މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ށ. އަތޮޅު ހޮސްޕިޓަލްގެ "ސްޓާފް ހެލްތު ޗެލެންޖް" ފަށަނީ

ށ. އަތޮޅު ހޮސްޕިޓަލްގެ "ސްޓާފް ހެލްތު ޗެލެންޖް" ފަށަނީ

“ސްޓާފް ހެލްތު ޗެލެންޖް” ގެ ނަމުގައި ށ. އަތޮޅު ހޮސްޕިޓަލުން ހަރަކާތެއް ފަށަން ނިންމައިފި އެވެ. މި ހަރަކާތަކީ “ކެންސަރ އެވެއަރނެސް” މަސް ކަމަށްވާ އަންނަ އޮކްޓޯބަރު މަހާ ދިމާކޮށް އެ ހޮސްޕިޓަލުން ފަށަން ހަމަޖެހިފާވާ ހަރަކާތެކެވެ. ށ. އަތޮޅު ހޮސްޕިޓަލުން އާންމުކުރެއްވި ގޮތުގައި “ސްޓާފް ހެލްތު ޗެލެންޖް” ގެ ފުރަތަމަ ސީޒަން އަމާޒުކުރެވިފާވަނީ އެ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ކަމަށެވެ. އެގޮތުން، މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ ހަފްތާއެކު 5 ދުވަހު 30 މިނަޓު ހިނގުން ނުވަތަ […]

އަޙްމަދު އަރުޝަމް
ފުނަދޫ ފްލޫ ކްލިނިކަށް ދެއްކި 3 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވެއްޖެ 📍 ށ. ފުނަދޫ

ފުނަދޫ ފްލޫ ކްލިނިކަށް ދެއްކި 3 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވެއްޖެ

ށ. ފުނަދޫ ފްލޫ ކްލިނިކަށްދެއްކި 3 އަހަރުގެ ކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެއީ ބަލީގެ އަލާމާތްތައް ހުރެގެން ފުނަދޫ ފްލޫ ކްލިނިކަށް ދެއްކި ކުއްޖެކެވެ. އެ ކުއްޖާ ޕޮޒިޓިވްކަން އިނގުނީ އިއްޔެއެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު “ތިލަދުން”އަށް ވިދާޅުވީ، އެރަށު ފްލޫ ކްލިނިކަށް ދެއްކި 3 އަހަރުގެ ކުއްޖަކު ޕޮޒިޓިވްވުމުން، އެ ކޭހާއި ގުޅިގެން 17 މީހަކު ކަރަންޓީނު ކުރެވިފައިވާކަމަށެވެ. “އެ މީހުންގެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބޭ، މިއަދު ވެސް ސާމްޕަލްތަކެއް އެބަ ނަގާ” […]

ޙުސައިން ޝަހުދީ
ކޮމަންޑޫގަައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް، މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވާނެ ގޮތުގެ މަޢުލޫމާތު ދީފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫގަައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް، މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވާނެ ގޮތުގެ މަޢުލޫމާތު ދީފި

ށ. ކޮމަންޑޫގައި ދިރިއުޅޭ ވާހަކަދެއްކުމާއި އަޑުއިވުމަށް ނުކުޅެދިފައިވާ ކުދިންނާއި މީހުން، މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވާނެ ގޮތުގެ މަޢުލޫމާތުދީ ހޭލުންތެރިކުރުވުމަށް ޕްރޮގްރާމެއް އެ ރަށު ފުލުހުން ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގަރާމް ކުރިއަށް ގެންގޮސްފައިވަނީ ށ. އަތޮޅު ތައުލީމީ މަރުކަޒުގެ ސެން ޓީޗަރު މެދުވެރިކޮށްށެވެ. އިއްޔެ ކުރިއަށް ދިޔަ މި ޕްރޮގްރާމުގައި އިންޓަނެޓު މެދުވެރިކޮށް ހިންގާ ކުށްތަކަކީ ކޮބައިކަމާއި އެފަދަ ކަންކަމުން ރައްކާތެރިވުމަށް މައުލޫމާތު ދެވިފާވާކަމަށް ފުލުހުން ވިދ...

