މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ކަނޑިތީމުގައި އިންސާނީ ރައުސްމާލާއި ލީޑަރޝިޕްގެ މައްޗަށް ޚާއްޞަ ސެޝަންތަކެއް 📍 ށ. ކަނޑިތީމު

ކަނޑިތީމުގައި އިންސާނީ ރައުސްމާލާއި ލީޑަރޝިޕްގެ މައްޗަށް ޚާއްޞަ ސެޝަންތަކެއް

ށ. ކަނޑިތީމުގައި “ކާމިޔާބީއަށްޓަކައި އިންސާނީ ރައުސްމާލުގެ ވިސްނުމާއި ޖަޒުބާތީ ސާބިތުކަން” މި މަޢުޟޫޢުގެ މައްޗަށް އަލިއަޅުވާލައި ޚާއްޞަ ސެޝަންތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. ކަނޑިތީމު ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ސެޝަންތައް ޚާއްޞަކުރެވިފައިވަނީ ކަނޑިތީމު ކައުންސިލް އިދާރާގެ މުވައްޒަފުންނާއި އެ ރަށުގެ ޢާންމު ރައްޔިތުންނަށެވެ. މީގެ އިތުރުން ށ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށް އަމާޒުކޮށްގެން “މޯޓިވޭޝަން އެންޑް ލީޑަރޝިޕް” ސެޝަނެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި...

ޔުމްނާ ޢަލީ
ފޯކައިދޫ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންނަށް ކައުންސިލުން އެހީ ފޯރުކޮށްދީފި 📍 ށ. ފޯކައިދޫ

ފޯކައިދޫ އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންނަށް ކައުންސިލުން އެހީ ފޯރުކޮށްދީފި

ށ. ފޯކައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި މިއަދު ރޯވެ، އެ ގެ އެއްކޮށް އަނދައި ހުލިވެފައިވާއިރު، އެގޭގައި އުޅުނު ބިދޭސީންނަށް އެރަށު ކައުންސިލުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. ފޯކައިދޫ އިރުދޭމާގޭގައި މެންދުރުފަހު ރޯވި އަލިފާން ކޮންޓްރޯލްކޮށް ނިއްވާލެވުނީ އެރަށު ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ވަރަށް ބޮޑު މަސައްކަތްތަކެއްކޮށްގެން ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. ފޯކައިދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި، މި ހާދިސާގައި އެ ގެޔާއި ގޭގައި ހިފާގެންގުޅޭ އެންމެހާ ތަކެތި ވަނީ ބޭނުން ނުކުރެ...

ޔުމްނާ ޢަލީ
ޅައިމަގު ފެނަކަ ބްރާންޗުން މުވައްޒަފުންތަކެއް ވަކިކުރުުމުން ކައުންސިލުން ކަންބޮޑުވުން ފާޅުކޮއްފި 📍 ށ. ޅައިމަގު

ޅައިމަގު ފެނަކަ ބްރާންޗުން މުވައްޒަފުންތަކެއް ވަކިކުރުުމުން ކައުންސިލުން ކަންބޮޑުވުން ފާޅުކޮއްފި

ށ. ޅައިމަގު ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންތަކެއް އެއްވެސް ސަބަބެއްނެތި ވަކި ކުރިކަމަށްބުނެ، އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮއްފިއެވެ. މިކަމާގުޅިގެން ޅައިމަގު ކައުންސިލުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، އެ ރަށު ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުން ދިޔަ، ތަޖުރިބާ ހުރި، ޤާބިލް މުވައްޒަފުންތަކެއް ހަރުދަނާ އެއްވެސް ސަބަބެއް ނެތި، އަދި ސުލޫކީ އެއްވެސް ފިޔަވަޅެއް އެޅުމަކާނުލައި، ކުންފުނި ރައިޓްސައިޒް ކުރުމުގެ ނަމުގައި ވަޒީފާއިން އެ ފަރާތްތައް ވަކި ކުރުމުން އެ ކަަ...

