މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފޯކައިދޫ (148 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
148 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފޯކައިދޫގެ އެންމެ ފަހުގެ ޚަބަރުތައް

148 ޚަބަރުގެ ތެރެއިން
"ރަހުމަތުގެ މޫސުން" ނަމުގައި ފޯކައިދޫގައި ބާއްވާ ބޮޑުދަރުސް މިރޭ 📍 ށ. ފޯކައިދޫ

"ރަހުމަތުގެ މޫސުން" ނަމުގައި ފޯކައިދޫގައި ބާއްވާ ބޮޑުދަރުސް މިރޭ

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން “ރަހުމަތުގެ މޫސުން” މި މައުލޫއަށް ށ.ފޯކައިދޫގައި ބާއްވާ ބޮޑުދަރުސް މިރޭ އޮންނާނެއެވެ. މި ދަރުސް އަކީ ފޯކައިދޫ ޕޮލިސް ސްޓޭޝަނާއި އެ ރަށު ކައުންސިލާއި މުއައްސަސާތަކާއި ޖަމިއްޔާތަކާއި، އެ އަތޮޅު ކައުންސިލާއި ޑަބްލިޔު.ޑީ.ސީއާއި އާއްމު ބައެއް ފަރާތްތައް ގުޅިގެން ފޯކައިދޫގައި ބާއްވާ ދަރުސެކެވެ. މިރޭ 20:45 ގައި ފޯކައިދޫ ބޯޅަދަނޑު ހުޅަނގުފަރާތު ހުސްބިމުގައި ބާއްވާ މި ދަރުސަށް އަވައްޓެރި ރަށްރަށުން ބައިވެރިވާން ޝައުގުވެރިވެލައްވާ ފަރާތްތަކަށް ފޯކައިދޫ ކައުންސިލުން ވަ...

އިބްރާހިމް ޚަލީލް
ފޯކައިދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައިފި

ށ. ފޯކައިދޫ ކައިރިން ޑިންގީއެއް ބަންޑުންޖަހާލައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި އެއީ، ށ. މިލަންދޫއިން ފުރައިގެން ހދ. ކުޅުދުއްފުށި ސިޓީ އަށް ދަތުރުކުރަމުންދިޔަ ޑިންގީއެކެވެ. އެ ޑިންގީ ބަންޑުން ޖަހާލައިގެން މިރޭ 22:23 ހާއިރު އެ އިދާރާއަށް މައުލޫމާތު ލިބުނުކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެހެންވެ، އެމްްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. މި ހާދިސާގައި ޑިންގީގައ...

ޔުމްނާ ޢަލީ
ފޯކައިދޫ ކައުންސިލް ލޯގޯ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ކައުންސިލް ލޯގޯ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލްގެ އިދާރާގެ ރަސްމީ ލޯގީ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ފޯކައިދޫ ރަމްޒުކޮށްދޭ ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކުގެ ތެރޭގައި ހުށަހަޅާ ލޯގޯއަކީ އެ ރަށުގެ ޚާއްސަ ސިފަތަކާއި، ކަންކަމާއި، ތަކެތި ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވުން ހިމެނެއެވެ. ހުށަހަޅާ ލޯގޯއިން އެއްވެސް ސިޔާސީ ޕާޓީއެއް އަދި އެހެން މުއައްސަސާއެއް ރަމްޒުކޮށްދޭ ފަރުމާއަކަށް ވެގެންނުވާނެއެވެ. ފަރުމާ ކުރެވޭ ލޯގޯއަކީ ލަކުޑި، ފައިބަރު އަދި މައުދަންތަކުގައި...

އިބްރާހިމް ޚަލީލް
ރައީސް ފޯކައިދޫ ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވައިފި 📍 ށ. ފޯކައިދޫ

ރައީސް ފޯކައިދޫ ފުޓްބޯޅަ ދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވައިފި

ށ.ފޯކައިދޫގައި ސަރުކާރުން ތަރައްޤީ ކޮށްފައިވާ ޓާފް ބޮޑު ފުޓްބޯޅަ ދަނޑު ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ. ރައީސް ފޯކައިދޫ ދަނޑު ރަސްމީކޮށް ހުޅުއްވައި ދެއްވާފައި މިވަނީ މިހާރު ށ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ފޯކައިދޫއަށް ވަޑައިގެން، އެކަމަށްޓަކައި މިއަދު ހަވީރު އެ ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ. ފޯކައިދޫ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ. ރައީސް މިއަދ...

