މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ފުނަދޫ މަސްވެރިއަކު 308 ކިލޯ މަސްހިބަރެއް ބާނައިފި 📍 ށ. ފުނަދޫ

ފުނަދޫ މަސްވެރިއަކު 308 ކިލޯ މަސްހިބަރެއް ބާނައިފި

ށ. ފުނަދޫ މަސްވެރިއަކު 308 ކިލޯ މަސް ހިބަރެއް ބާނައިފިއެވެ. ފުނަދޫ ހުވަނދު، ހުސައިން ވަހީދު ބޭނި މި މަސްހިބަރުގެ ބަރިދަނިގައި 308 ކިލޯ އަދި ދިގުމިނުގައި 12 ފޫޓް 7 އިންޗި ހުއްޓެވެ. މިއީ މިހާތަނަށް ފުނަދޫއަށް ބޭނި އެންމެ ބޮޑު މަސްހިބަރެވެ. އޭނާ މި ހިބަރު ބާނާފައި ވަނީ އިއްޔެ މެންދުރުފަހު ފުނަދޫ އިރުން 11 މޭލު ބޭރުންނެވެ. މި ހިބަރު އެ ރަށަށް ގެނެސްފައި ވަނީ ދޯންޏަށް ތުންގަނޑުން ބައެއް ނަގައި އައްސައި […]

އިބްރާހިމް ޚަލީލް
މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް 📍 ށ. މިލަންދޫ

މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 954 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 115 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ 34.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސ...

އަޙްމަދު ވަހީދު
ފުނަދޫގައި އައު ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި 📍 ށ. ފުނަދޫ

ފުނަދޫގައި އައު ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ށ. ފުނަދޫގައި އައު ހޮސްޕިޓަލެއް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން މިއަދު އިއުލާންކޮށްފިއެވެ. ށ. އަތޮޅުގެ ވެރިރަށް ފުނަދޫއަކީ މިހާރު ވެސް އެ އަތޮޅު، އަތޮޅު ހޮސްޕިޓަލް ހުންނަރަށެވެ. ފުނަދޫގައި ހޮސްޕިޓަލެއް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު ކުރި ޢިއުލާންގައި ވިދާޅުވީ، މިނިސްޓްރީ އޮފް ހެލްތު އެދިލެއްވުމުގެ މަތިން،  ށ. ފުނަދޫ ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެހެންކަމުން މިސައްކަތަށް ބީލަން ހ...

ޔުމްނާ ޢަލީ
ށ. އަތޮޅު ކައުންސިލަށް އެސްޖީ އެއް ހަމަޖައްސައިފި

ށ. އަތޮޅު ކައުންސިލަށް އެސްޖީ އެއް ހަމަޖައްސައިފި

މައްސަލަ ގަނޑަކަށްފަހު ށ. އަތޮޅު ކައުންސިލަށް ސެކްރެޓަރީ ޖެނެރަލް (އެސްޖީ) ގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ. މި މަގާމަށް ހަމަޖައްސާފައިވަނީ ށ. ފުނަދޫ، ތަރި މުހައްމަދު ހަސަން އެވެ. މިކަމާއި ގުޅިގެން ށ. އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަދި ށ. ފޭދޫ ކައުންސިލުގެ ރައީސް އަގްމަދު ރައިޝަމް ‘ތިލަދުން’ އަށް ވިދާޅުވީ އެސްޖީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވުނީ ވަރަށް މަސައްކަތުން ކަމަށާއި ސިވިލް ސާވިސް ކޮމިޝަންގެ އުނދަގޫތައް ވެސް ކުރިމަތިވި ކަމަށެވެ. އޭނާ ވިދާޅުވީ […]

މުޙައްމަދު އަފްރާޙް
މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ޖިއޯ ޓެކްނިކަލް ސާވޭ ނިންމާލައިފި

މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ޖިއޯ ޓެކްނިކަލް ސާވޭ ނިންމާލައިފި

ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ޖިއޯޓެކްނިކަލް ސާވޭ ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި ސާވޭގެ ދަށުން ބްރިޖްގެ ފުންމިން ބެލުމަށްޓަކައި ބޯހޯލް ތޮރުފައިގެން ބެޑްރޮކް ލެވަލް ބަލާފައިވާ ކަމަށެވެ. އަދި، ސާވޭގެ ހޯދުންތަކަށް ބިނާކޮށް ބްރިޖްގެ ފައުންޑޭޝަން އެޅުމަށް މިހާރު ތައްޔާރުވަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 16.7 ހެކްޓަ...

އަޙްމަދު ވަހީދު
މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ށ. މިލަންދޫ

މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، ޕްރޮޖެކްޓް ސައިޓްގައި މިވަގުތު ރިވެޓްމަންޓް ޕްރޮފައިލިންގ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި، ގްރޮއިން ޖެހުމުގެ މަސައްކަތުގެ 50 އިންސައްތަ މިހާރު ވަނީ ފުރިހަމަކޮށްފައެވެ. މި މަޝްރޫއުގެ ދަށުން، 954 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 115 މީޓަރުގެ ސަރަޙައްދެއްގައި ގް...

