މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
އަލާމާތްތަކެއް ފެނި ކަނޑިތީމުގެ ޑޮކްޓަރަކު އެކަހެރި ކޮށްފި 📍 ށ. ކަނޑިތީމު

އަލާމާތްތަކެއް ފެނި ކަނޑިތީމުގެ ޑޮކްޓަރަކު އެކަހެރި ކޮށްފި

ކޮވިޑް-19 ބަލީގެ އަލާމާތްތަކެއް ފެނި ށ.ކަނޑިތީމުގައި ފަރުވާދޭން ތިބި 2 ޑޮކްޓަރުންގެ ތެރެއިން އެކަކުގެ ސާމްޕަލް ނަގައި ނަތީޖައި ލިބެންދެން އެކަހެރި ކޮއްފިއެވެ. މިދިޔަ މެއި މަހުގެ 10 ވަނަދުވަހު އެ ރަށުން ނެގުނު 5 ރެންޑަމް ސާމްޕަލް ގެ ތެރެއިން 4 ސާމްޕަލް ފައްސި ވުމައިގުޅިގެން މިވަގުތު މޮނިޓަރިން ގެ ހާލަތުގައި އޮތް ކަނޑިތީމުގައި މިހާތަނަށް 125 މީހުން ބައްޔަށް ފައްސި ވެފައިވެއެވެ. ކަނޑިތީމު ސިއްޙީ މަރުކަޒާއި ހަވާލުވެ ހުންނެވި މުޙައްމަދު ފަހީމް “ތިލަދުން” އަށް މައުލޫމަތު ދެއްވަމުން […]

އަޙްމަދު އަރުޝަމް
ފުނަދޫގައި ފަންބެޑް ދުއްވަނިކޮން ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ 📍 ށ. ފުނަދޫ

ފުނަދޫގައި ފަންބެޑް ދުއްވަނިކޮން ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ

ށ. ފުނަދޫގައި ޖެޓްސްކީ އެއްގައި ޖަހައިގެން ފަންބެޑް ދުއްވަނިކޮން ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ އެވެ. ށ. ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙިމްފުޅު ތިލަދުން އަށް މަޢުލޫމާތު ދެމުން ވިދާޅުވީ އެރަށުގައި އެފަދަ ހާދިސާއެއް ހިގާފައިވާކަމަށެވެ. މިއަދު އެހާދިސާ ހިނގާފައިވަނީ މިއަދު 16:00 ހާއިރު ފުނަދޫ ދަށްފަޅުގައި ދުއްވި މޫދު ކުރިވަރުކުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައިކަމަށް ރައީސް ވިދާޅުވި އެވެ. ޖެޓްސްކީގައި ކަފަޖަހައިގެން ދުއްވި ފަންބެޑްގައި އެވަގުތު ދެކުދިން ތިބިކަމަށާއި...

އިބްރާހިމް އަސްވާޤް
ކަނޑިތީމުގައި 66 އެކްޓިވް ކޭސް، 59 މީހަކު ބަލިން ރަނގަޅުވެއްޖެ 📍 ށ. ކަނޑިތީމު

ކަނޑިތީމުގައި 66 އެކްޓިވް ކޭސް، 59 މީހަކު ބަލިން ރަނގަޅުވެއްޖެ

ށ. ކަނޑިތީމުން 59 މީހަކު ކޯވިޑް ބަލިން ރަނގަޅުވެއްޖެއެވެ. އެހެންނަމަވެސް އެރަށުގައި މިވަގުތު ވެސް ކޯވިޑް ބަލީގެ 66 މީހަކު އެބަތިއްބެވެ. ކަނޑިތީމު ސިއްހީ މަރުކަޒުން ހާމަކުރަށްވާފައިވާ، އެރަށުގެ ކޯވިޑް ބަލީގެ ހާލަތު އަންގައިދޭ މައުލޫމާތު ތަކަށް ބަލާއިރު އިއްޔެގެ ހަވީރު 17:00އާއި ހަމައަށް އެރަށުން 1106 ސާމްޕަލެއްވަނީ ނަގައިފައެވެ. އެރަށުން އެންމެފަހުން ކޯވިޑަށް ޓެސްޓް ކުރަން ނަގާފައި ވަނީ 30 ސާމްޕަލެކެވެ. އެއީ ފްލޫ ކްލިނިކުން ނެގި 4 ސާމްޕަލަކާއި، ކޮންޓެކްޓު ޓްރޭސިންގެ ގޮތުގައި ނެގި […]

