މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ރައީސަށް ފުނަދޫން ހޫނު މަރުޙަބާއެއް 📍 ށ. ފުނަދޫ

ރައީސަށް ފުނަދޫން ހޫނު މަރުޙަބާއެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ށ. ފުނަދޫ އަށް ވަޑައުގެންފިއެވެ. އެމަނިކުފާނު ފުނަދުއަށް ވަައިގެންނެވީ ދާދި ދެންމެ އަކުއެވެ. އެމަނިކުފާނު އެރަށަށް ވަޑައިގެންފައި މިވަނީ މި ހަފްތާ ބަންދުގައި ށ. ފުނަދޫ އާއި، ނ. ހޮޅުދޫއަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅަކީ ދެ ރަށުގެ ސްކޫލުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބާއްވާ ޖަލްސާތަކުގައި ބައިވެރިވުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި މިއަދު ފުނަދޫ ކައުންސިލް މެމްބަރުންނާއި އ...

މުޙައްމަދު ވަސީމް
ރައީސް، ހޮޅުދޫ އަށާއި ފުނަދޫ އަށް ކުރަށްވާ ދަތުރުފުޅު ފައްޓަަވައިފި 📍 ށ. ފުނަދޫ

ރައީސް، ހޮޅުދޫ އަށާއި ފުނަދޫ އަށް ކުރަށްވާ ދަތުރުފުޅު ފައްޓަަވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ އަށާއި، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ އަށް ކުރަށްވާ ދަތުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ވިދާޅުވި ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ، މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ މޭނާސްކޫލުގެ އަލިމަސް ޔޫބީލް ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާ އާއި މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ، ސްކޫލުގެ ރަންޔޫބީލް ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރަށްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު މިދަތުރ...

ޔުމްނާ ޢަލީ
ށ. ފޭދޫ ކައުންސިލުން ބޭއްވި ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ނިންމާލައިފި 📍 ށ. ފޭދޫ

ށ. ފޭދޫ ކައުންސިލުން ބޭއްވި ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތް ނިންމާލައިފި

ށ. ފޭދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ކުޅިވަރު ޙަރަކާތްތައް ނިންމާލައިފިއެވެ. ފޭދޫ ކައުންސިލުން އިންތިޒާމު ކޮށްގެން މުޅިން އަލަށް ބޭއްވި ކުޅިވަރު ތަކުގެ ތެރޭގައި ކަނބަލުންނަށް ޚާއްސަކޮށް ބޭއްވި ހޭންޑްބޯލް މުބާރާތަކާއި ފިރިހެނުންނަށް ޚާއްސަކޮށް ބޭއްވި ފުޓްސެލް މުބާރާތް ހިމެނެއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިސަމް ވިދާޅުވީ، މިކުޅިވަރުތަކުގެ ތެރެއިން ހޭންޑް ބޯލް މުބާރާތް ބާއްވާފައިވަނީ އެރަށުގެ މުއައްސަސާތަކަށް ހުޅުވާލައިގެ...

ސަނިއްޔާ އަބޫބަކުރު
ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އަންހެނުންގެ ބާޒާރު ބާއްވަނީ 📍 ށ. ނަރުދޫ

ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އަންހެނުންގެ ބާޒާރު ބާއްވަނީ

ށ. ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން އަންހެނުންގެ ބާޒާރު ބާއްވަން ނިންމައިފިއެވެ. މިގޮތުން ނަރުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މިހާރު ވަނީ ނަރުދޫ އަންހެނުންގެ ބާޒާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލާފައެވެ. ނަރުދޫ އަންހެނުންގެ ބާޒާރު ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ. މި ބާޒާރުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހުގެ 27 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. މީ...

