މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
މިލަންދޫ ޞިއްޙީމަރުކަޒުގެ ލެބޯޓަރީން އައު ޚިދުމަތްތަކެއް ތަޢާރަފް ކޮށްފި 📍 ށ. މިލަންދޫ

މިލަންދޫ ޞިއްޙީމަރުކަޒުގެ ލެބޯޓަރީން އައު ޚިދުމަތްތަކެއް ތަޢާރަފް ކޮށްފި

ށ. މިލަންދޫ ޞިއްޙީމަރުކަޒުގެ ލެބޯޓަރީން އައު ޚިދުމަތްތަކެއް ތަޢާރަފް ކޮށްފިއެވެ. އެ މަރުކަޒުން މިއަދު ހާމަކުރެއްވި ގޮތުގައި ލެބޯޓަރީން ދޭން ނިންމި ޚިދުމަތްތަށް މިއަދުން ފެށިގެން ދެމުންގެންދާނެއެވެ. މިލަންދޫ ޞިއްޙީމަރުކަޒު ލެބޯޓްރީން އަލަށް ތަޢާރަފް ކުރި ޚިދުމަތްތަކުގެ ތެރޭގައި، ތައިރޮއިޑް ޓެސްޓްތައް ހެދުމާއި އަދި ހަކުރު ބަލީގެ ޓެސްޓުތައް ހެދުމުުގެ ޚިދުމަތް ހިމެނެއެވެ. މީގެއިތުރުން ހަށިގަނޑުގެ ދަގަނޑުގެ ބައި ހުރި މިންވަރު ބެލުމަށް ހަދާ ޓެސްޓްތައް ވެސް މިހާރު އެ މަރުކަޒުން ހެދޭނެގޮތް ވަނީ ހަމަޖައް...

އަޙްމަދު އަރުޝަމް
އިޖުތިމާއި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް "ސާފު މިލަންދޫ މަގޭ ޒިންމާ" ހަރަކާތް ފަށައިފި 📍 ށ. މިލަންދޫ

އިޖުތިމާއި ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް "ސާފު މިލަންދޫ މަގޭ ޒިންމާ" ހަރަކާތް ފަށައިފި

ށ. މިލަންދޫގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމަށް “ސާފު މިލަންދޫ މަގޭ ޒިންމާ” ނަމުގައި ހަރަކާތެއް ފަށައިފިއެވެ. މި ހަރަކާތަކީ މިލަންދޫ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ހަރަކާތަށް ވަނީ ކޮންޓެކްޓް އުސޫލުން އެރަށަށް ނިސްބަތްވާ 20 މީހަކު މަގާފައެވެ. އެއީ 18 އަންހެނުންނާއި 2 ފިރިހެނުންނެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، އެރަށުގެ އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުުގެ ކަންކަން ވާނީ މ...

ޔުމްނާ ޢަލީ
ފޯކައިދޫ ބަނދަރުގެ ހާބާ ބޭސިންގެ 86 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ށ. ފޯކައިދޫ

ފޯކައިދޫ ބަނދަރުގެ ހާބާ ބޭސިންގެ 86 އިންސައްތަ މަސައްކަތް ނިމިއްޖެ

ށ. ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ހާބާ ބޭސިން ފުންކުރުމުގެ 86 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑްކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން 39،995 ކިއުބިކް މީޓަރުގެ އައު ހާބާ ބޭސިން ފުންކުރުމާއި، 1800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ މިހާރު ބޭނުންކުރަމުންދާ ހާބާ ބޭސިންފުންކުރުމާއި، 4000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރާނެއެވެ. އަދި 507 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަހަ...

އަޙްމަދު ވަހީދު
ފުނަދޫއިން މަސްތުވާތަކެއްޗާއެކު 22 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފި 📍 ށ. ފުނަދޫ

ފުނަދޫއިން މަސްތުވާތަކެއްޗާއެކު 22 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފި

ށ. ފުނަދޫއިން މަސްތުވާތަކެއްޗާއެކު 22 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ހާމަކުރެއްވި ގޮތުގައި، މި މީހާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާ ހައްޔަރުކުރީ އިއްޔެ 22:44 ހާއިރު، އޭނާ ދިރިއުޅޭ ގެ ކައިރިން ކަމަށްވެސް ފުލުހުންވަނީ ހާމަކޮށްފައެވެ. އެ އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އެގޭގެ ގޯތިތެރެއިން މަސްތުވާތަކ...

