ރާއްޖެ ހަތަރު ބިން ހެލުމެއް، ރާއްޖެ އަށް އަސަރެއްނުކުރޭ: މެޓް ކާލްސްބާގް/މިޑް އިންޑިއަން ރިޖަށް 4 ބިންހެލުން އައިސްފައިވާ ކަމަށާއި ނަމަވެސް މި ބިންހެލުންތަކުގެ އަސަރު ރާއްޖެއަށް ނުކުރާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ. މި ހަތަރު ބިން ހެލުމަކީ ރޭ މެންދަމުން ފެށިގެން މިއަދު ހެދުނާއި ދޭތެރޭ ކާލްސްބާގް/ މިޑް އިންޑިއަން ރިޖަށް އައި ކަމަށް ރިކޯޑް ކުރެވިފައިވާ ބިންހެލުންތަކެކެވެ. މީގެ ތެރެއިން އެންމެ ބާރުގަދައީ 5.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިން ހެލުމެކެވެ. ’’މި ބިންހެލުންތައް އައީ 900 އެއްހާ ކިލޯމިޓަދުރުން، […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ފާރެއް ވެއްޓި ދަތުރު ގޮސް އުޅުނު ދެ މީހަކަށް އަނިޔާވެއްޖެ ފާރެއް ވެއްޓުމުގެ ސަބަބުން ދަތުރު ގޮސް އުޅުނު ދެ މީހަކަށް އަނިޔާވެއްޖެ އެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާ ހިނގާފައި ވަނީ ބަޔަކު ޅ. ދިއްފުށިމާދޫއަށް ދަތުރުގޮސް އުޅުމުގެ ތެރޭގައެވެ. މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ ރޭ ފަތިހު 05:19 ހާއިރު ކަމަށް އެ އިދާރާއިން ބުނެއެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުމާއެކު، އެތަނުގެ “ހާބަރކްރާފްޓް 116” ގައި 06:47 ހާއިރު އެ ސަރަހަހައްދަށް ދިޔަ […] ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ޚަބަރު ރޯދަ މަހުގެ ކުރިން 100 ރަށަށް ވަޑައިގަތުމަކީ އުންމީދެއް: ރައީސް އަންނަ ރޯދަ މަހުގެ ކުރިން 100 އެއްހާ ރަށަށް ވަޑައިގަތުމަކީ އުންމީދެއް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ގެނެސްދިން “ބާއްޖަވެރި ހެނދުނެއް”ގެ ޚާއްޞަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޕްރޮގްރާމްގައި ބައެއް ޢާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންނަށް ގިނަ ވަޢުދުތަކެއް ވެފައިވާކަމަށެވެ. އަދި އެ ވަޢުދުތައް ފުއްދަވާނެކ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޕީއެންސީއާ ގުޅުނީ ދާއިރާގެ ޙައްޤުގައި، އަމިއްލަ މަންފާއެއް ހޯދާކަށްނޫން: ޝަރީފް ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އޭނާ ގުޅިވަޑައިގަތީ ދާއިރާގެ ހައްގުތައް ހިމާޔަތް ކުރުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (މަވޯޓާ) ރޭ ވިދާޅުވެއްޖެއެވެ. ޝަރީފް ހިމެނޭހެން އިދިކޮޅު، ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ 13 މެންބަރަކު ރޭ ވަނީ ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ. މިކަމަށް މާލޭ ދަރުބާރުގޭގައި ރޭ ބޭއްވި ޙާއްޞަ ޕީއެންސީ ޖަލްސާގައި ޝަރީފް ވިދާޅުވީ، އޭނާ އަކީ ކުރީގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙާއެކު ގަދަކ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ހުދުމުހުތާރުކަން އާލާވިޔަނުދޭން މަސައްކަތް ކުރުމުގައި އެމްޑީޕީ ފަހަތަކަށްނުޖެހޭނެ: ފަޔާ ރާއްޖޭގައި ހުދުމުހުތާރުކަން އާލާވިޔަނުދޭން މަސައްކަތް ކުރުމުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ފަހަތަކަށްނުޖެހޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ އިގްތިސޯދީ ވަޒީރު ފައްޔާޟު އިސްމާއީލް (ފަޔާ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ 56 މަޖިލިސް މެންބަރުންކުރެ 13 މެންބަރަކު ރޭ ވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި ގުޅިވަޑައިގެންފައެވެ. ފަޔާ ވަނީ އެ މެންބަރުން އެމްޑީޕީއަށް ކޮށްދެއްވި މަސައްކަތަށް އެ މެމްބަރުންނަށް ޝުކުރު އަދާކުރައްވާފައެވެ. ‘’މިދަނޑިވަޅު ރާއްޖޭގައި ހުދުމުހުތާ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޕީއެންސީގެ މެންބަރުންގެ އަދަދު 40،000 އަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުންގެ ޢަދަދު 40000 އަށް އަރާފައިވާ ކަމަށް އެ ޕާޓީން މިރޭ ބުނެފިއެވެ. ޕީއެންސީގައި 40 ހާސް މެންބަރުން މިހާރު ތިބިކަން ހާމަކުރީ، އެ ޕާޓީގެ ޗެއާޕާސަން، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ޚާއްޞަ މުޝީރު، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ. ދަރުބާރުގޭގައި މިރޭ ބޭއްވި ޕްރޮގްރޮސިވް އިއްތިހާދުގެ ހާއްސަ ޖަލްސާއެއްގައި އަދުރޭ ވަނީ، ވެރިކަމަށް އައިއިރު ޕީއެންސީގައި ތިބީ 3،000 މެމްބަރުންކަން ފާހަގަ ކުރައްވާފައެވެ. އެހެންނަމަވެސް މިހާރު އެ ޕާޓީގެ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ފުލުހުން ކަނޑުއުޅަނދު ފަހަރު ބަލައިފާސްކުރުމުގެ ހަރަކާތެއް ފަށައި ދިވެހި ފުލުހުންގެ ޚިދުމަތުން ކަނޑުއުޅަނދު ފަހަރު ބަލައިފާސްކުރުމުގެ ހަރަކާތެއް ފަށައިއެވެ. ފުލުހުން ބުނިގޮތުގައި މިއީ، ސްކޫލު ބަންދާއި، އައު އަހަރާ ދިމާކޮށް މާލެއިން ގިނަބަޔަކު އެކި ރަށްރަށަށް ދަތުރުކުރާނެތީ އާއި ބަނދަރުތަކުން މުދާ ބަރުކޮށްގެން އަތޮޅުތަކަށްދަތުރުކުރާ އޮޑިދޯނިފަހަރާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފެށި މަސައްކަތެކެވެ. މެރިން ޕޮލިހުގެ މެރިން އެންފޯސްމަންޓް އަދި މެރިން އިންވެސްޓިގޭޝަން ޑިޕާރޓްމަންޓުން ކުރިއަށް ގެންދާ ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ މި ހަރަކ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކައުންސިލްތަކުގެ ސިވިލްސާވަންޓުން ދެކެނީ އަޅުގަނޑުމެންނަކީ އެއްޗެއްނޭނގޭ މުޑުދާރު ބައެއްގޮތުގައި: ސިރާޖު ލޯކަލް ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލްސާވިސްގެ މުވައްޒަފުން ދެކެނީ ކައުންސިލަރުންނަކީ ތަނެއްދޮރެއް ނުދަންނަ މުޑުދާރު ބައެއްގޮތުގައިކަމަށް ހދ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިރާޖު ވިދާޅުވެއްޖެއެވެ. ސިރާޖު މިހެން ވިދާޅުވީ، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިހާރު ކުރިއަށް ގެންދާ ފަނޯއްލަ ދަރުބާރުގައި ވާހަކަ ދައްކަވަމުންނެވެ. އެލްޖީއޭގެ މިފަހަރުގެ ފަނޯއްލަ ދަރުބާރު ކުރިއަށް ގެންދަނީ އައްޑޫ ސިޓީގެ ހިތަދޫގެ ދަރުބާރުގޭގައެވެ. މިދަރުބާރުގެ އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ފޯރަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އެމްޑީޕީގެ 13 މެންބަރަކު ވެރިކަންކުރާ ޕާޓީ ޕީއެންސީ އަށް ރައްޔިތުންގެ މަޖިލީހުގެ 13 މެންބަރަކު ވެރިކަން ކުރާ ޕްރޮގްރެސިވް އިއްތިހާދުގައި ހިމެނޭ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އާ ގުޅިވަޑައިގެންފި އެވެ. މި މެންބަރުން ޕީއެންސީއާ ގުޅިވަޑައިގަތީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ އެ އިއްތިހާދުގެ ހާއްސަ ޖަލްސާއެއްގައެވެ. މި މެންބަރުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތީ ޕްރޮގްރެސިވް އިއްތިހާދުގެ ލީޑަރު އަދި ޕީއެންސީގެ ރައީސް، ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ޕީއެންސީއާ ގުޅިވަޑައިގެންނެވި މެންބަރުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޑެޒަޔަރ ކްރޫ ބަލިކޮށް ފަލްކަން މުބާރާތް ނިންމާލީ މޮޅަކުން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް ތިރީސް އަހަރުފުރޭ މުނާސަބަތާއި ގުޅުވައިގެން، އެ ޖަމިއްޔާއިން ބާއްވާ “30 ޗެމްޕިއަންޝިޕް 2023” ފުޓްބޯޅަ މުބާރާތުގައި މިއަދި ކުޅުނު މެޗު ފަލްކަން އިން ކާމިޔާބު ކޮށްފިއެވެ. ގްރޫޕް ބީގައި މިއަދު ހަވީރު ފަލްކަންއާއި ޑެޒަޔަރ ކްރޫ ބައްދަލުކުރި މެޗު، ފަލަކަން އިން ކާމިޔާބު ކޮށްފައި ވަނީ 6-4 ގެ ނަތީޖާއިންނެވެ. މި މެޗަށް ނުކުތްއިރު ވެސް މި ދެ ޓީމް އޮތީ މުބާރާތުން ކަޓާފައެވެ. މި ގްރޫޕުން ސެމީގެ ޖާގަ ހޯދީ ޝީލްޑާއި […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލިސް އިފްތިތާހްކޮށްފި އިސްލާމީކަންތަތަކާބެހޭ ވުޒާރާއިން، މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލިސް މިއަދު އިފްތިތާޙުކޮށްފިއެވެ. އެ ވުޒާރާއިން ބުނީ އެއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ އަދި ހަފްތާ 14ގެ ޕްލޭންގައި ހިމަނުއްވާފައިވާ މެދުނުކެނޑި މިސްކިތްތަކުގެ ޙާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތުގެ ދަށުން އެކުލަވާލި މަޖިލީހެއް ކަމަށެވެ. އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ޙަފްލާއެއްގައި، މިސްކިތްތަކާއިބެހޭ ޤައުމީ މަޖިލިސް އިފްތިތާޙުކުރުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ދިވެހި ބަހާއި ތާރީހާ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް ވުޒާރާތަކުގެ މެންޑޭޓް ފާސް ކުރަން ކޮމިޓީ އަށް ފޮނުވައިފި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް ފާސް ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށްޓަކައި މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް މިއަދު ފޮނުވައިފިއެވެ. ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހްތިޔާރުގެ ދަށުން މިދިޔަ މަހުގެ 17 ގައި އުފައްދާފައިވާ 22 ވުޒާރާ އާއި އެ ވުޒާރާތަކުގެ މަސައްކަތު ދާއިރާތައް މަޖިލިހުން ފާސް ކުރުމަށް ރައީސް މުއިއްޒު […] މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ އެވިޑް ކޮލެޖްގެ 2023 ވަނަ އަހަރުގެ ދަސްވެނިވުން ބާއްވައިފި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައުލީމު އުނގަންނައިދެމުން އަންނަ އަމިއްލަ ކޮލެޖެއްކަމަށްވާ އެވިޑް ކޮލެޖުން އެ ކޮލެޖުގެ 2023 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ. މާލޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލުގައި ކުރިއަށް ދިޔަ މި ދަސްވެނިވުމުގެ ހަފުލާ ޝަރަފްވެރިކޮށްދެއްވާފައި ވަނީ، އިސްލާމީކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އެވެ. މި ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ އަހަރީ ރިޕޯޓް ހުށަހެޅުމުގެ އިތުރުން، އެ ކޮލެޖުގެ ފެކަލްޓީތަކުން ދަސްވެނިމުނު... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އަޅުގަނޑުމެން ސަލާމަތުން ތިއްބާ މި ސަރުކާރަކާ ނުކުޅެވޭނެ: ސަލީމް ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ސަލާމަތުން ތިއްބާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ކުޅެލުމަކީ ކުޅަދާނަ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް) ސަލީމް މިއަދު ވިދާޅުވެއްޖެއެވެ. ނޫސްވެރިންނަށާއި ނޫސްތަކަށް ބިރު ދެއްކުމުގެ ގޮތުން ސަރުކާރުން މިހާރު ފަށާފައިވާ އޮންލައިން ނޫސްތައް ބްލޮކް ކުރުމުގެ ސިލްސިލާ މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކު... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ނޭޝަނަލް ކެޑޭޓް ކޯގެ ކޮމާންޑިން އޮފިސަރުގެ މަޤާމަށް ބްރިގޭޑިއާ ޖެނެރަލް ޣިޔާޘް މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯ (އެމްއެންސީސީ) ގެ ކޮމާންޑިން އޮފިސަރުގެ މަޤާމަށް ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޣިޔާޘް އައްޔަން ކުރައްވައިފިއެވެ. ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޣިޔާޘް އެ މަގާމަށް ޢައްޔަނުކުރެއްވިކަން އެމްއެންޑީއެފުން ހާމަކުރެއްވީ މިއަދުއެވެ. އެތަނުގެ ކޮމާންޑިން އޮފިސަރަކަށް ކުރިން ހުންނެވީ މޭޖާ ޖެނެރަލް ރ. ވައިސް ވަހީދެވެ. އެމްއެންސީސީ އަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ބެލުމުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ތަނެކެވެ. މި ތަނުގެ ސްޕްރީމް ކޮމާންޑަރުގެ ގޮތުގައި ހުނ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން