މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފުނަދޫ (247 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
247 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފުނަދޫގެ އެންމެ ފަހުގެ ޚަބަރުތައް

247 ޚަބަރުގެ ތެރެއިން
ފުނަދޫގައި މޫދު ކަސްރަތު ކިލާސްތަކެއް ފަށަނީ 📍 ށ. ފުނަދޫ

ފުނަދޫގައި މޫދު ކަސްރަތު ކިލާސްތަކެއް ފަށަނީ

ފުނަދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި މޫދު ކަސްރަތު ކިލާސްތަކެއް ފަށަން ނިންމައިފިއެވެ. މި ފެބްރުއަރީ މަހުގ 17 އިން ފެށިގެން 15 ދުވަހުގެ މުއަދަތަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ކިލާސްތައް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ އެރަށުގެ އެއާޕޯޓްގެ ދެކުނުން އޮންނަ ނިކަގަސް ބީޗް ސަރަޙައްދުގައެވެ. މި ކިލާސްތައް ޚާއްޞަކޮށްފައި ވަނީ ފުނަދޫގެ ކަނބަލުން ނަށެވެ. އަދި މިކިލާސް ތަކުގައި ބައިވެރި ވެވޭނީ އުމުރުނ 18 އަހަރު ފުރިފައިވާ ނަމައެވެ. މި ކިލާސްތަކުގައި ބައިވެރިވުމަށް އިތުރުމައުލޫމާތު...

ޔުމްނާ ޢަލީ
ށ. ފުނަދޫ ސްކޫލުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި 📍 ށ. ފުނަދޫ

ށ. ފުނަދޫ ސްކޫލުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ށ. ފުނަދޫ ސްކޫލުގެ ދަރިވަރުންނަށް ފޮރެންސިކްސް އާގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ. މި ޝެޝަން ކުރިއަށް ގެންގޮސްފައިވަނީ ށ. ފުނަދޫ ސްކޫލުގެ ގްރޭޑް 12 ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށެވެ. ފުނަދޫ ސްކޫލުގައި ރޭ ކުރިއަށް ގެންދިޔަ މި ސެޝަނަކީ އެސްކޫލުގެ ގްރޭޑް 12 ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުން ކިޔަވަމުންދާ “ބައެލޮޖީ” މާއްދާގައި ހިިމެނޭ ފޮރެންސިކް ބައިގެ ތެރެއިން ދަރިވަރުންނަށް އިތުރު މަޢުލޫމާތު ހޯދައިދިނުމާއި، ފޮރެންސިކްސް އާ ގުޅޭގޮތުން ނޭނގޭ އެކިއ...

ޔުމްނާ ޢަލީ
ފުނަދޫގައި ފެހުމާއި ކޭކުއަޅަން ދަސްކޮށްދޭ ކޯސްތަކެއް ފަށަނީ 📍 ށ. ފުނަދޫ

ފުނަދޫގައި ފެހުމާއި ކޭކުއަޅަން ދަސްކޮށްދޭ ކޯސްތަކެއް ފަށަނީ

ރާއްޖޭގައި ފުޅާދާއިރާއެއްގައި ފަންނީ މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ޓޮޕްސީ ޓްރެއިނިން ސެންޓަރާއި ށ. ފުނަދޫ އިޖްތިމާއީ މަރުކަޒު ގުޅިގެން، ފުނަދޫގައި ހިންގުމަށް ހަމަޖެހިފައިވާ ފެހުމާއި ކޭކު އަޅަން ދަސްކޮށްދިނުމުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ކޯސްތައް 15 ފެބްރުއަރީ 2021 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ފެހުމުގެ ސެޓްފިކެޓް ލެވެލް އެކެއް އަދި ދެއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސްތަކުގައި އެއް ގޮތަކަށް ފަހަން ނޭނގޭ ފަރާތްތަކަށް ވެ...