އަޙްމަދު އަރުޝަމް
ނަފުރަތުގެ އަމަލު ބަޔާންކުރާ ބިލާމެދު ފީވަކު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

ނަފުރަތުގެ އަމަލު ބަޔާންކުރާ ބިލާމެދު ފީވަކު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި

“ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާމެދު ށ. ފީވަކު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ފީވަކު ކައުންސިލްގެ އެމްޑީޕީ މެންބަރު އާމިނަތު ވަހީދާ ފިޔަވައި އަނެއް 4 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިޞްލާޙުގައި ދިވެހި ދައުލަތުގެ ދީންކަމުގައިވާ އިސްލާމް ދީނަށާއި، މާތް الل...

އަލީ އާދިލް
ކަނޑިތީމުން 3000 އަކަފޫޓްގެ 45 ބަންޑާރަ ގޯތި ދޫކުރަނީ 📍 ށ. ކަނޑިތީމު

ކަނޑިތީމުން 3000 އަކަފޫޓްގެ 45 ބަންޑާރަ ގޯތި ދޫކުރަނީ

ށ. ކަނޑިތީމުން 3000 އަކަފޫޓްގެ 45 (ސާޅީސް ފަހެއް) ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާތީ، ބަންޑާރަ ގޯއްޗަށް އެދުމުގެ ފުރުޞަތު މިލަދުންމަޑުލު އުތުރުބުރީ ކަނޑިތީމު ކައުންސިލްގެ އިދާރާއިން ޢާއްމުކޮށް ހުޅުވާލައިފި އެވެ. މިކަން އާންމުކޮށް މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އިޢުލާންކޮށްފަ އެވެ. އެއިޢުލާނުގައި ބުނެފައިވަނީ ފޯމު ދޫކުރުން 27 ޖޫން 2021ވާ އާދީއްތަ ދުވަހުން ފެށިގެން އެއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެކަމަށާއި ގޯއްޗަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 30 ޖޫން 2...

އިބްރާހިމް އަސްވާޤް
ކަނޑިތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. ކަނޑިތީމު

ކަނޑިތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ކަނޑިތީމު ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފިއެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން އިއްޔެ ހާމަކުރި ގޮތުގައި މި ކަމަށް ޝައުގުވެރި ވެލައްވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވައިލެވިފައެވެ. މިކަމާގުޅޭ މަސައްކަތުގެ ތަފްސީލާއި ޝައުގުވެރި ވެލައްވާފަރާތްތަކުގެ ޝަރުތުތަކާއި އަދި އެ ފަރާތްތަކަށް މާކްސް ދޭނެ ގޮތުގެ ތަފްސީލް އެއިޢުލާނާއި އެކު ލިބެން ހުންނާނެކަމަށް ވެސް އެ މިނިސްޓްރީން ފާހަގަކުރިއެވެ. އަދި މިކަމަށް އަނ...

އަޙްމަދު އަރުޝަމް
ބިލު މިހާރު އޮތްގޮތުން ދީނަށް ފުރައްސާރަ ކުރާމީހުން ހިމާޔަތް ހޯދުމަށް ބޭނުން ކުރެވިދާނެ: ފޯކައިދޫ ކައުންސިލް 📍 ށ. ފޯކައިދޫ

ބިލު މިހާރު އޮތްގޮތުން ދީނަށް ފުރައްސާރަ ކުރާމީހުން ހިމާޔަތް ހޯދުމަށް ބޭނުން ކުރެވިދާނެ: ފޯކައިދޫ ކައުންސިލް

ނަފުރަތުގެ އަމަލު ހުއްޓުވުމުގެ ނަމުގައި ރައްޔިތުން މަޖިލީހަށް ބަލައިގަނެ މިހާރު ކޮމެޓީގެ މަރުހަލާގައިވާ ބިލު، އެ އޮތްގޮތަށް ޤާނޫނީ ބާރު ލިބިގެން ގޮސްފިނަމަ އިސްލާމް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް އެ ޤާނޫނުން ހިމާޔަތް ހޯދިދާނެކަމަށް ޤަބޫލްކުރެވޭތީ އެކަމާއި ކަންބޮޑުވާކަން ހާމަކުރުމުގެ ގޮތުން ށ.ފޯކައިދޫ ކައުންސިލުން ބަޔާނެއް ނެރެފިއެވެ. މިކަން ހާމަކޮށް 20 ޖޫން 2021 ވީ އާދީއްތަ ދުވަހު އެ ކައުންސިލުން ބަޔާން ނެރެފައިވަނީ އެ ކައުންސިލުގެ ފަސް މެމްބަރުން ވެސް ސޮއި ކުރައްވާފައެވެ. އެ […]

އިބްރާހިމް ޚަލީލް
ފުނަދޫއާއި ކުޅުދުއްފުށިން މަސްތުވާތަކެއްޗާއިއެކު 2 މީހަކު ހައްޔަރުކޮށްފި

ފުނަދޫއާއި ކުޅުދުއްފުށިން މަސްތުވާތަކެއްޗާއިއެކު 2 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުުގެ ތެރެއިން ށ. ފުނަދޫ ޕޮލިސް ސްޓޭޝަން އަދި ހދ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މަސްތުވާތަކެތި ހޯދައި 2 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީީ މަސްތުވާތަކެތި ހިފައިގެން މީހަކު ކުޅުދުއްފުށިން ފުރަން އުޅޭކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 19 ވަނަ ދުވަހުގެ 11:59 ހާއިރު ކުޅުދުއްފުށީ ބަނދަރު މަތިން 41 އަހަރުގެ މީހަކު ހައްޔަރުކޮށް...

ޖަލްވާން ޖާދުﷲ
ށ. އަތޮޅު ކައުންސިލް ނައިބު ރައީސަކަށް ފޭދޫ ރައީސް ރައިސަމް 📍 ށ. ފޭދޫ

ށ. އަތޮޅު ކައުންސިލް ނައިބު ރައީސަކަށް ފޭދޫ ރައީސް ރައިސަމް

ށ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމަށް، ށ. ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިސަމް ހޮވިއްޖެއެވެ. ށ. ނައިބު ރައީސަކަށް ހޮވުނު ރައިސަމްއަކީ ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. ށ. އަތޮޅު ކައުންސިލް ނައިބު ރައީސެއް ހޮވުމަށް ބޭއްވި އިންތިޚާބު އޮތީ މިއަދު ށ. އަތޮޅުގެ ވެރިރަށް ފުނަދޫގައެވެ. މި އިންތިޚާބުގައި ރައިސަމްއާއި ވާދަކުރެއްވީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހީމް ފުޅެވެ. ށ. އަތޮޅ...

ޙުސައިން ޝަހުދީ
ނަފްރަތު އުފެއްދުމާއި އާންމުތަންތާގައި ދީނުން ބޭރުވެފައިވާކަމަށް ގޮވުމަކީ ކުށެއް: މާއުނގޫދޫ ކައުންސިލް

ނަފްރަތު އުފެއްދުމާއި އާންމުތަންތާގައި ދީނުން ބޭރުވެފައިވާކަމަށް ގޮވުމަކީ ކުށެއް: މާއުނގޫދޫ ކައުންސިލް

ނަފްރަތު އުފެއްދުމާއި އާންމުތަންތާގައި މީހުން ދީނުން ބޭރުވެފައިވާކަމަށް ގޮވުމަކީ ކުށެއްކަމަށް ދެކޭ ކަމަށާއި، އަދި “ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު މިހާރުއޮތްގޮތަށް ފާސްނުކުރުމަށް ގޮވައިލާކަމަށް ށ. މާއުނގޫދޫ ކައުންސިލުން ބުނެފިއެވެ. މާއުނގޫދޫ ކައުންސިލުން މިހެން ބުނީ ކައުންސިލްގެ 5 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ އެ ނޫސް ބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައިބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 123 ވަނަ މާއްދާގ...

އަލީ އާދިލް
"ނަފުރަތުގެ އަމަލު"ބިލުން ބޮޑު ފިތުނައެއް އުފެދިދާނެ: މަރޮށި ކައުންސިލް 📍 ށ. މަރޮށި

"ނަފުރަތުގެ އަމަލު"ބިލުން ބޮޑު ފިތުނައެއް އުފެދިދާނެ: މަރޮށި ކައުންސިލް

“ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލު އޮތްގޮތުން ދިވެހި ގައުމުގައި ބޮޑު ފިތުނައެއް އުފެދި، ދީނީ އިލްމުވެރިންނަށް މުންކަރާތްތައް މަނާކުރުމަށް އޮތް ދޮރުތައް ބަންދުވެދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް ށ. މަރޮށި ކައުންސިލުން ބުނެފިއެވެ. މަރޮށި ކައުންސިލްގެ 5 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ އެ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވާފައިވ...

