📍 ށ. ފުނަދޫ
އަފީފުއްދީން ސްކޫލާއި ފުނަދޫ ސްކޫލްގައި ސްޓެމް ލެބް އަޅަން ހަވާލުކޮށްފި
ހދ. ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސްކޫލާއި ށ. ފުނަދޫ ސްކޫލްގައި ސްޓެމް ލެބްތައް ގާއިމުކުރުމަށް ހަވާލުކޮށްފިއެވެ. މި ދެ ސްކޫލްގައި ސައިންސް، އައިސީޓީ، ސްޓެމް އަދި ސްކިލް ލެބޯޓަރީ ޤާއިމުކުރުމަށް ތައުލީމާބެހޭ ވުޒާރާއިން ހަވާލުކޮށްފައި ވަނީ ސަނީލޭންޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތްތަކުހެ އެއްބަސްވުމުގައި ތަޢުލީމާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުލްލަޠީފް މުޙައްމަދެވެ. އަދި ސަނީލޭންޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ...