މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
މީޑިއާތަކުގެ ބްލެކް ލިސްޓެއް މި ސަރުކާރަކުން ނުގެންގުޅޭނެ: ހަލީލް

މީޑިއާތަކުގެ ބްލެކް ލިސްޓެއް މި ސަރުކާރަކުން ނުގެންގުޅޭނެ: ހަލީލް

ސަރުކާރުން ހަބަރާ މައުލޫމާތު ފޯރުކޮށް ދިނުމުގައި މީޑިއާތަކުގެ މެދު ތަފާތު ނުކުރައްވާނެ ކަމަށާއި މީޑިއާތަކުގެ “ބްލެކް ލިސްޓެއް” ނުގެންގުޅުއްވާނެ ކަމަށް ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިޔުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލް މިއަދު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގެ މިނިސްޓަރު މިއަދު ވަނީ ރައީސް އޮފީހުގައި ރާއްޖޭގެ މީޑިއާ އިދާރާތަކުގެ އިސްފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ހެނދުނު ބާއްވައިފައެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ...

މުޙައްމަދު
އިކްރާމް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީއެއްގެ މަގާމަށް

އިކްރާމް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީއެއްގެ މަގާމަށް

އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންގެ މަގާމަށް ދައުލަތުގެ މީޑިއާ. ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އިކްރާމް ޢަބްދުއްލަޠީފް ހަމަޖައްސައިފިއެވެ. ވީޓީވީގެ އިސް މަގާމެއް ވެސް ކުރިން ފުރުއްވި އިކްރާމް މި މަގާމަށް ހަމަޖައްސާފައި ވަނީ މިނިސްޓަރުގެ ނައިބުގެ ފެންވަރުގައެވެ. އިކްރާމްގެ އިތުރުން މިނިސްޓަރުގެ ނައިބުގެ ފެންވަރުގެ ފަސް ބޭފުޅެއް ރައީސް އޮފީހަށް ވަނީ ހަމަޖައްސާފައެވެ. އެ ބޭފުޅުންނަކީ، އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ، މުޙަ...

ޔުމްނާ ޢަލީ
އެމްޑީޕީ ޤައުމީ މަޖިލީހުގެ މަޝްވަރާ ބައްދަވުންތަކެއް އުކުޅަހުގައި، ޖަލްސާ މިރޭ

އެމްޑީޕީ ޤައުމީ މަޖިލީހުގެ މަޝްވަރާ ބައްދަވުންތަކެއް އުކުޅަހުގައި، ޖަލްސާ މިރޭ

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޤައުމީ މަޖިލީހުގެ މަޝްވަރާ ބައްދަލުވުންތަކެއް އއ. އުކުޅަހުގައި މިއަދު ފަށައިފިއެވެ. އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރަކު އުކުޅަހުގައި ހުންނަވައި ”ތިލަދުން” އަށް މައުލޫމާތު ދެއްވި ގޮތުގައި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ މަޝްވަރާ ބައްދަލުވުންތަކެއް މިހާރު އުކުޅަހުގައި ކުރިއަށް އެބަދެއެވެ. އަދި މިރޭ ޤައުމީ މަޖިލީހުގެ ޖަލްސާ އެއް ވެސް ތާވަލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިހާރު މަޝްވަރާ ހިނގަމުން ދަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާގެ އަލީ...

ޔުމްނާ ޢަލީ
ނޮވެމްބަރު 22 ގެ ނިޔަލަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

ނޮވެމްބަރު 22 ގެ ނިޔަލަށް 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފި

މި ހިނގާ ނޮވެމްބަރު މަހުގެ 22 ގެ ނިޔަލަށް ރާއްޖެ އަށް 1.6 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ފަތުރުވެރިކަމާބެހޭ ވުޒާރާއިން މިއަދު ޢާންމު ކުރެއްވި ނޮވެމްބަރު މަހުގެ ފަތުރުވެރިކަމުގެ ތަފާސްހިސާބަށް ބަލާއިރު، މި މަހުގެ 22 ގެ ނިޔަލަށް ރާއްޖެ އަށް 1،640،826 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިހާތަނަށް ބަލާއިރު 13 އިންސައްތަ ކުރިއެރުމެކެވެ. ނޮވެމްބަރު 22 ގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރީ ރަޝިޔާއިން […]

ޔުމްނާ ޢަލީ
ނިކަމެތިންގެ ފުރަތަމަ ގްރޫޕް އަންނަ އަހަރު ހިލޭ ހައްޖަށް ފޮނުވަނީ

ނިކަމެތިންގެ ފުރަތަމަ ގްރޫޕް އަންނަ އަހަރު ހިލޭ ހައްޖަށް ފޮނުވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުރިހަމަ ކުރެއްވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ. ޝަހީމް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި މީހުން ހައްޖަށް ފޮނުވުމަށް ކަނޑައަޅާ އުސޫލާއި ކޯޓާގެ އަދަދު ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށެވެ. އަމިއްލަ ތަނަވަސްކަން ނެތް […]

