މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފޯކައިދޫ (148 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
148 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފޯކައިދޫގެ އެންމެ ފަހުގެ ޚަބަރުތައް

148 ޚަބަރުގެ ތެރެއިން
ފޯކައިދޫ ބަނދަރުގެ ބޮޑު ބައެއް ނިމިއްޖެ 📍 ށ. ފޯކައިދޫ

ފޯކައިދޫ ބަނދަރުގެ ބޮޑު ބައެއް ނިމިއްޖެ

ށ. ފޯކައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ 87 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 45،795 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ އެއްގަމުތޮށި ލުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް […]

އަޙްމަދު ވަހީދު
ފޯކައިދޫގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދަނީ 📍 ށ. ފޯކައިދޫ

ފޯކައިދޫގައި ފުޓްސަލް ދަނޑެއް އަޅައިދޭނެ ފަރާތެއް ހޯދަނީ

ށ. ފޯކައިދޫގައި ޓާރފް ފުޓްސެލް ދަނޑެއް އަޅަން އެރަށު ކައުންސިލުން އިޢުލާނު ކޮށްފިއެވެ. މިކަމާ ގުޅޭ ގޮތުން ފޯކައިދޫ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ މުޅި ރާއްޖެއަށް މި ފުރުޞަތު ހުޅުވާލާފައެވެ. މިކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން 500 ރުފިޔާގެ ނަން ރިފަންޑަބަލް ފީއެއް ދެއްކުމަށް ފަހު 15 ޖޫންގެ ކުރިން ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. މިކަމަށް އެދޭ ފަރާތްތަކަށް މިމަހުގެ 16 ވަނަ ދުވަހު ފޯކައިދޫ ކައުންސިލު އިދާރާގައި މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ފަހު […]

ސަނިއްޔާ އަބޫބަކުރު
ފޯކައިދޫގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށް 📍 ށ. ފޯކައިދޫ

ފޯކައިދޫގައި 1000 ގަސް އިންދުމުގެ ޕްރޮގްރާމް ކުރިއަށް

ށ. ފޯކައިދޫގައި 1000 ގަސް އިންދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިއަދުވެސް އެރަށުގައި ގިނަ އަދަދެއްގެ ގަސް އިންދައިފިއެވެ. މި ޙަރަކާތް މިއަދު ކުރިއަށް ގެންގޮސްފައި ވަނީ ފޯކައިދޫ ކައުންސިލުން އިސްނަގައިގެން، ފޯކައިދޫ ޑަބްލިއު.ޑީ.ސީ އާއި ފޯކައިދޫ ސިއްޙީ މަރުކަޒާއި، ފެނަކަ ފޯކައިދޫ ބްރާންޗްގެ އިތުރުން ފޯކައިދޫ ސްކޫލް ގުޅިގެންނެވެ. މިއީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން، ފޯކައިދޫ ކައުންސިލުން ކުރިޔަށްގެންދާ ރަށްފެހި ކުރުމުގެ ޕްރޮގްރާމްގެ ދަށުން މިއަހަރު އިންދުމަށް ހަމަޖެހިފައިވާ 1000...

ސަނިއްޔާ އަބޫބަކުރު
ފޯކައިދޫ ނެރުމައްޗަށް ހުރަސްވި ބާޖު ފުންކޮށްފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ނެރުމައްޗަށް ހުރަސްވި ބާޖު ފުންކޮށްފި

ށ. ފޯކައިދޫ ނެރުމައްޗަށް ހުރަސްވި ބާޖު ފުންކޮށްފިއެވެ. ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ފޯކައިދޫ ކައުންސިލުގެ ނައިބު ރައީސް މުޙައްމަދު ސަލީމް ވިދާޅުވީ ރޭ މެންދަމު އައި ކޮޅިގަނޑެއްގައި ފޯކައިދޫ ބަނދަރު ހެދުމަށް ބޮޑު ހިލަ ހިފައިގެން އައިސް ފަޅުންބޭރުގައި އަޅާފައި އޮތް ބާޖެއް ރަށުގެ ނެރުމައްޗަށް ހުރަސްވެ ބަނދަރަށް ވަދެނިކުމެ އުޅުމަށް ދަތިވި ކަމަށެވެ. އެހެންނަމަވެސް މިއަދު ހެނދުނު 10 ޖަހާކަންހާއިރު އެ ބާޖު ފުންކޮށްފައި ވާކަމަށާއި އެ މައްސަލަ މިހާރު ޙައްލުވެފައި ވާކަމަށް ކައުންސިލުގެ ނައިބު […]

