މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ވޯލްޑް ލީޑިން ހަނީމޫން ރިސޯޓަކަށް މަނަފަރު

ވޯލްޑް ލީޑިން ހަނީމޫން ރިސޯޓަކަށް މަނަފަރު

ވޯލްޑް ޓްރެވަލް އެވޯޑްސްގެ 2023ގެ ވޯލްޑް ލީޑިން ހަނީމޫން ރިސޯޓަކަށް ހއ. އަތޮޅުގެ އެންމެ އުތުރު ބިތުގައި އޮންނަ ޖޭއޭ މަނަފަރު ރިސޯޓު ހޮވިއްޖެއެވެ. 82 ކޮޓަރި/ވިލާ ހުންނަ ފަސް ތަރީގެ މަނަފަރަށް ވަނީ 2021 ވަނަ އަހަރު ވެސް އެ މަގާމު ލިބިފައެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ 2023 ހަފްލާ ބާއްވާފައި ވަނީ ރޭ އެކުވެރި އިމާރާތުގެ ދުބާދީގެ “ބްރުޖް އަލް އެރެބް” ހޮޓެލް ގައެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ 2023 ވޯލްޑް ލީޑިން ހަނީމޫން […]

ޔުމްނާ ޢަލީ
ޔާމީންގެ އިސްތިއުނާފް މައްސަލަ ނުނިމި އޮއްވައި ހައިކޯޓު ރިސެސް އަށް ގޮސްފި

ޔާމީންގެ އިސްތިއުނާފް މައްސަލަ ނުނިމި އޮއްވައި ހައިކޯޓު ރިސެސް އަށް ގޮސްފި

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިން ކުށުގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމްގެ އިސްތިއުނާފީ މައްސަލަ ވަކި ގޮތަކަށް ނުނިމި އޮއްވައި ހައި ކޯޓުން ރިސެސް އަށް ހިނގައްޖެއެވެ. ހައި ކޯޓުން ބުނީ އެ ކޯޓުގެ ގަވައިދުގެ ހަތަރު ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން އިއްޔެ އިން ފެށިގެން މި މަހުގެ 31 ގެ ނިޔަލަށް ރިސެސް އަށް ދިއުމަށް […]

މުޙައްމަދު
ފަލަސްތީނަށް އެހީތެރިވުމަށް އާބަންކޯއިން ބާއްވާ ހަރަކާތަށް ބޮޑު ތަރުހީބެއް، ޖަމްބަލް ސޭލް މިއަދާއި މިރޭ ވެސް އޮންނާނެ

ފަލަސްތީނަށް އެހީތެރިވުމަށް އާބަންކޯއިން ބާއްވާ ހަރަކާތަށް ބޮޑު ތަރުހީބެއް، ޖަމްބަލް ސޭލް މިއަދާއި މިރޭ ވެސް އޮންނާނެ

ލަސްތީނަށް އެހީތެރިވުމަށް ފަންޑް ރައިޒް ކުރުމަށް އާބަންކޯ ބާއްވާ ހަރަކާތަށް އާންމުންގެ ފަރާތުން ލިބޭ ތަރުހީބު ބޮޑުކަމަށާއި، އެހެންވެ މިއަދާއި މިރޭ ވެސް މިހަރަކާތުގައި ހިމެނޭ ޖަމްބަލް ސޭލް ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އާބަންކޯގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ބާއްވާ ފަންޑް ރެއިސިންގް އިވެންޓް އިއްޔެ ކުރިއަށް ގެންގޮސްފައިވާއިރު، އެ ކުންފުނިން ބުނީ އެ ކުންފުނީގެ މުވައްޒަފުން އިސްނަގައިގެން ލަސްތީނަށް އެހީތެރިވުމަށް ބޭއްވުނު ފަންޑް ރެއިސިންގް އިވެންޓ...

