މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ފޯކައިދޫ ކޮވިޑް ހާލަތު: އެކްޓިވް ކޭސް ތަކުގެ އަދަދު 80 އަށް 📍 ށ. ފޯކައިދޫ

ފޯކައިދޫ ކޮވިޑް ހާލަތު: އެކްޓިވް ކޭސް ތަކުގެ އަދަދު 80 އަށް

ށ. ފޯކައިދޫގައި ކޮވިޑް-19 އަށް ޕޮޒިޓީވްވެ، މިވަގުތު އެކްޓިވް ކޭސް ތަކުގެ އަދަދު 80 އަށް އަރައިފި އެވެ. އެ ރަށު ސިއްޙީ މަރުކަޒުން ރޭ އާންމުކުރި ގޮތުގައި މިމަހުގެ 2 ވަނަ ދުވަހު އެރަށުން ނެގުނު 43 ސާމްޕަލް ގެ ތެރެއިން 2 ފަރާތެއް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. މި 2 މީހުންނާއެކު އެރަށުގެ މިހާރު މި ބައްޔަށް ޕޮޒިޓިވް ވެފައި ތިބި މީހުންގެ އަދަދު މިވަނީ 80 އަށް އަަރާފައެވެ. މީގެ […]

އަޙްމަދު އަރުޝަމް
ފީވަކުގެ ހާލަތު ގޯސް، އިތުރު 20 މީހަކު ޕޮޒިޓިވްވެއްޖެ

ފީވަކުގެ ހާލަތު ގޯސް، އިތުރު 20 މީހަކު ޕޮޒިޓިވްވެއްޖެ

ށ. ފީވަކުން އިތުރު 20 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އެ ރަށު ސިއްޙީ މަރުކަޒުން އެންމެ ފަހުން އާންމު ކުރެއްވި މައުލޫމާތަށް ބަލާއިރު، އެ ރަށުން އޯގަސްޓް 2 ވަނަ ދުވަހު ވަނީ ކޯވިޑަށް ޓެސްޓް ކުރުމަށް 52 ސާމްޕަލެއް ނަގާފައެވެ. މީގެތެރެއިން 20 ސާމްޕަލެއް ޕޮޒިޓިވްވެފައިވާއިރު، 32 ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. މިވަގުތު ފީވަކުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 69 އެވެ. ފީވަކުން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކު، އިތުރު ފަރުވާއަށް ށ. ފުނަދޫގައި […]

ޙުސައިން ޝަހުދީ
ފީވަކުން އިތުރު 3 މީހަކު ޕޮޒިޓިވްވެއްޖެ

ފީވަކުން އިތުރު 3 މީހަކު ޕޮޒިޓިވްވެއްޖެ

ށ. ފީވަކުން އިތުރު 3 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މިހާރު ވަނީ މޮނިޓަރިންއަށް ލާފައެވެ. އެ ރަށު ސިއްޙީ މަރުކަޒުން އާންމު ކުރެއްވި ގޮތުގައި މިއަދު ޕޮޒިޓިވްވި 3 ސާމްޕަލް އަކީ މިމަހު 1 ވަނަ ދުވަހު ނެގުނު ސާމްޕަލް ތަކެއްކަމަށެވެ. އަދި ފީވަކުން ޕޮޒިޓިވްވި ފަރާތްތަކުގެ ތެރެއިން އެކަކު، އިތުރު […]

އަޙްމަދު އަރުޝަމް
ފީވަކުގެ އެކްޓިވް ކޭސްތަކުގެ އަދަދު 46 އަށް

ފީވަކުގެ އެކްޓިވް ކޭސްތަކުގެ އަދަދު 46 އަށް

ށ. ފީވަކުން ކޯވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އެކްޓިވް ކޭސްތަކުގެ ޖުމްލަ 46 އަކަށް އަރައިފިއެވެ. މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މިހާރު ވަނީ މޮނިޓަރިންއަށް ލާފައެވެ. އެރަށުން ޕޮޒިޓިވްވި ފަރާތްތަކުގެ ކޮންޓެކްޓުން ކަމަށް ބެލެވިގެން، އެ ފަރާތްތަކުގެ ސާމްޕަލްތަކާއި އެކު ފީވަކުން މިހާތަނަށް ޖުމްލަ 107 ސާމްޕަލްއެއް ވަނީ ނެގިފައެވެ. އޭގެ ތެރެއިން 46 މީހުން ޕޮޒިޓިވް ވިއިރު […]

