މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފުނަދޫ (247 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
247 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފުނަދޫގެ އެންމެ ފަހުގެ ޚަބަރުތައް

247 ޚަބަރުގެ ތެރެއިން
ށ. އަތޮޅު ހޮސްޕިޓަލްގައި އެތެރެހަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފި 📍 ށ. ފުނަދޫ

ށ. އަތޮޅު ހޮސްޕިޓަލްގައި އެތެރެހަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފި

ށ. ފުނަދޫގައި ހުންނަ، ށ. އަތޮޅު ހޮސްޕިޓަލްގައި އެތެރެހަށީގެ ބަލިތަކަށް ޚާއްޞަ ޑަކްޓަރެއްގެ ޚިދުމަތް ތަޢާރުފްކޮށް، އެތެރެހަށީގެ ބަލިތަކަށް ފަރުވާދޭން ފަށައިފިއެވެ. މިގޮތުން ފުނަދޫ ހޮސްޕިޓަލުން މިއަދު ވަނީ ރަސްމީކޮށް އެ ހޮސްޕިޓަލްގައި އެތެރެހަށީގެ ބަލިތަކަށް ފަރުވާދިނުމުގެ ޚިދުމަތްފަށައި، އެތެރެހަށީގެ ޑަކްޓަރެއް އެ ހޮސްޕިޓަލްގައި މަސައްކަތް ކުރައްވަން ފެއްޓެވިކަން ހާމަކުރަށްވާފައެވެ. ފުނަދޫ ހޮސްޕިޓަލްގައި އަލަށް މިފެށުނު ޚިދުމަތާއި ގުޅިގެން އެ ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު ”ތިލަދުން” އަށ...

ޝިއުނާ އާދަމް
ށ. އަތޮޅުގެ 3 ރަށަކުން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރު ކޮށްފި 📍 ށ. ފޭދޫ

ށ. އަތޮޅުގެ 3 ރަށަކުން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ށ. އަތޮޅުގެ 3 ރަށަކުން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރު ކޮށްފިކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން ބުނީ މި އޮޕަރޭޝަންތައް ހިންގާފައިވަނީ ށ. އަތޮޅު ފުނަދޫއާއި މާއުނގޫދޫ އަދި ފޭދޫގައި ކަމަށެވެ. އެގޮތުން ށ. ފުނަދޫގައި ހިންގި އޮޕަރޭޝަނަކީ ރަށުތެރެ ޕެޓްރޯލުކުރަން އުޅުނު ފުލުހުންނަށް އެރަށުގައި މަސްތު...

ޔުމްނާ ޢަލީ
ށ. ފުނަދޫއާއި މަގޫދޫގައި އަލަށް އިމާރާތް ކުރެވުނު މިސްކިތް ހުޅުވައިފި 📍 ށ. ފުނަދޫ

ށ. ފުނަދޫއާއި މަގޫދޫގައި އަލަށް އިމާރާތް ކުރެވުނު މިސްކިތް ހުޅުވައިފި

ށ.ފުނަދޫއާއި މަގޫދޫގައި އަލަށް އިމާރާތް ކުރެވުނު މިސްކިތް، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ހުޅުވައިދެއްވައިފިއެވެ. ސަރުކާރުގެ ބަޖެޓުން ޖުމްލަ 4.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފުނަދޫގައޖ އިމާރާތްކޮށްފައިވާ މި މިސްކިތުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެފަރާތުންނެވެ. މަސްޖިދުލް ރިޟްވާން ގެ ނަމުން ނަންދީފައިވާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް އިމާރާތް ކުރަން ފަށާފައިވަނީ 17 ނޮވެމްބަރ 2019 ވަނަ...

އިބްރާހިމް އަސްވާޤް
ފުނަދޫއިން މަސްތުވާތަކެއްޗާއިއެކު 2 މީހުން ހައްޔަރުކޮށްފި 📍 ށ. ފުނަދޫ

ފުނަދޫއިން މަސްތުވާތަކެއްޗާއިއެކު 2 މީހުން ހައްޔަރުކޮށްފި

ށ. ފުނަދޫއިން މަސްތުވާތަކެއްޗާއިއެކު 2 މީހުން ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ ފުނަދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 31 އަހަރުގެ މީހަކާއި 63 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ހާމަކުރެއެވެ. މި ދެމީހުންނަކީވެސް ދިވެހި ފިރިހެނުންކަމަށާއި އެދެމީހުން ހައްޔަރުކޮށްފައިވަނީ އެރަށު ބަނދަރު ސ...

އިބްރާހިމް އަސްވާޤް
ބީއެމްއެލްގެ ފަރާތުން ފުނަދޫ ސްކޫލު ލައިބްރަރީއަށް ދީލަތި އެހީއެއް 📍 ށ. ފުނަދޫ

ބީއެމްއެލްގެ ފަރާތުން ފުނަދޫ ސްކޫލު ލައިބްރަރީއަށް ދީލަތި އެހީއެއް

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ގެ ފާރާތުން ށ.ފުނަދޫ ސްކޫލު ލައިބްރަރީ ތަރައްޤީ ކުރުމަށް ދީލަތި އެހީތެރިކަމެއް ދީފިއެވެ. މިއަދު އެ ސްކޫލުގެ ލައިބްރަރީގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ފުނަދޫ ސްކޫލަށް މި އެހީތެރިކަން ހަވާލުކޮށްދީފައިވަނީ، އެ ރަށުގެ ބީއެމްއެލް ބްރާންޗްގެ ޓީމުންނެވެ. އަދި މި އެހީތެރިކަމާއި އެކު، ބީއެމްއެލްއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ފުނަދޫ ސްކޫލުގެ ލައިބްރަރީއަށް އިތުރު ތަރައްޤީއެއްލިބި މީގެ ސަބަބުން އެ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް ކިޔެވުމަށް ރަނގަޅު މާހައުލ...

މުޙައްމަދު މާއިލް ހަސަން
ކޭއާރުއެޗްގެ ޙާއްސަ ޑޮކްޓަރުންގެ ޓީމްއެއް ށ. އަތޮޅު ހޮސްޕިޓަލް އަށް 📍 ށ. ފުނަދޫ

ކޭއާރުއެޗްގެ ޙާއްސަ ޑޮކްޓަރުންގެ ޓީމްއެއް ށ. އަތޮޅު ހޮސްޕިޓަލް އަށް

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ގެ ހާއްސަ ޑޮކްޓަރުންގެ ޓީމެއް ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ. ށ.ފުނަދޫ އަތޮޅު ހޮސްޕިޓަލުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން މި ކަމަކީ، އެ ހޮސްޕިޓަލާއި ކޭ އާރު އެޗް އާއި ގުޅިގެން 4 ދުވަހުގެ މުއްދަތަކަށް ފުނަދޫ އަތޮޅު ހޮސްޕިޓަލަގައި ހިންގޭ މެޑިކަލް ކޭމްޕްއެއް ކަމަށެވެ. މި ކޭމްޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުން ފެށިގެން 17 ވަނަ […]

މުޙައްމަދު އިނާން
ދިއްދޫއާއި ފުނަދޫ ވެސް މޮނިޓަރިން ހާލަތުން ނަގައިފި 📍 ހއ. ދިއްދޫ

ދިއްދޫއާއި ފުނަދޫ ވެސް މޮނިޓަރިން ހާލަތުން ނަގައިފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޯވިޑް-19 އާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބެލުމަށް މޮނިޓަރިން ހާލަތަށް ގެނައި އުތުރުގެ ރަށްތަކުގެ ތެރެއިން ހއ. ދިއްދޫ އަދި ށ. ފުނަދޫ ވެސް މޮނިޓަރިން ހާލަތުން ނަގައިފިއެވެ. މިރަށްތައް މޮނިޓަރިން ހާލަތަށް ގެނައީ ކުޅުދުއްފުށި ސިޓީގެ ފުލުހަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ރޭގައި އެވެ. ހއ. ދިއްދޫ މޮނިޓަރިން ހާލަތުން ނަގާފައި ވަނީ މިއަދު ހަވީރު 17:01 ގައި އެވެ. އެރަށް މޮނިޓަރިން ހާލަތަށް ގެނައީ ރޭގެ 21:21 […]

ޝިއުނާ އާދަމް
މަގުމަތި ކުނިނުކަހާ ގޯތިތަކުގެ ނަންތައް ފުނަދޫ ކައުންސިލުން އާންމު ކުރަނީ 📍 ށ. ފުނަދޫ

މަގުމަތި ކުނިނުކަހާ ގޯތިތަކުގެ ނަންތައް ފުނަދޫ ކައުންސިލުން އާންމު ކުރަނީ

މަގުމަތި ކުނިނުކަހާ ގޯތިތަކުގެ ނަންތައް އާންމު ކުރަން މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާއިން ނިންމައިފި އެވެ. ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތައް ސާފުކުރުމާއި ބެހޭގޮތުން އެކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މީހުން ދިރިއުޅުމަށް އެރަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ސާފުނުކޮށް ހުރިގޯތިތަކާއި، އެގޯތިތަކާއި އިންވެގެންވާ މަގުތައް 06 އޮކްޓޯބަރ 2020 ވާ އަންގާރަ ދުވަހުގެ ކުރިން ސާފުކުރުމަށް ދަންނަވާކަމަށެވެ. މިތާރީޚުގެ ފަހުން ސާފުނުކޮށް ހުންނަ ގޯތިތަކުގެ ނަމާއި ގޯތީ...