އިބްރާހިމް ޚަލީލް
ށ. އަތޮޅުގެ ތިން ރަށެއްގައި ސްވިމިން އޭރިއާ ހެދުމަށް އެމްޓީސީސީ އަށް 📍 ށ. ފޭދޫ

ށ. އަތޮޅުގެ ތިން ރަށެއްގައި ސްވިމިން އޭރިއާ ހެދުމަށް އެމްޓީސީސީ އަށް

ށ. އަތޮޅުގެ 3 ރަށެއްގައި ސްވިމިން އޭރިއާ ހެދުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ. އެގޮތުން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ފޯކައިދޫ، ފީވަށް އަދި ފޭދޫގެ ސްވިމިން އޭރިއާ ހެދުމަށެވެ. މިއީ ޑިޒައިން އެންޑް ބިޑު އުސޫލުން ހަވާުކުރި މަސައްކަތެކެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީ ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސާ ޝާހިދު ހުސައިން މޫސާ އެވެ. މި އެއްބަސްވުމުގެ […]

މުޙައްމަދު އަފްރާޙް
ކައުންސިލުން ފޯކައިދޫގެ ހުރިހާ ގެއަކަށް ފޮތި ކޮތަޅު ބަހަނީ 📍 ށ. ފޯކައިދޫ

ކައުންސިލުން ފޯކައިދޫގެ ހުރިހާ ގެއަކަށް ފޮތި ކޮތަޅު ބަހަނީ

މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫ ކައުންސިލުން އިސްނަގައިގެން އެ ރަށު ގެތަކަށް ފޮތި ކޮތަޅު ބެހުމަށް ހިންގާ ޕްރޮގްރާމް ފަށައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން ފޯކައިދޫ ކައުންސިލުން އެ ރަށުގައި މީހުން ދިރިއުޅޭ 265 ގެއަށް، ކޮންމެ ގެއަކަށް ފަސް ކޮތަޅު ބެހުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ފޯކައިދޫ ކައުންސިލްގެ ރައީސް އަޙްމަދު އާސިފް ވިދާޅުވީ އެ ކައުންސިލުގެ ސްޓާފުންގެ އެހީތެރިކަމާއިއެކު ގެތަކަށް ކޮތަޅު ބެހުމުގެ މަސައްކަތް އިއްޔެ […]

އިބްރާހިމް ޚަލީލް
ފޯކައިދޫގައި ބެޑްމިންޓަން ކޯޓުގައި މެޓް އަޅާ އަޕްގްރޭޑް ކޮށްފި 📍 ށ. ފޯކައިދޫ

ފޯކައިދޫގައި ބެޑްމިންޓަން ކޯޓުގައި މެޓް އަޅާ އަޕްގްރޭޑް ކޮށްފި

ށ. ފޯކައިދޫގައި ބެޑްމިންޓަން ކޯޓުގައި މެޓް އަޅާ އަޕްގްރޭޑް ކޮށްފިއެވެ. މިއީ އިންޑިއާ ސަރުކާރުގެ އެހީގައި އެރަށުގައި ގާއިމުކޮށްފައިވާ ކޮމިއުނިޓީ ސެންޓަރުގައި އެރަަށު ކައުންސިލުން ތަރައްގީކުރި ބެޑްމިންޓަން ކޯޓެކެވެ. ފޯކައިދޫ ކައުންސިލުގެ ރައީސް އަހްމަދު އާސިފް ‘ތިލަދުން’ އަށް ވިދާޅުވީ ބެޑްމިންޓަން ކޯޓު އަޕްގްރޭޑް ކުރުމަށް ގާތްގަޑަކަށް 2 ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާނެ ކަމަށެވެ. އަދި މިފަދަ ކަމެއް ކުރުމުގެ މަގުސަދަކީ އެރަށާއި އަތޮޅުގައި މި ކުޅިވަރު ކުރިއަރުވައި، ހުނަރުވެރި ކުޅުންތެރިން...

މުޙައްމަދު އަފްރާޙް
ފޯކައިދޫ މީހަކަށް މިޔަރެއް ހަމަލާދީ ޒަޚަމުކޮށްލައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫ މީހަކަށް މިޔަރެއް ހަމަލާދީ ޒަޚަމުކޮށްލައިފި

ށ. ފޯކައިދޫ ނެރުމަގުގައި މަސްބާނަން އިން މީހަކަށް މިޔަރު ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. މި ހާދިސާގައި ފޯކައިދޫ ސީޒާ މަންޒިލް/ ހަސަން އަބަދުﷲ ގެ ފައިގެ ކުޑަކަޅުވާ މަސްގަނޑުގައި މިޔަރު ހިފުމުގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އޭނާއަށް ފޯކައިދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައެވެ. އޭނާގެ ހާލު ރަނގަޅެވެ. މި ހާދިސާ ހިނގިގޮތާއި ގުޅޭގޮތުން މި ނޫހާއި ވާހަކަ ދައްކަމުން ހަސަން އަބްދުﷲ ބުނީ، އެ ރަށު ބަނދަރުގައި އޮންނަ […]