ޔުމްނާ ޢަލީ
އުތުރުގެ ކައުންސިލްތަކާއި ގެސްޓް ހައުސް އެސޯސިއޭޝަނުން ބައްދަލުކޮށްފި

އުތުރުގެ ކައުންސިލްތަކާއި ގެސްޓް ހައުސް އެސޯސިއޭޝަނުން ބައްދަލުކޮށްފި

ގެސްޓް ހައުސް ވިޔާފާރި ފުޅާކޮށް ކުރިއެރުވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ކައުންސިލްތަކާއި ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންނެވެ. އަދި މި ބައްދަލުވުމުގައި އަތޮޅު ކައުންސިލް ތަކުންނާއި އަދި ރަށު ކައުންސިލް ތަކުން ބައިވެރިވެފައިވެއެވެ. ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ގެސްޓްހައުސްތައް ކުރިއެރުވުމަށާއި ކަންބޮޑުވުންތައް ހޯދައި އެކަންތައްތައް ހައްލުކުރުމަށް އެ އެ...

އަޙްމަދު އަރުޝަމް
ފޭދޫގެ ހެޔޮ އެދޭފަރާތަކުން ކަނޑިތީމާއި، ގޮއިދޫއަށް ރޯމަސް ހަދިޔާކޮށްފި 📍 ށ. ފޭދޫ

ފޭދޫގެ ހެޔޮ އެދޭފަރާތަކުން ކަނޑިތީމާއި، ގޮއިދޫއަށް ރޯމަސް ހަދިޔާކޮށްފި

ކޯވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް ށ. އަތޮޅުގެ ކަނޑިތީމަށާއި، ގޮއިދޫއަށް އެ އަތޮޅުގެ ފޭދޫގެ އަމިއްލަ ހެޔޮއެދޭ ފަރާތަކުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެގޮތުން މިއަދު ވަނީ ށ. ފޭދޫ އުފާ، އަޙްމަދު ފާއިޒް ގެ ފަރާތުން އެ 2 ރަށުގެ ރައްޔިތުންނަށް ރޯ މަސް ހަދިޔާ ކޮށްފައެވެ. މިއެހީތެރިކަން ފޯރުކޮށްދިން ފާއިޒު “ތިލަދުން”އަށް ބުނީ މިވަގުތު ކޯވިޑް-19 ގެ ކޭސްތައް ފެނުމައި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ލެވިފައިވާ ށ. އަތޮޅުގެ 2 […]

އަޙްމަދު އަރުޝަމް
ކަނޑިތީމަށާއި، ގޮއިދޫއަށް ފޭދޫން އެހީތެރިވެއްޖެ 📍 ށ. ފޭދޫ

ކަނޑިތީމަށާއި، ގޮއިދޫއަށް ފޭދޫން އެހީތެރިވެއްޖެ

ކޯވިޑް ބަލީގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް ށ. އަތޮޅުގެ ކަނޑިތީމަށާއި، ގޮއިދޫއަށް އެ އަތޮޅުގެ ފޭދޫން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިގޮތުން މިއަދު ވަނީ ފޭދޫ ރައްޔިތުންގެ ފަރާތުން އެ ދެ ރަށުގެ ރައްޔިތުންނަށް ކާބޯތަކެތީގެ ބާވާތްތައް ހަދިޔާ ކޮށްފައެވެ. ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިސަމް “ތިލަދުން”އަށް ވިދާޅުވިޑް ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެއަތޮޅު ގޮއިދޫ އަދި ކަނޑިތީމު މޮނިޓަރިންއަށް ލާފައިވާތީ އެ ދެރަށު ރައްޔިތުންނަށް އެހީތެރިވުމަށް ފޭދޫ ކައުންސިލު...

