ވިޔަފާރި ގޭސް ކުންފުނީގެ ވެރިން ގޭސް ޑެލިވަރީކުރުމުގައި ބައިވެރިވެއްޖެ މޯލްޑިވްސް ގޭސްގެ އިސްވެރިންނާއި މެނޭޖްމަންޓް ގޭސް ޑެލިވަރީކުރުމުގައި އަމަލީގޮތުން ބައިވެރިވެއްޖެ އެވެ. މޯލްޑިވްސް ގޭސް އިން މިއަދު ‘’އެކްސް’’ ގައި ބުނީ، އެ ކުންފުނީގެ އިސްވެރިންނާއި މެނޭޖުމަންޓު ޓީމް ގޭސް ޑެލިވަރީ މަސައްްކަތުގައި ޢަމަލީ ގޮތުން މުވައްޒަފުންނާއެކު މިއަދު ބައިވެރިވަމުން އަންނަ ކަމަށެވެ. މި ކަމަކީ، އާއަހަރާއި ގުޅިގެން ކުންފުނީގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރާ ކަމެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަސައްކަތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުޙަނ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ދޮގުތެދު ވަކިކުރާ އަހަރަކަށް އާ އަހަރު ހެދުމަށް ރައީސް އެދިވަޑައިގެންފި އިވޭ އަޑުތަކާއި، ލިބޭ މަޢުލޫމާތުން ދޮގުތެދު ވަކިކުރާ އަހަރަކަށް އާ އަހަރު ހެދުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ. ދިވެހިރައްޔިތުންނަށް އައު އަހަރުގެ ތަހުނިޔާ ވިދާޅުވެ މިއަދު ފޮނުއްވި ޚިޠާބުގައި ރައީސް ވަނީ ތިން ކަމަކަށް އެދިވަޑައިގަންނަވާފައެވެ. މީގެ ތެރެއިން ފުރަތަމަ ކަމަކީ، އާ އަހަރަކީ ތިމާގެ އަމިއްލަ ނަފުސު ތެދުވެރިކަމުގެ މައްޗަށް ބިނާކުރާ އަހަރަކަށް ހެދުމެވެ. ދެވަނަ ކަމަކަށް އާ އަހަރަކީ ޙަޤީޤަތް ޤަބޫލުކޮށް، އާ އުންމީދުތަކާއި، އާ ކުރިއެރުންތަކާ އެކު ހަލުވިކޮށް ކުރިޔަށްދާ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޚަޠީބުންނަށް ވުމަށް 100 ޒުވާނުން، ރޯދައިގެ ކުރިން ތަމްރީނުދީ ނިމާލަނީ ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހުޅުވާލި ފުރުޞަތުގެ ދަށުން ކުރިމަތި ޒުވާނުންގެ ތެރެއިން އިންޓަވިއުއިން ފާސްވާ ޒުވާނުންނަށް ތަމްރީނުދީ ރޯދަ މަހުގެ ކުރިން ނިންމާލެވޭނެ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވިގޮތުގައި އެ ވުޒާރާއިން ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް ޢިއުލާން ކުރި މަޝްރޫޢުގެ ދަށުން 100 ޒުވާނުން ކުރިމަތިލާފައިވާ ކަމަށެވެ. އެ ޒުވާނުންނަށް އޮންނަ އިންޓަވިއު އަންނަ [... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މިއަދުން ފެށިގެން 50 އަހަރުން މަތީގެ މީހުންނަށް މެޑިކަލް ޗެކަޕް ހެދޭނެ އުމުރުން 50 އަހަރު މަތީގެ މީހުންނަށް މިއަދުން ފެށިގެން އާސަންދައިގެ ތެރެއިން ސަރުކާރުގެ ސިއްހީ ހިދުމަތްދޭ ތަންތަނުން އަހަރަކު ދެ ފަހަރަ މެޑިކަލް ޗެކަޕް ހެދޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ. ދިވެހިންނަށް އަހަރަކު ދެ ފަހަރު ހިލޭ މެޑިކަލް ޗެކަޕް ހެދުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެކަން ފެށުމަށް 14 ހަފްތާގެ މަގު ޗާޓުގައި ވެސް ހިމަނާފައިވެއެވެ. ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދައިގެ މެނޭ... މުޙައްމަދު · 2 އަހަރު ކުރިން
ވިޔަފާރި ހާއްސަ އޮފާތަކާއެކު އުރީދޫ އައު އަަހަރުގެ ހަދިޔާ އާ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުން އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ. އުރީދޫން ބުނީ، އާ އަހަރުގެ އޮފާތައް ރޭ 12:00 އިން ފެށިގެން ލިބެން ހުންނާނެ ކަމަށެވެ. އަދި އެ އޮފާތަކާ ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. 5ޖީ އެކްސްކްލޫސިވް އެޑްއޮންސް * 5ޖީ ޑޭޓާ 600: 54 ޖީބީ 30 ދުވަހަށް 600 ރުފިޔާއަށް * 5ޖީ ޑޭޓާ 750: 120ޖީބީ 30 […] އަޙްމަދު ވަހީދު · 2 އަހަރު ކުރިން
