މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވެ 21 ގެއެއް ކަރަންޓީނަށް! 📍 ށ. ފުނަދޫ

ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވެ 21 ގެއެއް ކަރަންޓީނަށް!

ށ. ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވެ އެރަށުގެ 21 ގެއެއް ކަރަންޓީނުކޮށްފިއެވެ. ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވިކަން ށ. އަތޮޅު ހޮސްޕިޓަލްއިން ވަނީ “ތިލަދުން”އަށް ކަށަވަރުކޮށްދެއްވާފައެވެ. އެ ދަރިވަރު ޕޮޒިޓިވްވިކަން އެނގުނީ އެދަރިވަރާއި އެއްގޭގައި ވަކިން ހޯމްކަރަންޓީނުގައި ތިބި ދެ މީހުން ތެރެއިން އެކަކު ޕޮޒިޓިވްވުމުން، ހޮސްޕިޓަލް ނިންމި ނިންމުމެއްގެ ދަށުން އެ ގޭގައި ދިރިއުޅޭ އެންމެން ކޯވިޑްއަށް ޓެސްޓް ކުރުމުންނެވެ. ހޯމްކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވުން ފުނަދޫގެ ގެއަކަށް ހޯމް ކަރަންޓީނަށް ދެ މީ...

ޙުސައިން ޝަހުދީ
ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވެއްޖެ 📍 ށ. ފޭދޫ

ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވެއްޖެ

ށ. ފޭދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ފޭދޫ ސިއްޙީ މަރުކަޒުން ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ. އެ މީހާއަކީ މާލެއިން އެރަށަށް ގޮސް،  15 އޭޕްރިލް 2021 ވަނަ ދުވަހު ހޯމް ކަރަންޓީނުވި މީހެއް ކަމަށް ފޭދޫ ސިއްޙީ މަރުކަޒުން ވިދާޅުވެއެވެ. އެމީހާ ޕޮޒިޓިވް ވުމުން އެމީހާ ހުރިގެ އިތުރު 14 ދުވަހަށް ހޯމް ކަރަންޓީނު ކުރެވިފައިވާ ކަމަށް ވެސް އެރަށު […]

ޔުމްނާ ޢަލީ
މިލަންދޫން ބިދޭސިއަކު ޕޮޒިޓިވްވެއްޖެ 📍 ށ. މިލަންދޫ

މިލަންދޫން ބިދޭސިއަކު ޕޮޒިޓިވްވެއްޖެ

ށ. މިލަންދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއެއް ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މިލަންދޫ ސިއްޙީ މަރުކަޒުން ބުނީ، އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި 2 ބިދޭސީންކުރެ އެކަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި އެ މީހާ ޕޮޒިޓިވްވިކަން އެނގުނީ މިއަދު ކަމަށް ވެސް އެ މަރުކަޒުން ބުންޏެވެ. “މާސްކު އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ހުރިހާ ބޭފުޅުންނަށް ވެސް އިލްތިމާސް ކުރަން.” މިލަންދޫ ސިއްހީ މަރުކަޒުން ބުނެފަ ވެއެވެ. މިލަންދޫ މީގެ ކުރިން ވެސް ބައެއް ކޯވިޑް ޕޮޒިޓިވް […]

ޝިއުނާ އާދަމް
ފީވަކުން 3 ވަނަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ފީވަކުން 3 ވަނަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މިރޭގެ ވަގުތެއްގައި ށ.ފީވަކުގައި ހޯމް ކަރަންޓީނުގައި ހުރި ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިކަންވަނީ ފީވަކު ހެލްތް ސެންޓަރުން މިހާރު “ތިލަދުން” އަށް ކަށަވަރު ކޮށްދީފައެވެ. އޭނާ ޕޮޒިޓިވްވެ ވެފައިވަނީ 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު ނެގި ރިލީސިންގް ސަަމްޕަލްގައެވެ. ފީވަކުން މިރޭގެ ވަގުތެއްގައި ޕޮޒިޓިވް ވެފައިވަނީ، ފީވަކުގައި ކުރިއަށްދާ ނަރުދަމާގެ މަސައްކަތް ކުރުމަށްޓަކާ އައިސްފައިވާ ސްރީލަންކާގެ 27 އަހަރުގެ ފިރެހެނެއް ކަމަށްވެސް، ފީވަކު ހެލްތް ސެންޓަރުން ވަނީ މ...

