މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމުން، ފީވަކު ކައުންސިލްގެ ރައީސް އިސްތިއުފާދީފި

އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމުން، ފީވަކު ކައުންސިލްގެ ރައީސް އިސްތިއުފާދީފި

އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމުން، ށ.ފީވަކު ކައުންސިލްގެ ރައީސް ހަސަން ސުޖާއު، ކައުންސިލް ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ރައީސްގެ މަޤާމުން ހަސަން ސުޖާއު އިސްތިއުފާ ދެއްވާފައިވާކަން އެކައުންސިލްގެ މެންބަރު ހުސެއިން މޫސާ ވަނީ “ތިލަދުން” އަށް ޔަޤީން ކޮށްދެއްވާފައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ސުޖާއު އިސްތިއުފާ ދެއްވާފައިވަނީ މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ސުޖާއުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ފެންމަތިކޮށް ކައުންސިލް މެންބަރުން ސޮއިކޮށް މަޤާމުން ދުރުކުރުމަށްވަނ...

މުޙައްމަދު އިނާން
ފީވަކު ވިޔަފާރިވެރިން ހޭލުންތެރިކުރުމަށް ޕްރޮގްރާމެއް 📍 ށ. ފީވަށް

ފީވަކު ވިޔަފާރިވެރިން ހޭލުންތެރިކުރުމަށް ޕްރޮގްރާމެއް

ށ. ފީވަކު ޕޮލިސް ސްޓޭޝަނުން، ފީވަކު ވިޔަފާރަވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. އޮކްޓޫބަރު 22 ވަނަ ދުވަހު، އެރަށުގެ ވިޔަފާރި ތަކަަށް ޒިޔާރަތްކޮށް، ފީވަކު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ވިޔަފާރަވެރިން ސަމާލުކަން ދޭންވީ ކަންކަން ކިޔައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މީގެއިތުރުން ފިހާރަތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީ ހޭލުންތެރިކުރުވާފައިވާނެ ކަމަށެވެ. އެގޮތުން ބިދޭސީންނަށް...

އަޙްމަދު ވަހީދު
ކޮމަންޑޫ ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް

ށ.ކޮމަންޑޫ ބަނދަރުގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާކަމަށް މޯލްޑިވްސްް ޓްރާންސްޕޯރޓް އެންޑް ކޮންޓްރޭކްޓިންގް ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ. އެމްޓީސީސީއިން ބުނެފައިވަނީ މި މަޝްރޫޢުގެ 89 އިންސައްތަ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށެވެ.  މި މަޝްރޫޢުގެ ތެރެއިން ޕޭވްމަންޓް ސަރަޙައްދުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތުގެ %50 އާއި، ޕޭވްމަންޓް ސަރަޙައްދުގައި ކަރބް ލައިން އެޅުމުގެ މަސައްކަތުގެ %79 އާއި ފެންޖަމާކުރާ ޓޭންކް ހެދުމުގެ މަސައްކަތްތަކުގެ %89 ވަނީ ނިންމާލާފައެވެ.  މިނިސްޓްރީ އޮފް...

މުޙައްމަދު އިނާން
މިލަންދޫގައި "އެސް.ވަައި.އެސް ފިއުލްސް" ހުޅުވައިފި، މިއަދު 6 ޖަހަންދެން ހިލޭ! 📍 ށ. މިލަންދޫ

މިލަންދޫގައި "އެސް.ވަައި.އެސް ފިއުލްސް" ހުޅުވައިފި، މިއަދު 6 ޖަހަންދެން ހިލޭ!

