މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ށ. އަތޮޅު ހޮސްޕިޓަލާއި ކޯވިޑް19 ޓާސްކް ފޯސް އިން ހިންގާފައިވާ ބައެއް ޙަރަކާތްތައް

ށ. އަތޮޅު ހޮސްޕިޓަލާއި ކޯވިޑް19 ޓާސްކް ފޯސް އިން ހިންގާފައިވާ ބައެއް ޙަރަކާތްތައް

ޗައިނާގެ ވޫހާން ސިޓީއިން 31 ޑިސެމްބަރު 2019 ގައި ބިންދާލި ކޮރޯނާ ވައިރަސްގެ ބިރުވެރި ރާޅު ފަތުއަޑު ކިޔާފައި ދުނިޔެއަށް ފެތުރެން ފަށާއި މިބަލި ރާއްޖޭގެ ގޮނޑުދޮށްތަކަށް އައީ 2020 ވަނަ އަހަރުގެ މާރިޗް 7 ވަނަ ދުވަހެވެ. އެއާއި އެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯވިޑް19 އަށް ފަރުވާކުރުމަށް ދިއައީ އެކި އެކި މަސައްކަތް އަވަދިނެތި ކުރަމުންނެވެ. ބޮޑުތިލަދުންމަތީގެ ރަށްތަކުން ކޯވިޑް ކޭސްތައް ފެނުނުއިރު، ހަމަ ކޮންމެ ރަށެއްގެ ސިއްޙީ ޚިދުމަތްތެރީން ތިބީ ރަށަށްޓަކައި އަތުކުރި […]

ޝިއުނާ އާދަމް
ފީވަކުން, މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ފީވަކުން, މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ށ. ފީވަކުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އެރަށުން ވާހަކަދެއްކި މީހަކު ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ. އަދި އެރަށުން ޕޮޒިޓިވްވި މީހާ ހޯމު ކަރަންޓީނުގައި ހުރި ނަމަވެސް އެރަށުން ބަޔަކާއި ބައްދަލު ވެފައިވާތީ އެމީހުން އަމިއްލައަށް މިހާރު ކަރަންޓީނު ވެފައި ވާކަމަށް މަޢުލޫމާތު ހިއްސާ ކުރި މީހާ ބުންޏެވެ. ފީވަކުގެ އިތުރުން ވެސް ހަރަށަކުން މިއަދު އަލަށް ކޯވިޑަށް މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދ. ކުޑަހުވަދޫއިން […]

ޔުމްނާ ޢަލީ
ފީވަށް ބަނދަރުގެ 55 އިންސައްތަ މަސައްކަތް ނިންމާލެވިއްޖެ: އެމްޓީސީސީ 📍 ށ. ފީވަށް

ފީވަށް ބަނދަރުގެ 55 އިންސައްތަ މަސައްކަތް ނިންމާލެވިއްޖެ: އެމްޓީސީސީ

ށ.ފީވަށް ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ %55 ނިމިފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީއިން ބުނީ މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުން ކުރުމުގެ %72 މަސައްކަތް ވަނީ ނިމިފައިކަމަށެވެ. މީގެ އިތުރުން ބޭރުތޮށިލުމުގެ މަސައްކަތުގެ %97 ނިމިފައިވާކަމަށާއި މިހާރު ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފެށިފައިވާ ކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ. މި މަޝްރޫޢުގެ ދަށުން 55،163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި،...

ޖަލްވާން ޖާދުﷲ
ޅައިމަގު ރައްޔިތުންގެ ރުއްގަސް ކުއްޔަށް ދޫކުރަނީ 📍 ށ. ޅައިމަގު

ޅައިމަގު ރައްޔިތުންގެ ރުއްގަސް ކުއްޔަށް ދޫކުރަނީ

މިލަދުންމަޑުލު އުތުރު ބުރީ ޅައިމަގުގެ ރައްޔިތުންގެ ރުއްގަސްތައް އެއްއަހަރުގެ މުއްދަތަށް ކުއްޔަށް ހިފާނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފިއެވެ. މިކަމާއި ގުޅިގެން ޅައިމަގު ކައުންސިލުގެ އިދާރާއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޅައިމަގު ރައްޔިތުންގެ ރުއްގަސް 18 ސެޕްޓެމްބަރ 2020 އިން ފެށިގެން މީލާދީ ގޮތުން އެއްއަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ބޭނުންވާ ކަމަށެވެ. މި ރުއްގަސްތައް ކުއްޔަށް ހިފުމަށް ހުށައެޅޭނެ އެންމެ ކުޑަ އަގަކީ  އަހަރަކު 2500.00 (ދެހާސް ފައްސަތޭކަ ރުފިޔާ ) ކަމަށް އެ ކައ...