ފާތިމަތު ސަޙާ
ފޯކައިދޫ ގެއެއްގައި އަލިފާންރޯވެ މުޅި ގެ އެއްކޮށް އަނދައި އަޅިއަށް 📍 ށ. ފޯކައިދޫ

ފޯކައިދޫ ގެއެއްގައި އަލިފާންރޯވެ މުޅި ގެ އެއްކޮށް އަނދައި އަޅިއަށް

ށ. ފޯކައިދޫ ގެއެއްގައި އަލިފާން ރޯވެ އެގޭ އެއްކޮށް އަނދައިފިއެވެ. އެރަށު ކައުންސިލުން ބުނީ އަލިފާން ރޯވީ އެރަށު އިރުދޭމާގޭގައި ކަމަށެވެ. ފޯކައިދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގައި އެ ގެޔާއި ގޭގައި ހިފާގެންގުޅޭ އެންމެހާ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އެއްކޮށް އަނދައިގެން ގޮސްފައެވެ. އަލިފާންގަނޑު ކޮންޓްރޯލްކޮށް ނިއްވާލުމަށްޓަކައި ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެން ވަރަށް ބޮޑު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

ޔުމްނާ ޢަލީ
ކަނޑިތީމުގައި ނިޔަމިކަމުގެ ކޯހެއް މި މަހު ފަށަނީ 📍 ށ. ކަނޑިތީމު

ކަނޑިތީމުގައި ނިޔަމިކަމުގެ ކޯހެއް މި މަހު ފަށަނީ

ށ. ކަނޑިތީމުގައި ނިޔަމިކަމުގެ ސެޓްފިކެޓް 2 ކޯސް ކުރިޔަށް ގެންދިޔުމަށް ނިންމައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ. މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ، ކަނޑިތީމު ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ  ފެކަލްޓީ އޮތް މެރިޓައިމްސް ސްޓަޒީސް ގުޅިގެންނެވެ. 17 ސެޕްޓެމްބަރ އިން 19 ސެޕްޓެމްބަރގެ ނިޔަލަށް ކުރިއަށް ދާ މި ކޯހުގެ ފީގެ އަގަކީ 1،300 ރުފިޔާއެވެ. މި ކޯހުގައި ބައިވެރިވުމަށް، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 7 ސެޕްޓެމްބަރ 2026ގެ ކުރިން  އެޕްލިކޭޝަން ފޯމު ފުރިހަމަކުރެއްވުމަށްފަހު، ދިވެހި ރައ...

ފާތިމަތު ސަޙާ
ފުނަދޫގައި އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމެއް ބާއްވަނީ 📍 ށ. ފުނަދޫ

ފުނަދޫގައި އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމެއް ބާއްވަނީ

ސިއްޙަތާއި، ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ށ. ފުނަދޫގައި އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމެއް ބާއްވަން ނިންމައި އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ސިއްޙަތާއި، ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއިން “ތިލަދުން”އަށް މަޢުލޫމާތު ދެއްވި ގޮތުގައި މި ތަމްރީނު ޕްރޮގްރާމަކީ، އަންހެނުންނަކީ ލީޑަރޝިޕް އަދި ސިޔާސީ ދާއިރާތަކުގައި ހަރަކާތްތެރިވާ ބަޔަކަށް ހެދުމަށާއި، ޤައުމީ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ ހުނަރާއި އިތުބާރު ޤާއިމ...

ފާތިމަތު ސަޙާ
އަންހެނުން މާލީ ގޮތުން ބާރުވެރިކުރުމުގެ މަޝްވަރާތައް ށ. އަތޮޅަށް؛ ބައްދަލުވުންތައް 10 ރަށެއްގައި

އަންހެނުން މާލީ ގޮތުން ބާރުވެރިކުރުމުގެ މަޝްވަރާތައް ށ. އަތޮޅަށް؛ ބައްދަލުވުންތައް 10 ރަށެއްގައި

ޞިއްޙަތާއި، ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއިން، އަންހެނުން އިޤްތިޞާދީ އަދި މާލީ ގޮތުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ މަޝްވަރާތަކާއި ބައްދަލުވުންތައް ށ އަތޮޅުގައި ބޭއްވުމަށް ތާވަލުކޮށްފިއެވެ. އެ ވުޒާރާއިން “ތިލަދުން”އަށް މަޢުލޫމާތު ދެއްވި ގޮތުގައި، ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގެ މަޤްސަދަކީ ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަދި އަލަށް ވިޔަފާރިއަށް ނިކުންނަ...

ފާތިމަތު ސަޙާ
ފުނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫޢު ހަވާލުކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫޢު ހަވާލުކޮށްފި

ރާއްޖޭގެ 5 ރަށެއްގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުންތަކުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ...

އަޙްމަދު ވަހީދު
ބިން ދޫކޮށްފައިވާ ޖަމްޢިއްޔާތައް ހިންގާތޯ މާއުނގޫދޫ ކައުންސިލުން ކަށަވަރުކުރަނީ

ބިން ދޫކޮށްފައިވާ ޖަމްޢިއްޔާތައް ހިންގާތޯ މާއުނގޫދޫ ކައުންސިލުން ކަށަވަރުކުރަނީ

ށ.މާއުނގޫދޫއިން ބިން ދޫކޮއްފައިވާ ޖަމްޢިއްޔާތައް ހިންގާކަން ކަށަވަރު ކުރުމުގެ މަސައްކަތް އެ ރަށު ކައުންސިލުން ފަށައިފިއެވެ. މާއުނގޫދޫގެ ކުލަބް ޖަމްއިއްޔާ ތަކަށް ދޫކުރެވިފައިވާ ބިންތައް ބޭނުން ނުކޮށް ހުރުމުން، އެ ތަންތަނުގައި ގަސްހެދި، ތަނުގެ ސާފުތާހިރުކަން ގެއްލޭތީ،  އެ ކައުންސިލުން ކަންބޮޑުވުން ފާޅުކޮއްފައިވެއެވެ. މާއުނގޫދޫ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، މި މައްސަލަ ޙައްލުކުރުމުގެ މަސައްކަތް އެ އިދާރާއިން ކުރަމުންދާތީ، އެރަށުން މިހާތަނަށް ބިން ދޫކުރެވިފައިވާ، ކުލަބް، ޖަމްއިއްޔާތަކަކީ، މިހާ...

ފާތިމަތު ސަޙާ
ބިލެތްފަހީ ބަނދަރުން ހިތްފަސޭހަކަން ލިބިދިނުމަށް މާގަސް އިންދާ ޕޮޓް ބަހައްޓައިފި 📍 ށ. ބިލެތްފަހި

ބިލެތްފަހީ ބަނދަރުން ހިތްފަސޭހަކަން ލިބިދިނުމަށް މާގަސް އިންދާ ޕޮޓް ބަހައްޓައިފި

ށ.ބިލެތްފަހީ ބަނދަރު ހިތްފަސޭހަތަނަކަށް ހެދުމަށް މާގަސް ޕޮޓް ބެހެއްޓުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. އެ ރަށު ކައުންސިލުން އިންތިޒާމްކޮއްފައިވާ މި ހަރަކާތަކީ ބަނދަރު ޒީނަތްތެރިކުރުމުގެ ގޮތުންނާއި، ރަށަށް ޒިޔާރަތްކުރާ ފަރާތްތަކާއި، ބަނދަރަށް އައިސް އުޅޭ ކުދި ބޮޑު އެންމެންނަށް އެ ތަނަކީ ހިތްފަސޭހަ މާހައުލަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ހަރަކާތެއްކަމަށް އެ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ. ސިމެންތިން ހަދާފައި ހުރި ބޮޑެތި މި ޕޮޓްތަކުގައި ތަފާތު އެކި ކުލަކުލައިގެ މަލިކުރުވ...

ފާތިމަތު ސަޙާ
ރަމްޒު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތަކުން ޓީމް އޮރެންޖާއި، ޓީމް ޕިންކްގެ ދެ ޓީމް މޮޅުވެއްޖެ 📍 ށ. ނަރުދޫ

ރަމްޒު ސްޕޯޓްސް ފިއެސްޓާ: މިއަދުގެ މެޗުތަކުން ޓީމް އޮރެންޖާއި، ޓީމް ޕިންކްގެ ދެ ޓީމް މޮޅުވެއްޖެ

ށ. ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026” ގެ އިތުރު ތިން މެޗެއް މިއަދު ކުޅެފިއެވެ. އެ ގޮތުން މުބާރާތުގެ ފަސްވަނަ މެޗަކަށް ކުޅެފައިވާ ފުޓްސަލް މެޗުގައި ބައްދަލުކުރީ ޓީމް ޕިންކާއި  ޓީމް އޮރެންޖެވެ. މި މެޗްގައި 3-1 ގެ ނަތީޖާއިން ކުރި ހޯދީ ޓީމް އޮރެންޖެވެ. މި މެޗްގައި ޓީމް އޮރެންޖްގެ ލަނޑުތައް އަޙްމަދު ސިމަކް ސިޔާމާއި، ކައިސް އިސްމާޢީލް ވަހީދު ކާމިޔާބުކޮއްދީފައިވާއިރު، ޓީމް ޕިންކްގެ […]

ފާތިމަތު ސަޙާ
ނަރުދޫ އަންހެނުންގެ ކޮމެޓީން އެރަށުގައި ގުރުއާން ދަސްކޮށްދޭ ޕްރޮގްރާމެއް ހިލޭ 📍 ށ. ނަރުދޫ

ނަރުދޫ އަންހެނުންގެ ކޮމެޓީން އެރަށުގައި ގުރުއާން ދަސްކޮށްދޭ ޕްރޮގްރާމެއް ހިލޭ

ށ. ނަރުދޫގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގުމަށް ނިންމައި، އެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (އތމކ) އިން ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ނަރުދޫ ރައްޔިތުންނަށް މުޅިން ހިލޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 12 އިން 19 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަރުދޫ އތމ ކޮމެޓީން މަޢުލޫމާތު...

