މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. ފުނަދޫ (247 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
247 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ފުނަދޫގެ އެންމެ ފަހުގެ ޚަބަރުތައް

247 ޚަބަރުގެ ތެރެއިން
ފުނަދޫ ސްކޫލް ކުލަސްޓާ: ރިލީޒް ސާމްޕަލްތައް ނެގެޓިވްވެ، ގެތައް ކަރަންޓީނުން ވީއްލައިފި 📍 ށ. ފުނަދޫ

ފުނަދޫ ސްކޫލް ކުލަސްޓާ: ރިލީޒް ސާމްޕަލްތައް ނެގެޓިވްވެ، ގެތައް ކަރަންޓީނުން ވީއްލައިފި

ށ. ފުނަދޫއިން އެރަށު ސްކޫލްގެ ދަރިވަރަކު ޕޮޒިޓިވްވުމުން ކަރަންޓީނުކުރި ފަރާތްތަކުގެ ތެރެއިން ރިލީޒް ސާމްޕަލް ނަގަންޖެހޭ ފަރާތްތަކު ސާމްޕަލްތައް ނެގެޓިވްވުމުން އެ ކްލާސްޓާއާއި ގުޅިގެން ކަރަންޓީނު ކުރި ގޭތަށް ކަރަންޓީނު ވީއްލައިފިއެވެ. ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވެ އެރަށުގެ 26 ގެއެއް ކަރަންޓީނު ކުރީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އިއްޔެ ވަނީ އެ ދަރިވަރާއި، އެކުއްޖާއާއި ޑައިރެކްޓް ކޮންޓެކްޓް ވެގެން ކަރަންޓީނުކުރި ހުރިހާ ފަރާތްތަކުގެ ރިލީޒް ސާމްޕަލް ނަގާފައެވެ. އެހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވް...

ޔުމްނާ ޢަލީ
ދިއްދޫއާއި ފުނަދޫ ހިމެނޭހެން 9 ރަށަކަށް މެޖިސްޓްރޭޓުން ހޯދަނީ 📍 ހއ. ދިއްދޫ

ދިއްދޫއާއި ފުނަދޫ ހިމެނޭހެން 9 ރަށަކަށް މެޖިސްޓްރޭޓުން ހޯދަނީ

ހއ. ދިއްދޫއާއި ށ. ފުނަދޫ ހިމެނޭހެން 9 ރަށަކަށް މެޖިސްޓްރޭޓުން ހޯދުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީ އިން އިއުލާންކޮށްފިއެވެ. ޖޭއެސްސީ ގެ އިއުލާންގައިވާ ގޮތުން، ހއ. ދިއްދޫ، ށ. ފުނަދޫ، ބ. އޭދަފުށި އަދި ވ. ފެލިދޫ ކޯޓަށް މީހުން ހޯދަނީ މެޖިސްޓްރޭޓުންގެ މަގާމަށެވެ. އަދި ވ. ކެޔޮދޫ، ފ. ފީއަލި، ގއ. ކޮލަމާފުށި، ގދ. ފަރެސްމާތޮޑާ އަދި ޏ. ފުވައްމުލަކަށް ބޭނުންވެގެން ހޯދަން ޢިއުލާން ކޮށްފަ ވަނީ އިސް މެޖިސްޓްރޭޓުން ނެވެ. މެޖިސްޓްރޭޓްގެ އަސާސީ މުސާރައާއި، […]

