މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް އިންތިޚާބުވާ އަންހެން މެންބަރުންނަށް ހާއްސަ އެލަވަންސެއް

ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް އިންތިޚާބުވާ އަންހެން މެންބަރުންނަށް ހާއްސަ އެލަވަންސެއް

ޕީޕީއެމް/ޕީއެންސީގެ ޓިކެޓްގައި މަޖިލީހަށް ކުރިމަތިލާ މެންބަރުން އިތުރުކޮށް، އެކަމަށް ކަނބަލުންނަށް ހިތްވަރުދިނުމުގެ ގޮތުން އެ ކޯލިޝަންގެ ޓިކެތްގައި މަޖިލީހަށް އިންތިޚާބުވާ އަންހެން މެންބަރުންނަށް ހާއްސަ އެލަވަންސެއްދެއްވާނެ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު ”އެކްސް”ގައި މިއަދު ވިދާޅުވީ، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވީހާވެސް ގިނަ އަންހެން ބޭފުޅުން ބައިވެރިވެ ހޮވިގެން ދިޔުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގ...

ޔުމްނާ ޢަލީ
''އެމްޑީޕީ މެންބަރުން ތަޅުމުގައި، ބޭނުންވަނީ ޖަލްސާ ބޭއްވޭނެކަމުގެ ޔަގީންކަން، ކޯޓަށް ވެސް ދާނެ''

''އެމްޑީޕީ މެންބަރުން ތަޅުމުގައި، ބޭނުންވަނީ ޖަލްސާ ބޭއްވޭނެކަމުގެ ޔަގީންކަން، ކޯޓަށް ވެސް ދާނެ''

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް މިއަދު ކުރިއަށް ގެންދަން ތާވަލުކުރި ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ކެންސަލްކޮށްފައިވާއިރު އެ މައްސަލަ މަޖިލީހަށް ވެއްދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓަރީ ގްރޫޕްގެ ގިނަ މެންބަރުންތަކެއް އަދިވެސް ތިއްބެވީ މަޖިލީހުގެ ތަޅުމުގައި ކަމަށާއި، މާދަމާއަށް ޖަލްސާ އެޖެންޑާ ކުރިއަސް ބޭނުންވަނީ އެ ޖަލްސާ ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަން ކަމަށް އޭގެ ތެރެއިން ބައ...

ޔުމްނާ ޢަލީ
އީވާ ސަލާމް ފޮނުވުމުން ކެންސަލްވި ޖަލްސާ މާދަމާއަށް އެޖެންޑާ ކުރަނީ

އީވާ ސަލާމް ފޮނުވުމުން ކެންސަލްވި ޖަލްސާ މާދަމާއަށް އެޖެންޑާ ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ މާދަމާ އަށް އެޖެންޑާކުރަން މަޖިލީހުން ނިންމައިފިއެވެ. މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލައެއް ގަވާއިދުގައިބުނާ ހަމަތަކުގެމަތިން މަޖިލީހަށް ހުށަހެޅިއްޖެނަމަ ގަވައިދުގައި ބުނާ މުއްދަތު ދިނުމަށް ފަހު އަންނަ އެންމެ ފުރަތަމަ، ރަސްމީ ބަންދުނޫން ދުވަހަށް އެ މައްސަަލަ އެޖެންޑާކުރަން ޖެހޭ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނ...

ޔުމްނާ ޢަލީ
ނަޝީދުގެ އިތުބާރުގެ މައްސަލަ އެޖެންޑާކުރި ޖަލްސާ ކެންސަލް

ނަޝީދުގެ އިތުބާރުގެ މައްސަލަ އެޖެންޑާކުރި ޖަލްސާ ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރުނެތް ކަމުގެ މައްސަލަ އެޖެންޑާކޮށް މިއަދު ކުރިއަށް ގެންދަން ތާވަލުކުރި ރައްޔިތުންގެ މަޖިލިސްގެ ޖަލްސާ ކެންސަލްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުން ވިދާޅުވެފައިވާގޮތުގައި އެ ޖަލްސާ ކުރިއަށް ގެންދެވޭގޮތް ނުވީ، މަޖިލިސްގެ ނައިބު ރައީސް އާލާސްކަންފުޅާ އުޅުއްވާތީ މަޖިލިސްއަށް ހާޒިރު ނުވެވުމުންނެވެ. މަޖިލީހުގެ ޤަވާއިދުގެ 205 ވަނަ މާއްދާގެ (ބ)ގައި ބަޔާންކޮށްފައިވާގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލާގައި މަޖިލީހު...

