މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ގޮއިދޫ (95 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
95 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ގޮއިދޫގެ އެންމެ ފަހުގެ ޚަބަރުތައް

95 ޚަބަރުގެ ތެރެއިން
އަޝްހަމް މިފަހަރު އުފެއްދީ ފޮގްމެޝިނެއް 📍 ށ. ގޮއިދޫ

އަޝްހަމް މިފަހަރު އުފެއްދީ ފޮގްމެޝިނެއް

ށ.ގޮއިދޫއަށް އުފަން، އުމުރުން އެންމެ 19 އަހަރުގެ އަޙްމަދު އަޝްހަމްއަކީ އުމުރުން ހަގު ނަމަވެސް ވަރަށް އާދަޔާ ޚިލާފް ވިސްނުމަކާއި އުފެއްދުންތެރި ޚިޔާލުގެ ވެރިއެކެވެ. މި ގޮތުން ކުރިން ވެސް އަޝްހަމްވަނީ އޭނާ އަމިއްލަ އުފެއްދުންތަކާއި ގުޅިގެން މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ. މިގޮތުން އަޝްހަމްވަނީ ކޯވިޑްބަލި ރާއްޖެގައި ފެތުރެންފެށި ދުވަސްވަރު އަމިއްލައަށް ވެންޓިލޭޓާއެއް އުފައްދާފައެވެ. އަދި އޭގެ ފަހުން ވިނަ ކޮށާ ދައްޗެއް އުފައްދައި އަޝްހަމްވަނީ އެތައް ބައެއްގެ ސަމާލުކަން ހޯދާފައެވެ. އަޝްހަމް މިވަނ...

އިބްރާހިމް ޚަލީލް
ކިނޮޅަސް އަދި ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި

ކިނޮޅަސް އަދި ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމްގެ އަމަލީ މަސައްކަތް ފަށައިފި

ރ. ކިނޮޅަހާއި، ބ. ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަށައިފި އެވެ. މިގޮތުން ކިނޮޅަހުގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި، ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދެވެ. އަދި ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައ...

އަޙްމަދު ވަހީދު
ގޮއިދޫ ކައުންސިލްގެ އެހީތެރިކަމާއެކު ދަނޑުވެރިންނަށް ހެޔޮ އަގުގައި ގަސްކާނާ ފޯރުކޮށްދީފި 📍 ށ. ގޮއިދޫ

ގޮއިދޫ ކައުންސިލްގެ އެހީތެރިކަމާއެކު ދަނޑުވެރިންނަށް ހެޔޮ އަގުގައި ގަސްކާނާ ފޯރުކޮށްދީފި

ށ. ގޮއިދޫ ކައުންސިލްގެ އެހީތެރިކަމާއެކު އެރަށުގެ ދަނޑުވެރިންނަށް ހެޔޮ އަގުގައި ގަސްކާނާ ފޯރުކޮށްދީފި އެވެ. ގޮއިދޫ ކައުންސިލުން އެރަށުގެ ދަނޑުވެރިންނަށް ހެޔޮއަގެއްގައި ގަސްކާނާ ފޯރުކޮށްދީފައި ވަނީ އަންނަ ރަމަޟާން މަހަށް ދަނޑުތައް ހައްދާ އެރަށުގެ ދަނޑުވެރިންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ކަމަށް ގޮއިދޫ ކައުންސިލުން ވިދާޅުވިއެވެ. ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާޙީމް ޝާހިދު ”ތިލަދުން”އަށް ވިދާޅުވީ، އެ ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަށްވަނީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނު...

ޙުސައިން ޝަހުދީ
15 ރަށެއްގެ ފެނާއި ނަރުދަމާ އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް އެމްޑަބްލިއުއެސްސީ އަށް 📍 ހއ. މާރަންދޫ

15 ރަށެއްގެ ފެނާއި ނަރުދަމާ އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް އެމްޑަބްލިއުއެސްސީ އަށް

ޑިޒައިން އެންޑް ބިލްޑް އުސޫލުން 15 ރަށެއްގެ ފެނާއި ނަރުދަމާ ނިޒާމް އަދި 5 ރަށެއްގެ ފެނުގެ ނިޒާމް ޤާއިމްކުރުމަށް މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ. އެއްބަސްވުމުގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައިވަނީ އަޑުގެ ސެނެކޯ މާލަމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ނޭޝަނަލް ޕްލޭނިން، ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޑަބްލިޔުއެސްސީގެ ފަރާ...

