މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ނަރުދޫގައި ހުރި "ލޭ" ފާޑުގެ އެއްޗެއް އަންނަ، އާދަޔާއި ހިލާފު ގަސް! 📍 ށ. ނަރުދޫ

ނަރުދޫގައި ހުރި "ލޭ" ފާޑުގެ އެއްޗެއް އަންނަ، އާދަޔާއި ހިލާފު ގަސް!

މިއީ މަސްހޫރު ށ. ނަރުދޫގައި ހުންނަ އާދަޔާއި ހިލާފުކަމެއް ފެންނަން ހުރި ގަހެއްގެ ވާހަކައެކެވެ. މިގަހަށް އެރަށުމީހުން ކިޔާއުޅެނީ “ނަން ނޭނގޭ ގަސް” ކަމަށް އެރަށުން ވާހަކަދެއްކި މީހަކު ބުންޏެއެވެ. އެރަށު ޒުވާނެއް ކަމުގައިވާ އަލީ ރަމްޒީ މައުލޫމާތުދިން ގޮތުގައި މިހާރުވެސް އެގަހުގެ ގޮތްޕެއް ކަނޑާލިޔަސް ގަހުންއަންނަ ކިރުގެ ބަދަލުގައި އަންނަނީ ރަތްކުލައިގެ ލޭ، ފާޑުގެ އެއްޗެއް ކަމަށެވެ. ރަށުގެ ކައުންސިލް ކުރިމައްޗަށްވާ ގޮތަށް ހެދިފައި ހުރި މިގަހަށް މިހާރު 100 (ސަތޭކަ ) އަހަރަށްވުރެ ގިނަދުވަސްވެފައިވާކަމަށ...

އަލީ އިބްރާހިމް
ފޮޓޯއިން އެދުވަސް - ފަރުކޮޅުފުނަދޫއަށް ކުރި ފުރަތަމަ ދަތުރު 📍 ށ. ފުނަދޫ

ފޮޓޯއިން އެދުވަސް - ފަރުކޮޅުފުނަދޫއަށް ކުރި ފުރަތަމަ ދަތުރު

މި ފޮޓޯއިން ފެންނަ އިމާރާތް ފެނުމުން ހަނދާންތައް ގޮސް ހުއްޓެނީ މީގެ ތިރީސްފަސްވަރަކަށް އަހަރުގެ ދުރު މާޒީ އަކަށެވެ. އަހަރެންގެ އުމުރުން އޭރުވާނީ އަށެއްކަ އަހަރެވެ. މިގޭގެ ވެރިފަރާތަކީ އެދުވަސް ވަރު މިރަށުގައި ޤަދަރު ކުރެވޭ އަޝްރާފުންގެ ތެރޭގައި ހިމެނޭ ފަރާތެކެވެ. އަހަރެންގެ ބައްޕަގެ ގާތް ރަޙުމަތެރިއެކެވެ. އެހެންކަމުން ފުނަދޫއަށް ކުރާ ޒިޔާރަތްތަކުގައި ފުރަތަމަ މަންޒިލަކަށް ވާނީ މިގެއެވެ. ގޭގެ އެންމެން ފުނަދޫއަށް ކުރި ޒިޔާރަތެއްގައި މިގޭގެ ބޮޑުކޮޓަރީގައި މަޑުކޮށްލައިގެން އިނީމެވެ. އޭރު ކެއުމާއި ބު...

އާދަމް ޝަރީފް

 އުތުރުގައި ކޯވިޑް19އަށް ފަރުވާދޭ މަރުކަޒަކަށް ށ އަތޮޅު ހޮސްޕިޓަލް

ރާއްޖޭގެ 05 ސަރަހައްދެއްގައި ކޯވިޑް 19 އައް ފަރުވާދޭނެ މަރުކަޒުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އުތުރުގެ އަތޮޅުތަކުން ފަރުވާދިނުމަށް އިންތިޒާމްތައް ހަމަޖައްސަމުން އަންނަނީ ށ. އަތޮޅު ހޮސްޕިޓަލުގައިކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއިއޯސީ) އިން ވިދާޅުވެއްޖެ އެވެ. ދަރުބާރުގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ  މަބްރޫކް އަޒީޒް ވިދާޅުވީ ކޯވިޑް-19އަށް ފަރުވާ ދިނުމުގެ ކަންކަން އަތޮޅުތަކުގައިވެސް ހަރުދަނާކުރުމުގެ މަސައްކަތް ސަ...