އިބްރާހިމް ޚަލީލް
ށ. ފުނަދޫ ފަޅުވީ ކީއްވެ؟ 📍 ށ. ފުނަދޫ

ށ. ފުނަދޫ ފަޅުވީ ކީއްވެ؟

ށ. ފުނަދޫ އާބާދުވާން ފެށި ތާރީޚެއް ކަމަށް އެނގެން އޮންނަ ތާރީޚަކީ 1 ޖަނަވަރީ 1968 އެވެ. އެއީ މިއަތޮޅު ޅައިމަގުގައި ހުރި ށ. އަތޮޅު އޮފީސް ފުނަދޫއަށް ބަދަލު ކުރި ދުވަހެވެ. ދަނޑިފަނުންނާއި ތޮށަލިން އަތޮޅު އޮފީހުގެ އިމާރާތް ފުނަދޫގައި އަޅައި އެތަނުގައި ޤައުމީ ދިދަ ނެގުނު ދުވަހެވެ. އެ އިމާރާތް ހުރީ މިހާރުގެ އަތޮޅު އޮފީހުގެ ހުޅަނގުން އޮތް ބިމުގައެވެ. އެހެނަސް ފުނަދޫއަކީ އޭގެ މާކުރިންވެސް މީހުން އުޅެފައިވާ ރަށެކެވެ. ބޮޑު އާބާދީއެއް އޮތް […]

އާދަމް ޝަރީފް
އުތުރުގެ ތިން ރަށަކުން މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި 📍 ށ. ފޯކައިދޫ

އުތުރުގެ ތިން ރަށަކުން މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން  ށ. ކޮމަންޑޫ އާއި ށ. ފޯކައިދޫ އަދި ނ. މަނަދޫގައި ހިންގި އޮޕަރޭޝަންތަކެއް މަސްތުވާތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންތައް ހިންގާފައި ވަނީ ފުލުހުންގެ އިންޓެލިޖެންސާއި ށ. ކޮމަންޑޫ ޕޮލިސް ސްޓޭޝަން، ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަން އަދި ނ. މަނަދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން އޮގަސްޓް މަހުގެ 13 ވަނަ ދުވަހު ކަމަށެވެ. މި އޮޕަރޭޝަންތަކުގައި ށ. ކޮމަންޑޫން ވަނީ 22 އަހަރުގެ […]

ޔުމްނާ ޢަލީ
ނަރުދޫއަށް ދުވާލުގެ ވަގުތުގައި ކަރަންޓުދެނީ އިރުގެ ހަކަތައިން 📍 ށ. ނަރުދޫ

ނަރުދޫއަށް ދުވާލުގެ ވަގުތުގައި ކަރަންޓުދެނީ އިރުގެ ހަކަތައިން

ށ. ނަރުދޫއަށް ދުވާލުގެ ވަގުތުގައި ކަރަންޓުދިނުމަށް އިރުގެ ހަކަތައިން އުފައްދާ ކަރަންޓުން ބޭނުންކުރަން ފަށައިފިއެވެ. މިކަމާއި ގުޅިގެން ތިލަދުންއަށް މަޢުލޫމާތު ހިއްސާކުރަމުން ނަރުދޫ އިންޖީނުގެ ހިންގުމާއި ހަވާލުވެ ހުރި ޑެޕިއުޓީ މެނޭޖަރ އަލީ ރަމްޒީ ވިދާޅުވީ މިވަގުތު ސޯލާއިން ކަރަންޓު ދެމުންދަނީ ހެނދުނު 7:30 އިން ހަވީރު 5:30 އަށް ކަމަށެވެ. ސޯލާ ސިސްޓަމް ބޭނުން ކުރަން ފެށުމާއެކު ދުވާލަކަށް 200 ލީޓަރ ސޭވް ކުރެވޭނެކަމަށާއި އެއީ 130 ކިލޯ ވޯޓްކަމަށް ރަމްޒީ ވިދާޅުވިއެވެ. އަދި މިބަދަލުގެ ސަބަބުން އެރަށުގައި...