ޔުމްނާ ޢަލީ
ރައީސް މުއިއްޒުގެ ތުރުކީ، ޔޫއޭއީ ދަތުރުފުޅު ކާމިޔާބު، މަރުހަބާ: ޕީޕީއެމް/ޕީއެންސީ

ރައީސް މުއިއްޒުގެ ތުރުކީ، ޔޫއޭއީ ދަތުރުފުޅު ކާމިޔާބު، މަރުހަބާ: ޕީޕީއެމް/ޕީއެންސީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީ ވިލާތަށާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ކުރެއްވި ދަތުރުފުޅު ކާމިޔާބު ކަމަށާއި އެކަމަށްޓަކައި އެމަނިކުފާނަށް މަރުހަބާ ދަންނަވާ ކަމަށް ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފިއެވެ. ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލެއްވި ކަމަށްޓަކައި މާތް ﷲ ސުބުހާނަހޫ ވަތައާލާ އަށް ހަމްދުކޮށް އެމަނިކުފާނަށް ވަރަށް އިހްލާސްތެރިކަމާއެކު ކޯލިޝަންގެ ލީޑަ...

މުޙައްމަދު
އެންމެ މަގުބޫލު މަންޒިލްގެ މަގާމު ހަތަރު ވަނަ ފަހަރަށް ރާއްޖެ ދިފާއުކޮށްފި

އެންމެ މަގުބޫލު މަންޒިލްގެ މަގާމު ހަތަރު ވަނަ ފަހަރަށް ރާއްޖެ ދިފާއުކޮށްފި

ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ މަގާމު ހަތަރު ވަނަ ފަހަރަށް ރާއްޖެ ދިފާއުކޮށްފިއެވެ. ފަތުރުވެރިކަމުގެ ދާއިރާގެ ބައިނަލްއަގްވާމީ އެންމެ ޝަރަފުވެރި އެވޯޑް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ “ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން” ހަތަރު ވަނަ ފަހަރަށް ރާއްޖެ އަށް ލިބުނުކަން އިއުލާން ކުރީ ވޯލްޑް ޓްރެވެލް އެވޯޑްސްގެ ދުނިޔޭގެ ވަނަތަކަށް އެވޯޑް ދިނުމަށް ރޭ ބޭއްވި ގްރޭންޑް ފައިނަލް ހަފްލާގައެވެ. އެކުވެރި އިމާރާތުގެ ދުބާދީގެ “ބްރުޖް އަލް އެރެބް” ހޮޓެލްގައި ބޭއްވި މިހަފްލާގައި ރާއްޖެ މި...

ޔުމްނާ ޢަލީ
ކޮޕް28 ގެ ހަވާސާގައި ރައީސް، އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ކޮޕް28 ގެ ހަވާސާގައި ރައީސް، އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ރޭ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކޮށްލެއްވުމަކީ، އެކުވެރި އިމާރާތް، ޔުނައިޓެޑް އެރެބް އެމިރޭޓްސް، (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްދާ 28ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ހަވާސާގައި ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ. މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަނީ ރައީސް ޑރ. މުޢިއްޒު މީގެ ދެހަފްތާގެ ކުރިން މަޤާމާ ހަވާލުވެވަޑައިގަ...

ޔުމްނާ ޢަލީ
އެންވީކޭ ބަލިކޮށް ޖަންގަލް އިން އިހަވަންދޫ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

އެންވީކޭ ބަލިކޮށް ޖަންގަލް އިން އިހަވަންދޫ ކައުންސިލް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި އިހަވަންދޫ ކައުންސިލް ކަޕް ފުޓްސަލް މުބާރާތް 2023، ގެ ޗެމްޕިއަންކަން ޖަންގަލް އިން ކާމިޔާބު ކޮށްފިއެވެ. އިއްޔެ ހަވީރު އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ އެންވީކޭއާއި ޖަންގަލް އެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި […]

