މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (07:30 އިން 13:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
މާއުނގޫދޫ އާއި އެކު ހަތަރު ރަށެއްގެ ބައި އިލެކްޝަން ކުރިއަށް

މާއުނގޫދޫ އާއި އެކު ހަތަރު ރަށެއްގެ ބައި އިލެކްޝަން ކުރިއަށް

ށ. މާއުނގޫދޫ އާއި އެކު 4 ރަށެއްގެ ބައި އިލެކްޝަން މިއަދު ފަށައިގެން ކުރިއަށް އެބަ ދެއެވެ. އެގޮތުން ށ. މާއުނގޫދޫ ގައި ކުރިއަށްދަނީ ކައުންސިލަށް މެމްބަރަކު އިންތިޚާބު ކުރުމެވެ. އަދި ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫގައި ކުރިއަށް ދަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުމެވެ. މި ބައި އިލެކްޝަންސްތަކުގެ ވޯޓުލުން މިއަދު ހެނދުނު 8 ޖެހިއިރު ފަށާފައިވާއިރު، ހަވީރު 4 ޖެހުމާއި […]

މުޙައްމަދު އަފްރާޙް
ޅައިމަގު އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް ނިންމާލައިފި 📍 ށ. ޅައިމަގު

ޅައިމަގު އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް ނިންމާލައިފި

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ނމަޝްރޫއުގެ ދަށުން އެއްގަމު ތޮށީގައި ބްލޮކް ޖެހުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި، މިހާރު ކުރިއަށްދަނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 31,000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 350 މީޓަރުގެ ބޭރުތޮށި ލުމާއި، 276 މީޓަރުގެ […]

އަޙްމަދު ވަހީދު
ށ. އަތޮޅު ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުގެ މަސައްކަތު ބައްދަލުވުން ފަށައިފި

ށ. އަތޮޅު ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުގެ މަސައްކަތު ބައްދަލުވުން ފަށައިފި

ށ. އަތޮޅުގެ ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތައް ލާމަރުކަޒީ ގާނޫނަށާއި، އެ ގާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކަށް އަހުލުވެރި ކުރުމުގެ މަސައްކަތު ބައްދަލުވުމެއް މިއަދު ފަށައިފިއެވެ. ”މިލައުތުރު ކައުންސިލްތަކާއި އަންހެނުންގެ ކޮމެޓީތަކުގެ މަސައްކަތު ބައްދަލުވުން” ނަމުގައި ށ. އަތޮޅުގެ ވެރިރަށް ފުނަދޫގައި ފެށި މި މަސައްކަތު ބައްދަލުވުމަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަސައްކަތު ބައްދަލުވުމެކެވެ. ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް ”ތިލަދުން” އަށް ވިދާޅުވީ، މި މަސައްކަތު...

ޙުސައިން ޝަހުދީ
މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. ގޮއިދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. ގޮއިދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. ގޮއިދޫން މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެމީހާ ހައްޔަރުކޮށްފައި ވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބ. ގޮއިދޫ ޕޮލިސް ޕޯސްޓުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 31 އަހަރުގެ ފިރިހެނެކެވެ. އެމީހާ ހައްޔަރުކުރީ ގޮއިދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. ”މި މަހު 27 ވަނަ ދު...