ޔުމްނާ ޢަލީ
ޔާމީންގެ ބަންދަށް ލުއިތަކެއް

ޔާމީންގެ ބަންދަށް ލުއިތަކެއް

ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމްގެ ބަންދަށް އިތުރު ލުއިތަކެއް ރޭ ދީފިއެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު އޮކްޓޯބަރު 1 ވަނަ ދުވަހު ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއި ވަނީ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމުގައި އިންތިޚާބީ ރައީސް ފުރަތަމަ ވެސް އެދިވަޑައިގެންފައި ވަނީ އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް، ކުރީގެ ރައީސް ޔާމީން […]

ޔުމްނާ ޢަލީ
ބެލިންހަމްގެ މޮޅު ކުޅުމާއިއެކު ބާސާ ބަލިކޮށް ރެއާލް އެއްވަނައަށް

ބެލިންހަމްގެ މޮޅު ކުޅުމާއިއެކު ބާސާ ބަލިކޮށް ރެއާލް އެއްވަނައަށް

ޖޫޑް ބެލިންހަމްގެ މޮޅު ކުޅުމާއިއެކު ސްޕެނިޝް ލަލީގާގައި ރޭ ވާދަވެރި ބާސެލޯނާއާއި ރެއާލް މެޑްރިޑް ބައްދަލުކުރި، އެލް ކްލެސިކޯ މެޗް ރެއާލުން ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ރޭ މެޗު ރެއާލުން ކާމިޔާބުކުރީ ބާސާ ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު (2-1) ޖަހައިގެންނެވެ. ރޭ މެޗު ބާސާއިން ފެށީ ގޯލަކުންނެވެ. މެޗުގެ ހަވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ އިލިކާއީ ގުންޑޮގަންއެވެ. ފުރަތަމަ ހާފުގައި ރެއާލްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން […]

އިބްރާހިމް ޚަލީލް
ލޯންޗަކާއި ދޯންޏެއް އެކްސިޑެންވެ، ހާލު ސީރިއަސްވި މީހާ ނިޔާވެއްޖެ

ލޯންޗަކާއި ދޯންޏެއް އެކްސިޑެންވެ، ހާލު ސީރިއަސްވި މީހާ ނިޔާވެއްޖެ

ހއ. އިހަވަންދޫ ކައިރީގައި ލޯންޗަކާއި ދޯންޏެއް އެކްސިޑެންވެ، ހާލު ސީރިއަސްވީ މީހާ ނިޔާވެއްޖެއެވެ. މިކަން ވަނީ އިހަވަންދޫ އައިމިނާދިޔޮ ސިއްހީ މަރުކަޒުން ”ތިލަދުން” އަށް ކަށަވަރުކޮށް ދެއްވާފައެވެ. އެ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ، އެމީހާ ނިޔާވީ އެތަނަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. މިރޭ ހިނގި މި ހާދިސާގައި ނިޔާވެފައި ވަނީ އިހަވަންދޫ އަށް ނިސްބަތްވާ މީހެކެވެ. އެއީ އިހަވަންދޫ، ނަޔާޑޭޒީ، އަބުދުއްރަޝީދު މުހައްމަދު ކަމަށް މައުލޫމާތު ލިބިފަވެއެވެ. މިހާދިސާގައި މުޑިއަރާފައި ވަނީ އިހަވަންދޫ ދ...

ޔުމްނާ ޢަލީ
އިހަވަންދޫ ކައިރީގައި ލޯންޗަކާއި ދޯންޏެއް އެކްސިޑެންވެ، އަނިޔާވި މީހަކު ސީރިއަސް ހާލުގައި

އިހަވަންދޫ ކައިރީގައި ލޯންޗަކާއި ދޯންޏެއް އެކްސިޑެންވެ، އަނިޔާވި މީހަކު ސީރިއަސް ހާލުގައި

ހއ. އިހަވަންދޫ ކައިރީގައި ލޯންޗަކާއި ދޯންޏެއް އެކްސިޑެންވެ، 3 މީހަކަށް އަނިޔާވެއްޖެއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ މި އެކްސިޑެންޓު ހިނގާފައިވަނީ އިހަވަންދޫ ކައިރީ އޮންނަ ހުވަހަންދޫ ކައިރީގައި ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ލިބުނީ މިރޭ ކަމަށާއި މި ހާދިސާގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް އެ އިދާރާ އިން ވިދާޅުވިއެވެ. އަދި އެ ތިން މީހުންނަށް އިހަވަންދޫ ހެލްތު ސެންޓަރުގައި ފަރުވާދެމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން އެތަނުން އެކަކުގެ ހާކު […]