ޖަލްވާން ޖާދުﷲ
ގޮއިދޫ ކައުންސިލުން ދޭ ޚިދުމަތްތަކުގެ އަގު ކުޑަކޮށްފި 📍 ށ. ގޮއިދޫ

ގޮއިދޫ ކައުންސިލުން ދޭ ޚިދުމަތްތަކުގެ އަގު ކުޑަކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ށ. ގޮއިދޫ ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމުގެ ގޮތުން އެރަށު ކައުންސިލްގެ އިދާރާއިން ދެމުންދާ ޚިދުމަތްތަކުން ނަގަމުންދާ ފީ އާއި ކުލިތައް ކުޑަކޮށްދީފިއެވެ. އެކަމާއި ގުޅިގެން ގޮއިދޫ ކައުންސިލުން އާންމު ކުރި އެންގުމެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމުގެ ގޮތުން އެއިދާރާއިން ދެމުންދާ ޚިދުމަތްތަކުން ނަގަމުންދާ ފީ އާއި ކުލިތަކުގެ އަގަށް  ބަދަލު ގެނެވިފައިވާ ވާކަމަށެވެ. އަދި މިބަދަލުތައް ގެނެވި...

ޔުމްނާ ޢަލީ
ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ނަމަ ކަނޑިތީމު ކައުންސިލުން އެހީތެރި ވަނީ 📍 ށ. ކަނޑިތީމު

ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ނަމަ ކަނޑިތީމު ކައުންސިލުން އެހީތެރި ވަނީ

ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ކަނޑިތީމު ރަށްވެހިންނަށް ކައުންސިލުން އެހީތެެރިވުމުގެ މަސައްކަތް ފަށައިފިއެވެ. އެކައުންސިލްގެ ފޭސްބުކް ޕޯސްޓެއްގައި ވަނީ ރިސޯޓްތަކުގައާއި ޕްރައިވެޓް ސެކްޓަރގައި މަސައްކަތްކުރާ ކަނޑިތީމު ރަށްވެހިންގެ ތެރެއިން 01 މާރޗް 2020 ފެށިގެން އެއްވެސް ފަރާތެއްގެ ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާނަމަ އެފަރާތްތަކުގެ މަޢުލޫމާތު އެކައުންސިލާއި ހިއްސާ ކޮށް ދިނުމަށް އެދޭ ކަމަށެވެ. އެފަދަ ފަރާތެއް ހުރިނަމަ ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް ހުށަހަޅައިގެން ހައްލު ހޯދައި...

ޝިއުނާ އާދަމް
ފުނަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ސޯސަލް ސަޕޯޓް ޑެސްކެއް ޤާއިމް ކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ސޯސަލް ސަޕޯޓް ޑެސްކެއް ޤާއިމް ކޮށްފި

ށ. ފުނަދޫ ރައްޔިތުންނަށް އިޖުތިމާއީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެރަށު ކައުންސިލުން، ސޯސަލް ސަޕޯޓް ޑެސްކް (އެސްއެސްޑީ) އެއް ޤާއިމް ކޮށްފިއެވެ. ފުނަދޫ ސޯސަލް ސަޕޯޓް ޑެސްކްގެދައުރު އެކައުންސިލުންވަނީ ކޮވިޑް-19 އާއި ގުޅިގެން އެކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ހޯދުމުގެ ގޮތުން އެރަށުގެ ވިޔަފާރިވެރިންނާއިވެސް ބައްދަލު ކޮށްފައެވެ. ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްއިން ށ. ފޮނަދޫ ރައްޔިތުން ރައްކާތެރިވެ ތިބުމަށް ފޮނަދޫ ކައުންސިލުން  ކުރިންވެސްވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަ...

ޝިއުނާ އާދަމް
ފޮޓޯއިން އެދުވަސް - ށ.ކޮމަންޑޫ ސްކޫލުގެ ހަނދާންތައް 📍 ށ. ކޮމަންޑޫ

ފޮޓޯއިން އެދުވަސް - ށ.ކޮމަންޑޫ ސްކޫލުގެ ހަނދާންތައް

މިފޮޓޯ ފެނުމުން ހަނދާންތައް އަހަރެން ގޮވައިގެން ދަތުރުކުރީ 1980 ވަނަ އަހަރާއި ހަމައަށެވެ. ފޮޓޯއިން ފެންނަން އެހުރި ކޮމަންޑޫ ސްކޫލަކީ އަހަރެންގެ ތަޢުލީމީ ބިންގާ އެޅުނު ފުރަތަމަ މަދަރުސާއެވެ. ލިޔަންކިޔަން ދަސްކޮށްދީ ހިސާބު އަދަދުތަކާއި ނަވަތަ ދަސްކޮށްދިނީ އެ މަދަރުސާގެ އެދުރުންނެވެ. ހަނދާނަށް އަންނަނީ ސްކޫލަށްދިޔަ ފުރަތަމަ ދުވަހެވެ. ބެލެނިވެރިޔާ ހައްވަދައިތަގެ އަތުގައި ހިފައިގެން ކޮމަންޑޫ ބޮޑުމަގަށް ނިކުތީ މުޅިން އައު ތަޖުރިބާއަކާއި ކުރިމަތިލާށެވެ. ތުނޑި ފިހާރައަށްވަދެ ފޮތަކާއި ފަންސުރެއް އަދި ފުހ...