މުޙައްމަދު އިނާން
ގޮއިދޫ ސްކޫލް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ގޮއިދޫ ކައުންސިލުން ފަށައިފި 📍 ށ. ގޮއިދޫ

ގޮއިދޫ ސްކޫލް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ގޮއިދޫ ކައުންސިލުން ފަށައިފި

ށ. ގޮއިދޫ ސްކޫލް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ގޮއިދޫ ކައުންސިލުން ފަށައިފިއެވެ. މިގޮތުން ގޮއިދޫ ކައުންސިލުން މިއަދު ވަނީ 2 ސްމާޓް ޓީވީ ގޮއިދޫ ސްކޫލާއި ހަވާލުކޮށްފައެވެ. ގޮއިދޫ ސްކޫލް ޑިޖިޓަލައިޒް ކުރުމަށް ސްމާޓް 8 ޓީވީ ބޭނުންވާއިރު، މިއަދު މި ހަވާލު ކުރި 2 ޓީވީއަކީ އެ މަސައްކަތް ފެށުމުގެ ގޮތުން ހަވާލު ކުރި 2 ޓީވީއެވެ. ބާކީ ޓީވީތައް ވެސް ފިޔަވަހި ތަކަކަށް ބަހާލައިގެން ސްކޫލަށް ހަދިޔާ ކުރަން ގޮއިދޫ ކައުންސިލުން ވަނީ ނިންމާފައެވެ. […]

ޝިއުނާ އާދަމް
އަޝްހަމް މިފަހަރު ހެދީ ވިނަކޮށާ މެޝިނެއް 📍 ށ. ގޮއިދޫ

އަޝްހަމް މިފަހަރު ހެދީ ވިނަކޮށާ މެޝިނެއް

ރާއްޖޭގައި އަމިއްލައަށް ވެންޓިލޭޓަރެއް އުފެއްދި އެންމެ އުމުރުން ހަގު ޒުވާނާގެ ގޮތުގައި ދިވެހި ތާރީޚުގެ ތެރެއިން ފަޚުރުވެރި ޖާގައެއް ހޯދާފައިވާ ށ. ގޮއިދޫއަށް އުފަން، އުމުރުން 19 އަހަރުގެ އަހްމަދު އަޝްހަމް ވިނަކޮށާ މެޝިނެއް ހަދައިފިއެވެ. އަޝްހަމް އެ މެޝިން ހަދާފައިވަނީ ގޮނޑަށް އުކާލާފައިއޮތް ބްލެންޑަރެއް ނުވަތަ މިކްސަރެއްގެ މޯޓަރުބައި މަރާމާތުކޮށްގެންނެވެ. އަދި ވިނަ ކޮށާ ތިލަ ހަދާފައިވަނީ 2 ވަޅި ދެކޮޅަށް ބައިންދައި ވެލްޑިންކޮށްގެންނެވެ. ސީއެޗްއެސްއީން މިދިޔަ އަހަރު ގްރޭޑް 12 ނިންމާ މިވަގުތު ރަށުގަ...

ޔުމްނާ ޢަލީ
އަޝްހަމަށް ގޮއިދޫ ކައުންސިލްގެ ފަރާތުން ހިތްވަރު ދެއްވައިފި 📍 ށ. ގޮއިދޫ

އަޝްހަމަށް ގޮއިދޫ ކައުންސިލްގެ ފަރާތުން ހިތްވަރު ދެއްވައިފި

ރާއްޖޭގައި ވެންޓިލޭޓަރެއް އުފެއްދި އެންމެ ހަގު ފަތާތްކަމުގައިވާ އަހްމަދު އަޝްހަމަށް އޭނާ އުފަންރަށް ކަމުގައިވާ ށ ގޮއިދޫ ކައުންސިލްގެ ފަރާތުން ހިތްވަރު ދެއްވައިފިއެވެ. ވެންޓިލޭޓަރެއް އުފައްދާފައި ވާތީ އަޝްހަމަށް ހިތްވަރުދީ ކުރިމަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުމަކާއި ފައިސާގެ އެހީއެއް ކައުންސިލްގެ ފަރާތުންވަނީ ދީފައެވެ. މީގެ އިތުރުން ކައުންސިލުންވަނީ އަޝްހަމް އާއި އަޝްހަމްގެ ބެލެނިވެރިންނާއި ބައްދަލުކޮށް އަޝްހަމްގެ ކާމިޔާބަށް މަރުޚަބާ ކިޔައި އަޝްހަމްގެ ކުރިމަގު ބިނާކުރުމުގައި ކައ...