އިބްރާހިމް ޚަލީލް
މިލަންދޫން 2 މީހަކު ޕޮޒިޓިވްވެއްޖެ 📍 ށ. މިލަންދޫ

މިލަންދޫން 2 މީހަކު ޕޮޒިޓިވްވެއްޖެ

ށ. މިލަންދޫގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. މިލަންދޫން ހޯމް ކަރަންޓީނުގައި ތިބި 2 މީހަކު ކޯވިޑަށް ޕޮޒިޓިވްކަން ހާމަކޮށް އެރަށު ސިއްހީ މަރުކަޒުން ބުނީ އެ 2 މީހުން ޕޮޒިޓިވްވިކަން އެނގުނީ މިއަދު ކަމަށެވެ. “މާސްކު އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށް ހުރިހާ ބޭފުޅުންނަށް ވެސް އިލްތިމާސް ކުރަން.” މިލަންދޫ ސިއްހީ މަރުކަޒުން ބުންޏެވެ. މިލަންދޫ މީގެ ކުރިން ވެސް ބައެއް ކޯވިޑް ޕޮޒިޓިވް ކޭސްތައް ފެނުނެވެ. އެ އެންމެން […]

އިބްރާހިމް އަސްވާޤް
ށ.އަތޮޅުގެ 4 ކައުންސިލަކުން ފެބްރުއަރީމަހުގެ ރައްޔިތުންގެ ބައްދަލުވުން ނުބާއްވާ!

ށ.އަތޮޅުގެ 4 ކައުންސިލަކުން ފެބްރުއަރީމަހުގެ ރައްޔިތުންގެ ބައްދަލުވުން ނުބާއްވާ!

ށ. އަތޮޅުން ފެބްރުއަރީމަހު ރައްޔިތުންގެ ބައްދަލުވުން ބޭއްވީ 10 ކައުންސިލަކުން ކަމަށް، ށ. އަތޮޅު ކައުންސިލުން ބުނެފިއެވެ. ށ. އަތޮޅުކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ލާމަރުކަޒީ ގާނޫން ކައުންސިލްތަކާ މަތިކޮށްފައިވާގޮތަށް، އެ އަތޮޅުގެ ރަށުކައުންސިލްތަކުން ކުރެ 10 ކައުންސިލަކުން މިއަހަރުގެ ފެބްރުއަރީމަހު އެކައުންސިލްތައް ނިސްބަތްވާ ރައްތަކުގެ ރައްޔިތުންނާއި ބައްދަލުކޮށްފައި ވާކަމަށެވެ. އެ ކައުންސިލްތަކުގެ ޤާނޫނީ ޒިންމާ އަދާކޮށްފައިވާތީ، ކައުންސިލްތަކުގެ މަސައްކަތްތައް ފާހަގަކޮށް، ށ. އ...

ޝިއުނާ އާދަމް
ހއ.އަމާންވެށިން ޕޮޒިޓިވްވި 2 މީހަކު ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަށް ބަދަލުކޮށްފި 📍 ހއ. ދިއްދޫ

ހއ.އަމާންވެށިން ޕޮޒިޓިވްވި 2 މީހަކު ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަށް ބަދަލުކޮށްފި

ހއ. އަމާންވެށިން ކޯވިޑަށް ޕޮޒިޓިވްވި 2 މީހަކު ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަށް މިއަދު ބަަދަލުކޮށްފި އެވެ. ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރަށް ބަދަލުކުރީ، ހއ. ދިއްދޫގައި ހުންނަ ”ހއ. އަމާންވެށި” އިން ކޯވިޑް-19އަށް ޕޮޒިޓިވްވި، ކުދިން ބެލެހެއްޓުމުގައި އެހީތެރިވާ ދެ މުވައްޒަފެކެވެ. ހއ. އަތޮޅު ހޮސްޕިތަލްގެ މެނޭޖަރު އުޘްމާން އަސްރަފް ”ތިލަދުން”އަށް ވިދާޅުވީ އެ ދެމީހުންގެ ހާލު ގޯސް ނޫންކަމަށެވެ. ”މިވަގުތު އެމީހުންގެ ހާލު ރަނގަޅު، އެކަމަކު […]