އިބްރާހިމް ޚަލީލް
ފޯކައިދޫގައި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ޤުރްއާނާއި އިނގިރޭސި ކްލާސްތަކެއް 📍 ށ. ފޯކައިދޫ

ފޯކައިދޫގައި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ޤުރްއާނާއި އިނގިރޭސި ކްލާސްތަކެއް

ށ. ފޯކައިދޫގައި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ޤުރްއާން އަދި އިނގިރޭސި ކްލާސްތަކެއް ބާއްވަން ނިންމައިފިއެވެ. އެ ކައުންސިލުގެ މެމްބަރު ސަދާ ޝަހީމް ‘ތިލަދުން’ އަށް ވިދާޅުވީ މި ކްލާސްތައް ބޭއްވުމަށް ނިންމާފައިވަނީ އޯގަސްޓު މަހު ކަމަށެވެ. ނަމަވެސް ކްލާސްތައް ބާއްވާނެ ވަކި ތާރީޚެއް އަދިނުނިންމާ ކަމަށެވެ. ބައިވެރިވުން މުޅިން ހިލޭ އޮތް މި ކްލާސްތަކުގައި ކިޔަވައިދެއްވާނީ ރަށުގައި ތިބި، އެކަމުގެ ފަންނީ ބޭފުޅުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ކްލާސްތައް ފަށާނީ ކޮންމެ ކްލާހެއްގައި […]

މުޙައްމަދު އަފްރާޙް
ފޯކައިދޫ ސިއްހީ މަރުކަޒުގެ ވަށާފާރު ރާނަން ހަވާލުކޮށްފި 📍 ށ. ފޯކައިދޫ

ފޯކައިދޫ ސިއްހީ މަރުކަޒުގެ ވަށާފާރު ރާނަން ހަވާލުކޮށްފި

ށ. ފޯކައިދޫ ޞިއްޙީ މަރުކަޒުގެ ވަށާފާރު ރޭނުމާއި، އެރަށު ޞިއްޙީ މަރުކަޒުގައި ކުރަން ހުރި ބައެއް މަސައްކަތްތައް ކުރުމަށް މިއަދު ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި މަސައްކަތްތައް ހަވާލުކޮށްފައި ވަނީ މީހާފް ކޮންސްޓްރަކްޝަން އިންވެސްޓްމަންޓާ އެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަން ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިސްގައި ފޯކައިދޫ ތަމްސީލް ކުރައްވާ، ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (ރާޑޯ) ވެސް ބައިވެރިވިއެވެ. މި މަސައްކަތުގެ ޖުމްލަ އަގަކީ 791,1...

ޔުމްނާ ޢަލީ
ޕެއިންޓިން ފޯ ނޭޗާ ކެމްޕޭން ސަބަބުން ތިމާވެެއްޓަށް ހޭލުންތެރިކަން އިތުރުވާނެ: ފޯކައިދޫ ކައުންސިލް 📍 ށ. ފޯކައިދޫ

ޕެއިންޓިން ފޯ ނޭޗާ ކެމްޕޭން ސަބަބުން ތިމާވެެއްޓަށް ހޭލުންތެރިކަން އިތުރުވާނެ: ފޯކައިދޫ ކައުންސިލް

ށ. ފޯކައިދޫގައި ކުރިއަށް ގެންދިޔަ ޕެއިންޓިން ފޯ ނޭޗާ ކެމްޕޭން ސަބަބުން ތިމާވެެއްޓަށް ހޭލުންތެރިކަން އިތުރުވާނެ ކަމަށް އެރަށު ކައުންސިލުގެ ރައީސް އަހްމަދު އާސިފް ވިދާޅުވެއްޖެއެވެ. މި ކެމްޕޭނަކީ ދި އައިލެންޑް އާޓިސްޓް އާއި އެންވަޔަރްމެންޓް މިނިސްޓްރީ އަދި ފޯކައިދޫ ކައުންސިލު ގުޅިގެން ކުރިއަށް ގެންދިޔަ ކެމްޕޭނެކެވެ. މިކަމާއި ގުޅިގެން ފޯކައިދޫ ކައުންސިލުގެ ރައީސް އަހްމަދު އާސިފް ”ތިލަދުން” އަށް ވިދާޅުވީ މިފަދަ ކުރެހުންތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށްބޮޑަށް އ...

