ސްޕޭނުގެ އިތުރު ކްލަބެއްގެ މޭޖޯރިޓީ ހިއްސާ ގަންނަން މެސީ ނިންމައިފި
ސްޕޭނުގެ ދެވަނަ ޑިވިޝަންގައި ވާދަކުރަމުން އަންނަ ކްލަބް އެލްޑެންސޭގެ ބޮޑު ހިއްސާއެއް ގަތުމަށް، އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނަލް މެސީ އެ ކްލަބުގެ ވެރިންނާއެކު ފުރަތަމަ މަރުހަލާގެ އެއްބަސްވުމަކަށް އައިސްފިއެވެ. އަށް ފަހަރު ބެލޮންޑޯ އެވޯޑު ހޯދާފައިވާ މެސީއާއެކު މި އެއްބަސްވުމަށް އާދެވިފައިވާކަން އެލްޑެންސޭއިން ބުދަ ދުވަހު ކަށަވަރުކޮށްދީފައެވެ. މި އެއްބަސްވުމުގެ ދަށުން މެސީ ގަތުމަށް ހަމަޖެހިފައިވަނީ “ގްރޫޕޯ ޓީއެޗް ސޮލުސިއޯނެސް” އިން އެ ކްލަބުގައި ދަމަހައްޓަމުން އަންނަ ހިއްސާތަކެވެ. ނަމަވެސް މި ވި...