📍 ށ. މިލަންދޫ
ކޮންމެ ރަށެއްގައިވެސް ކުޅިވަރާއި ގުޅޭކަންކަން ހިންގާނެ ވަކި މުއައްސަސާއެއް އުފެދެންޖެހޭ: ޢަލީ
ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ކުޅިވަރުގެ ކަންކަން ރާވާ ހިންގައި، ކުޅިވަރަށް ޚިދުމަތްކުރާ ވަކި މުއައްސަސާއެއް ހުންނަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށްދިޔަ މަޖިލިސްގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވީ ސަރުކާރުތަކުން ބައިވަރު ދަނޑުތަކާއި، އެކިއެކި ތަފާ...