އަޙްމަދު އަރުޝަމް
މަހަކަށް ވުރެ ގިނަ ދުވަސްފަހުން ފީވައް އާންމު ހާލަތަށް ގެނެސްފި

މަހަކަށް ވުރެ ގިނަ ދުވަސްފަހުން ފީވައް އާންމު ހާލަތަށް ގެނެސްފި

އެއްމަހާއި 5 ދުވަސްފަހުން ށ. ފީވައް އާންމު ހާލަތަށް ގެނެސްފިއެވެ. މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހު ފީވަކުން ނެގުނު ރެންޑަމް ސާމްޕަލްތަކުން 3 ސާމްޕަލްއެއް ޕޮޒިޓިވް ވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ޖުލައި 29 ވަނަ ދުވަހުގެ 12:40 ގައި އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. ކޯވިޑްގެ ސަބަބުން އެރަށް މޮނިޓަރިންގެ ހާލަތުގައި އޮތުމަށްފަހު އެޗްޕީއޭއިން ވަނީ މިއަދު 13:18 ގައި އެރަށް މޮނިޓަރިންގައި އޮތް އޮތުން އުވާލާފައެވެ. […]

އަޙްމަދު އަރުޝަމް
މިލަންދޫން ޕޮޒިޓިވްވި މީހުންގެ އަދަދު 31 އަށް

މިލަންދޫން ޕޮޒިޓިވްވި މީހުންގެ އަދަދު 31 އަށް

ށ. މިލަންދޫއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 31 އަށް އަރައިފިއެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދު ﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، އެރަށުން އަލަށް ޕޮޒިޓިވްވި ހުރިހާ މީހުންނަކީ ވެސް 26 އޯގަސްޓް ކްލަސްޓާއާއި ގުޅުން ހުރި މީން ކަމަށެވެ. “ގިނައިން ޕޮޒިޓިވްވެފައި ވަނީ ސްކޫލް ދަރިވަރު ” އާތިފް ވިދާޅުވިއެވެ. މިމަހުގެ 26 ވަނަ ދުވަހު ވަނީ ބަލީގެ އަލާމާތް ހުރެގެން މިލަންދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި 4 މީހަކު ޕޮޒިޓިވްވެފައެވެ. އެއީ […]

ޔުމްނާ ޢަލީ
ކަނޑިތީމު ސްކޫލް ދަރިވަރަކު ޕޮޒިޓިވްވެއްޖެ 📍 ށ. ކަނޑިތީމު

ކަނޑިތީމު ސްކޫލް ދަރިވަރަކު ޕޮޒިޓިވްވެއްޖެ

ށ. ކަނޑިތީމު ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި އެރަށު ސްކޫލްގެ ދަރިވަރެއް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. ކަނޑިތީމު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ މުޙައްމަދު ފަހުމީ “ތިލަދުން”އަށް ވިދާޅުވީ، ބަލީގެ އަލާމާތްތައް ހުރެގެން އެ މަރުކަޒުގެ ފްލޫ ކްލިނިކަށް ދެއްކި ކުއްޖަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެކުއްޖާއަކީ ސްކޫލް ދަރިވަރެއް ކަމަށް ވެސް ފަހީމް ވިދާޅުވިއެވެ. “މި ކުއްޖާ ޕޮޒިޓިވްވިކަން އެނގުނީ މިރޭ، އަޅުގަނޑުމެން މިހާރު މިދަނީ މި ކޭހާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަ...

ޙުސައިން ޝަހުދީ
ފްލޫ ކްލިނިކަށް ދެއްކި 4 މީހަކު ޕޮޒިޓިވްވެ މިލަންދޫ މޮނިޓަރިންނަށް 📍 ށ. މިލަންދޫ

ފްލޫ ކްލިނިކަށް ދެއްކި 4 މީހަކު ޕޮޒިޓިވްވެ މިލަންދޫ މޮނިޓަރިންނަށް

ށ. މިލަންދޫ ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި 4 މީހަކު ޕޮޒިޓިވްވެ އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށް މޮނިޓަރިންނަށް ލާފައި ވަނީ މިރޭ 18:52 އިން ފެށިގެންނެވެ. މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް “ތިލަދުން”އަށް ވިދާޅުވީ، އެރަށުން ޕޮޒިޓިވްވީ ބަލީގެ އަލާމާތް ހުރެގެން ސިއްހީ މަރުކަޒު ފްލޫ ކްލިނިކަށް ދެއްކި ބައެއްގެ ސާމްޕަލްތަކުގެ ތެރެއިން 4 ސާމްޕަލެއް ކަމަށެވެ. “ޕޮޒިޓިވްވީ ބޮޑު މީހަކާއި ތިން ކުޑަ ކުދިން، […]

ޙުސައިން ޝަހުދީ
ފޯކައިދޫން މީހަކު ޕޮޒިޓިވްވެއްޖެ 📍 ށ. ފޯކައިދޫ

ފޯކައިދޫން މީހަކު ޕޮޒިޓިވްވެއްޖެ

ކޯވިޑްގެ ސަބަބުން މޮނިޓަރިންގެ ހާލަތުގައި އޮތުމަށްފަހު އާންމު ހާލަތަށް ގެނައިތާ 14 ދުވަސް ފަހުން ށ. ފޯކައިދޫން މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ. ކޯވިޑްގެ ސަބަބުން ކުރީފަހަރު އެރަށް 30 ދުވަސް ވަންދެން މޮނިޓަރިން ހާލަތުގައި އޮތެވެ. އިއްޔެ އެރަށުން ކޯވިޑް ކޭހެއް ފެނިފައިވާކަން ހާމަކުރައްވައި ފޯކައިދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، ކޯވިޑްގެ އަލާމާތް ފެނިގެން ޓެސްޓް ކުރި މީހަކު އެރަށުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެމީހާއަކީ މިދިޔަ އަންގާރަ ދުވަހު މާލެއިން އެރަށަށް ހޯމް ކަރަންޓީނަށް އައިސްހުރި މީހެއް [...