ޙުސައިން ޝަހުދީ
މިލަންދޫ ނެގި 100 ރެންޑަމް ސާމްޕަލް ނެގެޓިވް 📍 ށ. މިލަންދޫ

މިލަންދޫ ނެގި 100 ރެންޑަމް ސާމްޕަލް ނެގެޓިވް

ށ. މިލަންދޫގައި ކޯވިޑް-19 ބަލި ފެތުރިފައިވޭތޯ ބެލުމަށް ނެގުނު 100 ރެންޑަމް ސާމްޕަލް ވެސް ނެގެޓިވްވެއްޖެއެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، އެރަށުން ނެގި 100 ރެންޑަމް ސާމްޕަލްގެ ނަތީޖާ ވެސް ނެގެޓިވްވެފައިވާ ކަމަށެވެ. “މިވަގުތު ބަލި ޖެހިފައި ތިބި 26 މީހަކު މިރަށުގައި އެބަތިބި، އެމީހުންގެ ތެރޭގައި ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވި މީހަކު ނުހިމެނޭ،” އާތިފް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ 26 މީހުންގެ ތެރޭގައި ހިމެނެނީ ހޯމް ކަރަންޓީނު ނިންމާ […]

ޙުސައިން ޝަހުދީ
ނަރުދޫ އަމާޒު ބޯޓުގެ ފަޅުވެރިއަކު ޕޮޒިޓިވްވެއްޖެ 📍 ށ. ނަރުދޫ

ނަރުދޫ އަމާޒު ބޯޓުގެ ފަޅުވެރިއަކު ޕޮޒިޓިވްވެއްޖެ

ށ. ނަރުދޫ އަމާޒް ބޯޓުގެ ފަޅުވެރިއެއް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އަމާޒު ބޯޓުގެ ފަޅުވެރިއެއް ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓް ކުރުމުންނެވެ. ނަރުދޫ ކޯވިޑް ޓާސްކް ފޯހުގެ އޮފިޝަލެއް “ތިލަދުން”އަށް ވިދާޅުވީ މާލެއަށް ކުރި ދަތުރަކަށްފަހު އެ ބޯޓު ނަރުދޫގައި ބަނދަރު ކުރީ މީގެ ތިން ދުވަސް ކުރިންކަމަށެވެ. “ކައުންސިލާއި، ސިއްހީ މަރުކަޒާއި، ޓާސްކް ފޯހާއި ދެންވެސް މި މަސައްކަތުގައި ޝާމިލް ފަރާތްތަކުން ނިންމާފައިވާ ގޮތަށް އެ ބޯޓުން އެއްވެސް ފަޅުވެރިއަކަށް ރަށު ތެރެއަކަށ...

ޙުސައިން ޝަހުދީ
ކަނޑިތީމުން އިތުރު 22 މީހަކު ޕޮޒިޓިވްވެއްޖެ 📍 ށ. ކަނޑިތީމު

ކަނޑިތީމުން އިތުރު 22 މީހަކު ޕޮޒިޓިވްވެއްޖެ

ކަނޑިތީމުން އިތުރު 22 މީހަކުއަށް ކޯވިޑް-19 ޕޮޒިޓިވްވެއްޖެއެވެ. އެހެންކަމުން އެރަށުގެ  އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު ވަނީ 95 އަރާފައެވެ. ކަނޑިތީމު ސިއްހީ މަރުކަޒުން ހާމަކުރަށްވާފައިވާ، އެރަށުގެ ކޯވިޑް ބަލީގެ ހާލަތު އަންގައިދޭ މައުލޫމާތު ތަކަށް ބަލާއިރު މިހުގެ 26 ވަނަ ދުވަހުގެ ރޭގަނޑު 2:00އާއި ހަމައަށް އެރަށުން 895 ސާމްޕަލެއްވަނީ ނަގައިފައެވެ. އެންމެފަހުން ނެގި 81 ސާމްޕަލްގެ ތެރެއިން 58 ސާމަޕްލް ނެގަޓިވްވެފައިވާއިރު ނަތީޖާ ނުލިބޭ އެއް ސާމްޕަލްވެއެވެ. ކަނޑިތީމުގައި މިވަގުތު 289 މީހެއް ހޯމް […]

