މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ފުނަދޫ އ.ތ.މ ކޮމެޓީން ހިންގި ހޭންޑް ބޯލް ކޯޗިން ކޭމްޕެ ނިންމާލައިފި 📍 ށ. ފުނަދޫ

ފުނަދޫ އ.ތ.މ ކޮމެޓީން ހިންގި ހޭންޑް ބޯލް ކޯޗިން ކޭމްޕެ ނިންމާލައިފި

ށ. ފުނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީން އިންތިޒާމް ކޮށްގެން ފުނަދޫގައި ހިންގި ހޭންޑްބޯލް ކޯޗިން ކޭމްޕް ނިންމާލައިފިއެވެ. 03 ޖުލައި 2021 އިން 16 ޖުލައި 2021 ގެ ނިޔަލަށް ޖުމްލަ ފަނަރަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ކޭމްޕްގައި 31 ފަރާތަކުން ބައިވެރިވެ 24 ފަރާތަކުން ވަނީ ކޭމްޕް ފުރިހަމަކޮށް ސެޓްފިކެޓް ހާޞިލް ކޮށްފައެވެ. 16 ޖުލައި 2021 ވީ ހުކުރު ދުވަހުގެ ރޭ ފުނަދޫ ކައުންސިލްގެ އިދާރާގެ މީޓިން ހޯލުގައި […]

އިބްރާހިމް ޚަލީލް
ފޯކައިދޫ ކައުންސިލާއި، ސިއްހީ މަރުކަޒު މުވައްޒަފުންތަކެއް ކަރަންޓީނަށް، އިތުރު 10 މީހަކު ޕޮޒިޓިވްވެއްޖެ 📍 ށ. ފޯކައިދޫ

ފޯކައިދޫ ކައުންސިލާއި، ސިއްހީ މަރުކަޒު މުވައްޒަފުންތަކެއް ކަރަންޓީނަށް، އިތުރު 10 މީހަކު ޕޮޒިޓިވްވެއްޖެ

ށ. ފޯކައިދޫން އަނެއްކާވެސް އިތުރު 10 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މި މަހުގެ 12 ވަނަ ދުވަހު އަލާމާތް ހުރެގެން ޓެސްޓުހެދި ފޯކައިދޫގެ 61 އަހަރުގެ އަންހެނަކު ޕޮޒިޓިވްވުމާއި ގުޅިގެން ކުރިއަށް ގެންދާ ކޮންޓް ޓްރޭސިންއިން އިތުރު 10 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ފޯކައިދޫ ކައުންސިލުން މިއަދު ވިދާޅުވިއެވެ. އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އަށް ގެންދެވުނު މި އަންހެންމީހާ ޕޮޒިޓިވް ވީ ކޭއާރްއެޗްގެ އިމެޖެންސީ ރޫމް (އީއާރް) ގައި ފަރުވާދެމުން […]

އަޙްމަދު އަރުޝަމް
ފޯކައިދޫން އިތުރު 30 މީހަކު ޕޮޒިޓިވްވެ، ރަށަށް ހާސްކަން 📍 ށ. ފޯކައިދޫ

ފޯކައިދޫން އިތުރު 30 މީހަކު ޕޮޒިޓިވްވެ، ރަށަށް ހާސްކަން

ށ. ފޯކައިދޫން 30 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވެވް، އެރަށަށް އިތުރު ހާސްކަން ވެރިވެއްޖެއެވެ. މި މަހުގެ 12 ވަނަ ދުވަހު އަލާމާތް ހުރެގެން ޓެސްޓުހެދި ފޯކައިދޫގެ 61 އަހަރުގެ އަންހެނަކު ޕޮޒިޓިވްވުމާއި ގުޅިގެން އެ ރަށުން ނެގުނު ޖުމްލަ 45 ސާމްޕަލްގެ ތެރެއިން 30 ސާމްޕަލް ޕޮޒިޓިވް ވެފައިވާކަން ފޯކައިދޫ ސިއްޙީ މަރުކަޒުން މިއަދު ވިދާޅުވިއެވެ. އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އަށް ގެންދެވުނު މި އަންހެންމީހާ ޕޮޒިޓިވް ވީ ކޭއާރްއެޗްގެ އިމެޖެންސީ […]

އަޙްމަދު އަރުޝަމް
ގޮއިދޫ ކަނބަލުނަށް ހާއްޞަކޮށްގެން ކަރަންޓް އެވެއާނެސް ޕްރޮގްރާމެއް ހިންގަނީ 📍 ށ. ގޮއިދޫ

ގޮއިދޫ ކަނބަލުނަށް ހާއްޞަކޮށްގެން ކަރަންޓް އެވެއާނެސް ޕްރޮގްރާމެއް ހިންގަނީ

މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިސްނަގައިގެން އެ ރަށުގެ ކަނބަލުންނަށް ހާއްޞަކޮށްގެން ކަރަންޓް އެވެއާނެސް ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ. “ކަނބަލުންނަށް ކަރަންޓުން މިންވަރެއް” ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 01 އޯގަސްޓް 2021 އިން 03 އޯގަސްޓް 2021 ގެ ނިޔަލަށް ޖުމްލަ ތިން ދުވަހުގެ މުއްދަތަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު...