އައިޝަތު އިލްމާ އަދުނާން
ށ. އަތޮޅުގެ 4 ރަށެއް މޮނީޓަރިންގައި 📍 ށ. ފުނަދޫ

ށ. އަތޮޅުގެ 4 ރަށެއް މޮނީޓަރިންގައި

އަތޮޅުތަކުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު ށ. އަތޮޅުގެ ހަތަރު ރަށެއް މިވަގުތު މޮނިޓަރިން ހާލަތުގަ އެބައޮތެވެ. އެ އަތޮޅުން އެންމެފަހުން މޮނިޓަރިންނަށްލީ ކަނޑިތީމެވެ. އެރަށުން ވަނީ މިމަހު 10 ވަނަ ދުވަހު ނެގި 5 ސާމްޕަލެއްގެތެރެއިން 4 ސާމްޕަލެއް ޕޮޒިޓިވްވެފަ އެވެ. އެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާކަމަށް ރޭ އެރަށު ކައުންސިލުން ވަނީ ވިދާޅުވެފަ އެވެ. އަދި ޒަރޫރީ ބޭނުމެއްގަ ނޫނީ ބޭރަށް ނުކުތުމަށް ވެސް އެރަށު ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންގެ ކިބައިން އެދިފަ […]

ޖަލްވާން ޖާދުﷲ
ބޯޅަ ދަނޑު ހަދަން ދިޔަ ދެ ބިދޭސީއަކު ޕޮޒިޓިވްވެ ފުނަދޫ މޮނިޓަރިންނަށް 📍 ށ. ފުނަދޫ

ބޯޅަ ދަނޑު ހަދަން ދިޔަ ދެ ބިދޭސީއަކު ޕޮޒިޓިވްވެ ފުނަދޫ މޮނިޓަރިންނަށް

ށ. ފުނަދޫ ބޯޅަ ދަނޑުގެ މަސައްކަތްކުރަން އެރަށަށް ގޮސްތިބި ބިދޭސީންގެ ތެރެއިން ދެ މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެ މަސައްކަތަށް ގޮސް ތިބީ ފަސް ބިދޭސީންނެވެ. އެމީހުން ޕޮޒިޓިވްކަން އެނގުނީ މިރެއެވެ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު “ތިލަދުން”އަށް ވިދާޅުވީ، އެމީހުން ޓެސްޓް ކުރީ ކަރަންޓީނު 10 ދުވަސް ހަމަވުމުންނެވެ. “ފަސް ބިދޭސީން ތެރެއިން ދެ މީހަކު މިވަނީ ޕޮޒިޓިވްވެފަ، އެމީހުންގެ ޑައިރެކެޓް ކޮންޓެކްޓު ރަށުތެރޭ އެބަތިބި، އެމީހުން ދެނެގަތުމުގެ މަސައްކަތް […...

ޙުސައިން ޝަހުދީ
ދޯންޏެއް ބަލައި ފުނަދޫއަށް ދިޔަ ބަޔަކު ޕޮޒިޓިވްވެއްޖެ 📍 ށ. ފުނަދޫ

ދޯންޏެއް ބަލައި ފުނަދޫއަށް ދިޔަ ބަޔަކު ޕޮޒިޓިވްވެއްޖެ

ށ. ފުނަދޫ ބަނދަރުގައި އޮތް ދޯންޏެއް ބަލައި އެރަށަށް ދިޔަ ފަސް މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ. އެމީހުން ބަލައިދިޔަ، ކުރިން ކަންނެލީގެ މަސްވެރިކަމަށް ބޭނުންކުރި “މަހުރޯދި” ނަމަކަށްކިޔާ އެ ދޯނި އެރަށުގެ ބަނދަރުގައި ބާއްވައިގެން ވަނީ މުދާ އުފުލާ ދޯންޏަކަށް ބަދަލު ކުރުމުގެ މަސައްކަތް ކޮށްފައެވެ. އެމީހުން އެރަށަށް ދިޔައީ ފުނަދޫގައި ބާއްވައިގެން ކުރަންހުރި މަސައްކަތް ނިމުމުން އެ ދޯނި ބަލައެވެ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު “ތިލަދުން”އަށް ވިދާޅުވީ، […]

ޙުސައިން ޝަހުދީ
ފުނަދޫ ސޯސަން އެކްސްޕްރެސް ބޯޓުން ދެ މީހަކު ޕޮޒިޓިވްވެއްޖެ 📍 ށ. ފުނަދޫ