ރާއްޖެ އެންމެ ގިނަ ވާރޭ ވެހުނީ ހުޅުމާލެ، މާލެ އަދި ގޮއިދޫ އަށް ރާއްޖެ އަށް ކުރަމުންދާ ވިއްސާރާގައި ވިއްސާރާގައި އިއްޔެ އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ މާލޭ ސިޓީގެ ހުޅުމާލެ، މާލެ އަދި ބ. ގޮއިދޫއަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާގެ ރެކޯޑުން ދައްކައިފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން 31 ޑިސެމްބަރު 2023 ގެ ހެނދުނު 8:00 އިން 1 ޖެނުއަރީ 2024 ގެ ހެނދުނު 8:00 އަށް ނަގާފައިވާ ރެކޯޑަށް ބަލާއިރު ހުޅުމާލެ އަށް ވަނީ 179.7 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. ދެ ވަނަ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ހުޅުމާލެ މުނިސިޕަލް ހިދުމަތް ސިޓީ ކައުންސިލަށް ބަދަލުކޮށްފި ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް މާދަމާއިން ފެށިގެން މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ. މާލެ ސިޓީގެ އަވަށެއްގެ ގޮތުގައި އޮންނަ ހުޅުމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތެއް މިހާރު ދެމުން އަންނަނީ އާބަންކޯއިންނެވެ. އެހެންވެ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތް ކައުންސިލްގެ ދަށަށް ބަދަލު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ އެންމެ ބޮޑެތި ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމަށް ފަހު، ރައީސް... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ޝަހީބު، ތަރުޖަމާނު ކަމުން ވަކިކޮށް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ރައީސް އޮފީހުގެ ތަރުޖަމާނަކަށް އައްޔަން ކުރެއްވި މުހައްމަދު ޝަހީބު، އެ މަގާމުން ވަކި ކުރައްވައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފިއެވެ. މިކަމާ ގުޅިގެން ސަރުކާރުން މިހާތަނަށް އައިއިރު ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އެކަމަކު، ރައީސް އޮފީހުގެ ވެބްސައިޓުގައި ސަރުކާރުގެ އެކިއެކި މަގާމުތަކަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންގެ މައުލޫމާތު ހިމެނޭ ޕޭޖްގައިވާ ގޮތުން ޝަހީބަކީ މިހާރު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެކެވެ. އެނގިފައިވާ ގޮތުގައި، އޭނާ އެ މަގާމަށް ހަމަޖެއްސީ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ސައުތުލައިން ބޯޓު ނިލަންދޫ ފަރަށް އަރައި ފަޅައިގެން ހިނގައްޖެ ސައުތުލައިން ބޯޓު ގއ. ނިލަންދޫ ފަރަށް އަރައި ފަޅައިގެން ހިނގައްޖެއެވެ. މި ބޯޓު އަރާފައި ވަނީ ނިލަންދޫގެ ނެރުގެ ދެކުނު ފަރާތު ފަރަށެވެ. ފުލުހުންގެ ޚިދުމަތުން ބުނީ އެ ބޯޓު ނިލަންދޫގެ ނެރުގެ ދެކުނު ފަރާތު ފަރަށް އަރައި ފަޅައިގެން ގޮސް ދިޔަވަމުންދާ ކަމުގެ މަޢުލޫމާތު މިރޭ 20:15 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. ‘’މި މައުލޫމާތު ލިބުމުން ނިލަންދޫ ޕޮލިސް ސްޓޭޝަންގެ ލޯންޗެއް ޕަމްޕެއް ހިފައިގެން ބޯޓަށް އެހީތެރިވުމަށް ގޮސްފައިވޭ،’’ ފުލުހުން ބުންޏެވެ. މި ހާދިސާގައި […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު އާސެނަލުން ނަގާލައިފި އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާއި ފުލަމް ބައްދަލުކުރި މެޗުން އާސެނަލް ބަލިވެ ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލަން ލިބުނު ފުރުޞަތު ނަގާލައިފިއެވެ. މިރޭ ފުލަމްގެ ފަނޑުގައި ކުޅުނު މެޗުގައި ފުލަމް އިން އާސެނަލްގެ މައްޗަށް ކުރި ހޯދީ އެ ޓީމުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު (2-1) ޖަހައިގެންނެވެ. މި މެޗުން މޮޅުވެގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުޞަތު އާސެނަލަށް އޮތެވެ. ނަމަވެސް މި ބައްޔާއިއެކު އެ ޓީމް ވަނީ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހަނިމާދޫ ކައުންސިލުން އެރަށު ކޮންމެ މަސްވެރި އުޅަނދަކަށް 5000ރ.ގެ ކޫޕަނެއް ހަނިމާދޫ ކައުންސިލުން އެރަށު ކޮންމެ ކަނޑުމަހުގެ މަސްވެރި އުޅަނދަކަށް 5000ރ.ގެ ކޫޕަނެއް ދީފިއެވެ. ހަނިމާދޫ ކައުންސިލުން މި ކޫޕަންތައް އެރަށުގެ ކަނޑުމަހުގެ މަސްވެރިކަން ކުރާ އުޅަނދުތަކަށް ދީފައި ވަނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެރަށުގެ މަސްވެރިންނަށް ދިން ޚާއްޞަ ޖާފަތެއްގައެވެ. މި ދިޔަ ބުދަ ދުވަހުގެ ރޭ ބޭއްވި މި ޖާފަތުގައި އެރަށުގެ ގިނަ މަސްވެރިން ބައިވެރިވެފައިވާ ކަމަށް ހަނިމާދޫ ކައުންސިލްގައި މަސްވެރިކަމުގެ ދާއިރާ ބަލަހައްޓާ ކައުންސިލް މެންބަރު ހާރިސާ މުހައްމަދު ‘’ތިލަދުން’... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ވިއްސާރައިގައި ގެއްލުން ލިބުނު ގެތަކަށް ރައީސް ޒިޔާރަތް ކުރައްވައިފި މާލެ އަށް ކުރަމުން އަންނަ ވިއްސާރައިގައި ގެއްލުންވި ބައެއް ގެތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައިފިއެވެ. ރައީސް މުއިއްޒު ވަނީ ވިއްސާރައިގައި ގެއްލުންވި ގެތަކަށް ޒިޔާރަތް ކުރައްވައި އެ ގެތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބައްލަވާލައްވައިފައެވެ. އަދި މާލޭގައި ފެންބޮޑުވެފައިވާ ހިސާބުތައް ވެސް އެމަނިކުފާނު ވަނީ ބައްލަވާލައްވައިފައެވެ. އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މޯ... މުޙައްމަދު · 2 އަހަރު ކުރިން
ރާއްޖެ ބާރު ސްޕީޑްގައި ވެހިކަލް ނުދުއްވުމަށާއި ޒަރޫރީ ދަތުރުތައް ނޫނީ ނުކުރަން އެދިއްޖެ ރާއްޖެ އަށް ކުރަމުންދާ ގަދަ ވިއްސާރާގައި ވެރިރަށް މާލެ އާއި ގްރޭޓާ މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި ވާތީ، ބާރު ސްޕީޑްގައި ވެހިކަލް ނުދުއްވުމަށާއި ޒަރޫރީ ދަތުރުތައް ނޫނީ ނުކުރަން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެ އެވެ. ފުލުހުން މިއަދު ބުނީ، ގަދަ ވަޔާއެކު ކުރަމުންދާ ވިއްސާރަ އާ ގުޅިގެން ބުރިޖު އަދި ހައިވޭގައި، ފެންބޮޑުވެ ވަޔާ ވެއްޔާއެކު ކުނި އަންނަމުންދާތީ، ބުރިޖު އަދި ހައިވޭ ބޭނުންކުރައްވާ ފަރާތްތައް އެކަމަށަ ސަމާލުވާން އެދޭ ކަމަށެވެ. މީގެ […] ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ރާއްޖެ ފޯކައިދު އާއި މަޑިދުއާ ދޭތެރޭ އޮނުތަކެއް އޮޔާ ދާތީ ސަމާލުވާން އެދިއްޖެ ށ. ފޯކައިދު އާއި މަޑިދުއާ ދޭތެރޭ އޮނުތަކެއް އޮޔާ ދާތީ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި ށ. ފޯކައިދޫއާއި ށ.މަޑިދޫއާ ދޭތެރެއިން ހުޅަނގު އުތުރަށް އެ އަތޮޅު ފޭދުއާ ދިމާލަށް ވާގޮތަށް އޮނުތަކެއް ދަނީ އޮޔާ ދަމުންނެވެ. އެ ސަރަހައްދުގައި މި އޮނުތައް ދެފެންދޭތެރޭ އޮޔާދާތީ އެކަމަށް އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އެދެއެވެ. ޚާއްޞަކޮށް އެ ސަރަހައްދުން ރޭނގަޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުނ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ފުލުހުން މަގުތަކުގައި ހަރަކާތްތެރިވުން އިތުރު ކުރަނީ ފުލުހުންގެ ބޭސިކް ޕޮލިސިން ނުވަތަ މަގުތަކުގައި ހަރަކާތްތެރިވުން އިތުރު ކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ. އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ފުލުހުން އެންމެ އިސްކަމެއް ދީގެން ކުރާނެ ކަންކަމުގެ ތެރޭގައި ފުލުހުންގެ ބޭސިކް ޕޮލިސިން ރަނގަޅު ކުރުން ހިމެނޭ ކަމަށެވެ. އޭގެ ނަތީޖާއަކަށް ވެގެން ދާނީ ފުލުހުންނަކީ ވީހާވެސް ގިނަ އިން މަގުމަތިން ރައްޔިތުންނަށް ހިދުމަތްދޭ ބަޔަކަށް... މުޙައްމަދު · 2 އަހަރު ކުރިން