މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފުނަދޫ (247 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
247 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފުނަދޫގެ އެންމެ ފަހުގެ ޚަބަރުތައް

247 ޚަބަރުގެ ތެރެއިން
ފަޔަރ ޓްރަކް މައްސަލަޖެހުމުން ފުނަދޫ އެއާޕޯޓްގެ ދަތުރުތައް މެދުކަނޑާލައިފި 📍 ށ. ފުނަދޫ

ފަޔަރ ޓްރަކް މައްސަލަޖެހުމުން ފުނަދޫ އެއާޕޯޓްގެ ދަތުރުތައް މެދުކަނޑާލައިފި

ށ.ފުނަދޫ އެއާޕޯޓްގައި ބޭނުން ކުރަމުން އަންނަ ފަޔަރ ޓްރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން މޯލްޑިވިއަން އިން އެ އެއާޕޯޓަށް ފްލައިޓް އޮޕަރޭޓްކުރުން މެދުކަނޑާލައިފިއެވެ. ފުނަދޫ އެއާޕޯޓްގެ އޮފިޝަލަކު މި ނޫހަށް މައުލޫމާތު ދެމުން ބުނީ އެ އެއާޕޯޓްގައި ބޭނުން ކުރަމުން އަންނަ ފަޔަރޓްރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން، އެ އެއާޕޯޓަށް މޯލްޑިވިއަނުން ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ. އޭނާ އިތުރަށް ބުނީ ފަޔަރޓްރަކަށް ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އެކަމަށް ހަތަރ...

އިބްރާހިމް ޚަލީލް
ފުނަދޫގައި ސްކޭމްގެ މައްސަލަތަކަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް 📍 ށ. ފުނަދޫ

ފުނަދޫގައި ސްކޭމްގެ މައްސަލަތަކަށް ހޭލުންތެރިކުރުމުގެ ސެޝަންތަކެއް

ށ. ފުނަދޫގައި ސްކޭމްގެ މައްސަލަތަކަށް ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތުގެ ސެޝަންތަކެއް ބާއްވަފިއެވެ. އެގޮތުން މި މައުލޫމާތުގެ ސެޝަންްތައް ބާއްވާފައިވަނީ ށ. އަތޮޅުގެ ފުލުހުންގެ އިސްނެގުމާއި ހިންގުމުގެ ދަށުން، ށ. ފުނަދޫ ކައުންސިލް އިދާރާއަށާއި، ށ. އަތޮޅު ކައުންސިލުގެ އިދާރީ މުވައްޒަފުންނަށް ވަކި ވަކިންނެވެ. މި ސެޝަންތަކަކީ، ށ. އަތޮޅުގައި ސްކޭމްގެ މައްސަލަތައް ފެންމަތިވުމުގެ ސަބަބުން، މިފަދަ މައްސަލަތަކުގައި ބޭނުންކުރަމުން އަންނަ ވައްޓަފާޅިއާއި، މިފަދަ ކަންކަމުގައި ރައްކާތެރިވެވޭނެ ގޮތުގެ މައްޗަ...

އައިޝަތު އައިނީ އާމިރު
ށ.އަތޮޅުގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި 📍 ށ. ފުނަދޫ

ށ.އަތޮޅުގައި ޕާސްޕޯޓުގެ ހިދުމަތް ފަށައިފި

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތްވާގޮތުގެ މަތީން މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޕާސްޕޯޓްގެ ހިދުމަތް ފޯރުކޮށްދިނު މޯލްޑިވްސް އިމިގްރޭޝަނުން ކަނޑައަޅާފައިވާ އަމާޒުގެ ތެރެއިން ށ.އަތޮޅުގައި ޕާސްޕޯޓްގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. ޕާސްޕޯޓްގެ ހިދުމަތް އެ އަތޮޅުގައި ފައްޓަވައިދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދެވެ. އިމިގްރޭޝަނުން ވިދާޅުވީ ށ.އަތޮޅުގައި ހިދުމަތް ފެށުމާއެކު އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓްތައް އެ އަތޮޅުން...

އިބްރާހިމް ޚަލީލް
ކުޅުދުއްފުއްޓާއި ފުނަދޫ އެއާޕޯޓްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ 📍 ށ. ފުނަދޫ

ކުޅުދުއްފުއްޓާއި ފުނަދޫ އެއާޕޯޓްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިއަހަރު ފަށަނީ

ހދ. ކުޅުދުއްފުށި ސިޓީގައި އޮންނަ އެއާޕޯޓާއި، ށ. ފުނަދޫ އެއާޕޯޓްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް އިއްޔެ މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ. ރައީސް ވިދާޅުވިގޮތިގައި، ޖިއޮގްރެފިކަލީ ރާއްޖެ އުފެދިފައި އޮންނަ ގޮތުން، އެއްރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމަކީ، ޒަރޫރީ ބޭނުމަކަށް ވެފައި އޮންނަކަމެކެވެ. އެހެންކަމުން އާންމު ރައްޔިތުންނަށް ވެސް ޒަމާނުއްސުރެ އޮތ...

ޔުމްނާ ޢަލީ
ދިއްދޫ، ކުޅުދުއްފުށި، ފުނަދޫ އަދި ކޮމަންޑޫ ހިމެނޭހެން 8 ރަށެއްގައި އައިސްޕްލާންޓް 📍 ހއ. ދިއްދޫ

ދިއްދޫ، ކުޅުދުއްފުށި، ފުނަދޫ އަދި ކޮމަންޑޫ ހިމެނޭހެން 8 ރަށެއްގައި އައިސްޕްލާންޓް

އަށް ރަށެއްގައި އައިސްޕްލާންޓް ގާއިމުކޮށް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މި އަހަރު ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސް ވިދާޅުވީ، ދިވެހި މަސްވެރިކަމުގެ ސިނާއަތް ޒަމާނާ އެކަށޭނަހެން އަބަދުވެސް ކުރިއެރުވުމަކީ، އަޅުގަނޑުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. މިގޮތުން އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެއްކަމުގައިވާ 48 ގަޑި އިރު ތެރޭގައި މަސްވެރީންނަށ...

ޔުމްނާ ޢަލީ
އިހަވަންދޫ، މަކުނުދޫ އަދި ފުނަދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފަށަނީ 📍 ހއ. އިހަވަންދޫ

އިހަވަންދޫ، މަކުނުދޫ އަދި ފުނަދޫގައި އައިޑީކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ފަށަނީ

ހއ. އިހަވަންދޫ އާއި ހދ. މަކުނުދޫ އަދި ށ. ފުނަދޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމާއި، ޕާސްޕޯޓުގެ ޚިދުމަތާއި އަދި ށ. މިލަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް މިއަހަރު ފަށަން ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނީއްޔާތާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން އާންމުކޮށްފައިވާ މި ޚިދުމަތްތައް ފުޅާކުރުމާއި ގުޅޭ މަގުޗާޓުގައިވާގޮތުން ހއ.އިހަވަންދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފަށާނީ އޮގަސްޓް 2025 ގައެވެ. އަދި އެ ރަށުގައި އައިޑީކާޑުގެ ޚިދުމަތް ފަށާނީ މެއި 2025 ގައެވެ. ހދ. މަކުނުދޫގައި ޕާސްޕޯޓުގެ ޚިދުމަތް [...

ޔުމްނާ ޢަލީ
ފްލެމިންގޯތައް ތިރިކޮށްލީ ފުނަދޫ ދަށްފަޅަށް 📍 ށ. ފުނަދޫ

ފްލެމިންގޯތައް ތިރިކޮށްލީ ފުނަދޫ ދަށްފަޅަށް

މި މަހުގެ ތިންވަނަ ދުވަހު ކުޅުދުއްފުށި މަށިކުޅިން ފެނުނު ފަސް ފްލެމިންގޯ، އެތަނުގައި ތިން ދުވަސް ހޭދަކުރުމަށް ފަހު ށ. ފުނަދުއަށް ގޮސްފިއެވެ. ފުނަދޫ ދަށްފަޅުން އެ ފަސް ފްލެމިންގޯ ފެންނަން ފަށާފައި ވަނީ އިއްޔެއެވެ. ފުނަދޫ ދަށް ފަޅުގައި ފްލެމިންގޯތައް ތިބިތަން ފެންނަ ފޮޓޯތަކާއި ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އަންނަނީ ދައުރު ކުރަމުންނެވެ. އެ ފޮޓޯތަކާއި ވީޑިއޯތަކުން ވެސް ފެންނަނީ ފަސް ޕްލެމިންގޯއެވެ. މި ދޫނި މި އަހަރު ފުރަތަމަ ފެނިފައި މިވަނީ […]

އިބްރާހިމް ޚަލީލް
ފުނަދޫ ދަށްފަޅުގައި ޓޫރިސްޓް ހޮޓަލަކާއި އީކޯ ޕާކެއް ތަރައްގީ ކުރުމަށް ސާވޭކޮށްދޭނެ ބަޔަކުހޯދަނީ 📍 ށ. ފުނަދޫ

ފުނަދޫ ދަށްފަޅުގައި ޓޫރިސްޓް ހޮޓަލަކާއި އީކޯ ޕާކެއް ތަރައްގީ ކުރުމަށް ސާވޭކޮށްދޭނެ ބަޔަކުހޯދަނީ