އިބްރާހިމް ޚަލީލް
ތަޖުރިބާ ހޯދަން ހޯރަފުށީ ކައުންސިލުން ފުނަދޫއަށް، ލިބުނީ ފުރިހަމަ މެހެމާންދާރީއެއް 📍 ށ. ފުނަދޫ

ތަޖުރިބާ ހޯދަން ހޯރަފުށީ ކައުންސިލުން ފުނަދޫއަށް، ލިބުނީ ފުރިހަމަ މެހެމާންދާރީއެއް

ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ހއ. ހޯރަފުށީ ކައުންސިލުން، ށ. އަތޮޅުގެ ވެރިކަންކަންކުރާ ރަށް، ފުނަދޫއަށް ޒިޔާރަތްކޮށްފިއެވެ. ހޯރަފުށީ ކައުންސިލްގެ އިދާރީ މުވައްޒަފުންނަށް ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން މިމަހުގެ 22 އިން 23 އަށް ފުނަދޫއަށް ކުރި މިދަތުރުގައި އެ ކައުންސިލްގެ އިދާރީ 13 މުވައްޒަފަކު ބައިވެރިވިއެވެ. ހޯރަފުށީ ކައުންސިލުން ވިދާޅުވީ، މިދަތުރު ކޮށްފައިވަނީ އެ ކައުންސިލާއި، ށ، ފުނަދޫ ކައުންސިލާއި ދެމެދު ވާހަކަ ދެކެވިގެން ކަމަށެވެ. އަދި ދަތުރުން ލިބިގެން ދިޔައީ ވަރަށް ފުރިހަމަ މެހެމާންދާރީއެއ...

ޙުސައިން ޝަހުދީ
ފުނަދޫ ކައުންސިލްގެ ''ފުނަފެހި'' ޕްރޮގްރާމް ފަށައިފި 📍 ށ. ފުނަދޫ

ފުނަދޫ ކައުންސިލްގެ ''ފުނަފެހި'' ޕްރޮގްރާމް ފަށައިފި

ށ. ފުނަދޫ ކައުންސިލުން، ”ފުނަފެހި” ޕްރޮގްރާމްގެ ނަމުގައި ފުނަދޫ ފެހި ކުރުމަށް ޚާއްޞަ ހަރަކާތެއް ފަށައިފިއެވެ. އެރަށުގައި ތިމާވެށީގެ ދާއިރާއިން ޚާއްޞަކޮށް މަސައްކަތް ކުރަމުން އަންނަ ޔުނައިޓެޑް ނިއު ޖެނެރޭޝަން އެޑަލްޓްސް (އުންގާ) ޖަމިއްޔާއާއި ގުޅިގެން އެރަށުގައިވަނީ 300 ރުއް އިންދާފައެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު ”ތިލަދުން”އަށް ވިދާޅުވީ، ފުނަދޫ ފެހި ކުރުމަށް ފެށި ހަރަކާތަކީ ސިލްސިލާކޮށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ހަރަކާތެއް ކަމަށެވެ. ”އިއްޔެ ކައުންސިލްގެ ބަޖެޓް މި...

ޙުސައިން ޝަހުދީ
"ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން” ޕްރޮގްރާމް ފުނަދޫގައި ފަށައިފި 📍 ށ. ފުނަދޫ

"ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން” ޕްރޮގްރާމް ފުނަދޫގައި ފަށައިފި

“ސެންސިޓައިޒޭޝަން ޕްރޮގްރާމް އޮން ޗައިލްޑް ރައިޓްސް އެންޑް ޗައިލްޑް ޕްރޮޓެކްޝަން” ގެ ނަމުގައި ޕްރޮގްރާމެއް ށ. ފުނަދޫގައި ފަށައިފި އެވެ. މި ޕްރޮގުރާމާއި ބެހޭގޮތުން މަޢުލޫމާތު ދެމުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނީ، މި ޕްރޮގްރާމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ވިންގާއި ޔުނިސެފް އަދި ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން، މި ޖެނުއަރީ މަހުގެ 9 ން 14 އަށް  ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށެވެ. މި ޕްރޮގްރާމުގެ ތެރެއިން […]

އިބްރާހިމް އަސްވާޤް
ފުނަދޫ އުންގާ ޖަމިއްޔާގެ ''ދަ ގްރީން ޕްރޮޖެކްޓް'' ފަށައިފި 📍 ށ. ފުނަދޫ