ޔުމްނާ ޢަލީ
ރައްޔިތުން އިތުރަށް ސަމާލުވޭ: ފީވަކު ކައުންސިލް

ރައްޔިތުން އިތުރަށް ސަމާލުވޭ: ފީވަކު ކައުންސިލް

ށ. ފީވަކުން އިތުރު ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވުމާއެކު އެރަށު ރައްޔިތުން އިތުރަށް ސަމާލުވުމަށް ފީވަކު ކައުންސިލުން އެދެފިއެވެ. ފީވަކު ކައުންސިލުން ވިދާޅުވީ، މިމަހު 24 ވަނަ ދުވަހު އެރަށުން ނެގި ސާމްޕަލްތަކުން އަލަށް 2 މީހަކު ޕޮޒިޓިވްވެފައިވާތީ، ރައްޔިތުން އިތުރަށް ސަމާލުކަން ދިނުމަށް އެދޭކަމަށެވެ. “ސަބަބަކީ މި 2 މީހުންގެ ތެރޭގައި ބިދޭސީއެއް ހިމެނޭތީއެވެ. ބިދޭސީންނަކީ ގޭގެއަށް ގޮސް މަސައްކަތުގައި އުޅޭ ފަރާތްތަކަކަށްވާތީ، ރައްޔިތުން ސަމާލުވުމަށް ދަންނަވަން” ފީވަކު ކައުންސިލުން ވިދާޅުވެފ...

ޔުމްނާ ޢަލީ
ފީވަކުން ކޯވިޑް ޖެހުނު މީހުންގެ 79 އިންސައްތަ މީހުން ބަލިން ރަނގަޅުވެއްޖެ

ފީވަކުން ކޯވިޑް ޖެހުނު މީހުންގެ 79 އިންސައްތަ މީހުން ބަލިން ރަނގަޅުވެއްޖެ

ށ. ފީވަކުން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 79 އިންސައްތަ މީހުން ބަލިން ރަނގަޅުވެއްޖެއެވެ. އެރަށުގެ ކޯވިޑްގެ ހާލަތު ބަޔާންކޮށް، ފީވަކު ސިއްހީ މަރުކަޒުން އެންމެފަހުން އާންމު ކުރެއްވި މައުލޫމާތުގައިވާ ގޮތުން އޯގަސްޓް 20،21 އަދި 22 ވަނަ ދުވަހު އެރަށުން ނެގި 69 ސާމްޕަލްގެ ތެރެއިން އެއް ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ. މިވަގުތު ވެސް އެރަށުގައި ބަލި ޖެހިފައިވާ 28 މީހަކު އެބަތިއްބެވެ. އަދި 106 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން އެރަށުން ބަލިޖެހުނު […]

ޙުސައިން ޝަހުދީ
ށ. ފޭދޫ ބާ ސްކޫލް އިމާރާތުގައި ރޯވެ އަނދަނީ 📍 ށ. ފޭދޫ

ށ. ފޭދޫ ބާ ސްކޫލް އިމާރާތުގައި ރޯވެ އަނދަނީ

ށ. ފޭދޫ ބާ ސްކޫލް އިމާރާތުގައި ރޯވެ އަނދަމުން އެބަދެއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިޝަމް “ތިލަދުން”އަށް ވިދާޅުވީ، އެ އިމާރާތުގައި ބަޔަކު ނުވަތަ މީހަކު ގަސްތުގައި ރޯކޮށްލީ ކަމަށް ބެލެވޭ ކަމަށެވެ. އެ ހާދިސާ ހިނގާފައި ވަނީ މިރޭ ގާތް ގަނޑަކަށް 10 ޖަހާކަށް ހާއިރު ކަމަށް ވެސް ރައިޝަމް ލަފާ ކުރައްވައެވެ. “މިތަނުގައި މީހަކު ނޫނީ ބަޔަކު ގަސްތުގައި ރޯކޮށްލައިގެން ނޫނީ އަލިފާން ރޯވާނެ ގޮތެއް ނޯންނާނެ” ރައިޝަމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ […]