ށ. މިލަންދޫގައި “އެސް.ވައި.އެސް ފިއުލްސް” މިއަދު ހުޅުވައިފި އެވެ. އެސް.ވައި.އެސް ފިއުލްސް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު އެވެ. ރަސްމީކޮން އެތަން ހުޅުވައިދެއްވީ މިލަންދޫ ސުކޫލްގެ ޕްރިންސިޕަލް އިބްރާހިމް އާދިލް އެވެ. މިއަދު 4:00 އިން 6:00 އަށް އެސްވައިއެސް ޕެޓްރޯލް ޝެޑުން ޕެޓްރޯލް އަޅައިދީފައިގަނީ މުޅިން ހިލޭކަމަށް އެފަރާތުން ހާމަ ކުރެއެވެ. އެސްވައިއެސްގެ ފަރާތުން “ތިލަދުން” އަށް މަޢުލޫމާތު ދެމުން މުޙައްމަދު ޝިމާލު ވިދާޅިވީ މިއީ މިލަންދޫގައި ފުޅުފުޅިއަށް ޕެޓްރޯލް އަޅައިގެން ވިއްކާ ވިއް...

ޔުމްނާ ޢަލީ
މާރާމާރީތަކެއް ހިނގާ ބޮޑެތި ޒަޚަމްތަކެއް 📍 ށ. ފޯކައިދޫ

މާރާމާރީތަކެއް ހިނގާ ބޮޑެތި ޒަޚަމްތަކެއް

ރާއްޖޭގެ 3 ސަރަޙައްދެއްގައި މާރާމާރީ ތަކެއް ހިނގާ 3 މީހަކަށް ބޮޑެތި ޒަޚަމްތަކެއް ވެއްޖެ އެވެ. އެންމެ ބޮޑު ޒަހަމެއް ވެފައިވަނީ އައްޑޫ ސިޓީގެ ހިތަދޫގައި ރޭ ހިންގި ގްރޫޕް މާރާމާރީއެއްގައި ތޫނުއެއްޗަކުން މީހަކަށް ހަމަލާދިނުމުން ނެވެ. މީސް މީޑިޔާގައި ދަޢުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާ ވަނީ “ކޮށާލައިފަ” އެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަނީ ކަތިވަޅިއެއްފަދަ ތޫނުއެއްޗަކުން ސީރިއަސް ޒަޚަމްތަކެއް ދީފައެވެ. ފޮޓޯއިން ފެންނަ ގޮތުގައި އޭނާގެ އަތް ތިލައިން ބައެއް ވަނީ […]

ޔުމްނާ ޢަލީ
ނަރުދޫ ދަނޑުވެރިން، ހިތްވަރާއިއެކު ދަނޑުހެއްދުމުގައި 📍 ށ. ނަރުދޫ

ނަރުދޫ ދަނޑުވެރިން، ހިތްވަރާއިއެކު ދަނޑުހެއްދުމުގައި

ށ. ނަރުދޫއަކީ އުތުރުގެ ރަށްތަކުގެ ތެރެއިން އެއްގޮތަށް ވުރެ ގިނަ ގޮތް ގޮތުން ނަމޫނާއަކަށް ބެލުން ރަނގަޅު ރަށެއްކަން ވޭތުވި ދުވަސްތަކުގައި އެރަށުގެ ރައްޔިތުން ވަނީ ސާބިތު ކޮށްދީފައި އެވެ. ދުނިޔެ ތަޖުރިބާ ކުރަމުން މިދާ ކޯވިޑްގެ ބަލިމަޑުކަމުގެ ތެރެއިން ރާއްޖޭގެ އަތޮޅަކުން އެންމެ ގިނަ މީހުން އެއްފަހަރާހެން އެންމެ ފުރަތަމަ ޕޮޒިޓިވްވި ރަށަކީ ނަރުދޫއެވެ. ރާއްޖެއަށް ކޯވިޑްގެ ބަލިމަޑުކަން ފެތުރެންފެށި ދުވަސްވަރު، މުޅިންއަލަށް ރާއްޖޭގެ ރަށަކުން ކުރާންޖެހުނު ތަޖުރިބާގައި ބިރާއި، ސިހުމާއި ކަންބޮޑުވުމުގެ ތެރެ...