ޔުމްނާ ޢަލީ
ފޭދޫ ކަނޑޫ ފަލުގައި ކަނޑޫ އާލާކުރަން ނާސަރީއެއް ހަދަނީ 📍 ށ. ފޭދޫ

ފޭދޫ ކަނޑޫ ފަލުގައި ކަނޑޫ އާލާކުރަން ނާސަރީއެއް ހަދަނީ

ށ. ފޭދޫ ކަނޑޫފަލުގައި ކަނޑޫ އާލާކުރުމަށް ނާސަރީއެއް ހަދަން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަޙްމަދު ރައިޝަމް ”ތިލަދުން” އަށް ވިދާޅުވީ، މި އެއްބަސްވުމުގައި ފޭދޫ ކައުންސިލްގެ ފަރާތުން ސޮއިކޮށްފައި މި ދިޔަ ހަފްތާ ބަންދުގައި މާލޭ ރޮޓަރީ ކުލަބްގެ ފަރާތުން އެރަށަށް ކުރި ޒިޔާރަތުގެ ތެރެއިން އެ ކްލަބާއެކުގައި ކަމަށެވެ. މާލޭ ރޮޓަރީ ކުލަބާއިއެކު ވެވުނު މި އެއްބަސްވުމުގެ ދަށުން ނެތެމުންދާ އެރަށުގެ ކަނޑޫފަލުގައި ކަނޑޫ ގަސް އާލާ ކުރުމަށް ނާސާރީއެއް ހެދުމުގެ އިތުރުން ރަށުގެ […]

ޙުސައިން ޝަހުދީ
ށ. އަތޮޅު ކައުންސިލުން ބާއްވާ ''އެސް.ޓީ.އޯ ވިޔަވަތި ޤުރުއާން މުބާރާތް'' ފަށައިފި

ށ. އަތޮޅު ކައުންސިލުން ބާއްވާ ''އެސް.ޓީ.އޯ ވިޔަވަތި ޤުރުއާން މުބާރާތް'' ފަށައިފި

ށ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ”އެސް.ޓީ.އޯ ވިަޔަވަތި ޤުރުއާން މުބާރާތް” މިއަދު ފަށައިފިއެވެ. މިއަދު މެންދުރުފަހު ފެށި މި މުބާރާތުގައި އެ އަތޮޅުގެ 10 ސްކޫލަކުން 85 ކުދިން ބައިވެރިވެއެވެ. މިއަދުން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތަކީ ށ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން، ށ. އަތޮޅުގެ ކައުންސިލްގެ މާލީ އެހީތެރިކަމާއެކު، ށ. އަތޮޅު ކައުންސިލާއި އެ އަތޮޅުގެ ރަށްރަށުގެ ސްކޫލްތަކާއި ގުޅިގެން، […]

ޔުމްނާ ޢަލީ
ކުނިނެގުމަށް ރަޖިސްޓަރީ ކުރި މިލަންދޫގެ ކޮންމެ ގޭބިސީއަކަށް ކައުންސިލުން ޑަސްބިނެއް 📍 ށ. މިލަންދޫ

ކުނިނެގުމަށް ރަޖިސްޓަރީ ކުރި މިލަންދޫގެ ކޮންމެ ގޭބިސީއަކަށް ކައުންސިލުން ޑަސްބިނެއް

ށ. މިލަންދޫ ކައުންސިލުން ފޯރުކޮށްދޭ ކުނި އުކާލުމުގެ ޚިދުމަތުގެ ދަށުން ކުނިނެގުމަށް ރަޖިސްޓަރަރީ ކުރި އެރަށުގެ ކޮންމެ ގޭބިސީއަކަށް ކައުންސިލުން ޑަސްބިން ހަދިޔާކޮށްފިއެވެ. މިލަންދޫ ކައުންސިލް ރައީސް ޢަބުދުﷲ އާތިފް ”ތިލަދުން” އަށް ވިދާޅުވީ، އެ ޑަސްބިންތައް ގޭބިސީތަކަށް ހަދިޔާ ކުރުމަށް ކައުންސިލްގެ ބަޖެޓުން 2 ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ. މި ހުރިހާ ޑަސްބިންތަކެއް ދީފައި ވަނީ ހިލެއެވެ. މިގޮތުން ގޭބިސީތަކަށް ވަނީ 20 ލިޓަރުގެ 500 ޑަސްބިން ހަދިޔާކޮށްފައެވެ. އަދި […]

ޙުސައިން ޝަހުދީ
މާއުނގޫދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި

މާއުނގޫދޫ ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފި

ށ. މާއުނގޫދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދާއި މާއުނގޫދޫ ކައުންސިލުގެ ރައީސް އާދަމް ސަލީމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. އެމްޓީސީސީން ބުނީ, ދަނޑުވެރިކަމާއި ކަންނެލީގެ މަސްވެރިކަމަށް މަޝްހޫރު މާއުނގޫދޫ ބަނދަރު ތަރައްގީކޮށް ނިމުމުން ލަފާފުރުމުގެ ދަތިތައް ހައްލުވެ, އިގްތިސާދީ ފައިދާތައް ލިބިގެންދާނެ ކަމަށެވެ. މި މަ...

