މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
މިލަންދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފި 📍 ށ. މިލަންދޫ

މިލަންދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ށ. މިލަންދޫ ފުލުހުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިތުރުން ކައުންސިލުން ގުޅިގެން އެރަށުގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ. ރޭގައި ބޭއްވުނު މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިލަންދޫ ޕޮލިސް ސްޓޭޝަންގެ ސަބް އިންސްޕެކްޓަރ އަހްމަދު ސަލީމެވެ. “ތިލަދުން”އަށް މައުލޫމާތު ދެއްވަމުން އެރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ އައިޝަތު ހަނިއްޔާ ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ އެންމެ ބޮޑު...

އައިޝަތު ނަސާޔާ
ފީވަކުގައި ހެޔޮއެދޭ ފަރާތަކުން ބިނާކޮށްދޭ މިސްކިތުގެ ބިންގާ އަޅައިފި

ފީވަކުގައި ހެޔޮއެދޭ ފަރާތަކުން ބިނާކޮށްދޭ މިސްކިތުގެ ބިންގާ އަޅައިފި

ށ. ފީވަކުގައި ހެޔޮއެދޭ ފަރާތަކުން ބިނާކޮށްދޭން ނިންމައިފައިވާ މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ. މަސްޖިދުލް އަލީ ޔޫސުފްގެ ނަމުގައި ބިނާކުރާ މި މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރެވެ. މި ރަސްމިއްޔާތުގައި ފީވަކުގެ ގިނަ ޢަދަދެއްގެ ޢާންމު ރައްޔިތުން ބައިވެރިވެ ވެފައިވާއިރު، މި ރަސްމިއްޔާތުގެ ތެރެއިން ހެޔޮއެދޭ ފަރާތްތަކަކުން ވަނީ މިސްކިތް ބިނާކުރުމުގައި ޙަރަކާތްތެރިވާ ޓީމަށާއި ރަސްމިއްޔާތައް ވަޑައިގެންނެވި ފަރާތްތަކަށް ޙާއްސަ ސައިފޮދެއްވެސް އަރުވާފައެވެ. ދެ ޖިންސްގެ މީހުންނަ...

ޙުސައިން ޝަހުދީ
ފުނަދޫ އާންމު ހާލަތަށް ގެނެސްފި 📍 ށ. ފުނަދޫ

ފުނަދޫ އާންމު ހާލަތަށް ގެނެސްފި

ކޯވިޑް-19ގެ ސަބަބުން އަރާފޭބުން މަނާކޮށްފައި އޮތް ށ. ފުނަދޫ އާންމު ހާލަށް މިއަދު ގެނެސްފިއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ފުނަދޫ މޮނިޓަރިން ހާލަތަށް ގެނެއީ، އެރަށުގައި ހޯމްކަރަންޓީނުގައި ހުރި މީހެއް ކަރަންޓީން ފުރިހަމަކޮށް ނެގި ސާމްޕަލް މިދިޔަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ޕޮޒިޓިވްވުމުން، އެ ކޭހާއި ގުޅިގެން އިތުރު ކޭސްތައް ފެންނާތީ އޮކްޓޯބަރު 24 ވަނަ ދުވަހު އެވެ. 22 އޮކްޓޯބަރު ކޭހާއިގުޅިގެން އިތުރުވަމުން އައި ކޭސްތަކާއެކު ފުނަދޫގެ 50 ގޭބިސީ […]

ޔުމްނާ ޢަލީ
ކޮމަންޑޫ ސިއްހީ މަރުކަޒުގެ އެންސީޑީ ކްލިނިކްގެ ހިދުމަތް އަލުން ފަށައިފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ސިއްހީ މަރުކަޒުގެ އެންސީޑީ ކްލިނިކްގެ ހިދުމަތް އަލުން ފަށައިފި