ޙުސައިން ޝަހުދީ
ހަނިމާދޫ އަދި ނަރުދޫ ހިމެނޭހެން 9 ރަށެއްގެ ގެސްޓް ހައުސްތައް މިއަދު ހުޅުވާލަނީ 📍 ހދ. ހަނިމާދޫ

ހަނިމާދޫ އަދި ނަރުދޫ ހިމެނޭހެން 9 ރަށެއްގެ ގެސްޓް ހައުސްތައް މިއަދު ހުޅުވާލަނީ

ކޯވިޑާއި ގުޅިގެން ބޯޑަރު ބަންދު ކުރުމާއިއެކު، ބަންދުކުރި ފަތުރުވެރިކަމުގެ ދާއިރާގެ ގެސްޓް ހައުސްތައް މިއަދު އަލުން ހުޅުވާލާއިރު 9 ރަށެއްގެ 16 ގެސްޓް ހައުސްއެއް ހުޅުވާލާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ. ކޯވިޑާއި ގުޅިގެން މިއަހަރުގެ މާޗް 17 ގައި ބަންދުކުރި ގެސްޓު ހައުސްތައް އަލުން ހުޅުވާލާއިރު ރަށު ފެންވަރުގައި ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަކުރުމަށްފަހު، ގެސްޓް ހައުސްތައް ހުޅުވުމުގެ އެއްވެސް އިޢުތިރާޒެއްނެތްކަމަށް މިހާތަނަށް 9 ރަށަކުން ޓޫރިޒަމް މިނިސްޓްރީއަށް އަނ...

ޝިއުނާ އާދަމް
ފޯކައިދޫ ސްކޫލުގައި 12 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލެއް ޢިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ 📍 ށ. ފޯކައިދޫ

ފޯކައިދޫ ސްކޫލުގައި 12 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލެއް ޢިމާރާތް ކޮށްދޭނެ ބަޔަކު ހޯދަނީ

ށ. ފޯކައިދޫ ސްކޫލުގައި 12 ކްލާސްރޫމް އަދި މަލްޓިޕާޕަސް ހޯލް 2 ބުރި ޢިމާރާތުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ފައިނޭންސްއިން ޢިއުލާނު ކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ފޯކައިދޫ ސްކޫލުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައި މިވާ 12 ކްލާސްރޫމް އަދި މަލްޓިޕާޕަސް ހޯލް 2 ބުރި ޢިމާރާތް ވެގެންދާނީ މިފަދަ ގޮތަކަށް މުޅި ށ. އަތޮޅުގައިވެސް އެންމެ ޒަމާނީ ފެންވަރަކަށް އެޅިގެން ދާނޭ އެއް އިމާރާތަށެވެ. މި ބީލަމުގައި ބައިވެރިވާން […]

މުޙައްމަދު އިނާން
ކޭއާރުއެޗްގެ ޙާއްސަ ޑޮކްޓަރުންގެ ޓީމްއެއް ށ. އަތޮޅު ހޮސްޕިޓަލް އަށް 📍 ށ. ފުނަދޫ

ކޭއާރުއެޗްގެ ޙާއްސަ ޑޮކްޓަރުންގެ ޓީމްއެއް ށ. އަތޮޅު ހޮސްޕިޓަލް އަށް

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ހާއްސަ ޑޮކްޓަރުންގެ ޓީމެއް ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން މި ކަމަކީ، އެ ހޮސްޕިޓަލާއި ކޭ އާރު އެޗް އާއި ގުޅިގެން 4 ދުވަހުގެ މުއްދަތަކަށް ފުނަދޫ އަތޮޅު ހޮސްޕިޓަލަގައި ހިންގޭ މެޑިކަލް ކޭމްޕްއެއް ކަމަށެވެ. މި ކޭމްޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން 17 ވަނަ […]

މުޙައްމަދު އިނާން
އެމްޓީސީސީން ތަރައްޤީކުރާ ނެއްލައިދޫ އަދި ފީވަކު ބަނދަރުގެ މަސައްކަތް ކުރިއަށް 📍 ށ. ފީވަށް