އަޙްމަދު ވަހީދު
އަގުބޮޑު ހޭންޑްބޯލް މުބާރާތެއް ށ. އަތޮޅު ކައުންސިލުން ބާއްވަނީ

އަގުބޮޑު ހޭންޑްބޯލް މުބާރާތެއް ށ. އަތޮޅު ކައުންސިލުން ބާއްވަނީ

ށ. އަތޮޅު ކައުންސިލުން އިންތިޒާމު ކޮށްގެން “މިލައުތުރު ހޭންޑްބޯލް މުބާރާތް” ގެ ނަމުގައި އަގުބޮޑު ހޭންޑްބޯލް މުބާރާތެއް އެ އަތޮޅުގައި ފެށުމަށް ތައްޔާރުވެއްޖެ އެވެ. މި މުބާރާތަކީ ށ. އަތޮޅުގެ އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން ބާއްވާ މުބާރާތެކެވެ. އަންނަ އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހު، ފަށަން ނިންމާފައިވާ މި މުބާރާތުގައި އެ އަތޮޅުގެ 10 ރަށަކުން 10 ޓީމް ވަނީ ބައިވެރިވެފަ އެވެ. ށ. އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ މެޗުތައް ކުޅުމަށް […]

މުޙައްމަދު އަފްރާޙް
ތުއްތު ކުއްޖަކު މަރާލި މާމަ އާއި ދޮންކާފަ 10 އަހަރަށް ޖަލަށް 📍 ށ. ފޭދޫ

ތުއްތު ކުއްޖަކު މަރާލި މާމަ އާއި ދޮންކާފަ 10 އަހަރަށް ޖަލަށް

ށ. ފޭދޫގައި ތުއްތު ކުއްޖަކު މަރާލިތާ ނުވަ އަހަރު ފަހުން އެ މައްސަލާގައި އެ ކުއްޖާގެ މާމަ އާއި ދޮންކާފަ 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި އެވެ. 2013 ވަނަ އަހަރު 15 އަހަރުގެ އަންހެން ކުއްޖަކު ފޭދޫގައި ކުއްޖަކު ވިހެއުމުން އެ ތުއްތު ކުއްޖާ މަރާލުމަށްފަހު ގޭގެ ގިފިލީގައި ވަޅުލީ އެ ކުއްޖާގެ މާމަ އާއި ދޮންކާފަ ބައިވެރިވެގެންނެވެ. ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ ޝަރީއަތަކަށްފަހު އެ ދެ މީހުން 10 އަހަރާއި ހަ މަހަށް ޖަލަށްލުމުގެ […]

ހުސައިން ހަބީބް
ށ. ފުނަދޫ ފެރީ ޓާމިނަލުގެ މަސައްކަތް ނިންމާލައިފި 📍 ށ. ފުނަދޫ

ށ. ފުނަދޫ ފެރީ ޓާމިނަލުގެ މަސައްކަތް ނިންމާލައިފި

ށ. ފުނަދޫގައި ގާއިމް ކުރާ ފެރީ ޓާމިނަލުގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ފެރީ ނިޒާމުގެ ބޭނުމަށް ޒޯން 1 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގާއިމުކުރާ ފެރީ ޓާމިނެލެކެވެ. މި ފެރީ ޓާމިނަލްގައި ހިމެނޭ އިތުރު ޙިދުމަތް ތަކުގެ ތެރޭގައި، ޓަކް ފިހާރަ، ކޮމާޝަލް ސަރަޙައްދު، ޕޭރަންޓް ރޫމް، ލަގެޖް ބަހައްޓާ ތަން، ޔުނިވާސަލް ޓޮއިލެޓެއް ހިމެނެއެވެ. އާރުޓީއެލްގެ ދަށުން ހއ. އަދި ހދ. އަދި ށ. […]

