މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މޫސުން ގޯސްވުމުގެ ސަބަބުން މިރޭގެ ސައިކަލް ބުރާއި އެއްވުން ފަސްކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން މިރޭގެ ސައިކަލް ބުރާއި އެއްވުން ފަސްކޮށްފި

އިސްރާއީލްގެ ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ އުދުވާނާ ދެކޮޅު ކަމާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ތިބިކަން ހާމަކުރުމުގެ ގޮތުން “ރައިޓް މޫވްމަންޓް” ގެ ފަރާތުން މިރޭ މާލޭގައި ބާއްވަން ހަމަޖެއްސި ސައިކަލް ބުރާއި އެއްވުން އެހެން ރެއަކަށް ފަސްކޮށްފިއެވެ. ރައިޓް މޫވްމަންޓުން އިންތިޒާމު ކުރާ މި ސައިކަލް ބުރު ފެށުމަށް ކުރިން ހަމަޖެހިފައި އޮތީ މިރޭ 8:00 ގައި ރަސްފަންނު ސަރަހައްދުންނެވެ. އެ ސަރަހައްދުން ފަށައިގެން ގޮސް ސައިކަލް ބުރު ނިންމާލުމަށް އޮތީ އާޓިފިޝަލް ބީޗަށެވެ. […]

މުޙައްމަދު
"އައްޒާ އެދި ގޮވަނީ" ގެ ނަމުގައި މިރޭ ސައިކަލް ބުރަކާއި އެއްވުމެއް

"އައްޒާ އެދި ގޮވަނީ" ގެ ނަމުގައި މިރޭ ސައިކަލް ބުރަކާއި އެއްވުމެއް

އިސްރާއީލްގެ ޔަހޫދީ ދައުލަތުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ އުދުވާނާ ދެކޮޅު ކަމާއި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ތިބިކަން ހާމަކުރުމުގެ ގޮތުން “ރައިޓް މޫވްމަންޓް” ގެ ފަރާތުން ހާއްސަ ސައިކަލް ބުރަކާއި އެއްވުމެއް ބޭއްވުމަށް ނިންމައިފިއެވެ. ރައިޓް މޫވްމަންޓުން އިންތިޒާމު ކުރާ މި ސައިކަލް ބުރު ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 8:00 ގައި ރަސްފަންނު ސަރަހައްދުންނެވެ. އެ ސަރަހައްދުން ފަށައިގެން ގޮސް ސައިކަލް ބުރު ނިންމާލުމަށް ހަމަޖެހިފައި ވަނީ އާޓިފިޝަލް ބީޗަށެވެ. އާޓިފިޝަލް ބީޗުގައި ހާއްސަ...

މުޙައްމަދު
ކުޅުދުއްފުށި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

ކުޅުދުއްފުށި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި

ހދ. ކުޅުދުއްފުށި ސިޓީ އަށް ނިސްބަތްވާ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ގެއްލިގެން ހޯދަނީ އެރަށު ލަންދޫގެ، އަބްދުﷲ އިބްރާހިމް ކަމަށެވެ. އަދި އެއީ އުމުރުން 39 އަހަރުގެ ޒުވާނެއް ކަމަށެވެ. އެ އިދާރާ އިން ވިދާޅުވީ އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށެވެ. އިބްރާހިމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ […]

މުޙައްމަދު އަފްރާޙް
ތިލައުތުރު ފުޓްސަލް މުބާރާތް ފަށައިފި

ތިލައުތުރު ފުޓްސަލް މުބާރާތް ފަށައިފި

ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އެ އަތޮޅުގެ ރަށްތަކަށް ބާއްވާ “ތިލައުތުރު ފުޓްސަލް މުބާރާތް 2023” ފަށައިފިއެވެ. މި މުބާރާތް ފަށާފައިވަނީ ދިވެހިރާއްޖޭގެ ނަސްރުންގެ ދުވަސް ކަމަށްވާ ނޮވެމްބަރ ތިންވަނަ ދުވަހު (އިއްޔެ) ހަވީރު މާރަންދޫގައެވެ. މުބާރާތް ފެށުމުގެ ގޮތުން ކުލަގަދަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، އެ ރަސްމިއްޔާތުގައި ވަނީ މާރަންދޫ ސްކޫލްގެ އައްޑިހަ ދަރިވަރުން ބައިވެރިކޮށް ނަސްރުންގެ ދުވަހާއިގުޅޭ ބޮޑު ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މީގެއިތުރުން އިޒްރޭލުން...