އަޙްމަދު އަރުޝަމް
ފޯކައިދޫ ބަނދަރުގެ 41 އިންސައްތަ މަސައްކަތް ނިންމާލައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ބަނދަރުގެ 41 އިންސައްތަ މަސައްކަތް ނިންމާލައިފި

ށ. އަތޮޅު ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 41 އިންސައްތަ ނިންމާލައިފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މިއީ 52.7 މިލިއަން ރުފިޔާގެމަޝްރޫއެކެވެ. އެމްޓީސީސީން ބުނީ، މި މަޝްރޫއުގެ ދަށުން، ބޭރުތޮށިލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ވާކަމަށެވެ. ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 41 ޕަސެންޓް ނިމިއްޖެ. މި މަޝ...

އަޙްމަދު ވަހީދު
ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ނޫމަރާ ނެރުމައްޗަށް އުރިއްޖެ 📍 ށ. ނޫމަރާ

ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ނޫމަރާ ނެރުމައްޗަށް އުރިއްޖެ

ގިނަ އަދަދެއްގެ ޕެޓްރޯލާއި ޑީސެލް ބަރުކޮށްގެން ދަތުރުކުރި ބާޖެއް ށ. ނޫމަރާގެ ހުޅަނގު ފަރާތު ނެރުމައްޗަށް އުރިއްޖެއެވެ. މިއީ އެފްއެސްއެމްގެ “މެކުނު” ނަމަކަށް ކިޔާ ތެޔޮ އުފުލާ ބާޖެވެ. މި ބާޖުގައި 5 ފަޅުވެރިން އެބަތިއްބެވެ. މި ބާޖު ފަރަށްއެރީ ށ. ފޯކައިދޫ އިން ފުރައިގެން ހދ. ނޭކުރެންދޫއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އެމްއެންޑީއެފް އިން ވިދާޅުވީ، ގިނަ އަދަދެއްގެ ޕެޓްރޯލް އަދި ޑީސެލް ބަރުކޮށްގެން ދަތުރުކުރި މި ތެޔޮ ބާޖު ނޫމަރާގެ ހުޅަނގު ފަރާތު ނެރުމައްޗަށް އުރިގެން […]

ޔުމްނާ ޢަލީ
ފީވަކަށް އިތުރު ހާސްކަން، އިތުރު 19 މީހަކު ޕޮޒިޓިވްވެއްޖެ

ފީވަކަށް އިތުރު ހާސްކަން، އިތުރު 19 މީހަކު ޕޮޒިޓިވްވެއްޖެ

ށ. ފީވަކުން އިތުރު 19 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެއްޖެއެވެ. ފީވަކު ކައުންސިލް ރައީސް ޢަލީ ރަޝީދު “ތިލަދުން”އަށް ވިދާޅުވީ، އެރަށުން އިތުރު 19 މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަލަށް ޕޮޒިޓިވްވި އެންމެންނަކީ ވެސް ކުރިން ޕޮޒިޓިވްވި މީހުންނާއި، ސީދާ ބައްދަލުވި މީހުންކަމަށް އޭނާ ވިދާޅުވިއެވެ. “މިހާރު ވެސް މިދަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތުގެ އިތުރުން ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ކުރަމުން، އަލާމާތް ފެނިގެން އަމިއްލައަށް ވެސް ސާމްޕަލް ނަގަން ބޭނުންވެގެން އެބަ ރިކުއެސްޓް […]

ޙުސައިން ޝަހުދީ
ފީވަކުން ނެގި 3 ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވެއްޖެ

ފީވަކުން ނެގި 3 ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވެއްޖެ

ށ. ފީވަކުން ރޭ ނެގުުނު 3 ރޭންޑަމް ސާމްޕަލް ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިކަމާ ގުޅިގެން އެ ރަށު ކައުންސިލުން ވަނީ މިއަދުން ފެށިގެން އެ ރަށުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލުމަށް ނިންމާފައެވެ. އަދި ކެފޭ ރެސްޓޯރެންޓް ހޮޓާ ފަދަ ތަންތަނުން ޚިދުމަތް ދިނުން ހުއްޓާލުމަށްވެސް އެ ކައުންސިލުން ވަނީ އަންގާފައެވެ. މީހުން އެއްވެ އުޅޭ އެއްވެސް ހަރަކާތެއް މިދުވަސްވަރު ނުހިންގުމަށް އަންގާފާވާއިރު، ރޯގާ އަދި ހުމުގެ އަލާމާތެއް ހުރި ފަރާތްތަކުން ގޭގައި މަޑުކޮށްދެއްވުމަށް ފީވަކު […]