އާދަމް ޝަރީފް
މިލަންދޫން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

މިލަންދޫން މަސްތުވާތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

ށ. މިލަންދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ. މިލަންދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންސްޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މިލަންދޫން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައި ވާކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިލަންދޫގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަސްތުވާތަކެތި ބޭނުންކުރާ ކ...

ޔުމްނާ ޢަލީ
8 މީހުންނާއި އެކު ފޭދޫއަށް ދަތުރުކުރި ބޯއްޓެއް ފަރަށް އަރައިފި

8 މީހުންނާއި އެކު ފޭދޫއަށް ދަތުރުކުރި ބޯއްޓެއް ފަރަށް އަރައިފި

8 މީހުންނާއި އެކު ފޭދޫއަށް ދަތުރުކުރި ބޯއްޓެއް ފަރަށް އަރައިގެން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އެހީތެރިވާން ފަށައިފިއެވެ. މާލެއިން ފުރައިގެން ސ. ފޭދޫއަށް ދަތުރުކުރި “އަލްމާ” ނަމަކަށް ކިޔާ މިބޯއްޓު ފަރަށް އަރާފައިވަނީ ގދ މާވަރަލާ ފަރަށްކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. 8 meehunaa eku Male' in furaigen S.Feydhoo ah dhathurkuri "Alma" namakah kiyaa boat Gdh.Maavarla farah araigen MNDF Southern Area Coast Guard Squadron in eheetherikan foarukohdheyn […]

ޔުމްނާ ޢަލީ
ކޮމަންޑޫ އެއްގަމު ޖެޓީގެ އަމަލީ މަސައްކަތް ފެށިއްޖެ 📍 ށ. ކޮމަންޑޫ

ކޮމަންޑޫ އެއްގަމު ޖެޓީގެ އަމަލީ މަސައްކަތް ފެށިއްޖެ

ށ. ކޮމަންޑޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ތެރެއިން އެއްގަމު ޖެޓީގެ އަމަލީ މަސައްކަތް ފެށިއްޖެއެވެ. އެކަން ހާމަކޮށްފައިވަނީ ކޮމަންޑޫ ކައުންސިލްގެ ރަސްމީ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައިއެވެ. https://www.facebook.com/309200189532246/posts/905488889903370/ ކޮމަންޑޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުއަކީ 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 4 ވަނަ ދުވަހު އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއުއެކެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 29،...

ޝިއުނާ އާދަމް
ފޮޓޯއިން އެދުވަސް: ކޮމަންޑޫ މަސްޖިދުލް ޒިކުރާ 📍 ށ. ކޮމަންޑޫ

ފޮޓޯއިން އެދުވަސް: ކޮމަންޑޫ މަސްޖިދުލް ޒިކުރާ

ނޯޓް: މި ކޮލަމްގައި އަޅުގަނޑު އެކި ދުވަހު މި ހިމަނާލާ ފޮޓޯ އާއި އެ ފޮޓޯއާއި ގުޅޭ ލިޔުން ތަކަކީ އެއިން ތާރީޚީ ބައެއް މަޢުލޫމާތު ލިއްބައިދޭނެ އަދި މާޒީގައި ކަން ހިނގާފައިވާމަގު އެނގިގެންދާނެ ލިޔުން ތަކެކެވެ. މި ފޮޓޯފެނުމުން ހަނދާނުގެ ފަތްފުށްތައް އުކާލެވެނީ އޮންވިހިސަތޭކަ އައްޑިހައިގެ ކުރީކޮޅުގެ އަހަރު ތަކަށެވެ. އަހަރެން ކޮމަންޑޫގައި ކިޔަވަން އުޅުނުއިރު ފިރިހެނުން ނަމާދު ކުރަން ކުޑަމިސްކިތަކަށްވެސް އަދި ބޮޑު މިސްކިތަކަށްވެސް ހުންނާނީ މިމިސްކިތް އެކަންޏެވެ. މިސްކިތު މުދިމަކީ އިބްރާހިމްބެއެވެ. އަހަރ...

