މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ނަރުދޫ ފުޓްސަލް: ސެމީގައި ފިއުރިޔަސް އާއި ބްލެކް ކޯނާ އަދި ލެއިޓް ވުލްފާއި ދަ ބެންޗް 📍 ށ. ނަރުދޫ

ނަރުދޫ ފުޓްސަލް: ސެމީގައި ފިއުރިޔަސް އާއި ބްލެކް ކޯނާ އަދި ލެއިޓް ވުލްފާއި ދަ ބެންޗް

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ފުޓްސަލް މުބާރާތުގެ ސެމީގައި ފިއުރިޔަސްއާއި ބްލެކް ކޯނާ ވާދަކުރަން ޖެހުނުއިރު، ލެއިޓް ވުލްފާއި ދަ ބެންޗް ބައްދަލު ކުރަން ޖެހިއްޖެއެވެ. މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އެއްވަނަ ހޯދާ ޓީމާއި ހަތަރުވަނަ ހޯދާ […]

އިބްރާހިމް ޚަލީލް
ނަރުދޫ ސްޕޯޓްސް ފިއެސްޓާ ފުޓްސަލް މުބާރާތުގެ ސެމީއަށް ޓީމްތައް ހޮވިއްޖެ 📍 ށ. ނަރުދޫ

ނަރުދޫ ސްޕޯޓްސް ފިއެސްޓާ ފުޓްސަލް މުބާރާތުގެ ސެމީއަށް ޓީމްތައް ހޮވިއްޖެ

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލަށް ޓީމްތައް ހޮވިއްޖެއެވެ. މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ވާދަކުރާނީ އެއްވަނަ ހޯދާ ޓީމާއި ހަތަރުވަނަ ހޯދާ ޓީމެވެ. ދެވަނަ ސެމީގައި ވާދަކުރާނީ ދެވަނަ ޓީމާއި ތިންވަނަ ޓީމެވެ. ސެމީ […]

އިބްރާހިމް ޚަލީލް
ފިއުރިޔަސްއާއި ލެއިޓް ވުލްފް އިން ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފި 📍 ށ. ނަރުދޫ

ފިއުރިޔަސްއާއި ލެއިޓް ވުލްފް އިން ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބުކޮށްފި

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ގައި ލެއިޓް ވުލްފާއި ފިއުރިޔަސް އިން ކުޅުނު ދެވަނަ މެޗު ވެސް ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ. މި މުބާރާތުގައި އިއްޔެ ވަނީ ތިން މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ ލެއިޓް ވުލްފާއި ދަ ބެންޗެވެ. މި މެޗު 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބުކުރީ ލެއިޓް ވުލްފުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ލެއިޓް ވުލްފްގެ ޖޯޒީ ނަމްބަރު […]

އިބްރާހިމް ޚަލީލް
ބޯޓު އަޑިއަށް ދިޔުމުން ކާޑުގެ ދަތިކަން ކުރިމަތިވި ރަށްތަކަށް ކާޑު ގެންދެވޭނެ މަގު ށ.އަތޮޅު ކައުންސިލުން ފަހިކޮށްދީފި

ބޯޓު އަޑިއަށް ދިޔުމުން ކާޑުގެ ދަތިކަން ކުރިމަތިވި ރަށްތަކަށް ކާޑު ގެންދެވޭނެ މަގު ށ.އަތޮޅު ކައުންސިލުން ފަހިކޮށްދީފި

ށ. ކަނޑިތީމު އުޅިއަށި ބޯޓު މިއަދު ބިލެތްފަހީ ފަޅުތެރެއަށް އަޑިއަށް ގޮސްފައިވާއިރު، އެ ބޯޓުން ގެންދިޔަ ކާޑުގެ ބާވަތްތައް ސަލާމަތް ނުކުރެވުމުން، ކާޑުގެ ދަތިކަން ކުރިމަތިވި ރަށްތަކަށް ކާޑު ގެންދެވޭނެ މަގު ށ.އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކު ފަހިކޮށްދީފިއެވެ. ކަނޑިތީމު އުޅިއަށި ބޯޓު މާލެ އިން ގެނައި މުދާ ހިފައިގެން ބިލެތްފަހި ކަނޑިންމައިން ވަދެގެން ދަނިކޮށް ބޯޓު ވަނީ ނެރުގެ އެއްފަރާތަށް ބީހިފައެވެ. މި ބޯޓު ބީހުމުގެ ސަބަބުން ލިބުނު ގެއްލުމުގައި ބޯޓަށް ދިޔަވާން ފެށިއެވެ. އެ ބޯޓު އަޑިއަށް […]

