ނޫމަރާގައި ހުރި އާސާރީ ތަންތަން ހިމާޔަތް ކުރުމަށް ކައުންސިލުން ނިންމައިފި
ށ. ނޫމަރާގައި ހުރި އާސާރީ ތަންތަން ހިމާޔަތް ކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މި ގޮތަށް ނިންމާފައިވަނީ އެ ކައުންސިލްގެ 5 ވަނަ ދައުރުގެ 15ވަނަ އާއްމު ބައްދަލުވުމުގައެވެ. ނޫމަރާ ކައުންސިލްގެ ރައީސް، އިބްރާހީމް ފުއާދު “ތިލަދުން”އަށް ވިދާޅުވީ، އެ ރަށުގައި ޙިމާޔަތް ކުރަންޖެހޭ އާސާރީ ތިން ތަނެއް ހުރި ކަމަށެވެ. އެއީ ބޮޑު ހިރިއަކާއި، އިހުގެ ފެންވަޅެއްގެ އިތުރުން، ބަނދަރު ސަރަޙައްދުގައި ހުރި ބޮޑުކާނިގަހާއި ބޮޑު ހިލައެކެވެ. ކައުންސިލްގެ ރައީސް ފުއާދު އިތުރަށް މައުލޫމާތު […]