މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (03:00 އިން 07:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 🏛️ ށ. އަތޮޅު (މިލަދުންމަޑުލު އުތުރުބުރި) (1,686 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
1,686 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ށ. އަތޮޅުގެ ޚަބަރުތައް

1686 ޚަބަރުގެ ތެރެއިން
ދިއްދޫއާއި ފުނަދޫ ވެސް މޮނިޓަރިން ހާލަތުން ނަގައިފި 📍 ހއ. ދިއްދޫ

ދިއްދޫއާއި ފުނަދޫ ވެސް މޮނިޓަރިން ހާލަތުން ނަގައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޯވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް މޮނިޓަރިން ހާލަތަށް ގެނައި އުތުރުގެ ރަށްތަކުގެ ތެރެއިން ހއ. ދިއްދޫ އަދި ށ. ފުނަދޫ ވެސް މޮނިޓަރިން ހާލަތުން ނަގައިފިއެވެ. މިރަށްތައް މޮނިޓަރިން ހާލަތަށް ގެނައީ ކުޅުދުއްފުށި ސިޓީގެ ފުލުހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރޭގައި އެވެ. ހއ. ދިއްދޫ މޮނިޓަރިން ހާލަތުން ނަގާފައި ވަނީ މިއަދު ހަވީރު 17:01 ގައި އެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ ރޭގެ 21:21 […]

ޝިއުނާ އާދަމް
މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލައަށް، ބިލެއްފަހީގައި ހޭލުންތެރިކޮށްފި 📍 ށ. ބިލެތްފަހި

މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލައަށް، ބިލެއްފަހީގައި ހޭލުންތެރިކޮށްފި

މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުންދާ ކަންކަމުން ސަލާމަތްވެ ރައްކާތެރިވެތިބުމާއި އެފަދަ ކަމެއް ދިމާވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ މައުލޫމާތު ދިނުމަށް ށ. ބިލެއްފަހީގެ ވިޔަފާރިވެރިންނަށް މަޢުލޫމާތު ދިނުމަށް ހާއްސަ ހަރަކާތެއް ފުލުހުން ހިންގައިފި އެވެ. ފުލުހުން ބުނެފައިވަނީ ކުށްމަދު އަމާން މާހައުލެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުން ހޭލުންތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ވިޔަފާރިވެރިންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ށ. ބިލެއްފަހީގައި ކުރިއަށް ގެންގޮސްފައިވާކ...

އިބްރާހިމް އަސްވާޤް
ވެލާ ކަހަނބު ހިފާ، ބިސް ނުނެގުމަށް ކޮމަންޑޫ ކައުންސިލުން އިލްތިމާސްކޮށްފި 📍 ށ. ކޮމަންޑޫ

ވެލާ ކަހަނބު ހިފާ، ބިސް ނުނެގުމަށް ކޮމަންޑޫ ކައުންސިލުން އިލްތިމާސްކޮށްފި

ވެލާ އަދި ކަހަނބު ރައްކާތެރި ކުރުމަށް މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫ ކައުންސިލުން އިލްތިމާސްކޮށްފި އެވެ. އެކައުންސިލުން ކުރި އިޢުލާނުގައި ބުނެފައިވަނީ، ވެލާ ކަހަނބު ބާވަތްތަށް ވަނީ ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން (ނަންބަރު4/93) ގެ4 ވަނަ މާއްދާގެ (ހ) ގެ ދަށުން4 އޭޕްރީލް2016 ގައި ހިމާޔަތް ކުރެވިފައެވެ. އަދި އެންވާރަމެންޓް މިނިސްޓްރީއިން ޢާންމު ކޮށްފައިވާ މި އިޢުލާނާއި ހަވާލާދީ ކޮމަންޑޫ ކައުންސިލްގެ އިޢުލާނުގައި ވަނީ، ވެލާ ކަހަނބުގެ އެއްވެސް ބާވަތަަކަ...