އާދަމް ޝަރީފް
ކޮވިޑް-19: މިލަންދޫގައިވެސް ގިނަ ހަރަކާތްތަކެއް 📍 ށ. މިލަންދޫ

ކޮވިޑް-19: މިލަންދޫގައިވެސް ގިނަ ހަރަކާތްތަކެއް

ރާއްޖެ ހިމެނޭހެން މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާއި މެދު ރައްޔިތުން ރައްކާތެރިކޮށް ރައްޔިތުން ހޭލުންތެރި ކުރުމަށް ށ. މިލަންދޫގައިވެސް ގިނަ ހަރަކާތްތަކެއް ހިންގަމުން އެބަދެއެވެ. ފިހާރަތަކާއި، ހޮޓާ ރެސްޓޯރެންޓު ކައިރީ އަތް ދޮވެވެވޭނެ އިންތިޒާމު ހަމަޖެއްސުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އެރަށުގެ ފިހާރަތަކާއި، ހޮޓާ ރެސްޓޯރެންޓު ކައިރީ ސައިބޯނި ލައިގެން އަތް ދޮވެވެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި އެރަށުގެ ބީއެމްއެލް އޭޓީއެމުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށްވެސް އަތް ދޮވެވޭނެ...

ޝިއުނާ އާދަމް
ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުން ފުނަދޫއަށް އަރާ ފޭބުން މަނާކޮށްފި 📍 ށ. ފުނަދޫ

ކޮވިޑް-19 އާއި ގުޅިގެން ރިސޯޓުތަކުން ފުނަދޫއަށް އަރާ ފޭބުން މަނާކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓުތަކުން ށ. ފުނަދޫއަށް އަރާ ފޭބުން މަނާކޮށްފިއެވެ. ށ. ފުނަދޫ ކައުންސިލް އިދާރާއިން އިއްޔެ އެކައުންސިލް އިދާރާގެ ރަސްމީ ފޭސް ބުކް ޕޭޖްގައި އާންމު ކޮށްފައިވާ ލިޔުމެއްގައިވަނީ ކޮރޯނާ ވައިރަސްއާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިއްޔެ ހަވީރު 6:00 އިން ފެށިގެން 14 ދުވަސް ވަންދެން އެއްވެސް ރިސޯޓަކުން މީހުން އެރަށަށް އެރުމާއި، އެރަށުން އެއްވެސް މީހަކު އެއްވެސް ރިސޯޓަކަށް ދިއުމަކީ މަނާ ކަމެއް ކަމަށެވެ. […]

ޔުމްނާ ޢަލީ
ކޮވިޑް-19: ފޯކައިދޫއިން ގެންދިޔަ މީހާ އާއިއެކު ތިން މީހުން ނެގަޓިވް

ކޮވިޑް-19: ފޯކައިދޫއިން ގެންދިޔަ މީހާ އާއިއެކު ތިން މީހުން ނެގަޓިވް

ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްއަށް ޝައްކުވެގެން ކަރަންޓީނު ކުރި ށ. ފޯކައިދޫއަށް ނިސްބަތްވާ ކުރެއްދޫ މުވައްޒަފާއި، ފަރުކޮޅު ފުށީގައި އައިސޮލޭޓް ކޮށްފައިވާ ޔުނިވަރސަލް ޓިކެޓިންގ އޮފީހުގެ މުވައްޒަފަކާއި އިތުރު މީހެއް ކޮރޯނާއަށް ނެގެޓިވްވެފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފި އެވެ. އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް 19 އަށް ޝައްކުވެގެން ބައްޔަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގި ތިން މީހަކު ބައްޔަށް ނެގެޓިވް ވެފައިވާކަމަށެވެ. އޭގެ ތެރޭގައި ފަރުކޮޅުފުށީގައި އައިސޮލޭޓް ކޮށްފައިވާ އެމިރޭޓް...

ޝިއުނާ އާދަމް
ފޯކައިދޫގައި ހުރި ދިވެއްސެއް ޓެސްޓު ހެދުމަށް ފަރުކޮޅުފުއްޓަށް ގެންދަނީ

ފޯކައިދޫގައި ހުރި ދިވެއްސެއް ޓެސްޓު ހެދުމަށް ފަރުކޮޅުފުއްޓަށް ގެންދަނީ

ށ. ފޯކައިދޫގައި ހުރި ދިވެއްސެއް މޮނިޓަރކޮށް، ޓެސްޓު ހެދުމަށް ފަރުކޮޅުފުއްޓަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސެއް ށ.ފޯކައިދޫއިން ފަރުކޮޅުފުއްޓަށް މޮނިޓަރކޮށް، ޓެސްޓު ހެދުމަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މި މީހާއަކީ ކުރެއްދޫ ރިސޯޓްގެ މުވައްޒިފެއްކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ. #ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސެއް...

ޝިއުނާ އާދަމް