ފުނަދޫ ސޯސަން އެކްސްޕްރެސް ބޯޓުން ދެ މީހަކު ޕޮޒިޓިވްވެއްޖެ

ށ. ފުނަދޫ ސޯސަން އެކްސްޕްރެސް ބޯޓުން ދެ މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ފުނަދޫއާއި އެ އަތޮޅު ބައެއް އެހެން ރަށްރަށާއި، މާލެ އާއި ދެމެދު ދަތުރުކުރާ އެ ބޯޓުން ޕޮޒިޓިވްވީ ފަޅުވެރިއަކާއި، ކޭޝިޔަރެވެ. ފަޅުވެރިޔާއަކީ ބިދޭސީއެކެވެ. ކޭޝިޔަރަކީ ފުނަދޫއަށް ނިސްބަތްވާ މީހެކެވެ. ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު “ތިލަދުން”އަށް ވިދާޅުވީ، އެމީހުން ކޯވިޑްއަށް ޓެސްޓްކުރީ އެތަނުން އެކަކުގެ ކިބައިން އަލާމާތް ފެނިގެން ކަމަށެވެ. “ރަށަށް އައިސް އެ ބޯޓުން ކުއްޖަކު ގުޅީ އަލާމާތް […]

ޔުމްނާ ޢަލީ
ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވެ 21 ގެއެއް ކަރަންޓީނަށް! 📍 ށ. ފުނަދޫ

ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވެ 21 ގެއެއް ކަރަންޓީނަށް!

ށ. ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވެ އެރަށުގެ 21 ގެއެއް ކަރަންޓީނުކޮށްފިއެވެ. ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވިކަން ށ. އަތޮޅު ހޮސްޕިޓަލްއިން ވަނީ “ތިލަދުން”އަށް ކަށަވަރުކޮށްދެއްވާފައެވެ. އެ ދަރިވަރު ޕޮޒިޓިވްވިކަން އެނގުނީ އެދަރިވަރާއި އެއްގޭގައި ވަކިން ހޯމްކަރަންޓީނުގައި ތިބި ދެ މީހުން ތެރެއިން އެކަކު ޕޮޒިޓިވްވުމުން، ހޮސްޕިޓަލް ނިންމި ނިންމުމެއްގެ ދަށުން އެ ގޭގައި ދިރިއުޅޭ އެންމެން ކޯވިޑްއަށް ޓެސްޓް ކުރުމުންނެވެ. ހޯމްކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވުން ފުނަދޫގެ ގެއަކަށް ހޯމް ކަރަންޓީނަށް ދެ މީ...

ޙުސައިން ޝަހުދީ
އުތުރުގެ 6 ރަށެއް ހިމެނޭހެން 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ސޮއިކޮށްފި 📍 ހއ. ބާރަށް

އުތުރުގެ 6 ރަށެއް ހިމެނޭހެން 34 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް ސޮއިކޮށްފި

އުތުރުގެ 6 ރަށެއް ހިމެނޭހެން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި ގުޅޭގޮތުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އިންޑިއާގެ އެގްޒިމް ބޭންކް ގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއުތަކަކީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއު ތަކަކެވެ. މިއަދު ގިޔާސުއްދީން ސްކޫލްގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް 4 ކުންފުންޏަކާއެކު ވަނީ ސޮއިކޮށްފައެވެ. އިންޑިއަން ހައި...