އިބްރާހިމް ޚަލީލް
ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢެއް

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢެއް

ދިވެހިރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢެއް ހިންގަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ޢިއުލާން ކުރައްވައިފިއެވެ. ރައީސް މުޢިއްޒު މިކަން ޢިއުލާން ކުރެއްވީ، އެކުވެރި އިމާރާތް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި އިއްޔެ ފެށި ކޮޕް28 ބައްދަލުވުމުގައި ޤައުމީ ބަޔާން އިއްވަވަމުންނެވެ. މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫޢެއް ހިންގަވާނެކަން ޢިއުލާން ކުރައްވައި، ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނާ މުޚާތަބުކުރައްވައި ރައީސް މުޢިއްޒު ދެއްކެވި ވާހަ...

ޔުމްނާ ޢަލީ
ބީއެމްއެލް ސްޓާފް ޗެރިޓީ ރަން ބާއްވައިފި

ބީއެމްއެލް ސްޓާފް ޗެރިޓީ ރަން ބާއްވައިފި

ބޭންކް އޮފް މޯލްޑިވްސް އިން ‘ސްޓާފް ޗެރިޓީ ރަން’ 2023 ބާއްވައިފިއެވެ. މިއީ މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ބާއްވާ ދުވުމެކެވެ. މިއަދު ހެނދުނު ހުޅުމާލޭގައި ބޭއްވި ޗެރިޓީ ރަންގައި ބޭންކުގެ 100 މުވައްޒަފުންނާއި އެ މުވައްޒަފުންގެ ކުދިން ބައިވެރިވިއެވެ. މީގެ އިތުރުން އަތޮޅު ތެރެއިން 40 އަށް ވުރެ ގިނަ މުވައްޒަފުން އެ ރަށްތަކުގައި ތިބެގެން މި ދުވުމުގައި ބައިވެރިވެފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ. ދުވުން ނިންމާލުމަށްފަހު […]

އަޙްމަދު ވަހީދު
ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުން، ކޮޕް28އަށް ރާއްޖެއިން ކުރާ އުންމީދު

ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުން، ކޮޕް28އަށް ރާއްޖެއިން ކުރާ އުންމީދު

މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރުމަށް ޤައުމުތަކުން އަޅާ ފިޔަވަޅުތައް ވަޒަންކުރާ “ގްލޯބަލް ސްޓޮކްޓޭކް” އިން، ޕެރިސް އެއްބަސްވުމާ އެއްގޮތަށް، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް އަމާޒު ހިފަންޖެހޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ކޮޕް28 ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި މިއަދު ޤައުމީ ބަޔާން އިއްވަވަމުންނެވެ. ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްދާ މި ބައްދަލުވުމުގައި ޤައުމީ ބަޔ...

ޔުމްނާ ޢަލީ
ހިމަބިހި ވެކްސިން ދިނުމުގެ ޤައުމީ ކެމްޕޭން ކުޅުދުއްފުށީގައި ލޯންޗްކޮށްފި

ހިމަބިހި ވެކްސިން ދިނުމުގެ ޤައުމީ ކެމްޕޭން ކުޅުދުއްފުށީގައި ލޯންޗްކޮށްފި

ހިމަބިހި (މީސްލްސް) ވެކްސިން ދިނުމުގެ ޤައުމީ ކެމްޕެއިނެއް ކުޅުދުއްފުށީ ސިޓީގައި މިއަދު ލޯންޗްކޮށްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނިގޮތުގައި މިއީ ހިމަބިހި (މީސްލްސް) އަދި ރުބެއްލާއިން ރައްކާތެރިކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ފެށި ހިމަބިޖި ވެކްސިން ދިނުމުގެ ޤައުމީ ކެމްޕޭނެކެވެ. މިކަމަށް ކުޅުދުއްފުށީ ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ކެމްޕޭން ލޯންޗްކޮށްދެއްވީ ޞިއްޙީ ވުޒާރާގެ ސްޓޭޓް ވަޒީރު، އަޙްމަދު ޤާސިމްއެވެ. ދިވެހިރާއްޖޭގައި އެމްއާރު ވ...