ފުނަދޫ އުންގާ ޖަމިއްޔާގެ ''ދަ ގްރީން ޕްރޮޖެކްޓް'' ފަށައިފި

ށ. ފުނަދޫގައި ތިމާވެށީގެ ދާއިރާއިން ޚާއްޞަކޮށް މަސައްކަތް ކުރަމުން އަންނަ ޔުނައިޓެޑް ނިއު ޖެނެރޭޝަން އެޑަލްޓްސް (އުންގާ) ޖަމިއްޔާއިން، އެ ޖަމިއްޔާގެ ”ދަ ގްރީން ޕްރޮޖެކްޓް” ފަށައިފިއެވެ. ފުނަދޫގައި އާލާކުރަން ޖެހިފައިވާ ގަސްގަހާ ގެއްސާއި، މަދުވަމުންދާ ގަސްގަހާގެހީގެ ބާވަތްތައް އާލާކުރުމުގެ މަޤްޞަދުގައި ފެށި މި މަސައްކަތް، އެ ޖަމިއްޔާއިން ފަށާފައި ވަނީ އިއްޔެއެވެ. އުންގާ ޖަމިއްޔާއިން ފުނަދޫގެ ވެށީގެ ސަލާމަތަށާއި، ރަށުގެ ރީތިކަން ދަމަހައްޓަން ހިންގާ މައިގަނޑު ހަރަކާތަކީ ކޮންމެ ހަފުތާއަކު ހޮނިހިރަށް...

ޙުސައިން ޝަހުދީ
ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި 📍 ށ. ފުނަދޫ

ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ށ. ފުނަދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ފުޓްބޯޅަ ތަމްރީނު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ފުނަދޫ އިޖްތިމާއި މަރުކަޒުގެ ޔޫތު ޑިވޮލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނިމުނު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 އިން 2021 ޖެނުއަރީ 7 ވަނަ ދުވަހުގެ ނިޔަލަށެވެ. ފުނަދޫގެ އުމުރުން 10 އަހަރާއި 16 އަހަރާއި ދެމެދުގެ ފިރިހެން ކުދިންނަށް ހާއްސަކޮށްގެން އެރަށުގެ އިޖްތިމާއީ މަރުކަޒުގެ […]

ޙުސައިން ޝަހުދީ
ފުނަދޫ "އަމާން ވެއްޓަށް" 16 ކުދިން ބަދަލުކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ "އަމާން ވެއްޓަށް" 16 ކުދިން ބަދަލުކޮށްފި

ށ. ފުނަދޫ، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގައި ގާއިމް ކޮށްފައިވާ “އަމާން ވެށި”އަށް 16 ކުއްޖަކު ބަދަލުކޮށްފި އެވެ. ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނިމުގެ ގޮތުން 16 ކުއްޖަކު ށ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ގައި ގާއިމް ކޮށްފައިވާ “އަމާން ވެށި”އަށް ބަދަލުކޮށްފައިވާ ކަމަށެވެ. ޓްރާންސް މޯލްޑިވިއަން އެއަރވޭސްގެ ސީޕްލޭންގައި މި ކުދިން ގޮވައިގެން ށ.ފުނަދޫއަށް ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަ...

ޔުމްނާ ޢަލީ
ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ހޭންޑްބޯޅަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި 📍 ށ. ފުނަދޫ

ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ހޭންޑްބޯޅަ ތަމްރީނު ޕްރޮގްރާމް ނިންމާލައިފި

ށ. ފުނަދޫ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ ހޭންޑްބޯޅަ ތަމްރީނު ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ ފުނަދޫ އިޖްތިމާއި މަރުކަޒުގެ ޔޫތު ޑިވޮލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނިމުނު 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 އިން 31 ގެ ނިޔަލަށެވެ. ފުނަދޫގެ އުމުރުން 12 އަހަރާއި 18 އަހަރާއި ދެމެދުގެ އަންހެން ކުދިންނަށް ހާއްސަކޮށްގެން އެރަށުގެ އިޖްތިމާއީ މަރުކަޒުގެ ފުޓްސަލް ދަނޑުގައި ކުރިޔަށް...