ސަނިއްޔާ އަބޫބަކުރު
ފޯކައިދޫ ބަނދަރުގެ ބޮޑު ބައެއް ނިމިއްޖެ 📍 ށ. ފޯކައިދޫ

ފޯކައިދޫ ބަނދަރުގެ ބޮޑު ބައެއް ނިމިއްޖެ

ށ. ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި ފޯކައިދޫގެ ބަނދަރުގެ 68 އިންސައްތަ ވަނީ ނިމިފައެވެ. އަދި ބޮޑުހިލައިގެ ފަސްވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 45،795 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ އެއްގަމުތޮށި ލުމާއި، 100 މީޓަރުގެ […]

އަޙްމަދު ވަހީދު
3 ބާޖު ވެލި ބޭރުކުރާކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް، ދެނީ 25 ލޮރީ ވެލި: ފޯކައިދޫ ކައުންސިލް 📍 ށ. ފޯކައިދޫ

3 ބާޖު ވެލި ބޭރުކުރާކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް، ދެނީ 25 ލޮރީ ވެލި: ފޯކައިދޫ ކައުންސިލް

ށ. ފޯކައިދޫ އިން ގިނަ އަދަދެއްގެ ވެލި ވިއްކާ ކަމަށްބުނެ ބައެއް ފަރާތްތަކުން ފަތުރަމުން ގެންދަނީ ކަނޑައެޅިގެން ދޮގު ޚަބަރެއްކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ. ކައުންސިލުން މިކަން ދޮގުކޮށްފައިވަނީ ރައްޔިތުންގެ މައުލޫމާތައްޓަކައި އެކައުންސިލްގެ ފޭސްކުބް ޕޭޖް ގައި ލިޔެފައިވާ މެސެޖެއްގަ އެވެ. އެމެސެޖުގައި ބުނެފައިވަނީ 3 ބާޖު ވެލި ބޭރުކުރާކަމަށް ދެކެވޭ ވާހަކައަކީ ދޮގު ހަބަރެއްކަމަށެވެ. “ކައުންސިލްގެ 2022 ވަނަ އަހަރުގެ 01 ވަނަ ޢާއްމު ބައްދަލުވުމުން ނިންމާފައި ވަނީ ޔޫތު މިނިސްޓްރީގެ ބޭނުމަށް 25 ލޮރ...

އިބްރާހިމް އަސްވާޤް
ނައިފަރުން ލިބުނީ ފުރިހަމަ އެހީތެރިކަމެއް، ބޯޓު މިރޭ މާލެ ދާން ފުރާނެ: ފޯކައިދޫ ކައުންސިލް 📍 ށ. ފޯކައިދޫ

ނައިފަރުން ލިބުނީ ފުރިހަމަ އެހީތެރިކަމެއް، ބޯޓު މިރޭ މާލެ ދާން ފުރާނެ: ފޯކައިދޫ ކައުންސިލް

ށ. ފޯކައިދޫއިން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް ފުރާގު 2 ބޯޓު ފަރަށް އެރި ހާދިސާގައި ނައިފަރު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ލިބުނީ ވަރަށް ފުރިހަމަ އެހީތެރިކަމެއް ކަމަށް ފޯކައިދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ބޯޓު ފުންކޮށް މިރޭ 01:16 ހާއިރު ނައިފަރު ބަނދަރަށް ވައްދާފައިވާއިރު، އެކަން ފާހަގަކުރައްވައި ފޯކައިދޫ ކައުންސިލުން ވިދާޅުވީ، މި އުނދަގޫ ވަގުތުގައި ނައިފަރު ކައުންސިލާއި ރައްޔިތުންގެ ފަރާތުން ލިބުނީ ވަރަށް ފުރިހަމަ އެހީތެރިކަމެއް ކަމަށެވެ. އަދި އެކަމުގައި އެއްބާރުލުން ދެއްވި ހުރިހާ...