އަލީ އިބްރާހިމް
ފެނަކައިގެ އެމްޑީ އަޝްހަމަށް މަރުހަބާ ދަންނަވައި، ވަޒީފާ ހުށަހަޅުއްވައިފި 📍 ށ. ގޮއިދޫ

ފެނަކައިގެ އެމްޑީ އަޝްހަމަށް މަރުހަބާ ދަންނަވައި، ވަޒީފާ ހުށަހަޅުއްވައިފި

ރާއްޖޭގައި އަމިއްލައަށް ވެންޓިލޭޓަރެއް އުފެއްދި އެންމެ އުމުރުން ހަގު ޒުވާނާގެ ގޮތުގައި ދިވެހި ތާރީޚުގެ ތެރެއިން ފަޚުރުވެރި ޖާގައެއް ހޯދާފައިވާ ށ. ގޮއިދޫއަށް އުފަން، އުމުރުން 19 އަހަރުގެ އަޙްމަދު އަޝްހަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ)ގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު ފޯނު ގުޅުއްވައި، މަރުހަބާ ދަންނަވައި އެކުންފުނިން ވަޒީފާގެ ފުރުޞަތު ހުށަހަޅުއްވައިފިއެވެ. ފެނަކައިން މިއަދު ބުނީ ވެލްޓިލޭޓަރެއް އުފެއްދި އުމުރުން 19 އަހަރުގެ އަޙްމަދު އަޝްހަަމަށް އެ ކުންފުނީގެ އެމްޑީ އަހުމަދު ސައީދު ގުޅ...

ޔުމްނާ ޢަލީ
ނައިބު ރައީސް ހިތްވަރު ދެއްވުމުން އަޝްހަމަށް އިތުރު ހިތްވަރެއް! 📍 ށ. ގޮއިދޫ

ނައިބު ރައީސް ހިތްވަރު ދެއްވުމުން އަޝްހަމަށް އިތުރު ހިތްވަރެއް!

ރާއްޖޭގައި އަމިއްލައަށް ވެންޓިލޭޓަރެއް އުފެއްދި އެންމެ އުމުރުން ހަގު ޒުވާނާގެ ގޮތުގައި ދިވެހި ތާރީޚުގެ ތެރެއިން ފަޚުރުވެރި ޖާގައެއް ހޯދާފައިވާ ށ. ގޮއިދޫއަށް އުފަން، އުމުރުން 19 އަހަރުގެ އަހްމަދު އަޝްހަމަށް ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިޞަލް ނަސީމް ގުޅުއްވައި ހިތްވަރު ދެއްވައިފިއެވެ. އަޝްހަމް “ތިލަދުން” އަށް ބުނީ ރޭގައި ނައިބު ރައީސް އަޝްހަމަށް ގުޅުމުން ލިބިގެން ދިޔައީ ހައިރާން ކަމާއި، އުފާވެރިކަން ކަމަށެވެ. އަދި ނައިބު ރައީސް އަޝްހަމްގެ މަސައްކަތަށް ހިތްވަރުދެއްވުން ވެގެން ދިޔައީ ކުރިމަގަށް އ...