ށ. ކޮމަންޑޫ ސިއްހީ މަރުކަޒުގެ އެންސީޑީ ކްލިނިކްގެ ހިދުމަތް މެދު ކެނޑުމަށްފަހު އަލުން ފަށައިފިއެވެ. ކޮމަންޑޫ ސިއްހީ މަރުކަޒުން މައުލޫމާތު ދެއްވާގޮތުގައި ގައިންގަޔަށް ނާރާ ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ހާއްސަކޮށް ޚިދުމަތް ދެމުންދާ މި ކްލިނިކްގެ ހުޅުވިފައިވައި ހުންނާނީ ކޮންމެ މަހެއްގެ 5 ވަނަ ދުވަހު ހެނދުނު 09:00 އިން 11:00 އަށެވެ. އަދި 5 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހަކާއި ދިމާވާނަމަ ޖެހިގެން އަންނަ ރަސްމީ ދުވަހު ޚިދުމަތް ލިބިގެންދާނެ ކަމަށް އެކްލިނިކް ވަނީ […]

އައިޝަތު ނަސާޔާ
ކުކުޅަކާއި ވެލައެއްގެ މިސާލާއެކު މި ސަރުކާރުގެ ހިތްވަރު ރިޟާގެ ދުލުން! 📍 ށ. މިލަންދޫ

ކުކުޅަކާއި ވެލައެއްގެ މިސާލާއެކު މި ސަރުކާރުގެ ހިތްވަރު ރިޟާގެ ދުލުން!

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައި ދައުލަތުގެ ބަޖެޓުން ފެނިގެން ދަނީ މި ސަރުކާރުގެ ހިތްވަރާއި، ބުންވަރުކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ޢަލީ ރިޟާ ވިދާޅުވީ، ބަޖެޓް ފޮތް އެއްކޮޅުން އަނެއްކޮޅަށް ކިޔާލުމުން ބަޖެޓް ފޮތުގެ ބަނޑޭރި ގަނޑުގައި ހުރި ލިޔުމާއި، ތަސްވީރުތަކާއި ބަޖެޓްގައި ހުރި އެއްޗަކާ ގުޅިލާމެހިފައިވާތަން ފެނިގެން ދިޔަ ކަމަށެވެ. ބެޖެޓް ފޮތުގެ ބޭރުގަނޑުގައި އޮތް ބަހުރުވާއި، ކުރެހުންތަކާއި، ތަސްވީރުތައް ބަޖެޓްގައި ލ...

ތިލަދުން
މިލަންދޫގައި ނަރުދަމާއާއި ފެން ނުގުޅި ހުރިހާ ތަނަކަށް ކަނެކްޝަން އެޅުމަށް ހަވާލުކޮށްފި 📍 ށ. މިލަންދޫ

މިލަންދޫގައި ނަރުދަމާއާއި ފެން ނުގުޅި ހުރިހާ ތަނަކަށް ކަނެކްޝަން އެޅުމަށް ހަވާލުކޮށްފި

ށ. މިލަންދޫގައި ނަރުދަމާ އަދި ފެނުގެ ހިދުމަތް މިހާރު ނުދެވިހުރި ހުރިހާ ތަނަކަށް ހައުސް ކަނެކްޝަން އެޅުމަށް ކޮންޓުރެކްޓްގައި ސޮއިކޮށްފި އެވެ. މި މަސައްކަތުގެ ދަށުން 330 ގެ އަކަށް ނަރުދަމާ އެޅުމަށާއި 290 ގެއަކަށް ފެން ގުޅުމަށްވަނީ ހަމަޖެހިފަ އެވެ. މިއީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ އިން ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްގެން ހިންގާ ޕްރޮޖެކްޓް އެކެވެ. އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ އެއީ މިލަންދޫ ގެ […]

އިބްރާހިމް އަސްވާޤް
ބިލެތްފަހި ސްކޫލްގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްދިން މިސްކިތް ހުޅުވައިފި 📍 ށ. ބިލެތްފަހި

ބިލެތްފަހި ސްކޫލްގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްދިން މިސްކިތް ހުޅުވައިފި