އިބްރާހިމް ޚަލީލް
މަސްތުވާ ތަކެއްޗާއެކު މިލަންދޫ ބަނދަރުމަތިން ދެ މީހަކު ހައްޔަރުކޮށްފި 📍 ށ. މިލަންދޫ

މަސްތުވާ ތަކެއްޗާއެކު މިލަންދޫ ބަނދަރުމަތިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާ ތަކެއްޗާއެކު ށ. މިލަންދޫ ބަނދަރުމަތިން ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ އެ ދެ މީހުން ހައްޔަރުކުރީ ހދ. ކުޅުދުއްފުށީ ސިޓީއިން ށ. އަތޮޅު ފީވަކަށާއި މިލަންދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ. މި އޮޕަރޭޝަނުގައި 34 އަހަރުގެ މީހަކާއި 24 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. […...

ޝިއުނާ އާދަމް
ކޭއާރްއެޗް އީއާރުގައި ފަރުވާދެމުންދިޔަ މީހެއް ޕޮޒިޓިވް ވެއްޖެ 📍 ށ. ފޯކައިދޫ

ކޭއާރްއެޗް އީއާރުގައި ފަރުވާދެމުންދިޔަ މީހެއް ޕޮޒިޓިވް ވެއްޖެ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) ގެ އެމަޖެންސީ ރޫމް (އީއާރް) ގައި ފަރުވާދެމުންދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ކޭއާރްއެޗް އިން ހާމަކުރިގޮތުގައި ޕޮޒިޓިވް ވެފައިވަނީ 61 އަހަރުގެ އަންހެނެކެވެ. މި އަންހެންމީހާ އީއާރަށް ގެނެވުނީ މިއަދު ހަވީރު 16:05 ގާ ކަމަށްވެސް އެ ހޮސްޕިޓަލުން ހާމަކުރިއެވެ. އެމެޖެންސީއަށް އޭނާ ގެނެސް ސާމްޕަލްނެގީ ރޯގާ ގެ އަލާމާތްތަކާއިއެކު ނޭވާކުރުވުމުން ކަމަށްވެސް ކޭއާރްއެޗް އިން މައުލޫމާތުދެއެވެ. އަދި އެ މީހާ މިހާރުވަނީ އޭނާގެ އާއިލާއާއެކު ކުޅުދުއްފުށި...

އަޙްމަދު އަރުޝަމް
ފޯކައިދޫއިން ނެގުނު ރޭންޑަމް ސާމްޕަލް އެއް ޕޮޒިޓިވްވެ އެރަށް މޮނީޓަރިންއަށް 📍 ށ. ފޯކައިދޫ

ފޯކައިދޫއިން ނެގުނު ރޭންޑަމް ސާމްޕަލް އެއް ޕޮޒިޓިވްވެ އެރަށް މޮނީޓަރިންއަށް

ށ. ފޯކައިދޫއިން އިން ނެގުނު ރޭންޑަމް ސާމްޕަލް އެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެ ރަށު ކައުންސިލުން މިރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވަނީ، ރޭންޑަމް ސާމްޕަލް އެއް ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ޒަރޫރީ ބޭނުން ތަކަށް ފިޔަވާ ބޭރަށް ނިކުމެ ނޫޅުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ރަށުން ފުރައިގެން ކޮންމެހެންތާކަށް ދާންޖެހިއްޖަނަމަ، އެ ކައުންސިލުގެ ހުއްދަ ލިބިގެންނޫނީ އެއްވެސް ތާކަށް ނުދިއުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ. މީގެ […]

އަޙްމަދު އަރުޝަމް
ފީވަކުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ފަށައިފި

ފީވަކުގެ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ފަށައިފި

ށ. ފީވަށް ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަސައްކަތް ފެށީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 8400 އަކަ މީޓަރުގެ ސަރަހައްދެއް ސާފުކޮށް، ފުޓްބޯޅަ ދަނޑުގެ 2940 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ކޮނުމާއި، ކޮނުމަށްފަހު ބިންގަނޑުއެއްވަރުކުރަން 4511.70 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި، 460.29 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކާނުގަނޑު ވަށައިގެން ޕޭވްމަންޓް ހެދުމުގެ...