ޔުމްނާ ޢަލީ
ކަނޑިތީމު އުޅިއަށި ބޯޓު ބިލެތްފަހި ފަޅުތެރެއަށް އަޑިއަށް ހިނގައްޖެ 📍 ށ. ކަނޑިތީމު

ކަނޑިތީމު އުޅިއަށި ބޯޓު ބިލެތްފަހި ފަޅުތެރެއަށް އަޑިއަށް ހިނގައްޖެ

ށ. ކަނޑިތީމު އުޅިއަށި ބޯޓު ގިނަ އަދަދެއްގެ މުދަލާއެކު އެ އަތޮޅު ބިލެތްފަހި ފަޅުތެރެއަށް އަޑިއަށް ހިނގައްޖެއެވެ. ބިލެތްފަހި ކައުންސިލުން ބުނިގޮތުގައި އެ ބޯޓު އެރަށުގެ ކަނޑިންމައިން ވަދެގެން އަންނަނިކޮށް ބޯޓު ވަނީ ނެރުގެ އެއްފަރާތަށް ބީހިފައެވެ. އަދި ބޯޓު ނެރުގެ އެއްފަރާތަށް ބީހުމުގެ ސަބަބުން އެ ބޯޓަށް ދިޔަވާން ފެށިކަމަށް ކައުންސިލުން ބުންޏެވެ. އެ ބޯޓަށް ލިބުނު ގެއްލުމުގެ ސަބަބުން ބޯޓުގައި ހުރި މުދާ ސަލާމަތްކުރުމަށް އެރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުން ނުކުމެ މަސައްކަތްކުރަމުން އަންނަކަމަށް […]

ޔުމްނާ ޢަލީ
ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ: ޗެމްޕިއަން ފިއުރިޔަސް މުބާރާތް ފެށީ މޮޅަކުން 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ: ޗެމްޕިއަން ފިއުރިޔަސް މުބާރާތް ފެށީ މޮޅަކުން

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ގައި ޗެމްޕިއަން ފިއުރިޔަސް އިން ކުޅުނު ފުރަތަމަ މެޗު ފަސޭހަކަމާއިއެކު ކާމިޔާބު ކޮށްފިއެވެ. މުބާރާތުގައި ފިއުރިޔަސް އިން ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމުން ރޭ ނުކުމެފައި ވަނީ ދަ ބެންޗާއި ދެކޮޅަށެވެ. އެ މެޗު 5-2 ގެ ނަތީޖާއިން ކާމިޔާބުކޮށްފައި ވަނީ ފިއުރިޔަސް އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ފިއުރިޔަސް ޓީމަށް ކުޅެމުން އަންނަ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ […]

އިބްރާހިމް ޚަލީލް
ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ ފަށައިފި 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ ފަށައިފި

ށ.ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” ފަށައިފިއެވެ. މި މުބާރާތް ހޮނިހިރު ދުވަހުގެ ރޭ ނަރުދޫ ފުޓްސަލް ދަނޑުގައި ފަށާފައިވާއިރު، މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ) އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކޮށްފައި ވަނީ ބީސީ އާއި ބީސީ ލަޔަންސްއެވެ. މި މެޗު 5-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ބީސީ އެވެ. މެޗުގެ މޮޅުކުޅުންތެރިޔާއަށް ހޮވުނީ ބީސީގެ […]

އިބްރާހިމް ޚަލީލް
ށ.އަތޮޅު ކައުންސިލުން އެ އަތޮޅު ޖަމިއްޔާތަކަށް ދޫކުރާ އެހީ ލައްކައަކަށް ބޮޑުކޮށްފި

ށ.އަތޮޅު ކައުންސިލުން އެ އަތޮޅު ޖަމިއްޔާތަކަށް ދޫކުރާ އެހީ ލައްކައަކަށް ބޮޑުކޮށްފި

ށ.އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގަން އެ އަތޮޅު ކައުންސިލުން، ޖަމިއްޔާތަކަށް ދޫކުރާ ފަންޑް 100000 (އެއްލައްކަ) ރުފިޔާއަށް ބޮޑުކޮށްފިއެވެ. ށ.އަތޮޅު ކައުންސިލުން ވަނީ ފާއިތުވި ދެ އަހަރުވެސް އެ އަތޮޅުގައި އިޖުތިމާއީ ހަރަކާތް ހިންގުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ކްލަބް ޖަމިއްޔާތަކަށް ހުޅުވާލާފައެވެ. އެ ފުރުސަތުގެ ދަށުން ފާއިތުވި ދެ އަހަރުގެ ތެރެއިން ކޮންމެ އަހަރަކު ތިން ޖަމިއްޔާއަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ދެ އަހަރު ކޮންމެ ޖަމިއްޔާއަކަށް ވެސް އަތޮޅު ކައުންސިލުން ދޫކޮ...