މުޙައްމަދު އަފްރާޙް
ހައިވޭގެ ސޯލާ ޕެނަލްތައް ނަގައި އެކެއް ނޫނީ ދެ ރަށުގައި ހަރު ކުރަނީ

ހައިވޭގެ ސޯލާ ޕެނަލްތައް ނަގައި އެކެއް ނޫނީ ދެ ރަށުގައި ހަރު ކުރަނީ

މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރު ކުރުމަށް ހަދާފައިވާ ހައިވޭގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތައް ނަގައި އެކެއް ނޫނީ ދެ ރަށުގައި އެ ތަކެތި ހަރު ކުރަން ނިންމާފައިވާ ކަމަށް އިންތިހާބީ ރައީސް އަދި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރުމަށް ސެންޓްރަލް ޕާކްގައި އޮތް ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މާލެ އިން ހުޅުމާލެ އަށް އަންނަ އިރު ހައިވޭ […]

މުޙައްމަދު
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް 100 ދުވަސްތެރޭ ކައުންސިލަށް ބަދަލު ކުރާނަން: މުއިއްޒު

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް 100 ދުވަސްތެރޭ ކައުންސިލަށް ބަދަލު ކުރާނަން: މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާތާ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލުން ދޭ ގޮތަށް ބަދަލު ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރުމަށް ސެންޓްރަލް ޕާކްގައި އޮތް ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ދޭން ޖެހޭ ހުޅުމާލެ މުނިސިޕަލްގެ ހިދުމަތްތައް އާބަންކޯ އިން ދެމުން އަންނާތީ އެކަން ބަދަލު ކުރުމަކީ އެމަނިކުފާނު...

މުޙައްމަދު
އިސްރާއީލް ސިފައިން އެއްގަމު މަގުން ޣައްޒާ އަށް ވަދެ ހަމަލާ ދެނީ

އިސްރާއީލް ސިފައިން އެއްގަމު މަގުން ޣައްޒާ އަށް ވަދެ ހަމަލާ ދެނީ

އިސްރާއީލްގެ ސިފައިން، ފަލަސްތީނުގެ ޣައްޒާ އަށް އެއްގަމު މަގުން އަރައި ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ. އެއްގަމު މަގުން އިސްރާއީލުން ޣައްޒާ އަށް އެރި އިރު، އިސްރާއީލުން ދަނީ ހުއްޓުމެއް ނެތި، ވައިގެ މަގުން ޣައްޒާ އަށް ބޮން އަޅަމުންނެވެ. ވައިގެ މަގުން ޣައްޒާ އަށް ބޮން އެޅުން އިތުރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ޣައްޒާ އިން މުއާސަލާތީ ހިދުމަތްތައް މެދުކަނޑާލުމަށް ފަހުގައެވެ. އޭގެ ސަބަބުން ޣައްޒާގެ އެކި ހިސާބުތަކުގައި ތިބި މީހުންނާ އޮތް ގުޅުން އެއްކޮށް […]

މުޙައްމަދު
''ކުށެއް ނެތް ފަލަސްޠީނުގެ ރައްޔިތުން ޝަހީދު ކުރަމުންދާއިރު ބައިނަލް އަޤްވާމީ މުޖުތަމަޢު ކޮބައިތޯ؟''

''ކުށެއް ނެތް ފަލަސްޠީނުގެ ރައްޔިތުން ޝަހީދު ކުރަމުންދާއިރު ބައިނަލް އަޤްވާމީ މުޖުތަމަޢު ކޮބައިތޯ؟''

އިސްރާއީލުން ރެޔާއި ދުވާލު މެދު ނުކެނޑި ޣައްޒާއަށް ބޮން އަޅައި ކުށެއްނެތް އެތައް ސަތޭކަ ފަލަސްޠީނުގެ ރައްޔިތުން ކޮންމެ ދުވަހަކު ޝަހީދު ކުރަމުން އަންނައުރު ބައިނަލް އަގްވާމީ މުޖުތަމައުވީ ކޮންތާކުތޯ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ސުވާލު ކުރައްވައިފިއެވެ. ފަލަސްތީނުގެ ބިމުގެ ދިފާއުގައި އެ ބިމުގެ ދިފާއުގައި މަސައްކަތްކުރާ ހަމާސް ޖަމާއަތުން މި މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލަތަކަށްފަހު، އިސްރާއީލުން، ފަލަސްތީނާ ދެކޮޅަށް ފެށި އުދުވާނުގައި ދަނީ ލާއިންސާނީ ރަޙުމްކުޑަ އެތަ...