އަޙްމަދު ވަހީދު
ށ. އަތޮޅު ކައުންސިލުގެ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްރޮގްރާމް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި

ށ. އަތޮޅު ކައުންސިލުގެ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްރޮގްރާމް ފަށަން އެއްބަސްވުމުގައި ސޮއިކޮށްފި

މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްރޮގްރާމު ފަށަން އެކަމުގެ އެއްބަސްވުމުގައި މިއާންޒް އިންޓަނޭޝަނަލް ކޮލެޖް (އެމްއައި ކޮލެޖް) އާއެކު އެ ކައުންސިލުން އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) އެވެ. އަދި އެމްއައި ކޮލެޖުގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮލެޖުގެ ރެކްޓާ ލަމްޔާ އަބުދުލް ހާދީ އެވެ. މި ޕްރޮގްރާމްގެ ދަށުން ދެ ކޯހެއް ހިންގާނެ ކަމަށް […]

ޔުމްނާ ޢަލީ
ޕެޓިޝަން ސައްހައެއްނޫން، ހަގީގަތާއި ހިލާފް ވާހަކަ ނުފެތުރުމަށް އެދެން: ޅައިމަގު ކައުންސިލް 📍 ށ. ޅައިމަގު

ޕެޓިޝަން ސައްހައެއްނޫން، ހަގީގަތާއި ހިލާފް ވާހަކަ ނުފެތުރުމަށް އެދެން: ޅައިމަގު ކައުންސިލް

ށ. ޅައިމަގު ކައުންސިލަށް ހުށަހަޅާފައިވަނީ ޕެޓިޝަނެއް ކަމަށް ބަލައި ނުގަންނަ ކަމަށާއި، އެރަށު ކައުންސިލާއި ރައްޔިތުން ބަދުނާމުވާ ގޮތައް ވާހަކަ ނުފެތުރުމަށް އެދޭ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ކައުންސިލުން މިހެން ވިދާޅުވީ، އެ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސްގެ އިތުރުން ތިން މެންބަރުންގެ ސޮއިކުރައްވާ އާންމު ކުރެއްވި ނޫސް ބަޔާނެއް ގައެވެ. އެ ބަޔާނުގައި ވިދާޅުވެފައި ވަނީ ކައުންސިލާއި ގުޅުންހުރި އެކި މަރުހަލާތަކުގައި ހުރި މަޝްރޫއުތަކުގެ އެންމެފަހުގެ މައުލޫމާތު ފޯރުކޮށްދިނުމަށް މ...

މުޙައްމަދު އަފްރާޙް
މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ށ. މިލަންދޫ

މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ. މީގެ އިތުރުން، ގްރޮއިން ޕްރޮފައިލް ކުރުމުގެ މަސައްކަތުގެ 37 އިންސައްތަ މިހާރު ފުރިހަމަކުރެވިފަައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 954 މީޓަރުގެ ސަރަހައްދ...

އަޙްމަދު ވަހީދު
ށ. އަތޮޅު ކައުންސިލުގެ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްރޮގްރާމް ފަށަނީ

ށ. އަތޮޅު ކައުންސިލުގެ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްރޮގްރާމް ފަށަނީ

މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލާއި މިއާންޒް އިންޓަނޭޝަނަލް ކޮލެޖް (އެމްއައި ކޮލެޖް) ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައި އެ ޕްރޮގްރާމް ފެށުމަށް ތައްޔާރު ވެއްޖެއެވެ. މި ޕްރޮގްރާމްގެ ދަށުން ދެ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ހިމެނެނީ އެއް އަހަރުގެ މުއްދަތަށް ހިންގާ މާސްޓާސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯހާއި، ހަތަރު މަސް ދުވަހުގެ މުއްދަތަށް ހިންގާ ޔުނިވާސިޓީ ޕްރެޕަރޭޝަން ޕްރޮގްރާމް ފޯ...

އިބްރާހިމް ޚަލީލް
ނަރުދޫ ބަނދަރުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ 📍 ށ. ނަރުދޫ

ނަރުދޫ ބަނދަރުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ށ. ނަރުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ ފެށުން ސައިޓް މޮބިލައިޒް ކުރީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން، 51,212 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 4,120 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 371 މީޓަރުގެ ބޭރުތޮށި ލުމާއި، 205 މީޓަރުގެ ސަރައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 210 މީޓަރުގެ އެއްގަމުތޮށި ލުމުގެ މ...