އެމްޓީސީސީން ތަރައްޤީކުރާ ނެއްލައިދޫ އަދި ފީވަކު ބަނދަރުގެ މަސައްކަތް ކުރިއަށް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމުންދާ ހދ. ނެއްލައިދޫ އަދި ށ. ފީވަކު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއި އެކު ކުރިއަށް ދާކަމަށް އެ ކުންފުނިން ބުނެފިއެވެ. މިގޮތުން އެމްޓީސީސީން ބުނީ ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 38 ޕަސެންޓް ނިމިފައިވާ ކަމަށެވެ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތުގެ 50 ޕަސެންޓް މިހާރު ނިންމާލެވިފައިވާ ކަމަށް ވެސް […]

ޔުމްނާ ޢަލީ
ޖަނަވާރު ގެންގުޅުމަށް ޅައިމަގުން ބިން ދޫކުރަނީ 📍 ށ. ޅައިމަގު

ޖަނަވާރު ގެންގުޅުމަށް ޅައިމަގުން ބިން ދޫކުރަނީ

ދިރޭ ޖަނަވާރުފަދަ ތަކެތި ގެންގުޅުމަށް ށ.ޅައިމަގުން 3 ބިން ކުއްޔަށް ދޫކުރުމަށް މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާއިން ހުޅުވާލައިފި އެވެ. ޅައިމަގު ކައުންސިލްގެ އިދާރާއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މިއިން ކޮންމެ ބިމެއްގައިވެސް 2000 އަކަފޫޓު ހުންނާނެކަމަށެވެ. މިބިންތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ސަރުދާރުމަގުގެ ހުނޅަގުން ނެވެ. ބިން ދޫކުރުމަށް ހަމަޖެހިފައި ވަނީ ބިން ކުއްޔަށް ހިފަން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ޕްރޮޕޯޒަލްތައް އެ އިދާރާއިން ދިރާސާކޮށް، ޕ...

މުޙައްމަދު އިނާން
ފޯކައިދޫއަށް ޕޯސްޓްގެ ޚިދުމަތް ދޭނެ އެޖެންޓެއް ހޯދަނީ 📍 ށ. ފޯކައިދޫ

ފޯކައިދޫއަށް ޕޯސްޓްގެ ޚިދުމަތް ދޭނެ އެޖެންޓެއް ހޯދަނީ

ށ. ފޯކައިދޫއަށް ޕޯސްޓްގެ ޚިދުމަތް ދެއްވާނެ އެޖެންޓެއް ހޯދަން މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އިން އިޢުލާންކޮށްފި އެވެ. މޯލްޑިވްސް ޕޯސްޓްގެ ފަރާތުން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ ފޯކައިދޫއަށް ތިރީގައިވާ ޚިދުމަތްތައް ދެއްވާނެ އޭޖެންޓެއް ހޯދަން ބޭނުންވާ ކަމަށެވެ. ރަށުގެ އެޑްރެސްތަކަށް ރައްދުކުރަންޖެހޭ ސިޓީ، ޕާރުސަލްފަދަ ތަކެތި ރައްދުކުރުން. ސިޓީ، ޕާރުސަލް ޕޯސްޓް ކުރުމަށް ބޭނުންވާ ފަރާތަކަށް އެޚިދުމަތް ދިނުން. ރަށުގައި ޕޯސްޓް ކުރެވޭ ތަކެތީގެ ތެރެއިން ރަށްފިޔަވައި އެހެން ތަންތަނަށް އެޑްރެސް ކުރެވި...

ޔުމްނާ ޢަލީ
އަބްދުއް ރައްޒާޤު މޫސާގެ ވަކިވެދިޔުން - ނަރުދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ މާޔޫސްކަމެއް! 📍 ށ. ނަރުދޫ

އަބްދުއް ރައްޒާޤު މޫސާގެ ވަކިވެދިޔުން - ނަރުދޫގެ ރައްޔިތުންނަށް ލިބިގެންދިޔަ މާޔޫސްކަމެއް!