ޔުމްނާ ޢަލީ
ހަނގުރާމަ ހުއްޓާލައި ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އދ. އިން ގަރާރެއް ފާސްކޮށްފި

ހަނގުރާމަ ހުއްޓާލައި ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އދ. އިން ގަރާރެއް ފާސްކޮށްފި

އިސްރާއީލްގެ އަސްކަރިއްޔާގެ ސިފައިންނާއި ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ކުރަމުން އަންނަ ހަނގުރާމަ ހުއްޓާލައި ޣައްޒާ އަށް އެހީ ފޯރުކޮށްދިނުމަށް އދ. ގެ އާންމު މަޖިލިހުން ބޭއްވި ކުއްލި ބައްދަލުވުމުގައި ހާއްސަ ގަރާރެއް ރޭ ފާސްކޮށްފިއެވެ. މި ގަރާރު ފާސްކޮށްފައި ވަނީ އދ. ގެ އާންމު މަޖިލިހުގައި ބައިވެރިވި މެމްބަރު ގައުމުތަކުގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. ގައުމުތަކުން އަމަލުކުރުން ލާޒިމް ނޫން މި ގަރާރަށް އދ. ގެ 120 ގައުމަކުން ތާއީދުކޮށްފައިވެއެވެ. ގަރާރާ ދެކޮޅަށް 14 ގައު...

މުޙައްމަދު
ފަލަސްތީނަށް އެހީވުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރުންމަތީ ދެމިތިބުމަށް އަދާލަތުން ގޮވައިލައިފި

ފަލަސްތީނަށް އެހީވުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރުންމަތީ ދެމިތިބުމަށް އަދާލަތުން ގޮވައިލައިފި

ފަލަސްތީނަށް އެހީވުމަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރުންމަތީ ދެމިތިބުމަށް އަދާލަތު ޕާޓީ އިން ގޮވައިލައިފިއެވެ. އެ ޕާޓީ އިން މިހެން ގޮވައިލީ ކޮށްފައިވާ ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ަވނީ ފަލަސްޠީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގެން އުޅޭ ސިޙްޔޫނީން ޣައްޒާއިން ފެނާއި، ކާނާއާއި، ބޭސްފަރުވާ އަދި ކަރަންޓާއި މުވާޞަލާތީ ޚިދުމަތް ކަނޑައިލުން ކުށްވެރިކޮށްފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޤަތުލުޢާންމު ހައްދުންނެއްޓިފައިވާ މިދަނޑިވަޅުގައި ފަލަސްޠީނުގެ މުސްލިމުންނާއި ޤުދުސް...

މުޙައްމަދު އަފްރާޙް
ފަށާފައިވާ މަސައްކަތްތައް ނިންމަން ވަކާލާތު ކުރުމަށް އިބުރޭ އައު ދައުރަކަށް ކެލާ ގޮނޑިއަށް ވާދަކުރައްވަނީ

ފަށާފައިވާ މަސައްކަތްތައް ނިންމަން ވަކާލާތު ކުރުމަށް އިބުރޭ އައު ދައުރަކަށް ކެލާ ގޮނޑިއަށް ވާދަކުރައްވަނީ

ކެލާ ދާއިރާގައި ފަށާފައިވާ މަސައްކަތްތައް ނިންމަން ވަކާލާތުކޮށް، ޒިންމާދާރު އިދިކޮޅު މަޖިލިސްމެމްބަރެއްގެ ގޮތުގައި ހުރުމަށް ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މަޖިލިސް ޕްރައިމަރީ 2024 ގައި ވާދަކުރަން ނިންމަވައިފިއެވެ. އައު ދައުރަކަށް ގޮނޑި ކާމިޔާބު ކުރުމުގެ މަސައްކަތަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވިކަން އިބްރޭ ހާމަކުރެއްވީ މީސް މީޑިއާގައި ލިޔުއްވި މެސެޖެއްގައެވެ. އިބްރޭގެ މެސެޖުގައި ވިދާޅުވެފައި ވަނީ، ކެލާ...

ޔުމްނާ ޢަލީ