ޔުމްނާ ޢަލީ
އަމާޒަކީ ކަރަންޓުގެ %33 އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ޤާއިމުކުރުން: ރައީސް

އަމާޒަކީ ކަރަންޓުގެ %33 އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ޤާއިމުކުރުން: ރައީސް

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތަ އުފައްދައިދޭނެ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމެއް ޤާއިމު ކުރުންކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުން މިއަދު ފެށިފައިފައިވާއިރު، ރައީސް މިހެން ވިދާޅުވީ، އެ ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި މިއަދު ޤައުމީ ބަޔާން އިއްވަވަމުން...

ޔުމްނާ ޢަލީ
ބީއެމްއެލް އެމެކްސް ކާޑުން ވިޔަފާރިކޮށްގެން 25،000ރ. ގެ ގިފްޓް ބަންޑައްޔެއް ހޯދުމުގެ ފުރުސަަތު

ބީއެމްއެލް އެމެކްސް ކާޑުން ވިޔަފާރިކޮށްގެން 25،000ރ. ގެ ގިފްޓް ބަންޑައްޔެއް ހޯދުމުގެ ފުރުސަަތު

ބޭންކް އޮފް މޯލްޑިވްސް (ބީއެމްްއެލް) ގެ އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ލޯންޗްކޮށްފިއެވެ. ބީއެމްއެލުން އިއްޔެ ފެށި އެ ޕްރޮމޯޝަނަކީ އެ ބޭންކުން ދޫކޮށްފައިވާ އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ހާއްސަކޮށްގެން ތައާރަފްކުރި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މި އަހަރުގެ ނިޔަލަށް ކަމަށެވެ. މި ޕްރޮމޯޝަނުގައި އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވާ ދެ...

އަޙްމަދު ވަހީދު
އޭޑްސް ދުވަހާއި ގުޅުވައިގެން ހދ. އަތޮޅުގައި ހަރަކާތްތަކެއް

އޭޑްސް ދުވަހާއި ގުޅުވައިގެން ހދ. އަތޮޅުގައި ހަރަކާތްތަކެއް

ދުނިޔޭގެ އޭޑްސް ބަލީގެ ދުވަހާއި ގުޅުވައިގެން ހދ. އަތޮޅުގައި ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މި އަހަރުގެ އޭޑްސް ދުވަހުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ “”Let Communities lead” މި ޝިއާރެވެ. މި ޝިޢާރުގެ މަގްސަދަކީ އޭޑްސް ބައްޔަށް ފަރުވާދިނުމުގައްޔާއި، ބަލި ޖެހިފައިވާ މީހުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އަދި ބޭނުންވާ ސަޕޯޓް ދިނުމުގައްޔާއި ބަލިންރައްކާތެރިވުމުގެ ގޮތުން ހިންގޭ ހަރަކާތްތަކުގައި އެންމެން އެއްބައިވެ، އާއްމުން އިސްނަގައިގެން ކުރިއަށްދިއުމެވެ. ހެލްތް ޕ...

ޔުމްނާ ޢަލީ
ކޮޕް28 ގެ ހަވާސާގައި އިނގިރޭސި ރަސްގެފާނާއި، ރައީސް މުޢިއްޒު ބައްދަލުކުރައްވައިފި

ކޮޕް28 ގެ ހަވާސާގައި އިނގިރޭސި ރަސްގެފާނާއި، ރައީސް މުޢިއްޒު ބައްދަލުކުރައްވައިފި

ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ހަވާސާގައި، އިނގިރޭސިވިލާތުގެ ރަސްގެފާނު، ޗާލްސް ތިން ވަނަ އާއި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ. އެކަން ހާމަކޮށް ރައީސް އޮފީހުން ބުނީ، މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފަ ކަމަށެވެ. މީގެ އިތުރުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރ...

ޔުމްނާ ޢަލީ