ޔުމްނާ ޢަލީ
ފުނަދޫއިން ދަނޑުވެރިކަމަށް ހިލޭ ބިން ދޫކުރަނީ 📍 ށ. ފުނަދޫ

ފުނަދޫއިން ދަނޑުވެރިކަމަށް ހިލޭ ބިން ދޫކުރަނީ

ށ. ފުނަދޫއިން ދަނޑުވެރިކަމަށް ހިލޭ ބިން ދޫކުރަން ނިންމައި، ބިމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. އެ ފުރުޞަތު ހުޅުވާލައި ށ. ފުނަދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ އެ ރަށުން ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް ބިންތަކެއް ދޫކުރުމަށް ނިންމައި ފުރުޞަތު ހުޅުވާލާ ކަމަށެވެ. މިގޮތުން ދޫ ކުރަން ނިންމާފައި ވަނީ 2000 އަކަ ފޫޓުގެ ބިންތަކެއް ކަމަށް ފުނަދޫ ކައުންސިލުން ބުނެފައި ވެއެވެ. އެ ރަށުން ދަނޑުވެރިކަން ކުރުމަށް ބިން ދޫކުރަން ނިންމާފައި ވަނީ ރަށުގެ ދެކުނު […]

ޔުމްނާ ޢަލީ
އުތުރުގެ 3 ރަށަކުން މަސްތުވާތަކެއްޗާއެކު 5 މީހުން ހައްޔަރުކޮށްފި 📍 ށ. ފުނަދޫ

އުތުރުގެ 3 ރަށަކުން މަސްތުވާތަކެއްޗާއެކު 5 މީހުން ހައްޔަރުކޮށްފި

އުތުރުގެ 3 ރަށަކުން މަސްތުވާތަކެއްޗާއެކު 5 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި މީހުން ހައްޔަރުކުރީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޮޕަރޭޝަންތަކެއްގައި އެވެ. އެގޮތުން މި އޮޕަރޭޝަންތައް ހިންގާފައިވަނީ އުތުރުގެ 3 ރަށަކީ، ށ. ފުނަދޫ، ނ. ކުޑަފަރީގެ އިތުރުން ހދ. ކުޅުދުއްފުށީ ސިޓީ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާ...

ޖަލްވާން ޖާދުﷲ
ށ. ފުނަދޫ ފަޅުވީ ކީއްވެ؟ 📍 ށ. ފުނަދޫ

ށ. ފުނަދޫ ފަޅުވީ ކީއްވެ؟

ށ. ފުނަދޫ އާބާދުވާން ފެށި ތާރީޚެއް ކަމަށް އެނގެން އޮންނަ ތާރީޚަކީ 1 ޖަނަވަރީ 1968 އެވެ. އެއީ މިއަތޮޅު ޅައިމަގުގައި ހުރި ށ. އަތޮޅު އޮފީސް ފުނަދޫއަށް ބަދަލު ކުރި ދުވަހެވެ. ދަނޑިފަނުންނާއި ތޮށަލިން އަތޮޅު އޮފީހުގެ އިމާރާތް ފުނަދޫގައި އަޅައި އެތަނުގައި ޤައުމީ ދިދަ ނެގުނު ދުވަހެވެ. އެ އިމާރާތް ހުރީ މިހާރުގެ އަތޮޅު އޮފީހުގެ ހުޅަނގުން އޮތް ބިމުގައެވެ. އެހެނަސް ފުނަދޫއަކީ އޭގެ މާކުރިންވެސް މީހުން އުޅެފައިވާ ރަށެކެވެ. ބޮޑު އާބާދީއެއް އޮތް […]

އާދަމް ޝަރީފް
📍 ށ. ފުނަދޫ

"ށ. ފުނަދޫ" ގެ ތާރީޚުން ތަންކޮޅެއް!