ޙުސައިން ޝަހުދީ
ފަރަށް އެރި ފުރާގު ބޯޓު ފުންކޮށްފި 📍 ށ. ފޯކައިދޫ

ފަރަށް އެރި ފުރާގު ބޯޓު ފުންކޮށްފި

ށ. ފޯކައިދޫއިން ފުރައިގެން މާލެ ދަތުރު ކުރަނިކޮށް ފަރަށް އެރި ފުރާގު 2 ބޯޓު ފުންކޮށްފިއެވެ. މި ބޯޓު އުރިފައި ވަނީ ޅ. ފެލިވަރު ކައިރީ އޮންނަ ފަރަކަށެވެ. މި ބޯޓު ދަތުރު ކުރަމުން ދިޔައީ 130 މީހުންނާއި އެކުގައެވެ. މިއަދު 2 ޖަހާކަށްހާއިރު ފޯކައިދޫން ފުރި މި ބޯޓު ފަރަށް ފެލިވަރު ފަރަށް އަރާފައި ވަނީ މިރޭ އިރާ ކޮޅު 8:30 ހާއިރު އެވެ. އެމްއެންޑީއެފުން ވިދާޅުވީ، ‏ފަރަށް އެރި، “ފުރާގު 2” ބޯޓް، “ލިލީ” އަދި […]

ޙުސައިން ޝަހުދީ
130 މީހުންނާއި އެކު ފޯކައިދޫއިން މާލެ ދަތުރުކުރި ބޯޓެއް ފެލިވަރު ފަރަށް އަރައިފި

130 މީހުންނާއި އެކު ފޯކައިދޫއިން މާލެ ދަތުރުކުރި ބޯޓެއް ފެލިވަރު ފަރަށް އަރައިފި

130 މީހުންނާއި އެކު ށ. ފޯކައިދޫއިން ފުރައިގެން މާލެ ދަތުރުކުރި ބޯޓެއް ޅ. ފެލިވަރު ފަރަށް އަރައިފި އެވެ. ފުލުހުން ވަނީ މިކަން މީޑިޔާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ. ފުލުހުން ބުނީ އެކަމުގެ މަޢުލީމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 08:31 ހާއިރު ކަމަށެވެ. އެމްއެންޑީއެފްއިން ބުނީ ށ. ފޯކައިދޫން ފުރައިގެން މާލެއަށް ދަތުރުކުރި “ފުރާގު 2” ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ. އެބޯޓު އަރާފައިވަނީ ގާއެރިފަރަށެވެ. ސިފައިން އެސަރަހައްދުގައި އަންނަނީ ހަރަކާތްތެރިވާން ފަށައިފަ އެވެ.  

އަލީ އާދިލް
ފޯކައިދޫ އެއްގަމުތޮށިލާން ބޭނުންވާ ކޮންކްރީޓް ގަލުގެ ހަތަރުވަނަ ޝިޕްމަންޓް ގެންގޮސްފި 📍 ށ. ފޯކައިދޫ

ފޯކައިދޫ އެއްގަމުތޮށިލާން ބޭނުންވާ ކޮންކްރީޓް ގަލުގެ ހަތަރުވަނަ ޝިޕްމަންޓް ގެންގޮސްފި

ށ. ފޯކައިދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލާން ބޭނުންވާ ކޮންކްރީޓް ގަލުގެ ހަަތަރުވަނަ ޝިޕްމަންޓް އެރަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަސައްކަތުގެ 62 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ހަަތަރުވަނަ ޝިޕްމަންޓް 15 އޭޕްރީލް 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށްވެސް ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 45،795 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނ...