އިބްރާހިމް ޚަލީލް
ހއ. އަތޮޅުން ފެށިގެން ގއ. އަތޮޅާއި ދެމެދަށް ހުދު ސަމާލު ނެރެފި

ހއ. އަތޮޅުން ފެށިގެން ގއ. އަތޮޅާއި ދެމެދަށް ހުދު ސަމާލު ނެރެފި

ހއ. އަތޮޅުން ފެށިގެން ގއ. އަތޮޅާއި ދެމެދަށް ހުދު ސަމާލު ނެރެފިއެވެ. ރާއްޖޭގެ މުސުމާއި ބެހޭ ގައުމީ އިދާރާ އިން މި ސަމާލު ނެރުއްވާފައިވަނީ މިއަދު މެންދުރު 2 ޖެހުމާއި ހަމައަށެވެ. އަދި އެ ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ގުގުރުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. މީގެ އިތުރުން ރާއްޖޭގެ ހުރިހައި ސަރަހައްދަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށާއި އެހެންވެ، މޫސުމަށް ބަަލައިގެން ކަނޑުދަތުރު ރޭވުމަށް ވަނީ އެދިލަައްވާފައެވެ. އިއްޔެ އިން […]

މުޙައްމަދު އަފްރާޙް
ޝުޖާއު ބާރަށު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާކަން ރަސްމީކޮށް އިއުލާން ކުރައްވައިފި

ޝުޖާއު ބާރަށު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާކަން ރަސްމީކޮށް އިއުލާން ކުރައްވައިފި

ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާޙީމް ޝުޖާއު 2024 ވަނަ އަހަރުގެ މަޖިލިސް ބާރަށު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން ރަސްމީކޮށް މިއަދު ޢިއުލާން ކުރައްވައިފިއެވެ. ޝުޖާއު އަކީ އައު ސަރުކާރާ ހަވާލުވާ ވެރިކަން ކުރާ ޕާޓީ، ޕީޕަލް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ބޭފުޅެކެވެ. އޭނާ ބާރަށު ދާއިރާ ގޮނޑިއަށް ވާދަކުރައްވާނެކަމަށް ކުރިން ވެސް އޮތީ އަޑު ފެތުރިފައެވެ. އަދި އޭނާ އެ ގޮނޑިއަށް ވާދަކުރައްވަން […]

ޔުމްނާ ޢަލީ
ހޯރަފުށީގައި ކަނބަލުންނަށް ހާއްސަ ކޮށްގެން ބާއްވާ ވޮލީ ކޭމްޕް ފަށައިފި

ހޯރަފުށީގައި ކަނބަލުންނަށް ހާއްސަ ކޮށްގެން ބާއްވާ ވޮލީ ކޭމްޕް ފަށައިފި

ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކަނބަލުންނަށް ހާއްސަކޮށްގެން އެ ރަށުގައި ކުރިއަށް ގެންދާ ވޮލީ ކޭމްޕް ފަށައިފިއެވެ. މި ކޭމްޕަކީ ކްލަބް ޖީއެސް އިން އިންތިޒާމްކޮށް ހޯރަފުށީ ޕޮލިހާއި އެ ރަށު ކައުންސިލް، ޑަބްލިއުޑީސީ، ކްރައިމް ޕްރެވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންދާ ކޭމްޕެކެވެ. ޖުމްލަ 47 ބައިވެރިންނާއިއެކު ހޯރަފުށީ ވޮލީ ކޯޓުގައި އިއްޔެ މި ކޭމްޕް ފަށާފައިވާއިރު، ކޭމްޕެ މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ. މި ކޭމްޕް ކުރިއަށް […]

އިބްރާހިމް ޚަލީލް
ތިލަދެކުނު ވޮލީ މުބާރާތް ފަށައިފި

ތިލަދެކުނު ވޮލީ މުބާރާތް ފަށައިފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން ބާއްވާ ”ތިލަދެކުނު ވޮލީބޯޅަ މުބާރާތް 2023″ އެ އަތޮޅު ވައިކަރަދޫގައި އިއްޔެ ފަށައިފިއެވެ. އަންހެން އަދި ފިރިހެން ޑިވިޝަން ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ކުޅެފައިވަނީ އަންހެން ބައި ގެ މެޗެކެވެ. އެ މެޗުގައި ބައްދަލު ކޮށްފައި ވަނީ ޓީމް ހަނިމާދޫއާއި ނޭކުރެންދޫ ވިމެންސް ވޮލީ ޓީމެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައި ވަނީ ހަނިމާދޫއިންނެވެ. މި […]