މުޙައްމަދު މާއިލް ހަސަން
ތިލަދުންމަތީ ހުނަރުވެރިން: ކަނޑިތީމުން ތަފާތު ހުނަރުވެރި ވަޑިއެއް! 📍 ށ. ކަނޑިތީމު

ތިލަދުންމަތީ ހުނަރުވެރިން: ކަނޑިތީމުން ތަފާތު ހުނަރުވެރި ވަޑިއެއް!

ކުރިއަރައި ދިޔުމުގެ އަސްލަކީ ކެރުމެވެ. ހިތްވަރެވެ. ކުރާމަސައްކަތުގައި ފަރުވާތެރިވުމެވެ. ވަޑާމުގެ މަސައްކަތުގައި ކާމިޔާބީތަކެއް ހޯދާފައިވާ  ށ.ކަނޑިތީމަށް އުފަން އެރަށު ނަފާގޭ މުހައްމަދު މިހާދަކީ ކުޅަދާނަ ވަޑިއެކެވެ. ވަޑާމުގެ މަސައްކަތުގައި ހުނަރުވެރި ޒުވާނެކެވެ. މިހާދު ސްކޫލު ދަޢުރު ނިންމައިލުމަށްފަހު ފުރަތަމަ ވަޒީފާ ވެސް ފެށީ ވަޑާންގެއަކުންނެވެ. 2005 ވަނަ އަހަރު އިހުރު ރިސޯޓުގެ ވަޑާންގެއިން މަސައްކަތްފަށައި އެތަނުގައި ފަސް އަހަރު ދުވަހު އޭނާވަނީ މަސައްކަތް ކޮށްފައެވެ. އެއަށްފަހު 2011 ވަނަ އަހަރު...

އިބްރާހިމް ޚަލީލް
ފީވަކު މުދިންބެ، ނަމޫނާ ޚިދުމަތްތެރިއެއް

ފީވަކު މުދިންބެ، ނަމޫނާ ޚިދުމަތްތެރިއެއް

ތާރީހުގެ ފަތްފުއްތަކުން ފެންނަން ހުރި ގޮތުގައި ދިވެހިރާއްޖެއަށް އިސްލާމްދީނުގެ އަލިކަން އެންމެ ފުރަތަމަަ ފަހަރަށް ލިބިފައި ވަނީ 1153 ވަނަ އަހަރުއެވެ. އެއީ އެޒަމާނުގައި ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުން އިސްލާމްދީން ޤަބޫލް ކުރެއްވުމާ ހަމައިންނެވެ. އޭގެފަހުން އެޒަމާނުން ފެށިގެން މިއަދާއި ހަމައަށް އިސްލާމްދީން ފޯރާފައިމިވަނީ އަޅުގަނޑުމެންގެ ކާނބަފައިންގެ ކިބައިގައި ހުރި ވަރުގަދަ އީމާންތެރިކަމެއްގެ ސަބަބުން ކަމާމެދު ޝައްކެއް ނެތެވެ. ހަމައެހެންމެ އަހަރެމެންގެ މި ޤައުމު، ސައްތައިން ސައްތަ އިސްލާ...

މުޙައްމަދު އިނާން
މަގުމަތި ކުނިނުކަހާ ގޯތިތަކުގެ ނަންތައް ފުނަދޫ ކައުންސިލުން އާންމު ކުރަނީ 📍 ށ. ފުނަދޫ

މަގުމަތި ކުނިނުކަހާ ގޯތިތަކުގެ ނަންތައް ފުނަދޫ ކައުންސިލުން އާންމު ކުރަނީ

މަގުމަތި ކުނިނުކަހާ ގޯތިތަކުގެ ނަންތައް އާންމު ކުރަން މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާއިން ނިންމައިފި އެވެ. ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތައް ސާފުކުރުމާއި ބެހޭގޮތުން އެކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މީހުން ދިރިއުޅުމަށް އެރަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ސާފުނުކޮށް ހުރިގޯތިތަކާއި، އެގޯތިތަކާއި އިންވެގެންވާ މަގުތައް 06 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުގެ ކުރިން ސާފުކުރުމަށް ދަންނަވާކަމަށެވެ. މިތާރީޚުގެ ފަހުން ސާފުނުކޮށް ހުންނަ ގޯތިތަކުގެ ނަމާއި ގޯތީ...