ޙުސައިން ޝަހުދީ
12 ރަށެއްގައި ހޮސްޕިޓަލް އަޅަނީ 📍 ހއ. ހޯރަފުށި

12 ރަށެއްގައި ހޮސްޕިޓަލް އަޅަނީ

އަތޮޅުތެރޭގެ 12 ރަށެއްގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަކަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ. ހެލްތު މިނިސްޓްރީއިން ވިދާޅުވީ، 12 ރަށެއްގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްގެ ޑިޒައިން އަދި ބީއޯކިއުގެ މަސައްކަތް މިހާރު ނިންމާފައިވާ ކަމަށެވެ. މިގޮތުން އަލަށް ހޮސްޕިޓަލްތަރައްޤީކުރުމަށް ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ތިލަދުންމަތީގެ ހއ. އަތޮޅުގެ ރަށްތަކަކީ އިހަވަންދޫއާއި ހޯރަފުއްޓެވެ. ހދ. އިން ހަނިމާދޫ އެ ލިސްޓްގައި ހިމެނޭއިރު، ށ. އަޮޅުން މިލަންދޫ ވެސް އެ ލިސްޓްގައި ހިމެނެއެވެ. އެ ލި...

ޔުމްނާ ޢަލީ
ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި އެޑްމިޓްކުރި މާބަނޑު މީހާ ބަލިން ރަނގަޅުވެއްޖެ

ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި އެޑްމިޓްކުރި މާބަނޑު މީހާ ބަލިން ރަނގަޅުވެއްޖެ

ކޯވިޑަށް ޕޮޒިޓިވްވުމުގެ ސަބަބުން، ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި އެޑްމިޓް ކުރި މާބަނޑުމީހާ ބަލިން ރަނގަޅުވެއްޖެއެވެ. އޭނާ ބަލިން ރަނގަޅު ވުމާއެކު މިއަދު ވަނީ އެ ސެންޓަރުން ދޫކޮށްލާފައެވެ. އެއީ ބަނޑަށް 36 ހަފްތާގެ ވެފައިވާ މާބަނޑު މީހެކެވެ. އަދި އެއީ އެ ސެންޓަރުން ފަރުވާ ދިނުމަށްފަހު ދޫކޮށްލި 14 ވަނަ ކޯވިޑް ބަލިމީހާއެވެ. ށ. ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު ”ތިލަދުން”އަށް ވިދާޅުވީ، ،ިވަގުތު ވެސް ކޯވިޑް ބަލީގެ […]

ޙުސައިން ޝަހުދީ
ނޫމަރާގައި އަލަށް އިމާރާތް ކުރާ އިންޖީނުގެއާއި އޮފީސް އިމާރާތުގެ ބިންގާ އަޅައިފި 📍 ށ. ނޫމަރާ

ނޫމަރާގައި އަލަށް އިމާރާތް ކުރާ އިންޖީނުގެއާއި އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

ށ. ނޫމަރާގައި އަލަށް އިމާރާތްކުރާ އިންޖީނުގެ އާއި އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ. އާ އިންޖީނުގެއާ އޮފީސް އިމާރާތުގެ ބިންގާ އަޅުއްވާދެއްވާފައިވަނީ ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ނޫމަރާ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ އެވެ. ނޫމަރާގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ އިންޖީނުގޭގެ އިތުރުން އޮފީހުގެ މަސައްކަތަކީ، ސްކައިވަން ލޮޖިސްޓިކްސް އިން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ދެ ތަނެވެ. 270 ދުވަސް ތެރޭގައި އިމާރާތުގެ މަސައްކަތް ނިންމާ ފެނަކަ އާއި ހަވާލު ކުރުމަށް ސްކަ...