އިބްރާހިމް ޚަލީލް
ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ މާދަމާ ފަށަނީ 📍 ށ. ނަރުދޫ

ނަރުދޫ ކައުންސިލްގެ ސްޕޯޓްސް ފިއެސްޓާ މާދަމާ ފަށަނީ

ށ. ނަރުދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ބާއްވާ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” މާދަމާ ފަށާނެއެވެ. މިއަހަރުގެ ފިއެސްޓާގައި ކުރިއަށް ގެންދަން ނިންމާފައި ވަނީ ފިރިހެން ފުޓްސަލް އެވެ. މިއީ ށ. އަތޮޅުގެ ފުޓްބޯޅަ އާއި ފުޓްސަލްގައި ވެސް ފާހަގަކޮށްލެވޭ ގަދަ ބާރެއްކަމަށްވާ ނަރުދޫގައި އެރަށު ކައުންސިލުން މި މުބާރާތް މެދު ނުކެނޑި ބާއްވާތާ 9 ވަނަ އަހަރެވެ. ނަރުދޫ ފުޓްސަލް ދަނޑުގައި ކުޅޭ ”ނަރުދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2024” މުބާރާތް ހުޅުވާ މެޗު […]

ޔުމްނާ ޢަލީ
ކޮޅިގަނޑެއްގައި ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ހުރި ލޯންޗު ތަކަކަށް ގެއްލުންވެއްޖެ 📍 ށ. ފޯކައިދޫ

ކޮޅިގަނޑެއްގައި ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ހުރި ލޯންޗު ތަކަކަށް ގެއްލުންވެއްޖެ

ބާރު ވަޔާއެކު އައި ކޮޅިގަނޑެއްގައި ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ބައެއް ލޯންޗުތައް ބަނދަރު ތޮށިގަނޑުގައި ޖެހި ގެއްލުންވެއްޖެއެވެ. ށ. އަތޮޅު ޕޮލިހުން ފޭސްބުކްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ބާރު ވަޔާއެކު އައި ވިލާގަނޑެއްގެ ސަބަބުން ފޯކައިދޫ ބަނދަރުގައި އަޅާފައިވާ ލޯންޗުތަކުގެ ފަހަތު ވައު ކެނޑި، ބައެއް ލޯންޗު ބަނދަރު ތޮށިގަނޑުގައި ޖެހި އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. މި ހާދިސާ ހިނގުމާއެކު، އެ ލޯންޗުތައް ސަލާމަތް ކުރުމުގެ މަސައްކަތުގައި ފޯކައިދޫ ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާއި ލޯން...

ޔުމްނާ ޢަލީ
ރޮލިގަންސް ވިމެންސް ވޮލީބޯލް ޓޯނަމަންޓްގައި ބައިވެރިވާން ހުޅުވާލައިފި

ރޮލިގަންސް ވިމެންސް ވޮލީބޯލް ޓޯނަމަންޓްގައި ބައިވެރިވާން ހުޅުވާލައިފި

ށ.ފީވަކުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބެއްކަމަށްވާ ރޮލިގަންސް އިން އިންތިޒާމްކޮށްގެން އެ ރަށު ކަނބަލުންނަށް ބާއްވާ “ރޮލިގަންސް ވިމެންސް ވޮލީބޯލް ޓޯނަމަންޓް” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ އަންނަ ޖުލައި މަހުގެ ދިހަވަނަ ދުވަހުއެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ހުނަރުވެރި ވޮލީ ކުޅުންތެރިން އުފެއްދުމާއި ކަނބަލުންގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ. މިއީ ފީވަކުގައި އިޖުތިމާއީ ހަރަކާތްތަ...