ޝިއުނާ އާދަމް
ށ. ގޮއިދޫ ޒުވާނަކު ވެންޓިލޭޓަރެއް އުފައްދައިފި 📍 ށ. ގޮއިދޫ

ށ. ގޮއިދޫ ޒުވާނަކު ވެންޓިލޭޓަރެއް އުފައްދައިފި

ށ. ގޮއިދޫ 19 އަހަރުގެ ޒުވާނެއްކަމަށްވާ އަހްމަދު އަޝްހަމް ވެންޓިލޭޓަރެއް އުފައްދައިފި އެވެ. މިއާއިއެކު އަޝްހަމް ވެފައިމިވަނީ ރާއްޖޭގައި އަމިއްލައަށް ވެންޓިލޭޓަރެއް އުފެއްދި އެންމެ އުމުރުން ހަގު ޒުވާނާއަށެވެ. ސީއެޗްއެސްއީން މިދިޔަ އަހަރު ގްރޭޑް 12 ނިންމާ މިވަގުތު ރަށުގައި އުޅެމުން އަންނަ އަޝްހަމް ތިލަދުންއާއި ވާހަކަދައްކަމުން ބުނީ މިކަން ކުރުމުގެ ހިޔާލު އައީ ސިފައިން ފުރަތަމަ ވެންޓިލޭޓަރެއް ހެދިވާހަކަ އަޑުއިވުމުންނާއި ބަލިމަޑުކަމެއް ފެތުރިފައިވާ މިދުވަސްވަރު ރަށުން ވެންޓިލޭޓަރުގެ ޚިދުމަތް ލިބެން ނ...

އިބްރާހިމް އަސްވާޤް
ގޮއިދޫ ޒުވާނުންގެ ދީލަތި ހަދިޔާއެއް ނަރުދޫ ރައްޔިތުންނަށް 📍 ށ. ނަރުދޫ

ގޮއިދޫ ޒުވާނުންގެ ދީލަތި ހަދިޔާއެއް ނަރުދޫ ރައްޔިތުންނަށް

އުތުރުން ކޯވިޑް-19 އަށް މިހާތަނަށް 11 މީހަކު ޕޮޒިޓިވް ވެފައިވާ ށ. ނަރުދޫގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ އަތޮޅު ގޮއިދޫ ޒުވާނުންގެ ފަރާތުން، ރޯ މަސް ހަދިޔާކޮށް ނަމޫނާ ދައްކައިފިއެވެ. މިގޮތުން ގޮއިދޫ ޒުވާނުން ވަނީ ނަރުދޫގެ ކޮންމެ ގޭ ބިސީއަކަށް 4 ކިލޯ ރޯމަސް ހަދިޔާ ކޮށްފައިއެވެ. އެ މަސައްކަތުގައި އިސްކޮށް އުޅު ގޮއިދޫ ޒުވާނެއް ކަމަށްވާ އިބްރާޙީމް ނިސާމް “ތިލަދުން”އަށް ބުނީ ގޮއިދޫ ޒުވާނުންގެ ފަރާތުންނާއި، ގޮއިދޫ ރައްޔިތުންގެ ނަމުގައި ނަރުދޫގެ އަޚުންނާއި، […]

ޝިއުނާ އާދަމް
މަރުވެފައި އޮތް ބޮޑު ކާލިގަނޑު މިޔަރެއް ގޮއިދޫއަށް ލައްގައިފި

މަރުވެފައި އޮތް ބޮޑު ކާލިގަނޑު މިޔަރެއް ގޮއިދޫއަށް ލައްގައިފި

މަރުވެފައި އޮތް ބޮޑު ކާލިގަނޑު މިޔަރެއް ބ އަތޮޅު ގޮއިދޫއަށް ލައްގައިފި އެވެ. މި މިއަރު އެރަށުގެ ފަރުމައްޗަށް ލައްގާފައިވަނީ މިއަދު ގެ ވަގުތެއްގައިކަމަށް ގޮއިދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާމިރު ބުނެފައި ވެއެވެ. އާމިރު އިތުރަށް ބުނީ އެރަށަށް އެ މިޔަރު ލެއްގި އިރުވެސް މަރުވެފައިވާކަމަށެވެ. މިއަރު ފަރުމަށްޗަށް ލެއްގުމާއިއެކު އެރަށު ޒުވާނުންތަކެއް އެމިޔަރު އެއްގަމަށް އަރުވާފައިވާކަމަށް އާމިރު ބުނެފައިވެއެވެ. https://www.facebook.com/100001156445258/posts/2957092541005932/?d=n މިނޫހަށަ މަޢުލޫމާތު...

