މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ގޮއިދޫ (95 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
95 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ގޮއިދޫގެ އެންމެ ފަހުގެ ޚަބަރުތައް

95 ޚަބަރުގެ ތެރެއިން
ގޮއިދޫ ފެނާއި ނަރުދަމާގެ ބޮޑު ބައި ނިމިއްޖެ 📍 ށ. ގޮއިދޫ

ގޮއިދޫ ފެނާއި ނަރުދަމާގެ ބޮޑު ބައި ނިމިއްޖެ

ބ. ގޮއިދޫގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިމިއްްޖެ ކަމަށް މާލޭ ވޯޓާ އެންޑް ސްވަރޭކް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މިހާތަނަށް މި މަޝްރޫއުގެ 73 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި މި މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓު ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިންޑިން އިމާރާތުގެ މަސައްކަތާއި ފެން އުފެއްދުމަށްޓަކައި ބަހައްޓާ ދެ އާރުއޯ ޕްލާންޓް ފެބްރިކޭޓް ކުރުމާއި އަދި ބޯހޯލް ތޮރުފުމުގެ […]

އަޙްމަދު ވަހީދު
ގޮއިދޫގައި ނިޔަމިކަމުގެ ކޯހެއް ފަށަނީ 📍 ށ. ގޮއިދޫ

ގޮއިދޫގައި ނިޔަމިކަމުގެ ކޯހެއް ފަށަނީ

ނިޔަމިކަމުގެ ސެޓްފިިކެޓް ލެވެލް 2 ގެ ކޯހެއް ށ. ގޮއިދޫގައި ފެށުމަށް ނިންމައިފިއެވެ. ގޮއިދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މި ކޯހަކީ ކަނޑުމަތީގެ ލައިސެންސް ނެގުމާއި އާކުރުމަށް ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއްކަން ގޮއިދޫ ކައުންސިލުން ފާހަގަ ކުރައްވައެވެ. އަދި މިކޯހުގެ ސަބަބުން ތައުލީމީ ސެޓްފިކެޓްއެއް ލިބިގެންދާނެކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ. މިކޯހުގެ ތެރެއިން ކަނޑުމަތީގެ ރައްކާތެރިކަމަށް އަަޅަން ޖެހޭ ފިޔަވަޅުތަކާއި، ނެވިގޭޝަންއާއި ކޮމިއުނިކޭޝަން ގެ އިތުރުން މެރިޓައިމް އަދި ތިމ...

އައިޝަތު ނަސާޔާ
ށ. ގޮއިދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި 📍 ށ. ގޮއިދޫ

ށ. ގޮއިދޫ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

ށ. ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބުނިގޮތުގައި، މިހާރު ކުރިއަށްދަނީ ފެނުގެ ނިޒާމް ގާއިމް ކުރުމުގެޕްރޮޖެކްޓުގެ ދަށުން ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ މަސައްކަތެވެ. ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މިހާރު އެ ރަށަށް ވަނީ ގެންގޮސްފައެވެ. މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމުގެ މަސައްކަތުގެ ދަށުން 12.07 ކިލޯ […]

އަޙްމަދު ވަހީދު
ގޮއިދޫ ކަނބަލުނަށް ހާއްޞަކޮށްގެން ކަރަންޓް އެވެއާނެސް ޕްރޮގްރާމެއް ހިންގަނީ 📍 ށ. ގޮއިދޫ

ގޮއިދޫ ކަނބަލުނަށް ހާއްޞަކޮށްގެން ކަރަންޓް އެވެއާނެސް ޕްރޮގްރާމެއް ހިންގަނީ

މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިސްނަގައިގެން އެ ރަށުގެ ކަނބަލުންނަށް ހާއްޞަކޮށްގެން ކަރަންޓް އެވެއާނެސް ޕްރޮގްރާމެއް ހިންގަން ނިންމައިފިއެވެ. “ކަނބަލުންނަށް ކަރަންޓުން މިންވަރެއް” ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 01 އޯގަސްޓް 2021 އިން 03 އޯގަސްޓް 2021 ގެ ނިޔަލަށް ޖުމްލަ ތިން ދުވަހުގެ މުއްދަތަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު...

