އެހެންޏާވެސް އަރާ، ނަމަވެސް މި އަހަރު ގޮއިދޫއަށް އައީ ފުޅަނގީގެ އީދެއް
އިރުވާ މޫސުންފެށި އިރުދަށަށް ވައި ބަދަލުވެ ހަޅަޖަހައި ވައިގަދަވުމާއިއެކު ރަށަށް ފުޅަނގި އެރުމަކީ ބ.ގޮއިދޫއަށް އައު ކަމެއް ނޫނެވެ. ކޮންމެ އަހަރަކުހެން މި ދުވަސްވަރަށް އެ ރަށަށް ފުޅަނގި އަރައެވެ. ފުޅަނގި އަރާ ދުވަސްވަރާއި ދިމާކޮށް ރަށުގެ ފުއްޓަރަށްދާން އޮންނަ މަގުތައް އަލިކޮށް އެ ސަރަހައްދުގައި އިއްތާލައި ތިބެވޭނެ އިންތިޒާމް ހަމަޖައްސައި އެކަމަށް ތައްޔާރީތަކެއް ވަނީ އެ ރަށު މީހުން ހިތުގައި ފުޅަނގި ހޮވުމަށް އޮންނަ ޝައުގުވެރިކަމެއްގެ ސަބަބުންނެވެ. މި އަހަރު ވެސް ފުޅަނގި މޫސުމަށް ގޮއިދޫއިން […]