އަލީ އާދިލް
ށ. އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ 📍 ށ. ފުނަދޫ

ށ. އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ

ށ. އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަން ޢިއުލާންކޮށްފި އެވެ. މިކަމަށް ފުރުޞަތު ހުޅުވާލައި، މިނިސްޓްރީ އޮފް ހެލްތުއިން ކުރި ޢިއުލާނެއްގައި ބުނީ އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ށ. އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުވާ ކަމަށެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 07  މާރިޗު 2021 ވާ އާދިއްތަ  ދުވަހުން ފެށިގެން 16 މާރިޗު  2021  ވާ އަންގާރަ ދުވަހުގެ  މެންދުރުފަހު 13:30 ގެ ނިޔަލަށް، އެކަމަށް ތައްޔާރުކުރެވިފައިވާ ރެޖިސްޓްރޭޝަން […]

ޙުސައިން ޝަހުދީ
ފުނަދޫގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި 📍 ށ. ފުނަދޫ

ފުނަދޫގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ށ. ފުނަދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި ކުރިއަށް ގެންދިޔަ މޫދު ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ. ހުސްވި ފެބްރުއަރީ މަހުގެ 16 އިން ފެށިގެން މި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގެ ކިލާސްތައް ކުރިއަށް ގެންގޮސްފައި ވަނީ އެރަށުގެ އެއާޕޯޓްގެ ދެކުނުން އޮންނަ ނިކަގަސް ބީޗް ސަރަޙައްދުގައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންގޮސް ދެއްވީ، ފާތިމަތު ނަޝްފާއެވެ. ފުނަދޫގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެރަށުގެ 33 ކަނބަލެއް […]

ޙުސައިން ޝަހުދީ
ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ދަނޑުވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި 📍 ށ. ފުނަދޫ

ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ދަނޑުވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި

ށ. ފުނަދޫ ކައުންސިލުން ކުރިއަށްގެންދިޔަ ދެމެހެއްޓެނިވި ދަނޑުވެރިކަމަށް ދަނޑުވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި އެވެ. ދަނޑުވެރިކަމާބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި އެރަށުން ވަނީ 32 ބައިވެރިން ބައިވެރިވެ، 29 ބައިވެރިއަކު ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައެވެ. އެ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރޭގައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ފުނަދޫ ކައުންސިލްގެ ނައިބު ރައީސް އަޙްމަދު ނަޒީރެވެ. މީގެއިތުރުން އެތަމްރީން ޕްރޮގްރާމް ކުރިއަށް...

ޙުސައިން ޝަހުދީ
ފުނަދޫ ކައުންސިލުން އިތުރު ހަރުފަތަކަށް! 📍 ށ. ފުނަދޫ

ފުނަދޫ ކައުންސިލުން އިތުރު ހަރުފަތަކަށް!

ށ. ފުނަދޫ ކައުންސިލުން އެ ކައުންސިލްގެ މުވައްޒަފުންގެ ކެޝުއަލް ޔުނީފޯމާއި، އަދި ޕްރޮގްރާމްތަކުގައި ބޭނުންކުރާނެ ޔުނިފޯމް އިފްތިތާޙްކޮށް، އެ ކައުންސިލް ހިންގުމުގައި ދައްކަމުން އަންނަ ނަމޫނާތަކުގެ ތެރެއަށް މުޅިން އާ ބޮޅުތަކެއް އިތުރުކޮށްފިއެވެ. މިގޮތުން ހޮނިހިރު ދުވަހުރޭ އެކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން ވަނީ، އެ ކައުންސިލްގެ މުވައްޒަފުންގެ ކެޝުއަލް ޔުނީފޯމާއި، އަދި ޕްރޮގްރާމްތަކުގައި ބޭނުންކުރާނެ ޔުނިފޯމް އިފްތިތާޙްކޮށް، އަދި ކައުންސިލްގެ ނުރަސްމީ ލޯގޯއެއް ވެސް އިފްތިތާޙް...