އަޙްމަދު ވަހީދު
ރަމްޒު އެކަޑަމީން ނަރުދޫގައި ހިންގި ހޭންޑް ބޯލް ކޭމްޕް ނިންމާލައިފި 📍 ށ. ނަރުދޫ

ރަމްޒު އެކަޑަމީން ނަރުދޫގައި ހިންގި ހޭންޑް ބޯލް ކޭމްޕް ނިންމާލައިފި

ރަމްޒު ސްޕޯރޓްސް އެކަޑާމީން ށ. ނަރުދޫގައި ހިންގި ހޭންޑް ބޯލް ކޭމްޕް ނިންމާލައިފި އެވެ. އެ ރަށުގެ އަންހެންވެރިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވުނު ހޭންޑް ބޯލް ދަސްކޮށްދިނުމުގެ މި ކޭމްޕް ކުރިއަށް ގެންދެވުނީ 7 ދުވަހުގެ މުއްދަތަކަށެވެ. ރަމްޒު ސްޕޯޓްސް އެކަޑަމީގެ ރައީސް އަލީ ރަމްޒީ “ތިލަދުން” އާ ވާހަކަ ދައްކަމުން ބުނީ، މި ކޭމްޕަށް ގެނެވުނު ކޯޗަކީ ރަށުން ބޭރު ކޯޗެއްކަމަށެވެ. އަދި މި ކޭމްޕް އަކީ އެ އަކަޑަމީން މުޅިން ހިލޭ ކުރިއަށް ގެންދިޔަ ކޭމްޕެއްކަން އޭނާ […]

އަޙްމަދު އަރުޝަމް
ށ. އަތޮޅު ހޮސްޕިޓަލުގައި ނަރުހުންގެ އައު ޔުނީފޯމެއް ތައާރަފްކޮށްފި 📍 ށ. ފުނަދޫ

ށ. އަތޮޅު ހޮސްޕިޓަލުގައި ނަރުހުންގެ އައު ޔުނީފޯމެއް ތައާރަފްކޮށްފި

ށ އަތޮޅު ހޮސްޕިޓަލުގައި ނަރުހުންގެ އައު ޔުނީފޯމެއް ތައާރަފްކޮށްފިއެވެ. އައު ޔުނީފޯމު ތައާރަފް ކުރުމާއި ގުޅޭގޮތުން އެ ހޮސްޕިޓަލުން ވިދާޅުވެފައި ވަނީ، މި ފަހަރު އަލަށް ތައާރަފް ކުރެވުނު މި ޔުނީފޯމްތަކަކީ ލާން ފަސޭހަ އަދި ބަލާލަން އެހާމެ ލޮލަށް ފަސޭހަ ޔުނީފޯމްތަކެއްކަމަށެވެ. މީގެ އިތުރުން، މި ޔުނީފޯމްގެ ސަބަބުން ވަޒީފާގެ ޝަހުސިއްޔަތާއި އަމިއްލަ ޝަހުސިއްޔަތު މަތިވެ ނަރުހުންގެ ފެންވަރު ރަނގަޅު ޚިދުމަތަކަށް މަގުފަހިވެގެންދާނެކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. މީގެއިތުރުން މިފަދަ ބަދަލުތައް ގެނެސ...

އަޙްމަދު އަރުޝަމް
ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފި 📍 ށ. ފުނަދޫ

ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފި

ށ. ފުނަދޫގައި ހުންނަ، ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ޚާއްޞަ ޑަކްޓަރެއްގެ ޚިދުމަތް ތަޢާރުފްކޮށް، ކަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފިއެވެ. މިގޮތުން ށ. އަތޮޅު ހޮސްޕިޓަލްގައި ކަށީގެ ބަލިތަކަށް ފަރުވާދިނުމުގެ ޚިދުމަތް ރަސްމީކޮށް ފަށާފައި ވަނީ މިދިޔަ ބުދަ ދުވަހު، އެ ހޮސްޕިޓަލުގައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. އެ ހޮސްޕިޓަލުން ކަށީގެ ޑަކްޓަރަށް ދެއްކުމުގެ ޚިދުމަތް، އެ ހޮސްޕިޓަލްގައި ހަމަޖެހިފައިވާ އުސޫލުތަކާއި އެއްގޮތަށް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. އެ...