ށ.ފުނަދޫ ދައްފަޅުގައި ޓޫރިސްޓް ހޮޓަލަކާއި އަދި އެޓްރެކްޝަން ހިމެނޭގޮތުން އީކޯ ޕާކެއް ތަރައްގީ ކުރުމަށް ސާވޭކުރުމާއިއެކު ޑިޒައިން ކުރާނެ ފަރާތެއް ހޯދަން އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. ފުނަދޫގައި އޮންނަ ދައްފަޅަކީ ގުދުރަތީ ގޮތުން ވަރަށް ހާއްސަ މުއްސަނދިކަމެއް ލިބިފައިވާ ފަޅެކެވެ. ކޯރެއް ގޮތަށް އުފެދިފައިވާ އެ ފަޅަށް ފްލެމިންގޯ ފަދަ މޫސުމީ ދޫނިތައް ރާއްޖެއިން ބޭރުން ހިޖުރަކުރެއެވެ. އެ ފަޅަކީ ގިނަ އަދަދަކަށް “މަޑް ކްރެބް” އާލާވާ ތަނެކެވެ. އެތަނުގައި ޓޫރިސްޓް ހޮޓަލަކާއި އީކޯ […]

އިބްރާހިމް ޚަލީލް
ކަނދުފަތިތައް އެޅުމުގެ މަސައްކަތަށް ހާއްސަ ސެންޓަރެއް ފުނަދޫ ގާއިމުކުރަނީ 📍 ށ. ފުނަދޫ

ކަނދުފަތިތައް އެޅުމުގެ މަސައްކަތަށް ހާއްސަ ސެންޓަރެއް ފުނަދޫ ގާއިމުކުރަނީ

ކަނދުފަތިތައް އެޅުމުގެ މަސައްކަތަށް ހާއްސަ ސެންޓަރެއް ށ. ފުނަދޫގައި ގާއިމުކުރަން ނިންމާފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ. 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 43 ވަނަ ޖަލްސާގައި ވަޒީރާއި ސުވާލު ކުރުމުގެ ވަގުތުގައި މަކުނުދޫ ދާއިރާގެ މެންބަރު އާދަމް ޝަފީޤް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، އެކި ސަރަހައްދުގައި ވަދު ކަނދުފަތި އެޅުމަށް ހުށަހެޅުންތައް ވަރަށް ގިނައިން ލިބިފައިވާ ކަމަށެވެ. މި ސަރުކާރާއި ހަވާލުވިއި...

ޙުސައިން ޝަހުދީ
ފުނަދޫއިން ދޫކުރާ 2000 އަކަފޫޓުގެ 90 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި 📍 ށ. ފުނަދޫ

ފުނަދޫއިން ދޫކުރާ 2000 އަކަފޫޓުގެ 90 ގޯއްޗަށް ކުރިމަތިލާން ހުޅުވާލައިފި

ދިރިއުޅުމަށްޓަކައި ށ.ފުނަދޫއިން ދޫކުރާ 2000 އަކަފޫޓުގެ 90 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ. އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް އެ ރަށުގައި ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ އުސޫލު ކައުންސިލުން ފާސްކޮށްފައިވަނީ މި އަހަރުގެ މާޗް 18 ވަނަ ދުވަހު ބޭއްވި އެ ކައުންސިލުގެ 136 ވަނަ އާންމު ޖަލްސާގައެވެ. އެއަށްފަހު ގެވަޅު ދޫކުރުމުގެ އުސޫލަށް ގެނެވުނު ބަދަލުތަކާއިއެކު އެ ރަށުން ދޫކުރާ 2000 އަކަފޫޓުގެ 90 ގެވަޅު ދޫކުރަން ނިންމާފައިވަނީ […]

އިބްރާހިމް ޚަލީލް
މޯލްޑިވިއަނުން ފުނަދޫ ދަތުރުތައް އަލުން ފަށައިފި 📍 ށ. ފުނަދޫ

މޯލްޑިވިއަނުން ފުނަދޫ ދަތުރުތައް އަލުން ފަށައިފި

މިއަދު މެދުކަނޑާލި މޯލްޑިވިއަން އިން ށ.ފުނަދޫއަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް އަލުން ފަށައިފިއެވެ. މޯލްޑިވިއަން ފުނަދޫ އެއާޕޯޓަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް މެދުކަނޑާލީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެންނެވެ. އެ ކުންފުނިން އެކަން ހާމަކުރީ މިއަދު ހެނދުނު 11:28 ގައެވެ. އެއަށްފަހު މިރޭ 19:25 ގައި އެ ކުންފުނިން ބުނީ ކުރިއެކޭ އެއްގޮތައް އެ ކުންފުނިން ފުނަދޫ އަށް ކުރަމުން އަންނަ ދަތުރުތައް ފަށާފައިވާ ކަމަށެވެ. މޯލްޑިވިއަން އިން ފުނަދޫ ދަތުރުތައް މެދުކަނޑާލައިފި މައުލޫމާތު ލިބިފައިވާ ގޮތުގ...