އަޙްމަދު ވަހީދު
ށ. މިލަންދޫއާއި ފޯކައިދޫގައި ކުނީގެ ޚިދުމަތަށް ނަގަމުންއަންނަ ފީ ރޯދަމަހު ނުނަގާނެ 📍 ށ. މިލަންދޫ

ށ. މިލަންދޫއާއި ފޯކައިދޫގައި ކުނީގެ ޚިދުމަތަށް ނަގަމުންއަންނަ ފީ ރޯދަމަހު ނުނަގާނެ

ށ. މިލަންދޫއާއި އެ އަތޮޅު ފޯކައިދޫއިން އެ ރަށުގެ ކުނި މެނޭޖް ކުރުމުގެ ޚިދުމަތަށް ރައްޔިތުންގެ އަތުން ކޮންމެ މަހަކު ވެސް ނަގަމުން އަންނަ “ކުނި ފީ” ރަމަޞާން މަހު ނުނަގަން އެ ރަށު ކައުންސިލްތަކުން ނިންމައިފިއެވެ. މިގޮތުން މިލަންދޫ ކައުންސިލުން ވިދާޅުވެފައި ވަނީ އެ ރަށުގެ ކުނި މެނޭޖް ކުރުމުގެ ޚިދުމަތަށް ނަގަމުން އަންނަ ކުނީގެ ފީ 1443 ވަނަ އަހަރުގެ ރަމަޟާން މަހު މިލަންދޫ ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް ދޭ ހާއްސަ އިނާޔަތެއްގެ ގޮތުގައި […]

އިބްރާހިމް ޚަލީލް
ފޯކައިދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް 📍 ށ. ފޯކައިދޫ

ފޯކައިދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ށ. ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓާއި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 45،795 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ އެއްގަމުތޮށި ލުމާއި، 100 މީޓަރުގެ ރިވެޓް...

އަޙްމަދު ވަހީދު
ފޯކައިދޫގައި އިންޑޯ ޖިމެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. ފޯކައިދޫ

ފޯކައިދޫގައި އިންޑޯ ޖިމެއް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. ފޯކައިދޫ ޔޫތު އެންޑް ކޮމިއުނިޓީ ސެންޓަރުގައި އިންޑޯ ޖިމެއް ޤާއިމްކުރުމަށް ބޭނުންވާ ހޯލުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. އެކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް 500ރ (ފައްސަތޭކަ ރުފިޔާ) ގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެ ކަމަށެވެ. ފައިސާ ދެއްކުމާއި ބީލަމަށް ރަޖިސްޓަރީވުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓަރީވުން އޮންނާނީ 02 މާރޗް 2022 ވ...

އައިޝަތު ނަސާޔާ
ފޯކައިދޫގައި ހިންގާ ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ފޯކައިދޫގައި ހިންގާ ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ށ.ފޯކައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އެ ރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ޕޭސްޓްރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ފޯކައިދޫގެ ޒުވާނުންގެ އިތުރު އެކި އުމުރުފުރާގެ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔުމަށް ރާވާފައިވާ ކޯހެކެވެ. މިކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހފައި ވަނީ 5 މާޗް 2022 އިން 15 މާޗް 2022 ގެ ނިޔަލަށް ޖުމްލަ ދިހަ ދުވަހަށެވެ. ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 28 ފެބްރުއަރީ 2022 ވަނަ ދުވަހުގެ […]

އިބްރާހިމް ޚަލީލް
ފޯކައިދޫގެ އާ އިންޖީނުގެ ހުޅުވައި ހިދުމަތް ދޭން ފަށައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫގެ އާ އިންޖީނުގެ ހުޅުވައި ހިދުމަތް ދޭން ފަށައިފި

ށ. ފޯކައިދޫގައި ސަރުކާރުން އިމާރަތް ކުރި އާ އިންޖީނުގެ މިރޭ ހުޅުވައިފިއެވެ. ފޯކައިދޫގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެެއްވައި އިންޖީނުގެ ހުޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ. މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތު ފެއްޓެވުމުގެ ގޮތުން ރައީސް ވަނީ އެ ރަށުގެ ކުރީގެ އިންޖީނުގެ ނިއްވާލާފައެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކ...

އަޙްމަދު ވަހީދު