އިބްރާހިމް ޚަލީލް
ނޭޕާލަށް އައި ވަރުގަދަ ބިންހެލުމާއެކު 100 މީހުން މަރުވެއްޖެ

ނޭޕާލަށް އައި ވަރުގަދަ ބިންހެލުމާއެކު 100 މީހުން މަރުވެއްޖެ

ނޭޕާލްގެ ހުޅަނގަށް އައި ވަރުގަދަ ބިންހެލުމަކާ އެކުގައި 100 އަށް ވުރެ ގިނަ މީހުން ރޭ މަރުވެއްޖެއެވެ. ނެޝަނަލް ސެންޓަ ފޯ ސެސްމޮލޮޖީން ބުނި ގޮތުގައި މި ބިންހެލުން އައި ކަމަށް ރިކޯޑް ކުރެވިފައި ވަނީ 6.4 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. އެކަމަކު، އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި ނޭޕާލަށް އައި ބިން ހެލުން ރިކޯޑް ކުރެވިފައި ވަނީ 5.6 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. މި ބިންހެލުމާ އެކުގައި ރެސްކިއު ޓީމުތަކުން ވަނީ ނޭޕާލްގެ ހުޅަނގު ސަރަހައްދު […]

މުޙައްމަދު
ގައުމަށްޓަކައި ޝަހީދުވި ދަރިންގެ ޒިކުރާ އާކުރުމަކީ ގައުމީ ވާޖިބެއް: އިންތިޚާބީ ނައިބު ރައީސް

ގައުމަށްޓަކައި ޝަހީދުވި ދަރިންގެ ޒިކުރާ އާކުރުމަކީ ގައުމީ ވާޖިބެއް: އިންތިޚާބީ ނައިބު ރައީސް

ޤައުމުގެ ހައްގުގައި އަމިއްލަ ފުރާނަ ފުރުބާންކޮށް ޝަހީދުވެދިޔަ ކޮންމެ ބޭފުޅެއްގެ ޒިކުރާ އާކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެވެސް ޤައުމީ ވާޖިބެއް ކަމަށް އިންތިހާބީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ނަސްރުގެ ދުވަހު ޕީއެސްއެމް އިން ގެނެސްދޭ “ދިވެހީންގެރާއްޖެ” ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިންތިހާބީ ނައިބު ރައީސް ވިދާޅުވީ އެބޭބޭފުޅުންގެ ޒިކުރާއާކޮށް އެފަދަ ދުވަސްތައް ފާހަގަކުރުމަަށް ސަރުކާރުތަކުން ކުޑަކޮށް ވެސް ފަރުވާކުޑަކޮށްގެން ނ...

މުޙައްމަދު އަފްރާޙް
ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ "30 ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތާއި ގުޅޭގޮތުން މައުލޫމާތު ދެމުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް މޫސާ ކައުޔަޝް ކައިލް ބުނީ މި އަހަރު މުބާރާތުގައި ރަށުން ބޭރު ޓީމްތަކަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށާއި، މިގޮތުން ހަނިމާދޫ ދާއިރާގެ ރަށްތަކުގެ ތެރެއިން ތިން ރަށަކަށް ދައުވަތު ދިނުމަށް ވިސްނަމުން އަންނަ ކަމަށެވެ. މޫސަ އިތުރަށް...

އިބްރާހިމް ޚަލީލް
އެސްޓީއޯގެ ''އިޔާ އެންޑް ސޭލް'' ފަށައިފި

އެސްޓީއޯގެ ''އިޔާ އެންޑް ސޭލް'' ފަށައިފި

އެސްޓީއޯއިން އަހަރު ނިންމާލުމުގެ ގޮތުން ކޮންމެ އަހަރެއްގެ ފަހުކޮޅު ކުރިއަށްގެންދާ “އިޔާ އެންޑް ސޭލް” ފަށައިފިއެވެ. “އެސްޓީއޯ އިޔާ އެންޑް ސޭލް” ރަސްމީކޮށް ފަށާފައިވަނީ އިއްޔެ އެސްޓީއޯގެ ސުޕަމާޓުގައި ބޭއްވި ހަފްލާއެއްގައެވެ. މި ސޭލް ފައްޓަވައިދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މަރިޔަމް ޕަރުވީން އަބްދުލް ފައްތާހުއެވެ. މިއަހަރުގެ ސޭލް ކުރިއަށްދާނީ ޑިސެމްބަރުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ސޭލް ކުރިޔަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި ކަމަށް އެ ކުންފުނިން ބުންޏެވެ. މި […...