ށ. ބިލެތްފަހީ ސްކޫލްގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްދިން މިސްކިތް މިއަދު ހުޅުވައިފިއެވެ. ބިލެތްފަހީ ސްކޫލުން ވިދާޅުވިގޮތުގައި މިއަދު އެ ސްކޫލްގައި ހުޅުވިގެން ދިޔަ މި މިސްކިތަކީ ރިޓަޔާރޑް މެޖިސްޓްރޭޓް މުޙައްމަދު ރަޝާދު ޙަސަން، ރީހުއްސަބާ/ށ. ބިލެތްފަހީ ގެ ހެޔޮ އެދުންތަކާއި އެކު، އެބޭފުޅާގެ އަމިއް ޚަރަދުގައި ބިނާކޮށް ނިންމާފައިވާ މިސްކިތެކެވެ. ބިލެތްފަހީ ސްކޫލުން ވަނީ މުޙައްމަދު ރަޝާދު ޙަސަންއަށް އެ ސްކޫލްގެ މެނޭޖްމެންޓާއި، ސްކޫލްގެ ހުރިހާ މުވައްޒަފުންނާއި، ދަރިވަރުން އަދި ބެލެނިވެރިން ހިމެނޭނ...

ޙުސައިން ޝަހުދީ
ށ.ފޭދޫ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކުރުމަށް މުބާރާތެއް 📍 ށ. ފޭދޫ

ށ.ފޭދޫ ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކުރުމަށް މުބާރާތެއް

ށ.ފޭދޫ ކައުންސިލްގެ އިދާރާގައި ރަސްމީކޮށް ބޭނުންކުރުމަށް ލޯގޯއާއި ދިދަ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. އެކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިމުބާރާތުގައި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ބައިވެރިވެވޭނެ ކަމަށެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން އެކައުންސިލުން ބޭނުންކުރުމަށް ފާސްކުރާ ލޯގޯއެއް ހުށަހެޅި ފަރާތަކަށް -/5000 (ފަސްހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފަ އެވެ. މުބާރާތުގައި ބައިވެރިވުމަށް އެއިޢުލާނާއިއެކުވާ މަޢުލޫމާތު ކަރ...

އިބްރާހިމް އަސްވާޤް
ކޮމަންޑޫ ކައުންސިލުން، ފިޝަރީޒް މިނިސްޓަރާއި ބައްދަލުކޮށްފި 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ކައުންސިލުން، ފިޝަރީޒް މިނިސްޓަރާއި ބައްދަލުކޮށްފި

ކޮމަންޑޫ ކައުންސިލުން، މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު އިއްޔެ ބައްދަލު ކޮށްފިއެވެ. މި ބައްދަލުވުމަކީ ފިޝަރިޒް އެން އެގްރިކަލްޗަރ ދާއިރާއިން އެރަށަށް މިވަގުތު ބޭނުންވެފައިވާ ކަންކަމާގުޅޭ ގޮތުން މަޝްވަރާކޮށް، މިނިސްޓަރުގެ ސަމާލުކަމަށް އެކަންކަން ގެނައުމަށް ބޭއްވުނު ބައްދަލުވުމެކެވެ. ކޮމަންޑޫ ކައުންސިލުން ވިދާޅުވި ގޮތުގައި މި ބައްދަލުވުމުގައި މައިގަނޑު 3 ކަމަކާއި ބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. މިގޮތުން ކޮމަންޑޫގައި އެޅުމަށް ހަމަޖެހިފައިވާ އައިސ...

ޝިއުނާ އާދަމް
ފޭދޫ ބޭރުތޮށި ލާން ބޭނުންވާ ހިލަައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި 📍 ށ. ފޭދޫ

ފޭދޫ ބޭރުތޮށި ލާން ބޭނުންވާ ހިލަައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

ށ. ފޭދޫ ބަނދަރު ތަަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭރުތޮށިލާން ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މި މަޞްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އެވެ. އެ ކުންފުނިން މި މަޝްރޫއު ހިންގަނީ 33.1 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ ދަށުން، 27,500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 378 މީޓަރުގެ ބޭރުތޮއްޓަކާއި 276 މީޓަރުގެ އެއްގަމު ތޮއްޓެއް ލުމުގެ މަސައްކަޔް ކުރާނ...