ފާތިމަތު ސަޙާ
ރަމްޒު ސްޕޯޓްސް ފިއެސްޓާ: އަންގާރަ ދުވަހުގެ މެޗުތަކުން ޓީމް އޮރެންޖާއި ޓީމް ޕިންކް މޮޅުވެއްޖެ 📍 ށ. ނަރުދޫ

ރަމްޒު ސްޕޯޓްސް ފިއެސްޓާ: އަންގާރަ ދުވަހުގެ މެޗުތަކުން ޓީމް އޮރެންޖާއި ޓީމް ޕިންކް މޮޅުވެއްޖެ

ށ. ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026” ގެ އިތުރު ދެ މެޗެއް އިއްޔެ ކުޅެފިއެވެ. އެ ގޮތުން މުބާރާތުގެ ހަތަރުވަނަ މެޗަކަށް ކުޅެފައިވާ ފުޓްސަލް މެޗުގައި ބައްދަލުކުރީ ޓީމް ގްރީން އާއި ޓީމް އޮރެންޖެވެ. މި މެޗްގައި 2-4 ގެ ނަތީޖާއިން ކުރި ހޯދީ ޓީމް އޮރެންޖެވެ. މި މެޗްގައި ޓީމް ގްރީންގެ ލަނޑުތައް  ނާހިލް ޞޮބާހާއި ޒައިކް ބިން އަބްދުﷲ އަޒުމީ ކާމިޔާބުކޮއްދީފައިވާއިރު، ހުސައިން […]

ފާތިމަތު ސަޙާ
ކޮމަންޑޫ އަދި ފީވަކު ފެނަކަ ބްރާންޗްގެ މުވައްޒަފުންތަކެއް ވަކިކުރުމުން ކަންބޮޑުވުން 📍 ށ. ކޮމަންޑޫ

ކޮމަންޑޫ އަދި ފީވަކު ފެނަކަ ބްރާންޗްގެ މުވައްޒަފުންތަކެއް ވަކިކުރުމުން ކަންބޮޑުވުން

ށ. ކޮމަންޑޫ އަދި އެ އަތޮޅު ފީވަކުގެ ފެނަކަ ބްރާންޗްގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރުމުން އެ ދެރަށު ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން، ފީވަކު ކައުންސިލުން މިއަދު ނެރެފައިވާ ނޫސްބަޔާނުގައި ބަޔާންކޮއްފައިވާ ގޮތުގައި، 27 އޯގަސްޓް 2026ވަނަ ދުވަހުގެ ރޭ އެ ރަށު ފެނަކަ ބްރާންޗްގައި މަސައްކަތްކުރާ ހަތް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ. ހަމައެފަދައިން 31 އޯގަސްޓް 2026 ވަނަ ދުވަހުގެ ރޭ، ކޮމަންޑޫ ފެނަކަ ބްރާންގައި ވަޒީފާ އަދާކުރާ 10...

ފާތިމަތު ސަޙާ
ނަރުދޫ ''ރަމްޒު އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026'' ފަށައިފި 📍 ށ. ނަރުދޫ

ނަރުދޫ ''ރަމްޒު އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026'' ފަށައިފި

ށ. ނަރުދޫ، ރަމްޒު ސްޕޯޓްސް އެކަޑަމީއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ “ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026” މިއަދު ފަށައިފިއެވެ. ރަމްޒު ސްޕޯޓްސް އެކަޑަމީ ސްޕޯޓްސް ފިއެސްޓާ 2026 ފެށުން، ފޮޓޯ: ރަމްޒު އެކަޑަމީ ފުޓްސަލްއާއި ހޭންޑްބޯލްއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ފިއެސްޓާގެ ތިން މެޗެއް މިއަދު ކުޅެފައިވެއެވެ. އެއީ ފުޓްސަލްގެ ދެ މެޗާއި ހޭންޑްބޯލްގެ މެޗެކެވެ. މުބާރާތުގެ ފުރަތަމަ މެޗްގައި ޓީމް އޮރެންޖާއި ޓީމް ގްރީން ބައްދަލު ކުރި އިރު، މޮޅު ކުޅުމަކަށްފަހު 1-2 ގެ […]

ފާތިމަތު ސަޙާ