މުޙައްމަދު އަފްރާޙް
ގޯލްޑަން ފުޓްސަލް ޗެލެންޖް: ޕެނަލްޓީގައި ކުރި ހޯދައި ށ. އަތޮޅުގެ ޗެމްޕިއަންކަން ފޯކައިދޫ އަށް 📍 ށ. ފޯކައިދޫ

ގޯލްޑަން ފުޓްސަލް ޗެލެންޖް: ޕެނަލްޓީގައި ކުރި ހޯދައި ށ. އަތޮޅުގެ ޗެމްޕިއަންކަން ފޯކައިދޫ އަށް

މިހާރު ކުރިއަށްދާ “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023″ގެ އަތޮޅުގެ ޗެމްޕިއަންކަން ށ. ފޯކައިދޫގެ ފޯކައިދޫ އެފްސީ ހޯދައިފިއެވެ. ހުޅުމާލެ ރެހެންދި ދަނޑުގައި ކުޅުނު ރޭ ކުޅުނު ށ. އަތޮޅުގެ ފައިނަލް މެޗުގައި ފޯކައިދޫ އާއި ބައްދަލު ކުރީ ކަނޑިތީމެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖެހީ ކަނޑިތީމުންނެވެ. އެ ލަނޑު ޖަހައިދިނީ އެ ޓީމުގެ އިބްރާހީމް ނަދާދު (ކުޑައްޓޭ) އެވެ. އެ ގޯލަށްފަހު ފޯކައިދޫގެ ހުސައިން ފަޒީލް ވަނީ ގޯލެއް ކާމިޔާބުކޮށް ނަތީޖާ ހަަމަހަމަކޮށްފައެވެ. މެޗުގެ […]

ޔުމްނާ ޢަލީ
ފޯކައިދޫގައި ގާއިމުކުރި އިޖުތިމާއީ މަރުކަޒު ހުޅުވައިފި 📍 ށ. ފޯކައިދޫ

ފޯކައިދޫގައި ގާއިމުކުރި އިޖުތިމާއީ މަރުކަޒު ހުޅުވައިފި

އިންޑިއާ ސަރުކާރުގެ އެހީގައި ށ. ފޯކައިދޫގައި ގާއިމުކުރި އިޖުތިމާއީ މަރުކަޒު ހުޅުވައިފިއެވެ. މި މަރުކަޒު ހުޅުވައިދެއްވީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. ޑރ. އެސް. ޖައިޝަންކަރެވެ. އިންޑިއާ ސަރުކާރުގެ 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ގާއިމްކުރި މި މަރުކަޒަކީ ދެ ފަންގިފިލާގެ އިމާރާތެކެވެ. މި އިމާރާތުގައި ކްލަބް އޮފީސް، މީޓިން ރޫމް، ލައިބްރަރީ، ކޮންފަރެންސް ހޯލް އަދި ސެކްރެޓޭރިއަޓްގެ އޮފީސް ވަނީ […]

މުޙައްމަދު އަފްރާޙް
ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފޯކައިދޫ ހެލްތު ސެންޓަރަށް 📍 ށ. ފޯކައިދޫ

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފޯކައިދޫ ހެލްތު ސެންޓަރަށް

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފޯކައިދޫ ހެލްތު ސެންޓަރ ޓީމުން ހޯދައިފިއެވެ. މި މުބާރާތުގެ ފައިނަލް މެޗު އިއްޔެ ހަވީރު ކުޅެފައިވާއިރު، ފައިނަލް މެޗުގައި ބައްދަލު ކޮށްފައި ވަނީ ފޯކައިދޫ ހެލްތު ސެންޓަރ ޓީމާއި ފެނަކަ ފޯކައިދޫ ހޭންޑްބޯޅަ ޓީމެވެ. މި މެޗު 15 ލަނޑު 13 ލަނޑުން ކާމިޔާބު ކޮށްފައި ވަނީ ހެލްތު ސެންޓަރ ޓީމެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ހެލްތު […]

އިބްރާހިމް ޚަލީލް
ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯޅަ މުބާރާތުގެ ފައިނަލުގައި ފެނަކައާއި ހެލްތު ސެންޓަރ 📍 ށ. ފޯކައިދޫ

ފޯކައިދޫ ސްޕޯޓްސް ފިއެސްޓާ ހޭންޑްބޯޅަ މުބާރާތުގެ ފައިނަލުގައި ފެނަކައާއި ހެލްތު ސެންޓަރ

ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ހޭންޑްބޯޅަ މުބާރާތުގެ ފައިނަލުން ފެނަކަ ފޯކައިދޫ ހޭންޑްބޯލް ޓީމާއި ފޯކައިދޫ ހެލްތު ސެންޓަރުގެ ޓީމް ޖާގަ ހޯދައިފިއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ. މުބާރާތުގެ ފައިނަލުން ފެނަކަ ޖާގަ ހޯދާފައި ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށް […]

އިބްރާހިމް ޚަލީލް