އަޙްމަދު ވަހީދު
ދާއިރާއަށް ބޭނުންވާ ކަންކަން ބަޖެޓްގައި ހިމަނައި، ތަންފީޒު ނުކުރާނަމަ ބަރުލަމާނީއަށް ތާއީދު ކުރަން ޖެހިދާނެ 📍 ށ. ކަނޑިތީމު

ދާއިރާއަށް ބޭނުންވާ ކަންކަން ބަޖެޓްގައި ހިމަނައި، ތަންފީޒު ނުކުރާނަމަ ބަރުލަމާނީއަށް ތާއީދު ކުރަން ޖެހިދާނެ

ކަނޑިތީމު ދާއިރާއަށް ބޭނުންވާ ކަންކަން ބަޖެޓްގައި ހިމަނައި، ތަންފީޒު ނުކުރާނަމަ ބަރުލަމާނީ ނިޒާމު ގެންނަން ތާއީދުކޮށްގެން ކުރިއަށްދާން ޖެހިދާނެ ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު ޢަބުދުﷲ ޝަހީމް އަބުދުލްޙަކީމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލިސްގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރަމުން ޝަހީމް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓްގެ ވާހަކަ ދައްކާއިރު، 2021 ވަނަ އަހަރުގެ ބަޖެޓުން ކިހާވަރެއްގެ އުންމީދެއްލިބުނުތޯ އަދި ކިހާވަރެއް ހާސިލްވި ތޯ ބަލައިލަންޖެހޭ ކަަމަ...

ތިލަދުން
މާއުނގޫދޫ އަންހެނުންގެ ކޮމެޓީން ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާލައިފި

މާއުނގޫދޫ އަންހެނުންގެ ކޮމެޓީން ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާލައިފި

ށ. މާއުނގޫދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީން އިންތިޒާމް ކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ފަހާ ކޯސް ނިންމާލައި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. މިއީ ފެހުމުގެ އެޑްވާންސް ކޯހެކެވެ. މާއުނގޫދޫގެ 30 ކަނބަލަކު ވަނީ މި ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ. މި ކޯހުގެ ބައިވެރިން ފެހި ތަކެތި އާންމުކޮށް ދައްކާލުމުގެ ހަރަކާތެއް ވެސް އެ ކޮމެޓީން ވަނީ އިއްޔެ ހަވީރު 4:00 އިން 6:00 އަށް ކުރިއަށް ގެންގޮސްފައެވެ. މި ކޯހުގައި ކިޔަވައި ދީފައި […]

ޝިއުނާ އާދަމް
މިލަންދޫ އިރުމަތީ ފަރާތް އިންތިހާއަށް ގިރަމުންދާތީ އެކަން ހައްލުކުރުމަށް އެމްޓީސީސީއަށް 📍 ށ. މިލަންދޫ

މިލަންދޫ އިރުމަތީ ފަރާތް އިންތިހާއަށް ގިރަމުންދާތީ އެކަން ހައްލުކުރުމަށް އެމްޓީސީސީއަށް

ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ. މި މަޝްރޫއުގެ ދަށުން، 954 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 115 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކު...

އަޙްމަދު ވަހީދު
ށ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ށ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުން އިން މި މަސައްކަތް ހަވާލުކޮށްފައި ވަނީ، ކުރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށް، އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރަށްވައެވެ. މި އިމާރަތް ނިމުމުން ށ. އަތޮޅު ހޮސްޕިޓަލުން ޑައިލިސިސްގެ ޚިދުމަތާއި، އިތުރު އޯޕީޑީ ރޫމްތަކާއި، ޕަބްލިކު ހެލްތު ޔުނިޓާއި އަދި ހެލްތު އެޑިއުކޭޝަން ދިނުމަށް ހޯލެއް ޤާއި...

ޔުމްނާ ޢަލީ
ނަރުދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި 📍 ށ. ނަރުދޫ

ނަރުދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ށ. ނަރުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެރަށުގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. “ސަމައްތަރު” ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ނަރުދޫ އަންހެން ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ މި އަހަރުގެ ސެޕްޓެމްބަރު 1 އިން 30 ގެ ނިޔަލަށެވެ. ނަރުދޫގެ 40 ކަނބަލަކު ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. ނަރުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ދަނީ...

ޝިއުނާ އާދަމް