ހާލަންޑްގެ ދެ ލަނޑާއެކު ޕޯޓޯ ބަލިކޮށް ސިޓީން ޗެމްޕިއަންސް ލީގު ފެށީ މޮޅަކުން
ޔޫއޭފާ ޗެމްޕިއަންސް ލީގުގައި އެރްލިންގް ހާލަންޑް ކާމިޔާބުކުރި ދެ ލަނޑާއެކު 2-0 ގެ ނަތީޖާއަކުން ޕޯޓޯ ބަލިކޮށް، މެންޗެސްޓާ ސިޓީން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ. ޕޯޓޯގެ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީން ޖެހި ދެ ލަނޑުވެސް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ވަނީ މޮޅު ކުޅުމެއް ދައްކައި ޕޯޓޯގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް، ޕޯޓޯގެ ކީޕަރު ދިއޯގޯ ކޮސްޓާ ވަނީ ހާލަންޑް ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ހުޝިޔާރުކަމާއެކު […]