އިބްރާހިމް ޚަލީލް
ބިލު މިހާރު އޮތްގޮތަށް ފާސްވެދާނެތީ ނުހަނު ކަންބޮޑުވަން: ގޮއިދޫ ކައުންސިލް 📍 ށ. ގޮއިދޫ

ބިލު މިހާރު އޮތްގޮތަށް ފާސްވެދާނެތީ ނުހަނު ކަންބޮޑުވަން: ގޮއިދޫ ކައުންސިލް

ޤާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ﷲ އަށާއި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުން ޤާނޫނީ ގޮތުން ހުއްދަވެ އެކަން ކުރުމަށް ޤާނޫނީ ބާރު ލިބިގެންދާނެ ކަމަށާއި ވުމާއެކު އެ ބިލު މިހާރު އޮތްގޮތަށް ފާސްކުރުމާއި ދެކޮޅުކަން ށ. ގޮއިދޫ ކައުންސިލުން ހާމަކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ނެރެފައިވާ ބަޔާނުގެ އިތުރަށް ބުނެފައިވަނީ ޤާނޫނު ނަންބަރު 09/2014 (ދިވެހިރާއްޖޭގެ ޤާނޫނޫލް އުޤޫބާތު) ގެ 123 ވަނަ މާއްދާގެ […]

އިބްރާހިމް ޚަލީލް
މަހަކަށްވުރެ ގިނަދުވަސްފަހުން ގޮއިދޫ މޮނިޓަރިން އުވާލައިފި 📍 ށ. ގޮއިދޫ

މަހަކަށްވުރެ ގިނަދުވަސްފަހުން ގޮއިދޫ މޮނިޓަރިން އުވާލައިފި

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން، ށ. ގޮއިދޫ މޮނިޓަރިން އުވާލައިފި އެވެ. ގޮއިދޫ މޮނިޓަރިން ހާލަތުން ވީއްލާފައި މިވަނީ އެރަށް މޮނިޓަރިން ހާލަތަށް ގެނައިތާ 1 މަސްދުވަހަށް ވުރެ ގިނަދުވަސް ފަހުންނެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ ހުސްވި މެއި މަހުގެ 11 ވަނަ ދުވަހުއެވެ. އެ ހާލަތުން ވީއްލީ މިރޭގެ 22:28 އިން ފެށިގެންނެވެ. ގޮއިދޫ މޮނިޓަރިން ހާލަތަށް ގެނައީ މިދިޔަ މަހުގެ 9 ވަނަ ދުވަހު އެރަށުން ނެގުނު ރެންޑަމް ސާމްޕަލްތަކުން ބައެއް ސާމްޕަލްތައް ޕޮޒިޓިވްވުމުންނެވެ. […]

އަޙްމަދު އަރުޝަމް
ގޮއިދޫ މިސްކިތުގެ ޓަވަރު ވެއްޓުމުން ސްޕީކަރު އުރީދޫ ޓަވަރަށް ބަދަލުކޮށްފި 📍 ށ. ގޮއިދޫ

ގޮއިދޫ މިސްކިތުގެ ޓަވަރު ވެއްޓުމުން ސްޕީކަރު އުރީދޫ ޓަވަރަށް ބަދަލުކޮށްފި

ށ. ގޮއިދޫ މަސްޖިދުލް ރިލުވާންގެ ޓަވަރު ވެއްޓުމުން އެ ޓަވަރުގައި ހުރި ސްޕީކަރު ވަގުތީގޮތުން އުރީދޫ ޓަވަރަށް ބަދަލުކޮށްފިއެވެ. ރިލްވާން މިސްކިތުގެ ޓަވަރު ވެއްޓުނީ މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުންނެވެ. އުރީދޫގެ ޓީމުން ވަނީ ވަގުތުން މިސްކިތުގެ ސްޕީކަރު އެ ކުންފުނީގެ ޓަވަރަށް ބަދަލުކޮށް ބަންގިގޮވޭ ގޮތް ހަދައިދީފައެވެ. އުރީދޫން ވަނީ ގޮއިދޫގެ އެ ކުންފުނީގެ ޓީމުގެ މަސައްކަތަށް ތައުރީފުކޮށް އެ ޓީމަށް ޝުކުރު އަދާކޮށްފައެވެ. Kudos to our field team for their quick […]

އަޙްމަދު ވަހީދު
ނަރުދޫ ރައްޔިތުންގެ ފަރާތުން ގޮއިދޫ ރައްޔިތުންނަށް އެހީތެރިކަމެއް! 📍 ށ. ނަރުދޫ

ނަރުދޫ ރައްޔިތުންގެ ފަރާތުން ގޮއިދޫ ރައްޔިތުންނަށް އެހީތެރިކަމެއް!