ޔުމްނާ ޢަލީ
ފީވަކު ޒުވާނުންގެ ގުޅުމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

ފީވަކު ޒުވާނުންގެ ގުޅުމުން ފުޓްސަލް މުބާރާތެއް ބާއްވަނީ

ށ. ފީވަކު ޒުވާނުން ގުޅުމުގެ ފަރާތުން “އެފް.ޒެޑް.ޖީ ފުޓްސަލް ޗެލެންޖް” ގެ ނަމުގައި ފުޓްސަލް މުބާރާތެއް މިއަހަރުގެ ޑިސެންބަރު މަހު ބޭއްވުމަށް ނިންމައިފި އެވެ. އެ ޖަމިއްޔާއިން އިއްޔެކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ޓީމެއް ހެއްދެވުމަށްފަހު އޮކްޓޯބަރ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ޓީމުގެ ނަމާއި، ޓީމުގެ ލޯގޯއާއި ޓީމް ލިސްޓް ފީވަކު ޒުވާނުން މަރުކަޒަށް ހުށައެޅުމަށް އެދ...

މުޙައްމަދު އިނާން
މަރޮށި ގިރަނީ، ކަންބޮޑުވުން އިންތިހާއަށް! 📍 ށ. މަރޮށި

މަރޮށި ގިރަނީ، ކަންބޮޑުވުން އިންތިހާއަށް!

ށ.މަރޮށީގެ ބޮޑުބައެއް ގިރަމުން ދާތީ، އެކަމުގެ ކަންބޮޑުވުން އެރަށު ކައުންސިލުން ފާޅުކޮށްފި އެވެ. މަރޮށީ ރައްޔިތުންނަށް ލިބިފައިވާ ގުދުރަތީ ރީތި “ބޮޑުމަގު ކޮޅު ބީޗް” ނެތި ހިނގައިދާނެކަމުގެ ބިރުހީވެފައިވާ އިރު މިކަމަށް އަވަސް ހައްލެއް ބޭނުންވާކަމަށް އެރަށުގެ ގިނަ ރައްޔިތުން އަންނަނީ ބުނަމުންނެވެ. މަރޮއްޓަކީ ގުދުރަތީގޮތުން ފާހަގަކޮށްލެވޭ ރީތި ރަށެކެވެ. ދޭތެރެ ދޭތެރެއިން ރައްގިރުމުގެ މައްސަލަ ތަހަންމަލް ކުރަމުން އަންނަ ރަށެކެވެ. މިކަމާއި ގުޅިގެން “ތިލަދުން” އަށް މަޢުލޫމާތުދެމުން މަރޮށީ ކައުންސިލުން ވ...

މުޙައްމަދު އިނާން
މިލަންދޫ އެތުލީޓުންނަށް އީދެއް 📍 ށ. މިލަންދޫ

މިލަންދޫ އެތުލީޓުންނަށް އީދެއް

ށ.މިލަންދޫ އެތުލެޓިކްސް ޓީމުގެ ފަރާތުން އިންތިޒާމް ކޮށްގެން މުޅިރަށަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ “ސައުތު ލިންކު މިލަންދޫ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2020” ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. ދުވުމާއި، ޑިސްކަސް ތުރޯގެ އިތުރުން ޝޮޓްޕުޓް ހިމެނޭގޮތުން ޖުމްލަ ތިން ކުޅިވަރު ހިމަނައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި އަންހެން 5 ޓީމް ބައިވެރި ވެފައިވެއެވެ. ބައިވެރި ވެފައިވާ ޓީމްތަކަކީ ލޭޑީ ބަގްސް، ރާނީ ސްޓާރސް، ފެމިލީ ސްޓާރސް، ލަކީ ގާލްސް އަދި ވޮލްކޯ ޔުނައިޓެޑެވެ. މި މުބާރާތުގައި ފިރިހެން [...