އައިޝަތު އިލްމާ އަދުނާން
ފޯކައިދޫން އިތުރު 2 މީހަކު ޕޮޒިޓިވްވެއްޖެ 📍 ށ. ފޯކައިދޫ

ފޯކައިދޫން އިތުރު 2 މީހަކު ޕޮޒިޓިވްވެއްޖެ

ށ. ފޯކައިދޫން އިތުރު 2 މީހަކު ޕޮޒިޓިވްވެ، އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 4 އަރައިފިއެވެ. ފޯކައިދޫން އަލަށް ޕޮޒިިޓިވްވި 2 މީހުންނަނީ ހޯމްކަރަންޓީންގެ މުއްދަތު ފުރިހަމަކުރަމުންދާ ދެމީހުން ކަމަށް ފޯކައިދޫ ހެލްތުސެންޓަރގެ މެނޭޖަރު އަހުމަދު އަންވަރު “ތިލަދުން”އަށް ވިދާޅުވިއެވެ. އެ މީހުން ކޯވިޑް-19 އަށް ޓެސްޓްކުރީ ބައްޔަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ދެމީހުންގެ ސާމްޕަލް ޕޮޒިޓިވްވެފައިވާއިރު، މި މީހުން ހޯމްކަރަންޓީނުގައި ތިބީ މީހުން އުޅޭ ގެއެއްގައި ވަކީން ނެވެ....

އައިޝަތު އިލްމާ އަދުނާން
މިލަންދޫ، މާބަނޑު މީހެއް ވިހަން ކުޅުދުއްފުއްޓަށް ގެންދަނިކޮށް ކަނޑުގަދަވެ ދަތުރު ނުކުރެވިގެން ފުނަދޫއަށް 📍 ށ. ފުނަދޫ

މިލަންދޫ، މާބަނޑު މީހެއް ވިހަން ކުޅުދުއްފުއްޓަށް ގެންދަނިކޮށް ކަނޑުގަދަވެ ދަތުރު ނުކުރެވިގެން ފުނަދޫއަށް

ށ. މިލަންދޫ މާބަނޑު މީހެއް ވިހެއުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދަނިކޮށް، ގަނޑު ގަދަވެ އޭނާ ދަތުރުކުރި ލޯންޗަށް ދަތުރު ނުކުރެވިގެން ށ. ފުނަދޫއަށް ގެންގޮސްފިއެވެ. އެ އަންހެން މީހާ ދަތުރުކުރި ލޯންޗް ފުނަދޫއަށް ބަނދަރު ކުރީ 14:35 ގައެވެ. މިލަންދޫ މޮނިޓަރިން ހާލަތުގައި އޮތްއިރު އެ އަންހެން މީހާއަކީ ވެސް ހޯމް ކަރަންޓީގައި ހުރި މީހެކެވެ. އެމީހާ ވިހެއުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދަން ނިންމީ ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ ހޭނައްތާ ޑޮކްޓަރު ކަރަންޓީނުގައި […]

ޙުސައިން ޝަހުދީ
ކަނޑިތީމުގެ އެކްޓިވް ކޭސްތައް 84 ގައި، މިލަންދޫ 21ގައި 📍 ށ. މިލަންދޫ

ކަނޑިތީމުގެ އެކްޓިވް ކޭސްތައް 84 ގައި، މިލަންދޫ 21ގައި

ށ. އަތޮޅު ކަނޑިތީމުން އިތުރު 6 މީހަކު ޕޮޒިޓިވްވެ އެކްޓިވް ކޭސްތައް 84 އަރައި، އެއަތޮޅު މިލަންދޫގެ އެކްޓިވް ކޭސްތަކުގެ 21އަށް އަރައިފައެވެ. ކަނޑިތީމު އެންމެފަހުން ނެގުނު 20 ސާމްޕަލްގެ ތެރެއިން 14 ސާމްޕަލްއެއް ވަނީ ނެގަޓިވްވެފައެވެ. އެރަށުން މިހާތަނަށް 814 ސާމްޕަލެއް ވަނީ ނަގާފައެވެ. ކަނޑިތީމުގައި މިވަގުތު 266 މީހެއް ހޯމް ކަރަންޓީނުގައި އެބަތިއްބެވެ. މިހާތަނަށް 801 މީހަކު ވަނީ ހޯމް ކަރަންޓީނު ކުރެވިފައެވެ. އެރަށުން ޖުމްލަ 85 މީހުން ޕޮޒިޓިވްވިއިރު، ބަލިން ރަނގަޅުވެފައިވަނީ އެއްމެ […]

