📍 ށ. ފޯކައިދޫ
މެންބަރު ޙުސައިންގެ ހަނދާނުގައި ސުކޫތެއް
މިދިޔަ ހޯމަ ދުވަހުގެރޭ އަވަހާރަވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު، ޙުސައިން ވަޙީދުގެ ހަނދާނުގައި ހަމަ ހިމޭން ކަމުގެ ސުކޫތެއް މަޖިލީހުގައި މިއަދު ގެނެސްފި އެވެ. މެންބަރު ޙުސައިން ވަނީ އޭޑީކޭ ހޮސްޕިޓަލްގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ހޯމަ ދުވަހުގެ ރޭ 1:24 ހާއިރު އަވަހާރަވެފައެވެ. އޭނާގެ ހާލުކޮޅު ގޯސްވެގެން އޭޑީކޭގައި ފަރުވާ ހޯއްދަތާ ދެ ހަފުތާއެއްހާ ދުވަސްވެފައިވެ އެވެ. އޭގެކުރިން ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ވެސް ވަނީ ދަރުވާ […]