އިބްރާހިމް ޚަލީލް
މުސްތަޤީމާގެ ޓީމު، ފޭދޫ ކަނޑޫފާ ސަލާމަތް ކުރަން އަތުކުރި އޮޅާލާފައި 📍 ށ. ފޭދޫ

މުސްތަޤީމާގެ ޓީމު، ފޭދޫ ކަނޑޫފާ ސަލާމަތް ކުރަން އަތުކުރި އޮޅާލާފައި

ށ. ފޭދޫގެ ވަށައިގެންވާ ކަނޑޫ ގަސްތައް މަރުވަމުންދާ މައްސަލަ މީސް މީޑިއާގެ ސަމާލު ކަމަށް ގެނެސް، އެ މަސައްކަތަށް އިސްނެގި ށ. ފޭދޫ ޒުވާން ކަނބަލެއް ކަމަށްވާ އެރަށު ކޮޕީގެ އާގެ، އާއިޝަތު މުސްތަޤީމާއާއި އޭނާގެ ޓީމުން އަތުކުރި އޮޅާލައިގެން ތިބީ ރަށުގެ ކަނޑޫ ގަސްތައް ހިމާޔަތް ކުރުމަށް ކުރުވެންހުރި މަސައްކަތެއް ކުރުމަށެވެ. ދެ ޖިންސްގެ ޒުވާނުން ހިމެނޭ، ފޭދޫގެ އެ ޓީމުން މިހާރު ވަނީ އެ ރަށުގެ ކަނޑޫ ގަސްތައް މަރުވާ މައްސަލަ، ތިމާވެށީގެ ހިމާޔަތުގައި […]

ޙުސައިން ޝަހުދީ
ށ. ފޭދޫ ކަނޑޫފާވެސް މަރުގެ ތުންފަތްމަތީ! 📍 ށ. ފޭދޫ

ށ. ފޭދޫ ކަނޑޫފާވެސް މަރުގެ ތުންފަތްމަތީ!

ށ. ފޭދޫގެ ކަނޑޫފަލުގެ ކަނޑޫ ގަސްތައްމަރުވެ، ކަނޑޫފާ ނެތި ދާނެ ކަމުގެ ބިރު ހީވެއްޖެއެވެ. ށ. ފޭދޫ ކަނޑޫފާ މަރުވާ މައްސަލަ މީޑިއާގެ ސަމާލުކަމަށް ގެންނަމުން، ރާއްޖޭގެ ތިމާވެށީގެ ހިމާޔަތުގައި ވަކާލާތުކޮށް، މަސައްކަތް ކުރަމުންދާ ”ސޭވް މޯލްޑިވްސް” ހަރަކާތުން ބުނީ ފޭދޫގެ ކަނޑޫފާ މަރުވާ މައްސަލައަކީ އެ ހަރަކާތުން ވަރަށް ކަންބޮޑުވާ ކަމެއްކަމަށެވެ. ރާއްޖޭގެ އުތުރުގެ ގިނަ ކަނޑޫފާތަކެއް މަރުވެ، ހަލާކުވާން ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދުމަށް ކަމާއި ބެހޭ ފަރާތްތަކުން އެކަށޭނަ ދިރާސާކޮށް، ހަރުދަނާ ފިޔަވ...

ޙުސައިން ޝަހުދީ
މިލަންދޫ ފެނަކަ އައު އޮފީހުގެ %38 މަސައްކަތް ނިމިއްޖެ: ފެނަކަ 📍 ށ. މިލަންދޫ

މިލަންދޫ ފެނަކަ އައު އޮފީހުގެ %38 މަސައްކަތް ނިމިއްޖެ: ފެނަކަ

ށ. މިލަންދޫގައި އިމާރާތް ކުރަމުންދާ މިލަންދޫ ފެނަކަ އައު އޮފީގެ %38 މަސައްކަތް ނިމިފައިވާ ކަމަށް ފެނަކައިން ބުނެފިއެވެ. މިލަންދޫގައި އަލަށް އިމާރާތް ކުރެވޭ ފެނަކަ އޮފީހަކީ 03 ފަންގިފިލާއަށް އިމާރާތް ކުރެވޭ ޖާގައިގެ ގޮތުން ތަނަވަސް ޒަމާނީ އޮފީހެކެވެ. އެ އޮފީސް އިމާރާތުގެ މަސައްކަތާއި ގުޅިގެން ފެނަކައިން ބުނީ މިލަންދޫގައި އަލަށް އިމާރާތް ކުރެވޭ 03 ފަންގިފިލާގެ ފެނަކަ އޮފީހުގެެ މަސައްކަތްތައް ވަރަށް ހަލުވިކަމާއެކު ކުރިއަށް ދާ ކަމަށެވެ. އަދި މިމަޝްރޫޢުގެ %38 މަސައްކަތް މިހާރު […]