އަޙްމަދު އަރުޝަމް
ތިލަދުންމަތީ ބިލެތްފަހި ބަނދަރުގެ އެއްގަމު ތޮށިލާން ބޭނުންވާ ކޮންކްރީޓް ގާ އެތެރެކުރަން ފަށައިފި 📍 ށ. ބިލެތްފަހި

ތިލަދުންމަތީ ބިލެތްފަހި ބަނދަރުގެ އެއްގަމު ތޮށިލާން ބޭނުންވާ ކޮންކްރީޓް ގާ އެތެރެކުރަން ފަށައިފި

ށ. ބިލެތްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ) އިން ބުނިގޮތުގައި މި މަސައްކަތް ފެށީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން އައު ހާބާ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރުވަނީ ނިމިފައެވެ. ށ. ބިލެއްފަހި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް 27 ޖުލައި 2021 […]

އަޙްމަދު ވަހީދު
އާޒިމް ބިލެތްފަހީގެ ބަނދަރުގެ މަސައްކަތް ބައްލަވާލައްވައިފި 📍 ށ. ބިލެތްފަހި

އާޒިމް ބިލެތްފަހީގެ ބަނދަރުގެ މަސައްކަތް ބައްލަވާލައްވައިފި

ށ. ބިލެތްފަހީގެ ބަނދަރުގެ މަސައްކަތ ކުރިއަށްދާގޮތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފި އެވެ. މި މަޝްރޫއުގެ ދަށުން މިއަދު ވަނީ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތައް އިންސްޓޯލްކޮށްފަ އެވެ. ބިލެތްފަހި ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން މ24،125 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،150 އަކަ...

އަޙްމަދު ވަހީދު
ފޯކައިދޫން ކޮވިޑަށް ޕޮޒިޓިވްވި އަދަދު 117 އަށް 📍 ށ. ފޯކައިދޫ

ފޯކައިދޫން ކޮވިޑަށް ޕޮޒިޓިވްވި އަދަދު 117 އަށް

ށ. ފޯކައިދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 117 އަށް އަރައިފި އެވެ. މި މަހުގެ 12 ވަނަ ދުވަހު އަލާމާތް ހުރެގެން ޓެސްޓުހެދި ފޯކައިދޫގެ 61 އަހަރުގެ އަންހެނަކު ޕޮޒިޓިވްވުމާއި ގުޅިގެން ކުރިއަށް ގެންދާ ކޮންޓް ޓްރޭސިންއިން އިތުރު 10 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ފޯކައިދޫ ކައުންސިލުން މިއަދު ވިދާޅުވިއެވެ. އިތުރު ފަރުވާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗް) އަށް ގެންދެވުނު މި އަންހެންމީހާ ޕޮޒިޓިވް ވީ ކޭއާރްއެޗްގެ އިމެޖެންސީ ރޫމް (އީއާރް) […]

އަޙްމަދު އަރުޝަމް
ނަރުދޫ އ.ތ.މ ކޮމެޓީގެ ފަރާތުން އެރަށުގެ އުމުރުން ދުވަސްވީ މީހުންނަށް ޢީދު ހަދިޔާ ބަހައިފި 📍 ށ. ނަރުދޫ

ނަރުދޫ އ.ތ.މ ކޮމެޓީގެ ފަރާތުން އެރަށުގެ އުމުރުން ދުވަސްވީ މީހުންނަށް ޢީދު ހަދިޔާ ބަހައިފި

ށ.ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގެ އުމުރުން ދުވަސްވީ ފަރާތްތަކަށް ޢީދު ހަދިޔާ ބަހައިފިއެވެ. ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން 20 ޖުލައި 2021 ވީ އަންގާރަ ދުވަހު (އަޟްޙާ ޢީދު ދުވަހު) ޢީދު ނަމާދަށްފަހު އެ ރަށުގައި ދިރިއުޅޭ އުމުރުން ފަސްދޮޅަސް ފަސް އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވަނީ ޢީދު ހަދިޔާ ޕެކޭޖެއް އަރުވާފައެވެ. ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން އެ ކޮމެޓީގެ ރައީސާ މަރިޔަމް ރަޝީދާ […]