ޙުސައިން ޝަހުދީ
ށ. އަތޮޅުގެ 3 ރަށެއްގައި ހީލަތުގެ މައްސަލަތަކަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ށ. އަތޮޅުގެ 3 ރަށެއްގައި ހީލަތުގެ މައްސަލަތަކަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ށ. އަތޮޅުގެ 3 ރަށެއްގައި މަކަރާއި ހީލަތުގެ މައްސަލަތަކަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި އެވެ. މި ޕްރޮގްރާމަކީ މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީވެ ވިޔަވާރިވެރިންނާއި ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ފާއިތުވި ހަފްތާގައި ށ. ފުނަދޫ، ށ. ކަނޑިތީމު އަދި ށ. ފޯކައިދޫ ގައި އެ ރަށްތަކުގެ ފުލުހުން ހިންގި މި ޕްރޮގްރާމުގައި މީހުން ދިރިއުޅޭ ހުރިހާ ގޭބިސީތަކާއި ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ވަ...

އަޙްމަދު އަރުޝަމް
ކޮމަންޑޫ ބަނދަރު ސަރަހައްދުގައި ވަޅުފެން ބޫތުތަކެއް އަޅަނީ 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ބަނދަރު ސަރަހައްދުގައި ވަޅުފެން ބޫތުތަކެއް އަޅަނީ

ށ. ކޮމަންޑޫ ބަނދަރު ސަރަހައްދުގައި ވަޅުފެން ބޫތު ތަކެއް އަޅަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ. ކޮމަންޑޫ ކައުންސިލުން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވީ މަސްވެރިންނާއި ދަތުރުވެރިންނަށް ފަސޭހަކަމާއިއެކު އުޅަނދު ފަހަރަށް ފެން ފޯރުކޮށް ދިނުމުގެ ގޮތުން ރަށުގެ ބަނދަރު ސަރަހައްދުގައި 8 ވަޅުފެން ބޫތު ހެދުމަށް ބޭނުންވާކަމަށެވެ. މި މަސައްކަތް ދޫކުރުމަށް ހަމަޖެހިފާ ވަނީ އެސްޓިމޭޓަށެވެ. އަދި މަސައްކަތާ ހަވާލުވުމަށް ޝައުގުވެރިވާ ފަރާތްތަކުން ކަންކުރަންވީ ގޮތްވެސް ކައުންސިލްގެ އިއުލާނުގައި ވަނީ ހާމ...

އަޙްމަދު އަރުޝަމް
ފުނަދޫ ތުނޑި ސާފުކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ ތުނޑި ސާފުކޮށްފި

ށ. ފުނަދޫ ތުނޑި ސާފުކޮށްފިއެވެ. ފުނަދޫ ތުނޑި ސާފުކުރުމުގެ ހަރަކާތަކީ މިއަހަރުގެ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން އެރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި އެރަށުގައި ހިންގާ ޖަމިއަޔާތައް ގުޅިގެން ބޭއްވުނު ހަރަކާތެކެވެ. ސާފުކުރުމުގެ މިހަރަކާތުގެ އިތުރުން އެރަށުގައި އިއްޔެވަނީ ތަފާތު އެކިކަހަލަ ކުޅިވަރު ހަރަކާތްތައްވެސް ކުރިއަށް ގެންދެވިފައެވެ. އޭގެތެރޭގައި، ވާދެމުމާއި ވޮލީ ބޯޅަ އަދި ބައިތު ބާޒީ ފަދަ ފޯރިގަދަ ހަރަކާތްތައް ކުރިއަށް ގެންދެވުނެވެ. މި ހަރަކާތްތަކުގައި އ...

އަޙްމަދު އަރުޝަމް
ފީވަކުން އަލަށް 3 މީހަކު ޕޮޒިޓިވްވެ، އިތުރު 6 މީހަކު ބަލިން ރަނގަޅުވެއްޖެ

ފީވަކުން އަލަށް 3 މީހަކު ޕޮޒިޓިވްވެ، އިތުރު 6 މީހަކު ބަލިން ރަނގަޅުވެއްޖެ

ށ. ފީވަކުން އިތުރު 3 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އިތުރު 6 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ. އަލަށް ޕޮޒިޓިވްވި މީހުންނަކީ މިމަހުގެ 18 އަދި 19 ވަނަ ދުވަހު ނެގުނު 28 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވި 3 މީހުންނެވެ. ބާކީ ސާމްޕަލްތައް ވަނީ ނެގެޓިވްވެފައެވެ. މިވަގުތު ވެސް އެރަށުގައި ބަލި ޖެހިފައިވާ 43 މީހަކު އެބަތިއްބެވެ. އަދި 90 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެރަށުން މިހާތަނަށް ފެނުނު ޕޮޒިޓިވް ކޭސްތަކުގެ އަދަދަކީ 133 އެވެ. […]

ޙުސައިން ޝަހުދީ