ފުނަދޫއަކީ މީގެ އެތައް ސަތޭކަ އަހަރެއްކުރިންވެސް މީހުން އުޅެފައިވާ ރަށެއްކަން އެނގޭ ތާރީޚީ ހެކިތައްފުނަދޫގެ އެކި ސަރަހައްދުތަކުން ފެނިފައި ވެއެވެ. ފުނަދޫގެ އެކި ސަރަހައްދުތައް ކޮންނައިރު ފެންނަމުންދާ މިނިކަށިތައް މިއީ މިކަމަށް ބާރުލިބޭ ހެތްކެކެވެ. އަދި ފެންނަ ބައެއް އާސާރީ ތަކެތި މިކަމަށް ހެކިވެއެވެ. ތާރީޚީ ކަންކަމަށް ލޯބިކުރައްވާ އެކަންކަން ބަލާހޯއްދަވާ ފަރާތެއް ކަމުގައިވާ ފުނަދޫގެ ކުރީގެ ބޮޑުކަތީބު އަލްފާޟިލް އަހުމަދު ނަސީމް ވިދާޅުވާގޮތުގައި ފުނަދޫއަކީ ކުރިން މީހުން އުޅެފައިވާ ރަށެއްކަން އެނގޭ...

އާދަމް ޝަރީފް
މަސްތުވާތަކެއްޗާއެކު ށ.ފުނަދޫން ޒުވާނަކު ހައްޔަރުކޮށްފި 📍 ށ. ފުނަދޫ

މަސްތުވާތަކެއްޗާއެކު ށ.ފުނަދޫން ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުނަދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިކަމަށް ފުލުހުން ހާމަކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ ފުނަދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖުލައި 20 ވަނަ ދުވަހު 14:14 އެހާކަންހާއިރު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އެރަށު ބަނދަރު ސަރަހައް...

އަލީ އާދިލް
ށ.ފުނަދޫގައި ކޯވިޑް-19އަށް ފަރުވާދިނުމަށް ހެދި މަރުކަޒު ހުޅުވައި ޙިދުމްތަދޭން ފަށައިފި

ށ.ފުނަދޫގައި ކޯވިޑް-19އަށް ފަރުވާދިނުމަށް ހެދި މަރުކަޒު ހުޅުވައި ޙިދުމްތަދޭން ފަށައިފި

ށ.ފުނަދޫގައި ކޯވިޑް-19އަށް ފަރުވާދިނުމަށް ހެދި މަރުކަޒު ހުޅުވައި ޙިދުމްތަދޭން ފަށައިފިކަމަށް ހެލްތު މިނިސްޓްރީއިން ހާމަކޮށްފިއެވެ. ރާއްޖޭގެ 5 ސަރަހައްދެއްގައި ކޯވިޑް-19އަށް ފަރުވާދިނުމަށް ސަރުކާރުން ޤާއިމްކޮށްފައިވާ މަރުކަޒުތަކުގެ ތެރެއިން ބ.އޭދަފުށްޓާއި ށ.ފުނަދޫގައި ހެދި މަރުކަޒުތައް ހުޅުވައި ޙިދުމްތަދޭން ފަށައިފައިވަނީ މިއަދުއެވެ. މި ދެމަރުކަޒު ހުޅުވުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރާއި ށ.ފުނަދޫ ހޮސްޕިޓަލްގެ މެނޭޖަ ވިދާޅުވީ މުވައްޒ...

ޔުމްނާ ޢަލީ
ފުނަދޫން ގިނަ އަދަދެއްގެ ގަސްކަނޑަނީ! 📍 ށ. ފުނަދޫ

ފުނަދޫން ގިނަ އަދަދެއްގެ ގަސްކަނޑަނީ!

ށ. ފުނަދޫ ވަލުތެރެއިންނާއި، ހޭޅިފަށުން ގިނަ ޢަދެއްގެ ގަސް ކަނޑަމުންދާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެރަށުގެ ކައުންސިލުން ބުނީ މިހާރަކަށް އައިސް އެރަށުގެ ވަލުތެރެއިންނާއި، ހޭޅިފަށުން ގިނަ ޢަދެއްގެ ރޯ ގަސް ކަނޑަމުންދާ ކަން އެ ކައުންސިލަށް ފާހަގަ ކުރެވިފައި ވާކަމަށެވެ. އެކައުންސިލުން ބުނީ އެއްވެސް ބޭނުމަކު އެރަށުގެ ވަލުތެރެއިންނާއި، ހޭޅިފަށުން ރޯގަސް ކެނޑުމަކީ މަނާކަމެއް ކަމަށެވެ. ރާއްޖޭގެ ތިމާވެށީގައި ހިމެނޭ ރާއްޖޭގެ ފަސްގަނޑާއި، ފެނާއި، ގަސްގަހާގެއްސާއި، ގޮނޑުދޮށްތަކާއި، ފަޅ...

ޝިއުނާ އާދަމް