އަޙްމަދު ވަހީދު
ގޯލްޑަން ފުޓްސަލް ޗެލެންޖް: ޕެނަލްޓީގައި ކުރި ހޯދައި ށ. އަތޮޅުގެ ޗެމްޕިއަންކަން ފޯކައިދޫ އަށް 📍 ށ. ފޯކައިދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖް: ޕެނަލްޓީގައި ކުރި ހޯދައި ށ. އަތޮޅުގެ ޗެމްޕިއަންކަން ފޯކައިދޫ އަށް

މިހާރު ކުރިއަށްދާ “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023″ގެ އަތޮޅުގެ ޗެމްޕިއަންކަން ށ. ފޯކައިދޫގެ ފޯކައިދޫ އެފްސީ ހޯދައިފިއެވެ. ހުޅުމާލެ ރެހެންދި ދަނޑުގައި ކުޅުނު ރޭ ކުޅުނު ށ. އަތޮޅުގެ ފައިނަލް މެޗުގައި ފޯކައިދޫ އާއި ބައްދަލު ކުރީ ކަނޑިތީމެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖެހީ ކަނޑިތީމުންނެވެ. އެ ލަނޑު ޖަހައިދިނީ އެ ޓީމުގެ އިބްރާހީމް ނަދާދު (ކުޑައްޓޭ) އެވެ. އެ ގޯލަށްފަހު ފޯކައިދޫގެ ހުސައިން ފަޒީލް ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަަމަހަމަކޮށްފައެވެ. މެޗުގެ […]

ޔުމްނާ ޢަލީ
ޅައިމަގު ފެރީ ސްޓޮޕްގެ މަސައްކަތް ނިންމާލައިފި 📍 ށ. ޅައިމަގު

ޅައިމަގު ފެރީ ސްޓޮޕްގެ މަސައްކަތް ނިންމާލައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ށ. ޅައިމަގުގައި ހަދާ ފެރީ ސްޓޮޕުގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހެދި ފެރީ ސްޓޮޕެކެވެ. މި ފެރީ ސްޓޮޕަކީ އާރުޓީއެލްގެ ފެރީ ގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރެއެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓެއް ވަނީ ހަދައިފައެވެ. އާރުޓީއެލް […]

އަޙްމަދު ވަހީދު
މިލަންދޫގައި ކަނބަލުންނަށް ހާއްސަ ކަސްރަތު ޕްރޮގްރާމެއް 📍 ށ. މިލަންދޫ

މިލަންދޫގައި ކަނބަލުންނަށް ހާއްސަ ކަސްރަތު ޕްރޮގްރާމެއް

ށ. މިލަންދޫގައި ކަނބަލުންނަށް ހާއްސަ ކަސްރަތު ޕްރޮގްރާމެއް ހިންގުމަށް އެރަށު ހެލްތު ސެންޓަރުން ނިންމައިފިއެވެ. އެ ސެންޓަރުގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ މި ޕްރޮގްރާމުގައި ހިމެނޭ ބައިތައް ހިއްސާ ކޮށްފައެވެ. އެގޮތުން ވިހެއުމަށްފަހު ހަށިގަނޑަށް އަންނަ ބަދަލުތަކާއިމެދު ހޭލުންތެރިވުމާއި ކެއުން ބަހައްޓަންވީ ގޮތް ހިމެނެއެވެ. އަދި އުމުރުން ދުވަސްވުމުން ހަށިގަނޑަށް އަންނަބަދަލުތަަކާއިމެދު ހޭލުންތެރިވުން ހިމެނެއެވެ. މީގެ އިތުރުން ޒުމްބާ އާއި އެރޮބިކްސް ކްލާސްތައް ވެސް ވަނީ ހިމަނާފައެވެ. މިލަ...

މުޙައްމަދު އަފްރާޙް
ކްރަންޗީސް ބައި ފީވަކު ފުޑް ފެކްޓަރީ: ދިވެހިންގެ ލުއިކާނާތައް އެހެން ހަރުފަތަކަށް

ކްރަންޗީސް ބައި ފީވަކު ފުޑް ފެކްޓަރީ: ދިވެހިންގެ ލުއިކާނާތައް އެހެން ހަރުފަތަކަށް

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަނގަޔަށް މީރު ދިވެހި ވަންތަ ރަހަތަކާއިއެކު ތަފާތު ވައްތަރުގެ ލުއިކާނާ އުފައްދަމުންދެއެވެ. އެތަކެތި އެންމެ އާންމުކޮށް ގަންނަން ލިބޭނީ ކަންމަތީ ފިހާރަ ތަކުގެ ހަރުފަތުންނެވެ. ރަހަ ކިތަންމެ މީރު ނަމަވެސް ރާއްޖޭގެ ބަދިގެތަކުގައި އުފައްދާ މި ތަކެތި ގިނަފަހަރު ބަންދު ކޮށްފައި ހުންނަނީ ޖޫސްޕެޓީ ކޮތަޅަކަށް އަޅައި ކޮޅު އައްސާލައިގެންނެވެ. ނުވަތަ ދެފުއްފެންނަ އަލި ކޮތަޅެއްގައި ބަންދު ކޮށްލައިގެންނެވެ. ހަގީގަތުގައި އެ ތަކެތި އުފައްދާ ފަރާތްތަކުގެ ވިސްނުމަކީ ކަންމަތީ ފިހާރައަށް...

އިބްރާހިމް ޚަލީލް