އިބްރާހިމް ޚަލީލް
ފޯކައިދޫ ބަނދަރު ސަރަހައްދުގައި އިންދުމަށް 500 ކްރިސްޓީނާ ގަސް ހޯދަނީ 📍 ށ. ފޯކައިދޫ

ފޯކައިދޫ ބަނދަރު ސަރަހައްދުގައި އިންދުމަށް 500 ކްރިސްޓީނާ ގަސް ހޯދަނީ

މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫގެ ބަނދަރު ސަރަހައްދު ރީތިކުރުމަށް 500 ބަގީޗާގަސް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. ބަނދަރު ސަރަހައްދުގައި ޕޮޓުހަދައި ޕޮޓުގައި އިންދުމަށް އެ ކައުންސިލުން ހޯދަން އިއުލާން ކޮށްފައި ވަނީ ކްރިސްޓީނާ ގެ މެރޫން ކުލައިގެ ގަހެވެ. ގަސްތައް ހުންނަންވާނީ ބޮނބިކުނޑީގައި އިންދައި މޫލައްވާފައެވެ. ގަސްތަކުގައި ހުންނަންޖެހެ ދިގުމިނެއް ގޮތުގައި އެ ކައުންސިލުން ކަނޑައަޅާފައިވަނީ 1 ފޫޓާއި 3 ފޫޓާއި ދެމެދެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެމުން ފޯކައިދޫ ކައުންސިލު...

އިބްރާހިމް ޚަލީލް
އިހަވަންދިއްޕޮޅާއި ފުނަދޫގައި އެސްއީއެޒް މަޝްރޫޢު ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އިހަވަންދިއްޕޮޅާއި ފުނަދޫގައި އެސްއީއެޒް މަޝްރޫޢު ހިންގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގެ ހާއްސަ އިޤްތިޞާދީ ސަރަހައްދުތައް ތަރައްޤީކުރުމުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރުން، ޔޫއޭއީގެ އިންޓަނޭޝަނަލް ފްރީ ޒޯން އޮތޯރިޓީ (އިފްޒާ) އާއެކު މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އިހަވަންދިއްޕޮޅު އިކޮނޮމިކް ގޭޓްވޭ މަޝްރޫޢު ހިންގުމަށް އިފްޒާގެ ކުންފުނީގެ ތަޖުރިބާގެ ބޭނުންކޮށް އިންވެސްޓަރުން ގެނައުމުގެ މަސައްކަތް ކުރާން ނިންމާފައިވާއިރު، ކ. ފުނަދޫ މާލީ ހަބެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް، އެރަށުގައި ޤާއިމްކުރާ ފައިނޭންޝަލް ސެންޓަރު ތަރައްޤީކުރުމާއި، މާލެއާއި ހުޅުލެ ދޭތެރޭ...

ޔުމްނާ ޢަލީ
އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ށ.އަތޮޅު ކައުންސިލުން އެހީ ދެނީ

އިޖުތިމާއީ ހަރަކާތްތައް ހިންގުމަށް ށ.އަތޮޅު ކައުންސިލުން އެހީ ދެނީ

އިޖުތިމާއީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް ށ.އަތޮޅުގެ ކްލަބް ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ އަތޮޅު ކައުންސިލުން ނިންމައިފިއެވެ. އެ އަތޮޅު ރަށްތަކުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކްލަބް ޖަމިއްޔާތަކުން ރާވާ ހިންގާ އިޖްތިމާއީ ތަރައްގީގެ ޕްރޮގްރާމްތައް ހިންގުމަށް މާލީ އެހީއަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ރަޖިސްޓަރީ ކުރިތާ އަހަރެއް ވެފައިވާ ޖަމިއްޔާތަކަށެވެ. މި ފުރުސ...

އިބްރާހިމް ޚަލީލް
އެއްވަނައަށް އުމްރާ ދަތުރެއް ދޭ މިލަންދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި 📍 ށ. މިލަންދޫ

އެއްވަނައަށް އުމްރާ ދަތުރެއް ދޭ މިލަންދޫ ކައުންސިލް ޤުރުއާން މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ދޭ “މިލަންދޫ ކައުންސިލް ޤުރުއާން މުބާރާތް 1445” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަހު 30 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ މިލަންދޫގެ ކުދިބޮޑު އެންމެންގެ ހިތުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރު ކުރުމާއި، ޤުރުއާން ކިޔެވުމުގެ ފަންނު އެ ރަށުގައި ކުރިއެރުވުމާއި، ޤުރުއާން ކިޔެވުމުގެ ތަޖުވީދު ހަމަތަކާއި ހުކުމްތަކާއި އެއްގޮތަށް ކިޔަވާ […]

އިބްރާހިމް ޚަލީލް