އަޙްމަދު ވަހީދު
ފުނަދޫއިން ދަނޑުވެރިކަމަށް ހިލޭ ބިން ދޫކުރަނީ 📍 ށ. ފުނަދޫ

ފުނަދޫއިން ދަނޑުވެރިކަމަށް ހިލޭ ބިން ދޫކުރަނީ

ށ. ފުނަދޫއިން ދަނޑުވެރިކަމަށް ހިލޭ ބިން ދޫކުރަން ނިންމައި، ބިމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. އެ ފުރުޞަތު ހުޅުވާލައި ށ. ފުނަދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ އެ ރަށުން ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ބިންތަކެއް ދޫކުރުމަށް ނިންމައި ފުރުޞަތު ހުޅުވާލާ ކަމަށެވެ. މިގޮތުން ދޫ ކުރަން ނިންމާފައި ވަނީ 2000 އަކަ ފޫޓުގެ ބިންތަކެއް ކަމަށް ފުނަދޫ ކައުންސިލުން ބުނެފައި ވެއެވެ. އެ ރަށުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރަން ނިންމާފައި ވަނީ ރަށުގެ ދެކުނު […]

ޔުމްނާ ޢަލީ
އުތުރުގެ 3 ރަށަކުން މަސްތުވާތަކެއްޗާއެކު 5 މީހުން ހައްޔަރުކޮށްފި 📍 ށ. ފުނަދޫ

އުތުރުގެ 3 ރަށަކުން މަސްތުވާތަކެއްޗާއެކު 5 މީހުން ހައްޔަރުކޮށްފި

އުތުރުގެ 3 ރަށަކުން މަސްތުވާތަކެއްޗާއެކު 5 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި މީހުން ހައްޔަރުކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޮޕަރޭޝަންތަކެއްގައި އެވެ. އެގޮތުން މި އޮޕަރޭޝަންތައް ހިންގާފައިވަނީ އުތުރުގެ 3 ރަށަކީ، ށ. ފުނަދޫ، ނ. ކުޑަފަރީގެ އިތުރުން ހދ. ކުޅުދުއްފުށީ ސިޓީ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާ...

ޖަލްވާން ޖާދުﷲ
ކެރަފާ ޅަހުއްތުބެ: ފީވަކަށް ހިޖުރަކުރެއްވި ކުޅިވަރުގެ ބާނީ!

ކެރަފާ ޅަހުއްތުބެ: ފީވަކަށް ހިޖުރަކުރެއްވި ކުޅިވަރުގެ ބާނީ!

ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެރަށެއް ކުރިއަރުވާ ތަރައްޤީކޮށް، އަދުގެ ޖީލާހަމައަށް ރަށް ހެޔޮގޮތުގައި ފޯރުކޮށްދިނުމަށް ވަރަށް ބުރަކޮށް މަސައްކަތް ކޮށްދެއްވާފައިވާ ފަހުލަވާނުންތަކެއް ވާނޭކަމާމެދު އެެއްވެސް ޝައްކެއް ނެތެވެ. އެއީ އިޖްތިމާޢީގޮތުން ނުވަތަ އިޤްތިސާދީ ގޮތުން ނަމަވެސްމެއެވެ. އޭރަކު ރަށުގައިވާ ޖީލަކާއި އެކު މަސައްކަތްކޮށް ރަށް ތަޙުޒީބު ކޮށް، އާރާސްތުކުރުމުގައި މި ބޭފުޅުން ވާނީ އެތައް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފައިކަން ހަމަ ޔަޤީނެވެ.  ދައްކަން މިއުޅެނީވެސް ހަމަ މިފަަދަ އަގުހުރި...

މުޙައްމަދު އިނާން