ޔުމްނާ ޢަލީ
މޯލްޑިވިއަން އިން ފުނަދޫ ދަތުރުތައް މެދުކަނޑާލައިފި 📍 ށ. ފުނަދޫ

މޯލްޑިވިއަން އިން ފުނަދޫ ދަތުރުތައް މެދުކަނޑާލައިފި

މޯލްޑިވިއަން އިން ށ.ފުނަދޫއަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް މެދުކަނޑާލައިފިއެވެ. މޯލްޑިވިއަން އިން މިއަދު ބުނީ ފުނަދޫ އެއާޕޯޓްގެ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މޯލްޑިވިއަން އިން އެ އެއާޕޯޓަށް ކުރަމުން އައި ޝެޑިއުލް ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ. މޯލްޑިވިއަން އިން އިތުރަށް ބުނީ ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ދަތުރުތައް މެދުކަނޑާލުމާއި ގުޅިގެން ދިމާވާ ދަތިތަކަށް މާފަށް އެދޭކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުނަދޫ ދަތުރުތައް މޯލްޑިވިއަން...

އިބްރާހިމް ޚަލީލް
ފުނަދޫ ހިމެނޭހެން ތިން ރަށެއްގައި އައިސްޕްލާންޓް އަޅަން ހަވާލުކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ ހިމެނޭހެން ތިން ރަށެއްގައި އައިސްޕްލާންޓް އަޅަން ހަވާލުކޮށްފި

ށ.ފުނަދޫ ހިމެނޭހެން ތިން ރަށެއްގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖު ހަދަން ފިޝަރީޒް މިނިސްޓްރީން މިފްކޯއާއި ހަވާލުކޮށްފިއެވެ. ފިޝަރީޒް މިނިސްޓްރީން ވަނީ ށ.ފުނަދޫގެ އިތުރުން ދ.ބަނޑިދޫ އަދި ދ.މީދޫގައި 30 ޓަނުގެ އައިސްޕްލާންޓްގެ އިތުރުން 50 ޓަނުގެ އައިސް ސްޓޯރޭޖް އަޅަން ނިންމާފައެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ވަނީ މިނިސްޓްރީއާއި މިފްކޯއާއި ދެމެދު ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނި ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި ޗީފް ފައިނޭންޝަލް އޮފިސ...

އިބްރާހިމް ޚަލީލް
އަފީފުއްދީން ސްކޫލާއި ފުނަދޫ ސްކޫލްގައި ސްޓެމް ލެބް އަޅަން ހަވާލުކޮށްފި 📍 ށ. ފުނަދޫ

އަފީފުއްދީން ސްކޫލާއި ފުނަދޫ ސްކޫލްގައި ސްޓެމް ލެބް އަޅަން ހަވާލުކޮށްފި

ހދ. ކުޅުދުއްފުށީ ސިޓީގެ އަފީފުއްދީން ސްކޫލާއި ށ. ފުނަދޫ ސްކޫލްގައި ސްޓެމް ލެބްތައް ގާއިމުކުރުމަށް ހަވާލުކޮށްފިއެވެ. މި ދެ ސްކޫލްގައި ސައިންސް، އައިސީޓީ، ސްޓެމް އަދި ސްކިލް ލެބޯޓަރީ ޤާއިމުކުރުމަށް ތައުލީމާބެހޭ ވުޒާރާއިން ހަވާލުކޮށްފައި ވަނީ ސަނީލޭންޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތްތަކުހެ އެއްބަސްވުމުގައި ތަޢުލީމާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުލްލަޠީފް މުޙައްމަދެވެ. އަދި ސަނީލޭންޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ...

ޔުމްނާ ޢަލީ
ށ.އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި 📍 ށ. ފުނަދޫ

ށ.އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި

ށ.ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފިއެވެ. ސިއްހަތާބެހޭ ވުޒާރާއިން ވިދާޅުވީ، ށ. ފުނަދޫ ހޮސްޕިޓަލުގައި ޑަޔަލިސްގެ ޚިދުމަތް ފެށުމާއި އެކު ރާއްޖޭގެ 12 އަތޮޅެއްގައި މި ޚިދުމަތް މިހާރު ލިބޭނެމަގު ފަހިކޮށްދެވިފައިވާ ކަމަށެވެ. އަތޮޅުތަކުގެ ޞިއްހީ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ޑަޔަލިސިސްގެ ޚިދުމަތް މިހާރު ލިބެންނެތް 8 އަތޮޅަކީ އއ، އދ، ވ، މ، ފ، ދ، ތ އަދި ގދ އަތޮޅެވެ. މި ޚިދުމަތް ލިބެން ނެތް […]

ޙުސައިން ޝަހުދީ