ށ. ނަރުދޫ ފެނަކަ ބްރާންޗުން ރަށުތެރެ ސާފުކުރުމަށް ނަމޫނާ މުބާރާތެއް
ށ. ނަރުދޫ ފެނަކަ ބްރާންޗުން ރަށުތެރެ ސާފުކުރުމަށް ނަމޫނާ މުބާރާތެއް ބާއްވައިފިއެވެ. ށ. ނަރުދޫ ފެނަކަ ބްރާންޗުން ކުރިއަށްގެންދިޔަ ރަށުތެރެ ސާފުކުރުމުގެ މުބާރާތުގައި އެރަށުން 2.8 ޓަނުގެ ޕްލާސްޓިކް ހޮވައިފިއެވެ. “ރީތި ސާފު ނަރުދޫ” ކެމްޕޭނުގެ ދަށުން ޕްލާސްޓިކް ހޮވުމުގެ މުބާރާތެއް ފެނަކަ ނަރުދޫ ބްރާންޗުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ އެވެ. މި މުބާރާތުގައި 17 ޓީމަކުން ބައިވެރިވިއިރު ޖުމްލަ 35،191 ޕްލާސްޓިކު ކޮޅު ވަނީ ހޮވައިފައެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ފެނަކަ ކޯޕަރޭޝަނާއި ދާއިރާގެ...