📍 ށ. ކޮމަންޑޫ
ފޯކައިދޫއަށް ހަންނާނުގެ ނުވަ ވަޢުދެއް، ކޮލެޖެއްގެ ކެމްޕަހެއް ޤާއިމްކުރުމަށް މަސައްކަތްކުރާނެ، ކޮމްޕިއުޓަރ ލެބެއް ތަރައްޤީކޮށްދޭނެ!
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ މެނިފެސްޓޯގައި ހިމެނޭ ވައުދުތައް ވީހާވެސް ގިނަ ރައްޔިތުންނާ ހިއްސާކުރުމުގެ ދަތުރެއް މިހާރު ދާއިރާއަށް ކުރަށްވަމުންދާއިރު، ކޮމަންޑޫ ދާއިރާގެ ފޯކައިދޫއަށް އޭނާ ވަނީ ނުވަ ވައުދެއް ވެވަޑައިގެންފައެވެ. ކޮމަންޑޫ ދާއިރާއަށާއި، ތިން ރަށަށް ވަކިން ވެސް ހަންނާނުގެ މެނިފެސްޓޯގައި ވައުދުތައް ހިމަނާފައިވާއިރު، މި ވައުދުތަކަކީ އޭނާއާއި އެމްއެންޕީގެ ލީޑަޝިޕް ތިން ފަހ...