އިބްރާހިމް އަސްވާޤް
ބާރަށް މޮނިޓަރިން ހާލަތުން ނަގައިފި 📍 ހއ. ބާރަށް

ބާރަށް މޮނިޓަރިން ހާލަތުން ނަގައިފި

ކޯވިޑް ކޭސްތަކަކާއި ގުޅިގެން، ހއ. ބާރަށް މޮނިޓަރިން ހާލަތަށް ގެނެވުނުތާ 17 ދުވަސް ފަހުން އެރަށް އެ ހާލަތުން ނަގައިފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އެރަށް މޮނިޓަރިން ހާލަތުން ނެގިކަން އަންގާފައި ވަނީ މިރޭ އިރުއޮއްސި 18:17 ގައެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިން ހާލަތުން ނެގިކަން އަންގައި ފޮނުވި ލިއުމުގައި ބުނެފައި ވަނީ، އެ ރަށް އެ ހާލަތުން ނެގީ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ޢާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ […]

ޙުސައިން ޝަހުދީ
އުތުރުގެ 6 ރަށެއް ހިމެނޭހެން 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ސޮއިކޮށްފި 📍 ހއ. ބާރަށް

އުތުރުގެ 6 ރަށެއް ހިމެނޭހެން 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ސޮއިކޮށްފި

އުތުރުގެ 6 ރަށެއް ހިމެނޭހެން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި ގުޅޭގޮތުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އިންޑިއާގެ އެގްޒިމް ބޭންކް ގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއުތަކަކީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއު ތަކަކެވެ. މިއަދު ގިޔާސުއްދީން ސްކޫލްގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް 4 ކުންފުންޏަކާއެކު ވަނީ ސޮއިކޮށްފައެވެ. އިންޑިއަން ހައި...

އަލީ އާދިލް
ޅައިމަގު ބަނދަރު ފުން ކުރުމުގެ 78 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ށ. ޅައިމަގު

ޅައިމަގު ބަނދަރު ފުން ކުރުމުގެ 78 އިންސައްތަ މަސައްކަތް ނިމިއްޖެ

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމުގެ 78 އިންސައްތަ މަސައްކަތް ނިންމާަލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން  ބޭރުތޮށިލުމަށްޓަކައި ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓްމިދިޔަ ހަފުތާގައި ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާނެއެވެ. އަދި 276 މީޓަރުގެސަރަހައްދެއްގެ އ...

އަޙްމަދު ވަހީދު
ފޯކައިދޫ ކޮމިޔުނިޓީ ސެންޓަރ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ކައުންސިލާއި ހަވާލުކޮށްފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ކޮމިޔުނިޓީ ސެންޓަރ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ކައުންސިލާއި ހަވާލުކޮށްފި

ށ. ފޯކައިދޫ ކޮމިޔުނިޓީ ސެންޓަރ ޕްރޮޖެކްޓް ފޯކައިދޫ ކައުންސިލުން ކުރިޔަށްގެންދިމަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އިންޑިޔާ ސަރުކާރުގެ ހިލޭއެހީގެ ދަށުން ގާއިމުކުރުމަށް ހަމަޖެހިފައިވާ މި ޕްރޮޖެކްޓް ކައުންސިލުން ކުރިއަށް ގެންދިއުމަށް ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގައި މިއަދު އެވެ. ޒޫމް މެދުވެރިކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެލްޖީއޭގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު އަފްޝަން ލަތީފެވެ. އަދި ކައުންސިލުތަކުގެ ފަރާތުނ...

އަލީ އާދިލް
ށ. ފޭދޫ ބަނދަރުގެ މަސައްކަތް ކުރިއަށް 📍 ށ. ފޭދޫ

ށ. ފޭދޫ ބަނދަރުގެ މަސައްކަތް ކުރިއަށް

ށ. ފޭދޫ ބަނދަރުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތެވެ. މި މަޝްރޫޢުގެ ދަށުން، 27،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 90 މީޓަރުގެސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއް...

އަޙްމަދު ވަހީދު