މީގެ ދެ ދުވަހެއްގެ ކުރިން، 8 އޮކްޓޯބަރ 2020 ވީ ބުރާސްފަތި ދުވަހަކީ އުތުރުގެ ރަށެއްކަމުގައިވާ ށ.ނަރުދޫ ރައްޔިތުންނަށް ހިތާމައިން ފުރިގެންވީ ދުވަހެކެެވެ. އެރަށުގެ ރަށްޔިތުންނަށާއި އަދި ހަމަ އެހެންމެ، އެ ރަށް، ރަށަކަށް ހެދުމުގައި ކުރެއްވި އެންމެހާ މަސައްކަތްތަކެއްގައި އަމަލީ ގޮތުން ހަރަކާތްތެރިވި، ކުރީގެ ކުޑަކަތީބު އަބްދުއް ރައްޒާޤު މޫސާ ފަނާކުރުވަނިވި ދުނިޔެއާ ވަކިވެ ދިޔަ ޚަބަރު ލިބުނު ހިސާބުންނެވެ. އާދޭހެވެ. ރަށަށް ޚިދުމަތް ކޮށްދެއްވާފައިހުރި މިފަދަ ލާމަސީލް ސަޙްސިއްޔަތެއް ވަކިވެގެން ދާކަށް ހަމަ...

މުޙައްމަދު އިނާން
އުތުރުގެ ޕޮލިސް ކްލަސްޓާ: ފޯކައިދޫން 11 ސާމްޕަލެއް ނަގައިފި 📍 ށ. ފޯކައިދޫ

އުތުރުގެ ޕޮލިސް ކްލަސްޓާ: ފޯކައިދޫން 11 ސާމްޕަލެއް ނަގައިފި

ށ. ފޯކައިދޫއިން އިއްޔެ ކޯވިޑް-19 އަށް ޕޮޒިޓިވްވި ފުލުސް އޮފިސަރާއި ސީދާ ބައްދަލުވި 11 މީހެއްގެ ސާމްޕަލް ނަގައިފިއެވެ. ފޯކައިދޫ ސިއްހީ މަރުކަޒުން މިއަދު ބުނީ 08 އޮކްޓޯބަރ 2020 ގައި އެރަށުން ކޯވިޑަށް ޕޮޒިޓިވްވި މީހާގެ ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި ބެލެވޭ 11 މީހެއްގެ ސާމްޕަލް ނެގިފައި ވާކަމަށެވެ. މި ސާމްޕަލްތަކުގެ ނަތީޖާ މިރޭ ނުވަތަ މާދަމާ ހެނދުނަށް ލިބޭވަރުވާނެ ކަމަށް ވެސް ފޯކައިދޫ ސިއްހީ މަރުކަޒުން ބުންޏެވެ. ފޯކައިދޫން ފުލުހަކު ކޯވިޑަށް ޕޮޒިޓިވްވީ، މިމަހުގެ […]

ޝިއުނާ އާދަމް
ފޯކައިދޫން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ 📍 ށ. ފޯކައިދޫ

ފޯކައިދޫން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ށ. ފޯކައިދޫއިން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވްވެއްޖެއެވެ. ފޯކައިދޫން ޕޮޒިޓިވްވެފައި ވަނީ ފޯކައިދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހެކެވެ. ފޯކައިދޫން ފުލުހަކު ކޯވިޑަށް ޕޮޒިޓިވްވީ، މިމަހުގެ 5 ވަނަ ދުވަހު ޕޮޒިޓިވްވި ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުސްމީހާ ފޯކައިދޫއަށް ވެސް ދަތުރުކޮށްފައިވާތީ އެ ކޭހާއި ގުޅިގެން ނެގުނު 6 މީހެއްގެ ސާމްޕަލްގެ ތެރެއިން ސާމްޕަލެއް ޕޮޒިޓިވް ވެގެންނެވެ. ފޯކައިދޫ ކައުންސިލްގެ ވަގުތީ ސެކެރެޓަރީ ޖެނެރަލް މުޙައްމަދު އަރީފް ”ތިލަދުން”އަށް ވިދާޅުވީ އެރ...

ޝިއުނާ އާދަމް