އިބްރާހިމް އަސްވާޤް
ގޮއިދޫ ކައުންސިލުން ދޭ ޚިދުމަތްތަކުގެ އަގު ކުޑަކޮށްފި 📍 ށ. ގޮއިދޫ

ގޮއިދޫ ކައުންސިލުން ދޭ ޚިދުމަތްތަކުގެ އަގު ކުޑަކޮށްފި

ކޮވިޑް-19 އާއި ގުޅިގެން ށ. ގޮއިދޫ ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމުގެ ގޮތުން އެރަށު ކައުންސިލްގެ އިދާރާއިން ދެމުންދާ ޚިދުމަތްތަކުން ނަގަމުންދާ ފީ އާއި ކުލިތައް ކުޑަކޮށްދީފިއެވެ. އެކަމާއި ގުޅިގެން ގޮއިދޫ ކައުންސިލުން އާންމު ކުރި އެންގުމެއްގައި ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވުމުގެ ގޮތުން އެއިދާރާއިން ދެމުންދާ ޚިދުމަތްތަކުން ނަގަމުންދާ ފީ އާއި ކުލިތަކުގެ އަގަށް  ބަދަލު ގެނެވިފައިވާ ވާކަމަށެވެ. އަދި މިބަދަލުތައް ގެނެވި...

ޔުމްނާ ޢަލީ
އުތުރުގެ ލޯންޗް ފެރީގެ ޚިދުމަތަށް ފްލައިން ފިޝް، 19 އަހަރުގެ ތަޖުރިބާއާއި އެކު 📍 ށ. ފޭދޫ

އުތުރުގެ ލޯންޗް ފެރީގެ ޚިދުމަތަށް ފްލައިން ފިޝް، 19 އަހަރުގެ ތަޖުރިބާއާއި އެކު

2000 ވަނަ އަހަރު ވަރަށް އާދައިގެ ގޮތަކަށް ށ. ކަނޑިތީމުގައި ސްޕީޑް ލޯންޗުގެ ޚިދުމަތްދޭން ފެށި ފްލައިންގް ފިޝް އަކީ މިއަދު ށ އަތޮޅުގައި އެންމެ ކާމިޔާބުކަމާއި ޔަޤީން ކަމާއިއެކު ސްޕީޑް ފެރީގެ ޚިދުމަތްދޭ ފަރާތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.   ސްޕީޑް ފެރީގެ ޚިދުމަތް މާލޭއާއި ރ، ށ އަދި ހދ އަތޮޅުގެ ރަށްތަކަށް ފްލައިން ފިޝްއިން އަންނަނީ ދެމުންނެވެ. އެގޮތުން ރ އަލިފުށި، ށ އަތޮޅުން ކަނޑިތީމު، ގޮއިދޫ، ބިލެއްފަހި، ފޭދޫ، މަރޮށި ކޮމަންޑޫ […]

އިބްރާހިމް އަސްވާޤް
ބޯކޮން ވާރެވެހި ގޮއިދޫގެ މަގުތަކުގައި ފެންބޮޑުވެއްޖެ 📍 ށ. ގޮއިދޫ

ބޯކޮން ވާރެވެހި ގޮއިދޫގެ މަގުތަކުގައި ފެންބޮޑުވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ށ.ގޮއިދޫއަށް ބޯކޮން ވާރޭވެހި އެރަށުގެ ބައެއްމަގުތަކުގައި ފެން ބޮޑުވެއްޖެއެވެ. ރޭ ދަންވަރު ކުރި މި ވިއްސާރައިގައި ގިނަ އަދަދެއްގެ ގެއަށް ވެސް ވަނީ ގެއްލުން ވެފައެެވެ. ކުޅުދުއްފުށީ އޮންލައިންއަށް އެރަށު ކައުންސިލުން މައުލޫމާތު ދީފައިވާ ގޮތުން  ް ރޭ ހަތަރު ޖެހީންސުރެއް ރައްޔިތުންނާއި ކައުންސިލާ ގުޅިގެން ފެންހިންދުމުގެ މަސައްކަތްކުރަމުންދާ ކަމަށެވެ. Raajje ah kuramundhaa vissaaraigai Sh.Goidhoo ah boakoh vaareyvehi, e rashuge baeh maguthakugai fen boduvumaa...

ފާތިމަތު ސިނާޒާ