ސަނިއްޔާ އަބޫބަކުރު
ބިލެތްފަހީ ސްކޫލް ބެލެނިވެރިންގެ މަސައްކަތު ދުވަހުން 50،000 ހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފި 📍 ށ. ބިލެތްފަހި

ބިލެތްފަހީ ސްކޫލް ބެލެނިވެރިންގެ މަސައްކަތު ދުވަހުން 50،000 ހާހަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ބިލެތްފަހީ ސްކޫލްގެ އިތުރު ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން އެ ސްކޫލްގެ ބެލެނިވެރިން ފާހަގަކުރި މަސައްކަތު ދުވަހުން ފަންސާސް ހާހަށް ވުރެ ގިނަ ރުފިޔާ ހޯދައި ސްކޫލަށް ހަދިޔާކޮށްފިއެވެ. ބިލެތްފަހީ ސްކޫލުން ފާހަގަ ކުރެއްވި ގޮތުގައި މިއީ ބިލެތްފަހީގައި މާޒީވެ ދިޔަ 10 އަހަރުގެ ތާރީޚްގައިވެސް ހޯދުނު ބޮޑުކާމިޔާބެކެވެ. ބިލެތްފަހީ ސްކޫލަށް އެހީތެރިވުމަށް ބެލެނިވެރިން މަސައްކަތު ދުވަސް ފާހަގަކޮށްފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. 83 ބެލެނިވެރިން ބައިވެރިވި މި ހަރަކާތް ކުރިއަށް ގެންދިޔައީ ހަތަރު […...

ޔުމްނާ ޢަލީ
ށ.އަތޮޅުގައި ބާއްވާ "ވިޔަވަތި" ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ށ.އަތޮޅުގައި ބާއްވާ "ވިޔަވަތި" ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ށ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ވިޔަވަތި ޤުރުއާން މުބާރާތުގެ މި އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ށ. އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްތަކާއި އަދި ސްކޫލްތައް ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ، ށ. އަތޮޅު ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމާއި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް ދިރުވައި ޤައުމީ ފެންވަރުގެ މުބާރާތްތަކުގައި އަތޮޅު ތަމްސީލުކުރާނެ ޤާބިލު ޖީލެއް ބިނާކުރުމ...

ސަނިއްޔާ އަބޫބަކުރު
ނޫމަރާ ކައުންސިލް އިދާރާގެ އާ އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ށ. ނޫމަރާ

ނޫމަރާ ކައުންސިލް އިދާރާގެ އާ އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދަނީ

ށ. ނޫމަރާ ކައުންސިލް އިދާރާގެ އާ އިމާރާތް އަޅައިދޭނެ ފަރާތެއް ހޯދަން އިޢުލާނު ކޮށްފިއެވެ. މިކަމަށްޓަކާ ނޫމަރާ ކައުންސިލުން ކުރެއްވި އިޢުލާނެއްގައިވަނީ ނޫމަރާ ކައުންސިލުގެ އާ ޢިމާރާތް އަޅަން ޖެހޭނީ އެ ކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި ކުރެހުމާ އެއްގޮތަށް އަމިއްލަ ޚަރަދުގައި ކަމަށެވެ. އެހެންކަމުން މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 1000.00ރ (އެއްހާސް ރުފިޔާ) ގެ ނަން-ރިފަންޑެބަލް ރަޖިސްޓުރޭޝަން ފީ އެއް ދައްކަން ޖެހޭނެ ކަމަށާއި، 15 ޖޫން 2022 ވާ ބުދަ ދުވ...

ސަނިއްޔާ އަބޫބަކުރު
ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގައި ހޭންޑްބޯލް ކޯޗުން ތަމްރީނުކޮށްފި

ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގައި ހޭންޑްބޯލް ކޯޗުން ތަމްރީނުކޮށްފި

ށ. އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން އެ އަތޮޅު ވެރިރަށް ފުނަދޫގައި ކުރިއަށް ގެންދިޔަ ހޭންޑް ބޯލް ކޯޗިންގ ކޯސް ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ. މި ކޯހަކީ ށ. އަތޮޅު ކައުންސިލުގެ މި އަހަރުގެ ބަޖެޓްގައި ހިމަނައިގެން ށ. އަތޮޅުކައުންސިލާއި، ހޭންޑްބޯލް މޯލްޑިވްސް އާއި، މޯލްޑިވްސް އިންސްޓިޓިއުޑް އޮފް ސްޕޯޓްސް އާއި، ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ. މިކޯހުގައި އެ އަތޮޅުގެ 11 ރަށަކުން 24 ބައިވެރިން ކޯސް ފުރިހަމަކޮށްފައިވާއިރު 20 ބައިވެރިންވަނީ ސެޓްފިކެޓް ޙާޞިލުކޮށްފައެވެ. މިމަހުގެ...