ޙުސައިން ޝަހުދީ
ފުނަދޫ ބީއެމްއެލް ބްރާންޗުން ''އުންގާ'' ޖަމިއްޔާއަށް އަންގި ހަދިޔާކޮށްފި 📍 ށ. ފުނަދޫ

ފުނަދޫ ބީއެމްއެލް ބްރާންޗުން ''އުންގާ'' ޖަމިއްޔާއަށް އަންގި ހަދިޔާކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ) ގެ ށ. ފުނަދޫ ބްރާންޗްއިން، އެރަށުގައި ތިމާވެށީގެ ދާއިރާއިން ޚާއްޞަކޮށް މަސައްކަތް ކުރަމުން އަންނަ ޔުނައިޓެޑް ނިއު ޖެނެރޭޝަން އެޑަލްޓްސް (އުންގާ) ޖަމިއްޔާއަށް އަންގި ހަދިޔާކޮށްފިއެވެ. ބީއެމްއެލް ފުނަދޫ ބްރާންޗްގެ މި އެހީތެރިކަމަކީ، އުންގާ ޖަމިއްޔާއިން ކޮންމެ ހަފުތާއެއްގެ ހޮނިހިރު ފާހަގަ ކުރަމުންއަންނަ ”ސާފުކުރާ ހޮނިހިރު ދުވަސް”ގައި ބޭނުން ކުރުމަށް ހަދިޔާކުރި އަންގިއެވެ. ބީއެމްއެލް ފުނަދޫ ބްރާންޗުން، އުންގާ ޖަމިއްޔާއަށް އަންގި ހަދިޔާކުރުން އޮތީ އިއްޔެ، އެ ބްރާ...

ޙުސައިން ޝަހުދީ
ފުނަދޫއަކީ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރެވޭނެ ރަށެއްކަން ދަނޑުވެރިން ދަނީ ސާބިތުކޮށްދެމުން: ކައުންސިލް 📍 ށ. ފުނަދޫ

ފުނަދޫއަކީ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރެވޭނެ ރަށެއްކަން ދަނޑުވެރިން ދަނީ ސާބިތުކޮށްދެމުން: ކައުންސިލް

ށ. ފުނަދޫއަކީ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރެވޭނެ ރަށެއްކަން ފުނަދޫގެ ހިތްވަރުގަދަ ދަނޑުވެރިން ސާބިތުކޮށްދެމުން ދާކަމަށް ފުނަދޫ ކައުންސިލުން ބުނެފިއެވެ. ފުނަދޫ ކައުންސިލުން ވަނީ ކޯވިޑް-19ގެ ބަލިމަޑުކަން ފެށުނުފަހުން، އެރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށް އެރަށުން ބިން ދޫކޮށްފައެވެ. ފުނަދޫގައި ކުރެވެމުންދާ ދަނޑުވެރިކަމުގެ މަސައްކަތްތަކާއި ގުޅިގެން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު ”ތިލަދުން”އަށް ވިދާޅުވީ، އެރަށުގައި ދަނޑުވެރިކަމުގެ މަސައްކަތް ފެށިގެން ދިޔައީ މުޅިން...

ޙުސައިން ޝަހުދީ
ފުނަދޫގައި ފުޓްބޯޅަ އަދި ހޭންޑްބޯޅަ ތަމްރީން ޕްރޮގްރާމެއް ފަށައިފި 📍 ށ. ފުނަދޫ