އިބްރާހިމް އަސްވާޤް
ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި އެޑްމިޓްކުރި ފުރަތަމަ ބަލި މީހާ ރަނގަޅުވެގެން ދޫކޮށްލައިފި 📍 ހއ. ކެލާ

ށ. އަތޮޅު ކޯވިޑް ފެސިލިޓީގައި އެޑްމިޓްކުރި ފުރަތަމަ ބަލި މީހާ ރަނގަޅުވެގެން ދޫކޮށްލައިފި

ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފުރަތަމަ އެޑްމިޓް ކުރި ކޯވިޑް ބަލިމީހާ ރަނގަޅު ވެގެން ދޫކޮށްލައިފިއެވެ. ށ. އަތޮޅު ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި އެޑްމިޓްކުރި ފުރަތަމަ ކޯވިޑް ބަލި މީހާ މިއަދު ދޫކޮށްލާފައި ވާކަމަށެވެ. ކޯވިޑް-19ގެ ބަލިމީހެއްގެ ގޮތުގައި އެ ސެންޓަރުގައި ފުރަތަމަ އެޑްމިޓްކުރީ ހއ. ކެލާ ސަވާރީ ބޯޓުގެ ކެޕްޓަނެވެ. އޭނާ އެޑްމިޓް ކުރީ ހުސްވި ޖުލައި މަހުގެ […]

ޝިއުނާ އާދަމް
ކޮމަންޑޫ ބަނދަރު ހެދުމުގެ 73 އިންސައްތަ މަސައްކަތް ވަނީ ނިންމާލެވިފައި- އެމްޓީސީސީ 📍 ށ. ކޮމަންޑޫ

ކޮމަންޑޫ ބަނދަރު ހެދުމުގެ 73 އިންސައްތަ މަސައްކަތް ވަނީ ނިންމާލެވިފައި- އެމްޓީސީސީ

ށ. ކޮމަންޑޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ 73 އިންސައްތަ މަސައްކަތް މިހާރު ނިންމާލެވުފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. ކޮމަންޑޫ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދާގޮތާއި ގުޅޭ އެންމެފަހުގެ މަޢުލޫމާތު ހިއްސާކޮށް، އެމްޓީސީސީއިން ކޮށްފައިވާ ޓުވީޓްގައި ބުނެފައި ވަނީ މި މަޝްރޫޢުގެ ތެރެއިން ކޮމަންޑޫ ބަނދަރުގެ އެއްގަމުތޮށީގެ ގައު އެތުރުމުގެ މަސައްކަތް މުޅިން ނިމިފައި ވާކަމަށާއި އަދި މިހާރު ކުރިއަށް ދަނީ އެއްގަމު ތޮށީގެ ކެޕިންގ ބ...

އިބްރާހިމް ޚަލީލް
📍 ށ. ފުނަދޫ

"ށ. ފުނަދޫ" ގެ ތާރީޚުން ތަންކޮޅެއް!

ފުނަދޫއަކީ މީގެ އެތައް ސަތޭކަ އަހަރެއްކުރިންވެސް މީހުން އުޅެފައިވާ ރަށެއްކަން އެނގޭ ތާރީޚީ ހެކިތައްފުނަދޫގެ އެކި ސަރަހައްދުތަކުން ފެނިފައި ވެއެވެ. ފުނަދޫގެ އެކި ސަރަހައްދުތައް ކޮންނައިރު ފެންނަމުންދާ މިނިކަށިތައް މިއީ މިކަމަށް ބާރުލިބޭ ހެތްކެކެވެ. އަދި ފެންނަ ބައެއް އާސާރީ ތަކެތި މިކަމަށް ހެކިވެއެވެ. ތާރީޚީ ކަންކަމަށް ލޯބިކުރައްވާ އެކަންކަން ބަލާހޯއްދަވާ ފަރާތެއް ކަމުގައިވާ ފުނަދޫގެ ކުރީގެ ބޮޑުކަތީބު އަލްފާޟިލް އަހުމަދު ނަސީމް ވިދާޅުވާގޮތުގައި ފުނަދޫއަކީ ކުރިން މީހުން އުޅެފައިވާ ރަށެއްކަން އެނގޭ...

އާދަމް ޝަރީފް
ކޯވިޑް-19: ކެލާއިން ޕޮޒިޓިވްވި މީހާއަށް ށ. އަތޮޅު ފެސިލިޓީގައި ފަރުވާ ދެނީ 📍 ހއ. ކެލާ

ކޯވިޑް-19: ކެލާއިން ޕޮޒިޓިވްވި މީހާއަށް ށ. އަތޮޅު ފެސިލިޓީގައި ފަރުވާ ދެނީ

ހއ. ކެލާއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހާ، ށ. ފުނަދޫގައި ޤާއިމުކޮށް ފައިވާ ޒޯން 1 ގެ ކޯވިޑް-19 އަށް ފަރުދޭ މަރުކަޒު، ށ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދޭން ފަށައިފިއެވެ. ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި ފަރުވާ ދޭން ފަށާފައި ވައިވާ، ހއ. ކެލާގެ މި މީހާއަކީ އެ ރަށާއި، މާލެއާއި ދެމެދު ދަތުރުކުރާ ސަވާރީ ބޯޓުގެ ކެޕްޓަނެވެ. ކެލާ ކައުންސިލްގެ ރައީސް އާދަމް ގުފްރާން “ތިލަދުން” އަށް […]