ޔުމްނާ ޢަލީ
ނަރުދޫ ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި 📍 ށ. ނަރުދޫ

ނަރުދޫ ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ށ.ނަރުދޫ ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތް ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމުގެ އެގްރީމެންޓުގައި މިއަދު ވަނީ ސޮއި ކުރެވިފާކަމަށް ޕްލޭނިންގެ މިނިސްޓްރީން ހާމަކުރެއްވިއެވެ. މި މަސައްކަތަކީ ސަރުކާރުގެ ޕީ.އެސް.އައި.ޕީ 2021 ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢެެކެވެ. މި މަސައްކަތް ހަވާލުކުރެވިގެން ދިޔައީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޔަކާއެވެ. އެފަރާތުން ށ.ނަރުދޫ ސްކޫލުގެ 3 ބުރި އިމާރާތުގެ މަސައްކަތަށް ހުށަހަޅުއްވާފައިވަނީ 9,206,209.56 (ނުވަ މިލިއަން ދުއިސ...

އަޙްމަދު އަރުޝަމް
ކަނޑިިތީމުގައި ބެހެއްޓިފައި ހުރި ކުނިވަށިތައް އުކާލަދޭނެ ފަރާތެއް ހޯދަނީ 📍 ށ. ކަނޑިތީމު

ކަނޑިިތީމުގައި ބެހެއްޓިފައި ހުރި ކުނިވަށިތައް އުކާލަދޭނެ ފަރާތެއް ހޯދަނީ

ށ. ކަނޑިތީމުގައި ކުރިއަށް ގެންދާ “ކުނިވަށި” ޕްރޮގްރާމްގެ ދަށުން އެ ރަށުގެ އެކި ސަރަހައްދު ތަކުގައި ބެހެއްޓިފައި ހުރި ކުނިވަށިތައް ނަގާނެ ފަރާތެއް ހޯދަން ފަށައިފިއެވެ. ކަނޑިތީމު ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ވިދާޅުވީ އެ ރަށުގައި ބެހެއްޓިފައިވާ ކުނިވަށިތައް 6 މަސްދުވަހުގެ މުއްދަތަށް ނަގާ އުކައިދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ. އެ ރަށު ކައުންސިލްގެ އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން، އަގު ހުށަހަޅާ ފޯމް އެ އިދާރާއަށް ހުށަހެޅުމަ...

އަޙްމަދު އަރުޝަމް
މިލަންދޫގައި ޕެރަމެޑިކް އެންބިއުލާންސް ގެ ޚިދުމަތް ދޭން ފަށަނީ 📍 ށ. މިލަންދޫ

މިލަންދޫގައި ޕެރަމެޑިކް އެންބިއުލާންސް ގެ ޚިދުމަތް ދޭން ފަށަނީ

ށ. މިލަންދޫގައި ޕެރަމެޑިކް އެންބިއުލާންސް ގެ ޚިދުމަތް ދޭން ފަށަން ނިންމައިފިއެވެ. މިއަދު އެ މަރުކަޒުން އިއުލާނު ކުރިގޮތުގައި މިހިނގާ ޖުލައި މަހުގެ 7 ވަނަ ދުވަހުން ފެށިގެން އެ މަރުކަޒުން އިމަރޖެންސީ ބަލިމީހުންނާއި އަދި އެހެނިހެން ބަލިމީހުން އުފުލުމަށް ބޭނުންކުރަމުންދާނީ މި މަރުކަޒަށް އަލަށް ލިބިފައިވާ ޕެރަމެޑިކް އެންބިއުލާންސް އެވެ. މީގެ އިތުރުން އެ މަރުކަޒުން ހާމަކުރި ގޮތުގައި މި ވެހިކަލްއަކީ އުސްމިނުގައި 9 ފޫޓް ހުންނަ ވެހިކަލްއަކަށް ވުމުން މިލަންދޫ ބައެއް މަގުތަކުގައި ބޮޑެތި […]

އަޙްމަދު އަރުޝަމް
ޅައިމަގު ބަނދަރުގެ ހާބަ ބޭސިންގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެ 📍 ށ. ޅައިމަގު

ޅައިމަގު ބަނދަރުގެ ހާބަ ބޭސިންގެ 88 އިންސައްތަ މަސައްކަތް ނިމިއްޖެ

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އައު ހާބަރު ބޭސިން ފުންކުރުމުގެ 88 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް މޯލްޑިވްސްޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން 31,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 276 މީޓަރުގެސަރަޙައްދެއްގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. އަދި 500 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 1,380 އަކަ މީޓަރުގެ ސަރަހައ...

އަޙްމަދު ވަހީދު