ޝިއުނާ އާދަމް
ނަރުދޫ ރައްޔިތުންގެ ކަށިކެޔޮ ގަސްތައް ވަރުވާއަށް ނެގުމުގެ ފުރުސަތު ހުޅުވާލައިފި 📍 ށ. ނަރުދޫ

ނަރުދޫ ރައްޔިތުންގެ ކަށިކެޔޮ ގަސްތައް ވަރުވާއަށް ނެގުމުގެ ފުރުސަތު ހުޅުވާލައިފި

ށ. ނަރުދޫ ކަށިކެޔޮވައު ވަރުވާއަށް ނެގުމުގެ ފުރުސަތު ޢާއްމުކޮށް ހުޅުވާލައިފިއެވެ. މި ގަސްތައް ވަރުވާއަށް ލިޔެދެއްވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށެވެ. މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ނަރުދޫ ކައުންސިލް އިދާރާގައި ބާއްވާ ބައްދަލުވުން އޮންނާނީ 16 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 1130 ގައެވެ. ރަށުގެ ހުރިހާ ސަރަހައްދު ތަކެއްގައި ހުރި ރައްޔިތުންގެ ހުރިހާ ކަށިކެޔޮ ގަސްތަކެއް ލިބޭ މި ބީލަމަށް އަގު ހުށަހެޅުމުގެ ތާރީޚަކީ 21 ޖޫން 2022 ވާ އަންގާރަ […]

ސަނިއްޔާ އަބޫބަކުރު
ފޯކައިދޫގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ށ. ފޯކައިދޫ

ފޯކައިދޫގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ށ. ފޯކައިދޫގައި ޓާރފް ފުޓްސެލް ދަނޑެއް އަޅަން އެރަށު ކައުންސިލުން އިޢުލާނު ކޮށްފިއެވެ. މިކަމާ ގުޅޭ ގޮތުން ފޯކައިދޫ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ މުޅި ރާއްޖެއަށް މި ފުރުޞަތު ހުޅުވާލާފައެވެ. މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 500 ރުފިޔާގެ ނަން ރިފަންޑަބަލް ފީއެއް ދެއްކުމަށް ފަހު 15 ޖޫންގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. މިކަމަށް އެދޭ ފަރާތްތަކަށް މިމަހުގެ 16 ވަނަ ދުވަހު ފޯކައިދޫ ކައުންސިލު އިދާރާގައި މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ފަހު […]

ސަނިއްޔާ އަބޫބަކުރު
ފޯކައިދޫގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށް 📍 ށ. ފޯކައިދޫ

ފޯކައިދޫގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށް

ށ. ފޯކައިދޫގައި 1000 ގަސް އިންދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިއަދުވެސް އެރަށުގައި ގިނަ އަދަދެއްގެ ގަސް އިންދައިފިއެވެ. މި ޙަރަކާތް މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ފޯކައިދޫ ކައުންސިލުން އިސްނަގައިގެން، ފޯކައިދޫ ޑަބްލިއު.ޑީ.ސީ އާއި ފޯކައިދޫ ސިއްޙީ މަރުކަޒާއި، ފެނަކަ ފޯކައިދޫ ބްރާންޗްގެ އިތުރުން ފޯކައިދޫ ސްކޫލް ގުޅިގެންނެވެ. މިއީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، ފޯކައިދޫ ކައުންސިލުން ކުރިޔަށްގެންދާ ރަށްފެހި ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިއަހަރު އިންދުމަށް ހަމަޖެހިފައިވާ 1000...

