއިންނެވެ. މި ނަތީޖާއާއިއެކު ނެދަލެންޑްސް މިވަގުތު އޮތީ ގްރޫޕް ބީގެ ދެވަނާގައެވެ. އެ ޓީމަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނާގައި އޮތް ގްރީސްއަށް ފަނީ ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފައެވެ. ކޮލިފައިންގައި މިހާތަނަށް ކުޅުނު ފަސް […] އިބްރާހިމް ޚަލީލް · 3 އަހަރު ކުރިން