އަޙްމަދު ވަހީދު
ށ. އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު ފީވަކުގައި ކުރިއަށް ގެންދިޔަ ފަހާކޯސް ނިންމާލައިފި

ށ. އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު ފީވަކުގައި ކުރިއަށް ގެންދިޔަ ފަހާކޯސް ނިންމާލައިފި

ށ. ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެރަށުގައި ކުރިއަށް ގެންދިޔަ ފަހާކޯސް ނިންމާލައި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. މި ފަހާކޯހަކީ ށ. އަތޮޅު ކައުންސިލްގެ މާލީ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ކޯހެއް ކަމަށް ފީވަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވިދާޅުވެއެވެ. ނިމުނު އޯގަސްޓް މަހު 5 އިން މި ހިނގާ ސެޕްޓެމްނަރު މަހުގެ 4 އަށް ކުރިއަށް ގެންދިޔަ މި ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު […]

ޔުމްނާ ޢަލީ
މާލިއްޔަތަށް ލުއި ކުރަން ށ. އަތޮޅު ކައުންސިލް ދަތުރުތައް އާރުޓީއެލް ފެރީން

މާލިއްޔަތަށް ލުއި ކުރަން ށ. އަތޮޅު ކައުންސިލް ދަތުރުތައް އާރުޓީއެލް ފެރީން

ދައުލަތުގެ މާލިއްޔަތަށް ލުއި ހޯދައިދީ، ރައްޔިތުންގެ ފައިސާ ޚަރަދުވާ މިންވަރު ކުޑަކުރުމުގެ ގޮތުން ށ. އަތޮޅު ކައުންސިލުން ކުރަންޖެހޭ ރަސްމީ ދަތުރުތައް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ މެދުވެރިކޮށް ކުރަން ނިންމައިފިއެވެ. ށ. އަތޮޅު ކައުންސިލްގެ ރަސްމީ ދަތުރުތައް އާރުޓީއެލް ފެރީ މެދުވެރިކޮށް ކުރަން ނިންމާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އޮތް އެކައުންސިލްގެ ޖަލްސާގައި މެންބަރުންގެ އިއްތިފާގުންނެވެ. ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ”ތިލަދުން” އަށް ވިދާޅުވީ، ށ. އަ...

ތިލަދުން
ގޮއިދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި 📍 ށ. ގޮއިދޫ

ގޮއިދޫ ފެރީ ހަޓުގެ މަސައްކަތް ނިންމާލައިފި

ށ. ގޮއިދޫ ފެރީ ސްޓޮޕްގައި ގާއިމުކުރެވޭ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފި އެވެ. މިއީ “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ފެރީ ނިޒާމުގެ ބޭނުމަށް ޒޯން 1 ގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ގާއިމުކުރާ ފެރީ ސްޓޮޕެކެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިންގ އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓް ގާއިމުކުރާނެއެވެ. އާރުޓީއެލްގެ ދަށުން ހއ. އަދި ހދ. އަދި ށ. އަތޮޅުގައި މިހާރު ވަނީ ފެރީ ދަތުރުތައް ފަށައިފައެވެ. މިއީ ހައިސްޕީޑް ލޯންޗް […]

އަޙްމަދު ވަހީދު
ޅައިމަގު ބަނދަރު ހަދަން ބޭނުންވާ ބޮޑުހިލައިގެ ފަހު ޝިޕްމަންޓް ގެންގޮސްފި 📍 ށ. ޅައިމަގު

ޅައިމަގު ބަނދަރު ހަދަން ބޭނުންވާ ބޮޑުހިލައިގެ ފަހު ޝިޕްމަންޓް ގެންގޮސްފި

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް ދާ ކަމަށެވެ. އެގޮތުން، އާ ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމު ތޮށި ލުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ […]

އަޙްމަދު ވަހީދު