އަލީ އާދިލް
ބިލު އޮތްގޮތަށް ފާސްކުރުމަކީ އިސްލާމްދީނަށާއި، ރައްޔިތުންނަށް ވެވޭ ޚިޔާނާތެއް: މިލަންދޫ ކައުންސިލް 📍 ށ. މިލަންދޫ

ބިލު އޮތްގޮތަށް ފާސްކުރުމަކީ އިސްލާމްދީނަށާއި، ރައްޔިތުންނަށް ވެވޭ ޚިޔާނާތެއް: މިލަންދޫ ކައުންސިލް

“ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެނަމަ އެއީ، މާތްވެގެންވާ އިސްލާމް ދީނަށާއި، ދިވެހިރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު ޚިޔާނާތަކަށާއި، އަނިޔާއަކަށް ށ. މިލަންދޫ ކައުންސިލުން ބުނެފިއެވެ. މިލަންދޫ ކައުންސިލުން މިހެން ބުނީ، ދިވެހިރާއްޖޭ ޤާނޫނުލް ޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގައި ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގަ...

އަލީ އާދިލް
"ނަފްރަތުގެ އަމަލު" ބިލުގެ ސަބަބުން މުންކަރާތްތައް މަނާކުރުމުގެ ދޮރު ބަންދުވޭ: ބިލެތްފަހި ކައުންސިލް 📍 ށ. ބިލެތްފަހި

"ނަފްރަތުގެ އަމަލު" ބިލުގެ ސަބަބުން މުންކަރާތްތައް މަނާކުރުމުގެ ދޮރު ބަންދުވޭ: ބިލެތްފަހި ކައުންސިލް

“ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާމެދު ކަންބޮޑުވާކަމަށާއި، ދީނާ އިދިކޮޅު ޢަމަލުތަކަށް އިންކާރުކޮށްއެކަމާ ދެކޮޅުހެދުމަކީ ކުށަކަށްވާއިރު، މިބިލުގެ ސަބަބުން މުންކަރާތްތައް މަނާކުރުމުގެ ދޮރު ބަންދުވެގެންދާނެކަމަށް ށ. ބިލެއްފަހީ ކައުންސިލުން ބުނެފިއެއެވެ. ށ. ބިލެއްފަހީގެ 5 ކައުންސިލަރުންގެ ތެރެއިން 3 ކައުންސިލަރަކު ސޮއިކުރައްވާ ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ހުށަހެޅިފައިވާ އިސްލާޙުތަ...

އައިޝަތު އިލްމާ އަދުނާން
"ނަފުރަތުގެ އަމަލު"ބިލު އޮތްގޮތުން ކަންބޮޑުވޭ، މުސްލިމަކާ ދިމާއެއް ކާފަރެކޭވެސް ނުބުނެވޭނެ: ފޭދޫ ކައުންސިލް 📍 ށ. ފޭދޫ

"ނަފުރަތުގެ އަމަލު"ބިލު އޮތްގޮތުން ކަންބޮޑުވޭ، މުސްލިމަކާ ދިމާއެއް ކާފަރެކޭވެސް ނުބުނެވޭނެ: ފޭދޫ ކައުންސިލް

“ނަފްރަތުގެ އަމަލު” ބަޔާންކޮށް، ޤާނޫނުލްޢުޤޫބާތަށް މާއްދާއެއް އިތުރުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާމެދު ކަންބޮޑުވާ ކަމަށާއި، އަދި އެއްވެސް މުސްލިމަކާއި ދިމާއަށް އަނެއް މުސްލިމަކަށް އެމީހަކީ ކާފަރެއްކަމުގައި ބުނުމުގެ ހައްގެއް ނޯންނާނެކަންވެސް ޤަބޫލުކުރާ ކަމަށް ށ. ފޭދޫ ކައުންސިލުން ބުނެފިއެވެ. ށ. ފޭދޫ ކައުންސިލްގެ 5 މެންބަރުން ސޮއި ކުރަށްވާ ނެރެފައިވާ އެ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 123 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި މާއްދާއެއް އިތު...

ޔުމްނާ ޢަލީ