ފުނަދޫގައި ފުޓްބޯޅަ އަދި ހޭންޑްބޯޅަ ތަމްރީން ޕްރޮގްރާމެއް ފަށައިފި

ށ. ފުނަދޫގައި ފުޓްބޯޅަ އަދި ހޭންޑްބޯޅައިގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފިއެވެ. މި ތަމްރީނު ޕްރޮގްރާމަކީ ފުނަދޫ އިޖުތިމާއީ މަރުކަޒުގެ ޔޫތު ޑިވްލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ)ގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ފުނަދޫ ކައުންސިލުން ވިދާޅުވިއެވެ. މި ޕްރޮގްރާމާއި ގުޅިގެން މަޢުލޫމާތު ހިއްސާ ކުރަށްވަމުން ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު ”ތިލަދުން”އަށް ވިދާޅުވީ، މި ޕްރޮގްރާމަކީ ރަށްރަށުގެ އިޖުތިމާއީ މަރުކަޒުތައް ހިންގުން ސަރުކާރުން ކައުންސިލް ތަކާއި ހަވާލުކުރެއްވުމާއި ގުޅިގެ...

ޙުސައިން ޝަހުދީ
ފުނަދޫ ''އުންގާ'' ޖަމިއްޔާ: ވެށީގެ ހިމާޔަތުގައި ވަރުބަލިކަމެއްނެތި މިސާލު ދައްކަނީ 📍 ށ. ފުނަދޫ

ފުނަދޫ ''އުންގާ'' ޖަމިއްޔާ: ވެށީގެ ހިމާޔަތުގައި ވަރުބަލިކަމެއްނެތި މިސާލު ދައްކަނީ

އުމުރުން ކިތަންމެ ހަގު ނަމަވެސް ށ. ފުނަދޫ ”އުންގާ” ޖަމިއްޔާއިން އެރަށުގެ ތިމާވެށީގެ ހިމާޔަތުގައި ކުރަމުން އަންނަ މަސައްކަތްތަކަށް ތަޢުރީފު ޙައްޤެވެ. ރާއްޖޭގެ ރަށްރަށުގައި ތިމާވެށީގެ ދާއިރާއަށް ޚާއްޞަ ކުރެވިގެން އުފެދި، މަސައްކަތް ކުރަމުންދާ ޖަމިއްޔާތައް މަދެވެ. ނަމަވެސް، ރާއްޖޭގެ ކޮންމެ ފަރުދަކަށް ވެސް މި ޖަޒީރާ ޤައުމުގެ ވެށީގެ ނާޒުކު ކަމާއި، އެވެށީގެ މުހިންމުކަމާއި، ވެށި ދެކެ ލޯބިވެ، ކަމޭހިތައި، ހިމާޔަތްދީ އަދި ރައްކާތެރިކުރާން ޖެހޭ ސަބަބުތައް އޮޅިފައެއް ނުވާނެއެވެ. މިވެށި ސަލާމަތްތެރިނުކޮށް، އ...

ޙުސައިން ޝަހުދީ
ފުނަދޫ ކައުންސިލް ކަޕް 2020: ޗެމްޕިއަންކަން ފުނަދޫ ހޮސްޕިޓަލަށާއި، ފުނަދޫ އެއާޕޯޓަށް 📍 ށ. ފުނަދޫ

ފުނަދޫ ކައުންސިލް ކަޕް 2020: ޗެމްޕިއަންކަން ފުނަދޫ ހޮސްޕިޓަލަށާއި، ފުނަދޫ އެއާޕޯޓަށް

ށ. ފުނަދޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ފުނަދޫ ކައުންސިލް ކަޕް 2020ގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ފުނަދޫ ހޮސްޕިޓަލް ޓީމު އަދި އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ފުނަދޫ އެއާޕޯޓު ޓީމު ހޯދައިފިއެވެ. ވަރަށް ފޯރިއާއި އެކު ކުޅެވުނު މި މުބާރާތުގެ ފައިނަލް މެޗްތަކުގެ ތެރެއިން ފިރިހެން ޑިވިޜަންގެ ފައިނަލްގައި ފުނަދޫ ހޮސްޕިޓަލް ޓީމާއި ބައްދަލުކުރީ ފުނަދޫ ޕޮލިސް ޓީމެވެ. މި މެޗްގައި ޕޮލިސް ޓީމު ބަލިކޮށް ފުނަދޫ ހޮސްޕިޓަލުން މުބާރާތުގެ ތަށި އުފުލައިލީ 1-4 ލަނޑުގު ތަފާތަކުން […]

ޔުމްނާ ޢަލީ