އައިޝަތު އިލްމާ އަދުނާން
މަކުނުދޫން 4 މީހަކު، ފީވަކުން އެކަކު ޕޮޒިޓިވްވެއްޖެ 📍 ހދ. މަކުނުދޫ

މަކުނުދޫން 4 މީހަކު، ފީވަކުން އެކަކު ޕޮޒިޓިވްވެއްޖެ

ހދ. މަކުނުދޫން 4 މީހަކު އަދި ށ. ފީވަކުން އެކަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މަކުނުދޫ ސިއްހީ މަރުކަޒުން ހާމަކުރި ކޯވިޑާގުޅޭ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު އެރަށުން ޕޮޒިޓިވްވެފައިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި އިތުރު 4 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެހެންކަމުން އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 10 އަކަށް އަަރައިފައެވެ. އެރަށުން ޖުމްލަ 587 ސާމްޕަލް އެއް ނެގިފައިވާއިރު، 571 ސާމްޕަލްވަނީ ނެގަޓިވްވެފައެވެ. މަކުނުދޫން ޖުމްލަ 14 ފަރާތެއް ފޮޒިޓިވްވެފައިވާއިރު، 4 ފަރާތެއް ވަނީ މިބަލިނ...

އައިޝަތު އިލްމާ އަދުނާން
ކަނޑިތީމުން 9 މީހަކު، މިލަންދޫ 6 މީހަކު ޕޮޒިޓިވްވެއްޖެ 📍 ށ. މިލަންދޫ

ކަނޑިތީމުން 9 މީހަކު، މިލަންދޫ 6 މީހަކު ޕޮޒިޓިވްވެއްޖެ

ށ. އަތޮޅު ކަނޑިތީމުން އިތުރު 9 މީހަކު އަދި އެ އަތޮޅު މިލަންދޫއިން އިތުރު 6 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކޯވިޑްގެ ހާލަތުގެ ސަބަބުން އެ ދެރަށް ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. ކަނޑިތީމު ސިއްހީ މަރުކަޒުން ހާމަކުރެއްވި އެންމެފަހުގެ މައުލޫމާތަށް ބަލާއިރު އެރަށުން އިތުރު 9 މީހަށް މިބަލިޖެހުނުއިރު، އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު ވަނީ 76 އަށް އަރާފައެވެ. ނަގާފައިވާ ސާމްޕަލުތަކުން ނަތީޖާ ނުލިބި ވަނީ ދެ ސާމްޕަލެކެވެ. އެރަށުން މިހާތަނަށް 794 ސާމްޕަލެއް […]

ޝިއުނާ އާދަމް
ކޮމަންޑޫ މަސްވެރިންގެ ޖަމިއްޔާގެ އެހީއާއިއެކު ށ.އަތޮޅު ތައުލީމީ މަރުކަޒުގައި ފުޓްސަލް ދަނޑެއް އަޅަނީ 📍 ށ. ކޮމަންޑޫ

ކޮމަންޑޫ މަސްވެރިންގެ ޖަމިއްޔާގެ އެހީއާއިއެކު ށ.އަތޮޅު ތައުލީމީ މަރުކަޒުގައި ފުޓްސަލް ދަނޑެއް އަޅަނީ

ށ. ކޮމަންޑޫ، މަސްވެރިންގެ ފެއާޓްރޭޑް ޖަމިއްޔާގެ އެހީތެރިކަމާއެކު ށ. އަތޮޅު ތައުލީމީ މަރުކަޒުގައި ފުޓްސަލް ދަނޑެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ. ކޮމަންޑޫގައި ހުންނަ ށ. އަތޮޅުގެ ތައުލީމީ މަރުކަޒުގައި އެރަށުގެ “މަސްވެރިންގެ ފެއާޓްރޭޑް ޖަމިއްޔާ”ގެ އެހީތެރިކަމާއެކު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 100 ފޫޓާއި 50 ފޫޓް ޓާފް ފުޓުސަލް ދަނޑެއްކަމަށް ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން “ތިލަދުން”އަށް ވިދާޅުވިއެވެ. މަސްވެރިންގެ ފެއާޓްރޭޑް ޖަމިއްޔާއިން މިހާރު ވަނީ މި ދަނޑު އެޅުމަށް ބޭނުންވ...

އައިޝަތު އިލްމާ އަދުނާން