މުޙައްމަދު
އެސްޓީއޯގެ ''އަންކާރާ'' ނައިޓް ހޮނިހިރު ދުވަހު ޤައުމީ ޔުނިވާސިޓީގައި

އެސްޓީއޯގެ ''އަންކާރާ'' ނައިޓް ހޮނިހިރު ދުވަހު ޤައުމީ ޔުނިވާސިޓީގައި

ތުރުކީއިން އިމްޕޯޓުކޮށް، އެސްޓީއޯ ޕީޕަލް ޗޮއިސް އިން ވިއްކާ “އަންކާރާ” ބްރޭންޑުގެ ޕާސްތާ އަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ އަންކާރާނައިޓް އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ. އެސްޓީއޯއިން ބުނި ގޮތުގައި މިފަހަރުގެ އަންކާރާ ނައިޓް އޮންނާނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައެވެ. އެގޮތުން، ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީސްއާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގައި އަންކާރާ ޕާސްތާ ފްރީ ޓޭސްޓިން އަދި ލައިވް މިއުޒިކް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މި ހަރަކ...

އަޙްމަދު ވަހީދު
ޖޭއެސްސީ އަށް އުޝާމް އާއި ސަމީރު ޢައްޔަނުކޮށްފި

ޖޭއެސްސީ އަށް އުޝާމް އާއި ސަމީރު ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ދެ މެންބަރަކު މިއަދު ޢައްޔަނު ކުރައްވައިފިއެވެ. ރައީސް، ޖޭއެސްސީ އަށް މިއަދު ޢައްޔަނު ކުރެއްވީ، ބަންޑާރަނައިބު އަޙްމަދު އުޝާމް އަދި މުޙައްމަދު ސަމީރު އެވެ. އުޝާމް ޖޭއެސްސީގެ މެންބަރު ކަމަށް ޢައްޔަނު ކުރައްވާފައި ވަނީ އެ ކޮމޮޝަންގެ ޤާނޫނުގައި ބުނާގޮތުގެމަތިން، ބަންޑާރަނައިބުގެ ހައިސިއްޔަތުންނެވެ. ރ. އިނގުރައިދޫ އަށް ނިސްބަތްވެވަޑައިގަންނަވާ، ސަމީރު ޖޭއެސްސީ އަށް ޢައްޔަނު ކުރެއްވީ އެ ކޮމިޝަންގެ ޤާނޫނުގައި ބުނާގޮތުގެ މަތީން ރ...

ޔުމްނާ ޢަލީ
މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް އަލުން އެކުލަވާލަނީ

މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް އަލުން އެކުލަވާލަނީ

ރާއްޖޭ މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް އަލުން އެކުލަވާލަން ނިންމައިފިއެވެ. އެކަން ހާމަކުރެއްވީ، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އެވެ. ޝަހީމް “އެކްސް”ގައި ވިދާޅުވީ،ރައީސް ޑރ. މުޢިއްޒުގެ މެނިފެސްޓޯގައި މިސްކިތްތަކަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވަން ވަނީ ވައުދުވެވަޑައިގަންނަވާފަ އެވެ. އެހެންވެ މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް އަލުން އެކުލަވާލަން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމާފައިވާ ކަމަށެވެ. ‘’އެއީ މިސްތަކާއި އިމާމުންގެ ކަންކަމުގައި އިސ...

ޔުމްނާ ޢަލީ
ޔާމީން މިނިވަން ކުރަން މަގުމަތީ އުޅުނީ މުޢިއްޒު ހިމެނޭހެން ލީޑާޝިޕާއެކު މަދު ކަނބަލުންކޮޅެއް، އޮޅުވައެއް ނުލެވޭނެ: މުހައްމަދު

ޔާމީން މިނިވަން ކުރަން މަގުމަތީ އުޅުނީ މުޢިއްޒު ހިމެނޭހެން ލީޑާޝިޕާއެކު މަދު ކަނބަލުންކޮޅެއް، އޮޅުވައެއް ނުލެވޭނެ: މުހައްމަދު

ކުރީގެ ރައީސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް މިނިވަންކުރުމަށް ގޮވާލައި، ފަސް އަހަރުވަންދެން މަގުމަތީ މަސައްކަތްކުރީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހިމެނޭހެން މަދު ކަނބަލުންކޮޅެއް ކަމަށާއި، އެކަން އޮޅުވައިނުލެވޭނެ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ. މުހައްމަދު މިހެން ވިދާޅުވީ، އެދުވަސްވަރުގެ ފޮޓޯތަކަކާއެކު ”އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައެވެ. މުހައްމަދަކީ އޭރުގެ އިދިކޮޅުން މަގުމަތީ ހިންގ...