އިބްރާހިމް ޚަލީލް
ފޭދޫ ކައުންސިލްގެ ޢީދު ހަދިޔާ އެނދުމަތި ކުރެވިފައިވާ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް 📍 ށ. ފޭދޫ

ފޭދޫ ކައުންސިލްގެ ޢީދު ހަދިޔާ އެނދުމަތި ކުރެވިފައިވާ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް

ށ. ފޭދޫ ކައުންސިލްގެ ފަރާތުން އެރަށުގައި އެނދުމަތި ކުރެވިފައިވާ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޢީދު ހަދިޔާ ބަހައިފިއެވެ. މިގޮތުން މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އިއްޔެއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިޝަމް “ތިލަދުން”އަށް ވިދާޅުވީ، އެރަށުގައި އެނދުމަތި ކުރެވިފައިވާ މީހުންނަށާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުން ހިމެނޭހެން 27 ފަރާތަކަށް އިއްޔެ ކައުންސިލްގެ ފަރާތުން ޢީދު ހަދިޔާ ބަހާފައިވާ ކަމަށެވެ. މީގެއިތުރުން ފޭދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ...

ޔުމްނާ ޢަލީ
ނަރުދޫ ކުލަބް ރެނެއަސަންސްގެ ޢީދު ހަދިޔާ، ރަށުގެ ކޮންމެ ގެޔަކަށް ކުކުޅެއް 📍 ށ. ނަރުދޫ

ނަރުދޫ ކުލަބް ރެނެއަސަންސްގެ ޢީދު ހަދިޔާ، ރަށުގެ ކޮންމެ ގެޔަކަށް ކުކުޅެއް

ށ.ނަރުދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލަބެއް ކަމުގައިވާ ކުލަބް ރެނެއަސަންސްގެ ފަރާތުން އެ ރަށުގެ ގޭބިސީތަކަށް އަޟްހާ ޢީދުގެ މުނާސަބަތުގައި ޢީދު ހަދިޔާ ބަހައިފިއެވެ. އެ ކުލަބުގެ ފަރާތުން އެ ރަށު ކޮންމެ ގެއަކަށް ޢީދު ހަދިޔާގެ ގޮތުގައި ވަނީ ކުކުޅެއް ހަދިޔާ ކޮށްފައެވެ. އެ ކުލަނުގެ މެމްބަރުން ނުކުމެ މިއަދު ހެނދުނު ހުރިހާ ގޭބިސީތަކަށް ހަދިޔާ ބަހާ ނިންމާފައިވާއިރު، އެ ކުލަބުން ބުނެފައި ވަނީ ކޮންމެ ގޭބިސީއަކަށް ކުކުޅެއް ހަދިޔާކުރީ ޢީދު ދުވަހުގެ މެންދުރުގެ […]

އިބްރާހިމް ޚަލީލް
ފީވަކު އ.ތ.މ ކޮމެޓީން އެރަށުގެ ގޭބިސީތަކަށް ޢީދުހަދިޔާ ބަހައިފި

ފީވަކު އ.ތ.މ ކޮމެޓީން އެރަށުގެ ގޭބިސީތަކަށް ޢީދުހަދިޔާ ބަހައިފި

ށ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގެ ގޭބިސީތަކަށް ޢީދު ހަދިޔާ ބަހައިފިއެވެ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން 19 ޖުލައި 2021 ވީ ހޯމަ ދުވަހު ހަވީރު ވަނީ އެ ރަށުގައި މީހުން ދިރިއުޅޭ ހުރިހާ ގޭބިސީއެއްގެ އިތުރުން، އެ ރަށުގެ އޮޑިދޯނިފަހަރުގައި އުޅޭ ފަރާތްތަކަށް ވެސް މި ހަދިޔާ ބަހާފައެވެ. މި ހަދިޔާތައް ބެހުމުގެ އަމަލީ މަސައްކަތް ކޮށްފައި ވަނީ ވެސް ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ […]

އިބްރާހިމް ޚަލީލް