ކޯވިޑް-19 އަށް ޕޮޒިޓިވް ކޭސް ތަކެއް ފެނުމާ ގުޅިގެން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް ށ. ގޮއިދޫ ރައްޔިތުންނަށް އެ އަތޮޅު ނަރުދޫ ރައްޔިތުން އެހީތެރިކަމެއް ފޯރުކޮށްދީފި އެވެ. ގޮއިދޫއިން ރެންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވުމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ) އިން އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ 11 ވަނަ ދުވަހުއެވެ. މިހާލަތުގައި ގޮއިދޫގެ ރައްޔިތުންނަށް ނަރުދޫން މިފޯރުކޮށްދިން އެހީގެ ކަންކަން އިންތިޒާމުކުރީ ނަރުދޫ ކައުންސިލާއި އަދި އެ ރަށު ކޯވިޑް-19 ޓާސްކު ފޯސް […]

އަޙްމަދު އަރުޝަމް
ފޭދޫގެ ހެޔޮ އެދޭފަރާތަކުން ކަނޑިތީމާއި، ގޮއިދޫއަށް ރޯމަސް ހަދިޔާކޮށްފި 📍 ށ. ފޭދޫ

ފޭދޫގެ ހެޔޮ އެދޭފަރާތަކުން ކަނޑިތީމާއި، ގޮއިދޫއަށް ރޯމަސް ހަދިޔާކޮށްފި

ކޯވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް ށ. އަތޮޅުގެ ކަނޑިތީމަށާއި، ގޮއިދޫއަށް އެ އަތޮޅުގެ ފޭދޫގެ އަމިއްލަ ހެޔޮއެދޭ ފަރާތަކުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. އެގޮތުން މިއަދު ވަނީ ށ. ފޭދޫ އުފާ، އަޙްމަދު ފާއިޒް ގެ ފަރާތުން އެ 2 ރަށުގެ ރައްޔިތުންނަށް ރޯ މަސް ހަދިޔާ ކޮށްފައެވެ. މިއެހީތެރިކަން ފޯރުކޮށްދިން ފާއިޒު “ތިލަދުން”އަށް ބުނީ މިވަގުތު ކޯވިޑް-19 ގެ ކޭސްތައް ފެނުމައި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ލެވިފައިވާ ށ. އަތޮޅުގެ 2 […]

އަޙްމަދު އަރުޝަމް
ކަނޑިތީމަށާއި، ގޮއިދޫއަށް ފޭދޫން އެހީތެރިވެއްޖެ 📍 ށ. ފޭދޫ

ކަނޑިތީމަށާއި، ގޮއިދޫއަށް ފޭދޫން އެހީތެރިވެއްޖެ

ކޯވިޑް ބަލީގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މިވަގުތު މޮނިޓަރިން ހާލަތުގައި އޮތް ށ. އަތޮޅުގެ ކަނޑިތީމަށާއި، ގޮއިދޫއަށް އެ އަތޮޅުގެ ފޭދޫން އެހީތެރިކަން ފޯރުކޮށްދީފިއެވެ. މިގޮތުން މިއަދު ވަނީ ފޭދޫ ރައްޔިތުންގެ ފަރާތުން އެ ދެ ރަށުގެ ރައްޔިތުންނަށް ކާބޯތަކެތީގެ ބާވާތްތައް ހަދިޔާ ކޮށްފައެވެ. ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިސަމް “ތިލަދުން”އަށް ވިދާޅުވިޑް ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އެއަތޮޅު ގޮއިދޫ އަދި ކަނޑިތީމު މޮނިޓަރިންއަށް ލާފައިވާތީ އެ ދެރަށު ރައްޔިތުންނަށް އެހީތެރިވުމަށް ފޭދޫ ކައުންސިލު...

ޙުސައިން ޝަހުދީ
ށ. އަތޮޅުގެ 4 ރަށެއް މޮނީޓަރިންގައި 📍 ށ. ފުނަދޫ

ށ. އަތޮޅުގެ 4 ރަށެއް މޮނީޓަރިންގައި

އަތޮޅުތަކުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު ށ. އަތޮޅުގެ ހަތަރު ރަށެއް މިވަގުތު މޮނިޓަރިން ހާލަތުގަ އެބައޮތެވެ. އެ އަތޮޅުން އެންމެފަހުން މޮނިޓަރިންނަށްލީ ކަނޑިތީމެވެ. އެރަށުން ވަނީ މިމަހު 10 ވަނަ ދުވަހު ނެގި 5 ސާމްޕަލެއްގެތެރެއިން 4 ސާމްޕަލެއް ޕޮޒިޓިވްވެފަ އެވެ. އެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާކަމަށް ރޭ އެރަށު ކައުންސިލުން ވަނީ ވިދާޅުވެފަ އެވެ. އަދި ޒަރޫރީ ބޭނުމެއްގަ ނޫނީ ބޭރަށް ނުކުތުމަށް ވެސް އެރަށު ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންގެ ކިބައިން އެދިފަ […]