ޔުމްނާ ޢަލީ
މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު އިމާރާތް ހުޅުމާލެގައި އަޅަނީ

މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު އިމާރާތް ހުޅުމާލެގައި އަޅަނީ

މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު އިމާރާތެއް އަޅަން ނިންމާފައިވާ ކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ. ޝަހީމް މިއަދު ”އެކްސް”ގައި ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅުތަކުގެ ތެރޭގައި މިސްކިތް ފަންޑު ތަރައްގީކޮށް ވަޤުފު އިމާރަތްތައް އިތުރުކޮށް ފަންޑު ފުޅާ ކުރުމަށް ވަނީ ކަނޑައަޅުއްވާފައެވެ. އެހެންވެ، މިސްކިތް ފަންޑުގެ ދެވަނަ ވަޤުފު އިމާރާތް އަންނަ ޖަނަވަނީ މަހު ހުޅުމާލެގައި ބިންގާ އެޅިގެންދާނެ ކަމަށް ވިދާޅުވެފަ ވެއެވެ. މި...

ޔުމްނާ ޢަލީ
ޕީސީބީގެ ބޯޑަށް މުޣުނީ ޢައްޔަނުކޮށްފި

ޕީސީބީގެ ބޯޑަށް މުޣުނީ ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ބޯޑަށް ހަސަން މުޣުނީ ޢައްޔަނު ކުރައްވައިފިއެވެ. މުޣުނީ އަކީ މިދިޔަ ސަރުކާރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްލޮޓެއްގައި ސްޓެލްކޯގެ މެނޭޖިން ޑައިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. މިދިޔަ ދައުރުގައި ހަތަރު އަހަރެއްހާ ދުވަހު ސްޓެލްކޯގެ އެމްޑީކަން ކުރެއްވި މުޣުނީ އެ މަގާމުން ވަކިކުރެއްވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމަށް ހަތަރު އަހަރާއި ގާތްވެފައި ވަނިކޮށެވެ. އެއަށްފަހު އޭނާ ޢައްޔަނު ކުރެއްވީ ތ...

ޔުމްނާ ޢަލީ
އޮކްޓޯބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން 336 މިލިއަން ރުފިޔާގެ އާމްދަނީއެއް

އޮކްޓޯބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން 336 މިލިއަން ރުފިޔާގެ އާމްދަނީއެއް

މިއަހަރުގެ އޮކްޓޯބަރު އިމްޕޯޓާއި އެކްސްޕޯޓުން 336 މިލިއަން ރުފިޔާގެ އާމްދްނީއެއް ލިބިއްޖެއެވެ. ކަސްޓަމްސް އިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އާމްދަނީގެ ގޮތުގައިި ލިބުނީ 336 މިލިއަން ރުފިޔާ ލިބުނުއިރު މިއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު އަށް އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް 364 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ. ކަސްޓަމްސަގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް ފަސް ބިލ...

އަޙްމަދު ވަހީދު
ރަސްދޫ ބަނދަރުގެ އެއްގަމުތޮށީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ރަސްދޫ ބަނދަރުގެ އެއްގަމުތޮށީގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

އއ. ރަސްދޫ ބަނދަރުގެ ބޭރުތޮށި ލުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން އެއްގަމުތޮށި ހެދުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަަސައްކަތުގެ 72 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގރ ދަށުން އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކުގެ 44 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުނ...

އަޙްމަދު ވަހީދު
ޕީސީބީ ބޯޑުގެ ރައީސަކަށް ޙަމްދީ ޢަޤީލް ޢައްޔަނުކޮށްފި

ޕީސީބީ ބޯޑުގެ ރައީސަކަށް ޙަމްދީ ޢަޤީލް ޢައްޔަނުކޮށްފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ގެ ބޯޑުގެ ރައީސްކަމުގެ މަގާމަށް ޙަމްދީ ޢަޤީލް މިއަދު ޢައްޔަނުކުރައްވައިފިއެވެ. ޙަމްދީ ޢަޤީލަކީ އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީއިން މާސްޓަރ އޮފް ކޮމަރސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ޙަމްދީ ޢަޤީލް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި ފިއުލް ސަޕްލައި މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމާއި، މޯލްޑިވްސް ރޯޑް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމު ވެސް ހިމެނެއެވެ. ޕީސީބީގެ ބ...

ޔުމްނާ ޢަލީ
ރައީސް މުޢިއްޒު، ތިލަމާލެ ބްރިޖުގެ ސައިޓްތަކަށް

ރައީސް މުޢިއްޒު، ތިލަމާލެ ބްރިޖުގެ ސައިޓްތަކަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ސައިޓްތަކަށް ޒިޔާރަތްކުރައްވައި، އެ މަޝްރޫޢުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުތައް މިއަދު އޮޅުންފިލުއްވައިފިއެވެ. “ގްރޭޓަރ މާލެ ކަނެކްޓިވިޓީ – މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް”ގެ މަސައްކަތްތައް ކުރިއަށްދާ ސަރަޙައްދުތަކަށް ރައީސް ޒިޔާރަތް ކުރެއްވީ މިއަދު ހަވީރު އެވެ. މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މިއަދު ހަވީރު ރައީސް ފުރަތަމަ...

ޔުމްނާ ޢަލީ