އަޙްމަދު ވަހީދު
ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން އައު ސަރުކާރުން ފުރިހަމަޔަށް ދޭނެ: އިންތިޚާބީ ރައީސް

ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން އައު ސަރުކާރުން ފުރިހަމަޔަށް ދޭނެ: އިންތިޚާބީ ރައީސް

ދިވެހިރާއްޖޭ ނަސްރުގެ ދުވަހަށް ދޭންޖެހޭ ސަމާލުކަން މިފެށޭ 2024 ވަނަ އަހަރުން ފެށިގެން މިފެށޭ އައު ސަރުކާރުން ދެއްވާނެ ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިއަދަކީ ދިވެހިރާއްޖޭގެ 36 ވަނަ ނަސްރުގެ ދުވަހެވެ. މިއަދުގެ މުނާސަބާގައި ”އެކްސް” މެދުވެރިކޮށް އިންތިޚާބީ ރައީސް ވަނީ ނަސްރުގެ ދުވަހުގެ ހެޔޮ ދުޢާއާއި ތަހްނިޔާ ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ފޮނުއްވާފައެވެ. ”ނަަސްރުގެ ދުވަހުގެ ޒިކުރާ އާކޮށް އެ ދުވަހާއި ބެހޭ މަޢުލޫމާތު، ޚާއްސަކޮށް ޒުވާނުންނަށް...

ޙުސައިން ޝަހުދީ
''ގައުމީ މަސްލަހަތު އިސްކޮށް، އަޒުމަކަށް ހަދަންވީ މިނިވަންކަން ދެމެހެއްޓުމުގައި ސާބިތުވެ ތިބުމަށް''

''ގައުމީ މަސްލަހަތު އިސްކޮށް، އަޒުމަކަށް ހަދަންވީ މިނިވަންކަން ދެމެހެއްޓުމުގައި ސާބިތުވެ ތިބުމަށް''

ނަސްރުގެ ދުވަހެއް ފާހަގަކުރާއިރު  ޢަޒުމަކަށް ހަދަންވީ މި ޤައުމުގެ ކަރާމަތާއި ދިވެހިންގެ މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމުގައި ސާބިތުވެ ތިބުމަށް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ. މިއަދު ފާހަގަ ކުރަމުން ދަނީ ރާއްޖޭގެ 36 ވަނަ ނަސްރުގެ ދުވަހެވެ. ރައީސްގެ މިއަދުގެ ޚިދުތާބުގައި ވިދާޅުވެފައި ވަނީ، ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ އެންމެ މުހިންމު ބޭނުމަކީ، ޤައ...

ޙުސައިން ޝަހުދީ
ބީއެމްއެލްގެ އެކައުންޓުތަކުގެ މައުލޫމާތު އަދާހަމަ ނުކުރާނަމަ ބަންދުކުރާނެކަމަށް ބުނާ ސްކޭމް މެސެޖުތަކެއް

ބީއެމްއެލްގެ އެކައުންޓުތަކުގެ މައުލޫމާތު އަދާހަމަ ނުކުރާނަމަ ބަންދުކުރާނެކަމަށް ބުނާ ސްކޭމް މެސެޖުތަކެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ހުޅުވާފައިވާ އެކައުންޓުތަކުގެ މައުލޫމާތު އަދާނުކުރާނަމަ ބަންދުކުރާނެކަމަށް ބުނާ ސްކޭމް މެސެޖުތަކެއް ދައުރުވަމުންދާތީ ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދިލައްވައިފިއެވެ. އެ އިދާރާ އިން ވިދާޅުވީ އައިޑީ ކާޑާއި ޕާސްޕޯޓުގެ މައުލޫމާތު އަދާހަމަ ކުރަން ބުނާ އެ ޕޯސްޓުތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ކަމަށެވެ. މި ދުވަސްކޮޅު އެފަދަ ޕޯސްޓުތަކާއި މެސެޖުތައް ފޮނުވުން އިތުރުވެފައިވާކަން ފާހަގަކުރައްވައި އެ އިދާރާ އިން ވިދާޅުވީ މިގޮތަށް ދައ...

މުޙައްމަދު އަފްރާޙް