ޔުމްނާ ޢަލީ
ފީވަކު ބަނދަރުގެ 52 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ފީވަކު ބަނދަރުގެ 52 ޕަސެންޓް މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

ށ. ފީވަކު ބަނދަރު ހެދުމުގެ މަޝްރޫޢުގެ 52 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެމްޓީސީސީއިން ބުނީ މި މަޝްރޫޢުގެ ދަށުން ށ. ފީވަށް ބަނދަރު ޑިޒައިން ކުރުމާއި ފުންކުރުމު މަޝްރޫޢުގެ 52 ޕަސެންޓް މަސައްކަތް ނިމިފައި ވާކަމަށެވެ. މި މަޝްރޫޢުގެ ތެރެއިން ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 88 ޕަސެންޓް ނިންމައި ބޭރުތޮށިލުމުގެ މަސައްކަތުގެ 66 ޕަސެންޓް ވަނީ މިހާރު ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީއިން […]

ޔުމްނާ ޢަލީ
މަރޮށި ޖަޒީރާ ތުނޑި ޢާއިލާތަކަށް ފައްކާ ކުރަނީ! 📍 ށ. މަރޮށި

މަރޮށި ޖަޒީރާ ތުނޑި ޢާއިލާތަކަށް ފައްކާ ކުރަނީ!

ށ. މަރޮށީގެ ޢާއިލާތައް ހިތް ހަމަޖައްސާލައި، ވަގުތުތައް ހޭދަ ކޮށްލުމަށް އެރަށުގެ ހުޅަނގު ދެކުނު ތުނޑީގައި ތައްޔާރު ވަމުންދާ މަންޒިލަކީ އެ ރަށުގެ ޢާއިލާތަށް ވަގުތު ހޭދަކޮށް ލުމަށް ލިބޭނެ ބޮޑު ހަދިޔާއެއްކަން ގައިމެވެ. އެރަށުގެ ހުޅަނގު ދެކުނު ތުނޑީގައި ތައްޔާރު ވަމުންދާ އެމަންޒިލަށް އެ މަސައްކަތް ކުރަމުން އަންނަ ޒުވާނުން ދީފައިވާ ނަމަކީ ” މަރޮށި ސަންސެޓް ބީޗް” އެވެ. އެރަށުގެ ހުޅަނގު ދެކުނު ތުނޑިއަކީ ވަރަށް ޗާލު ތުނޑިއެކެވެ. ވަށައިގެންވާ ވެށިން ފެނިގެން ދަނީ […]

ޔުމްނާ ޢަލީ
މަސްތުވާތަކެއްޗާއެކު ށ.ފުނަދޫން ޒުވާނަކު ހައްޔަރުކޮށްފި 📍 ށ. ފުނަދޫ

މަސްތުވާތަކެއްޗާއެކު ށ.ފުނަދޫން ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުނަދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ ފުނަދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖުލައި 20 ވަނަ ދުވަހު 14:14 އެހާކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެރަށު ބަނދަރު ސަރަހައް...

އަލީ އާދިލް
ފޯކައިދޫ ބަނދަރުގެ ނުރައްކާ ހާލަތު ފެނިގެންދާ ވީޑިއޯއެއް! 📍 ށ. ފޯކައިދޫ

ފޯކައިދޫ ބަނދަރުގެ ނުރައްކާ ހާލަތު ފެނިގެންދާ ވީޑިއޯއެއް!

މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވެފައި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން، މޫސުން ގޯސްވާނެކަމަށް ލަފާކޮށް އަންނަނީ އެލާޓުތަށް ނެރެމުންނެވެ. މޫސުން ގޯސް ކަނޑު ގަދަ ދުވަސްތަކުގައި އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހޭ ރަށްތައް ރާއްޖޭގައި ވަރަށް ގިނައެވެ. ބަނދަރު ހަލާކުވުމުގެ ސަބަބުން ނާއި ބަނދަރު ޑިޒައިންކޮށްފައިވާ ގޮތުން ނުވަތަ ބަނދަރު ހެދިފައިވާ ދިމާއެއްގެ ގޮތުން ބަޔެއް ރަށްރަށުގެ ބަނދަރު ބޭނުން ނުކުރެވޭ ހާލަތަށް ދިއުމަކީ އާންމުކަމެކެވެ. އެގޮތުން […]

އަލީ އާދިލް