ސަނިއްޔާ އަބޫބަކުރު
ފެނަކައިން މިލަންދޫ ސްކޫލަށް ސައުންޑް ސިސްޓަމެއް ހަދިޔާ ކޮށްފި 📍 ށ. މިލަންދޫ

ފެނަކައިން މިލަންދޫ ސްކޫލަށް ސައުންޑް ސިސްޓަމެއް ހަދިޔާ ކޮށްފި

ފެނަކަ ކޯޕަރޭޝަނުން ށ. މިލަންދޫ ސްކޫލަށް ސައުންޑް ސިސްޓަމެއް ހަދިޔާ ކޮށްފިއެވެ. އެ ކުންފުނިން މި ސިސްޓަމް ހަދިޔާ ކުރީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިއީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ހަދިޔާ ކުރި ސިސްޓަމެކެވެ. ސައުންޑް ސިސްޓަމް ހަދިޔާ ކުރުމުން މިލަންދޫ ސްކޫލުން ވަނީ ފެނަކައަށް ޝުކުރު އަދާ ކޮށްފައެވެ. ފެނަކަ ކޯޕަރޭޝަންގެ ސީ.އެސް.އާރުގެ ދަށުން މިލަންދޫ ސްކޫލަށް ސައުންޑް ސިސްޓަމެއް ހަދިޔާކުރެއްވުން. މި ފަދަ އެހީ އެއް ސުކޫލަށް ވެދެއްވީތީ ފެނަކަ […]

އަޙްމަދު ވަހީދު
ށ. ފޭދޫގައި ފިރިމީހާ އަނބިމީހާގެ ބަނޑަށް ވަޅި ހަރައިފި 📍 ށ. ފޭދޫ

ށ. ފޭދޫގައި ފިރިމީހާ އަނބިމީހާގެ ބަނޑަށް ވަޅި ހަރައިފި

ށ. ފޭދޫގައި ފިރިމީހާ، އަނބިމީހާ އަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. މިކަމާ ގުޅޭ ގޮތުން ފުލުހުން ވިދާޅުވީ ރޭ 21:30 ހާއިރު ށ. ފޭދޫގައި ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އަނބިމީހާއަށް ވަޅިން ހަމަލާދިނުމާ ގުޅިގެން 37 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅޭ ގޮތުން ފޭދޫ ކައުންސިލްގެ ރައީސް އަހުމަދު ރައިޝަމް “ތިލަދުން” އަށް ވިދާޅުވީ، ރޭ 21:30 ހާއިރު އެ މައްސަލާގައި ޝާމިލްވާ ފިރިހެން މީހާގެ މަންމަ ގުޅާފައި އެގޭދޮށަށް އައިސްދިނުމަށް އޭނާ ގާތުގައި […]

ސަނިއްޔާ އަބޫބަކުރު
ނޫމަރާ ކައުންސިލާއި ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް ރައީސަށް ދަންނަވައިފި 📍 ށ. ނޫމަރާ

ނޫމަރާ ކައުންސިލާއި ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް ރައީސަށް ދަންނަވައިފި

ށ. ނޫމަރާ ކައުންސިލާ ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް އެރަށު ކައުންސިލުން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ދަންނަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ނޫމަރާ ކައުންސިލާއި ބައްދަލު ކުރަށްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ނޫމަރާ ކައުންސިލުން ވަނީ އެ ކައުންސިލާއި، އެރަށު ރައްޔިތުންނަށް އެންމެ ދަތިވާ މައްސަލަތައް ރައީސްއަށް ދަންނަވައި، އެކަންކަމ...

މުޙައްމަދު ވަސީމް
އައްޑޫ ސިޓީގެ ފޭދޫގައި ހިނގި މާރާމާރީގައި ޒަހަމްވި މީހާ ނިޔާވެއްޖެ

އައްޑޫ ސިޓީގެ ފޭދޫގައި ހިނގި މާރާމާރީގައި ޒަހަމްވި މީހާ ނިޔާވެއްޖެ

އައްޑޫ ސިޓީގެ ފޭދޫގައި ރޭ ހިންގި މާރާމާރީގައި ޒަހަމްވި މީހަކަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެއްޖެއެވެ. ތޫނު އެއްޗެއް ބޭނުންކޮށްގެން ހިންގާފައިވާ މި މާރާމާރީ ހިންގާފައިވަނީ ރޭ ފަތިހު 3:10 ހާއިރު އެވެ. ޒުވާނާ ނިޔާވީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އައްޑޫ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު ރޭ 3:10 ހާއިރު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. މި މާރާމާރީގައި އަނިޔާ ލިބިފައި ވަނީ […]

ޔުމްނާ ޢަލީ