ޙުސައިން ޝަހުދީ
މިލަދުންމަޑުލު ކައުންސިލްތަކުގެ ރޭންކިންގ 2019: 1 ވަނައަށް ފުނަދޫ އާއި މަގޫދޫ 📍 ށ. ފޯކައިދޫ

މިލަދުންމަޑުލު ކައުންސިލްތަކުގެ ރޭންކިންގ 2019: 1 ވަނައަށް ފުނަދޫ އާއި މަގޫދޫ

ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ވަނަ އަހަރުގެ ނަތީޖާއިން ށ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ށ. ފުނަދޫ ކައުންސިލް އަދި ނ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ނ. މަގޫދޫ ކައުންސިލް ހޮވިއްޖެ އެވެ. 2021 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އިއްޔެ ބޭއްވި ޙަފްލާގައި ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ގެ ނަތީޖާތައް އިޢުލާނުކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފެވެ. […]

އަލީ އާދިލް
ފުނަދޫން ވެކްސިން ޖަހަން ބޭނުންވާ 18 އަހަރުން މަތީ މީހުން ދެނެގަންނަނީ 📍 ށ. ފުނަދޫ

ފުނަދޫން ވެކްސިން ޖަހަން ބޭނުންވާ 18 އަހަރުން މަތީ މީހުން ދެނެގަންނަނީ

ށ. ފުނަދޫގައި ދިރިއުޅޭ މީހުންގެ ތެރެއިން، ކޯވިޑް ވެކްސިން ޖަހަން ބޭނުންވާ ޢުމުރުން 18 އަހަރުން މަތީ މީހުންގެ ޢަދަދު ދެނެގަތުމުގެ މަސައްކަތް ށ. އަތޮޅު ހޮސްޕިޓަލުން ފަށައިފިއެވެ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލުން މިއަދު އާންމު ކުރި ދެންނެވުމެއްގައި ބުނީ، ފުނަދޫގައި ދިރިއުޅޭ މީހުންގެ ތެރެއިން، ކޯވިޑް ވެކްސިން (ކޮވިޝީލްޑް) ޖަހަން ބޭނުންވާ ޢުމުރުން 18 އަހަރުން މަތީ މީހުންގެ ޢަދަދު ދެނެގަންނަން އެ ހޮސްޕިޓަލުން ބޭނުންވާ ކަމަށެވެ. މިގޮތުން އެފަދަ މީހުން މިއަދުން […]

ޖަލްވާން ޖާދުﷲ
ފުނަދޫ ފެނަކައިން އެރަށު ސްކޫލް ކުޅޭބިން ސާފުކޮށް އެއްވަރުކޮށްދީފި 📍 ށ. ފުނަދޫ

ފުނަދޫ ފެނަކައިން އެރަށު ސްކޫލް ކުޅޭބިން ސާފުކޮށް އެއްވަރުކޮށްދީފި

ށ. ފުނަދޫ ފެނަކަ ބްރާންޗުން އެރަށު ސްކޫލް ކުޅޭބިން ސާފުކޮށް އެއްވަރުކޮށްދީފި އެވެ. ފުނަދޫ ފެނަކަ ބްރާންޗުން އެމަސައްކަތްކޮށްފައި ވަނީ އިއްޔެއެވެ. މިގޮތުން އެ ބްރާންޗުން ބުނެފައި ވަނީ ފުނަދޫ ސްކޫލްގެ ގޯތި ތެރޭގައި ދަރިވަރުން ކުޅުމަށް ޚާއްޞަކުރެވިފައިވާ ބިން ސާފުކޮށް، އެއްވަރުކޮށްދީ ނިމިފައިވާ ކަމަށެވެ. އެ ބްރާންޗްގެ މެނޭޖަރު އަޙްމަދު އުނައިޝް ”ތިލަދުން”އަށް ވިދާޅުވީ، އެމަސައްކަތްކޮށްދީފައި ވަނީ ފުނަދޫ ސްކޫލްގެ އެދުމުގެ މަތިން ކަމަށެވެ. ”މިދުވަސްވަރު މިކޮޅުގައި އަޅުގަނޑުމެން ބްރާންޗްގެ އެކްސްޓެންޝ...

ޔުމްނާ ޢަލީ