ޖަލްވާން ޖާދުﷲ
ރެންޑަމް ތިން ސާމްޕަލެއް ޕޮޒިޓިވްވެ، ގޮއިދޫ މޮނިޓަރިންނަށްލައިފި 📍 ށ. ގޮއިދޫ

ރެންޑަމް ތިން ސާމްޕަލެއް ޕޮޒިޓިވްވެ، ގޮއިދޫ މޮނިޓަރިންނަށްލައިފި

ށ. ގޮއިދޫއިން ނެގި ރެންޑަމް ސާމްޕަލްތަކުން ތިން މީހެއްގެ ސާމްޕަލް ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. ގޮއިދޫއިން ރެންޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވުމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕިއޭ)އިން ވަނީ އެރަށް މޮނިޓަރިން ހާލަތަށް ވެސް ގެނެސްފަ އެވެ. އެޗްޕީއޭއިން އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މިރޭ 20:14 އިން ފެށިގެންނެވެ. ގޮއިދޫ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި އެރަށުން ރެންޑަމް ސާމްޕަލްތަކެއް ނެގީ މިމަހުގެ 9 ވަނަ ދުވަހުއެވެ. އެ ސާމްޕަލްތަކުން ތިންމީހެއްގެ ސާމްޕަލް ޕޮޒިޓިވްވިކަން އެނގުނީ މިއ...

ޝިއުނާ އާދަމް
ގޮއިދޫއާއި، އިނގުރައިދޫ ޞިއްޙީ މަރުކަޒު އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ 📍 ށ. ގޮއިދޫ

ގޮއިދޫއާއި، އިނގުރައިދޫ ޞިއްޙީ މަރުކަޒު އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ

ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. ގޮއިދޫ އަދި ރ. އިނގުރައިދޫ ޞިއްޙީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ޢިއުލާން ކޮށްފިއެވެ. އެކަމަށް ފުރުޞަތު ހުޅުވާލައި، މިނިސްޓްރީ އޮފް ފިނޭންސް އިން ކުރި ޢިއުލާންގައި ބުނީ މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، އެ ދެރަށުގައި ޞިއްޙީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެހެން ކަމުން މިމަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ  ފުރުޞަތު މިކަމަށް  ޝަރުޠުހަމަވާ  ހުރިހާ […]

ޝިއުނާ އާދަމް
މިލަދުންމަޑުލު ކައުންސިލްތަކުގެ ރޭންކިންގ 2019: 1 ވަނައަށް ފުނަދޫ އާއި މަގޫދޫ 📍 ށ. ފޯކައިދޫ

މިލަދުންމަޑުލު ކައުންސިލްތަކުގެ ރޭންކިންގ 2019: 1 ވަނައަށް ފުނަދޫ އާއި މަގޫދޫ

ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ވަނަ އަހަރުގެ ނަތީޖާއިން ށ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ށ. ފުނަދޫ ކައުންސިލް އަދި ނ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ނ. މަގޫދޫ ކައުންސިލް ހޮވިއްޖެ އެވެ. 2021 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އިއްޔެ ބޭއްވި ޙަފްލާގައި ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ގެ ނަތީޖާތައް އިޢުލާނުކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފެވެ. […]

އަލީ އާދިލް
އުރީދޫ ސުޕަނެޓް ށ. ގޮއިދޫއަށް 📍 ށ. ގޮއިދޫ

އުރީދޫ ސުޕަނެޓް ށ. ގޮއިދޫއަށް

އުރީދޫގެ ސުޕްނެޓް ހިދުމަތް ށ. ގޮއިދޫއަށް ތައާރަފު ކޮށްފިއެވެ. އުރީދޫ އިން ބުނީ 100 އެމްބީޕީއެސް ހަލުވި ސްޕީޑާއެކު، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ގޮއިދޫ އިން މިހާރު ސުޕަނެޓްގެ ހިދުމަތް ހޯދާ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސް ވެސް ލިބޭނެ ކަމަށެވެ. އުރީދޫގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސާ އިންޓަނެޓަށް ބަރޯސާވާ މިންވަރު މިހާރު އިތުރުވެ، އަސާސީ ހިދުމަތަކަށް ވެފައިވާ ކަމަށެވެ. އެގޮތުން ކުދިންގެ ކިޔެވުމަށާއި،ގޭގައި ތިބެގެން މަސައްކަތްކުރުމަށާއި ސިއްހީ ހިދުމަތް […]

އަޙްމަދު ވަހީދު