📍 ށ. ފުނަދޫ
ފުނަދޫގައި އައު ހޮސްޕިޓަލެއް އަޅަން ބިޑަށް
ށ. ފުނަދޫގައި އަޅާ އައު ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފި އެވެ. ފުނަދޫ އަކީ މިހާރު ވެސް ށ. އަތޮޅު ހޮސްޕިޓަލް ގާއިމުކޮށްފައި ހުންނަ ރަށެވެ. އެ ހޮސްޕިޓަލް އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްތަކެއް ވެސް ސަރުކާރުން ދަނީ ހިންގަމުންނެވެ. ފުނަދޫގައި އަޅާ އައު ހޮސްޕިޓަލް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމުން، ފިނޭންސް މިނިސްޓްރީން ވިދާޅުވީ މި ބީލަމުގައި ބައިވެރިވުމަށް -/1،500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަ...